Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ރައްޔިތުންގެ މަޖިލިސް

ޔުމްނު ވެއްޓުނު މައްސަލައާއި އޮތީ ދިވެއްސަކަށް ވީތީ އޮތް ގުޅުމެއް: މިނިސްޓަރު އަމީން

އަމީން ވިދާޅުވީ އެ މައްސަލައާ އެމަނިކުފާނާ ގުޅުވާ ނަމަ، މެމްބަރު ޝަމްހީދާ ވެސް އޮތީ އެއް ގުޅުމެއް ކަމަށާއި، މެމްބަރު މައުރޫފްއާ ވެސް އޮތީ އެއް ގުޅުމެއް ކަމަށް.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް, ރާއްޖެ އެމްވީ | 15 މެއި 2025 | ބުރާސްފަތި 10:49
ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި މިނިސްޓަރު އަމީން

ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި މިނިސްޓަރު އަމީން

މާލޭގެ ގެއެއްގެ ފުރާޅު މައްޗަށް ޒުވާން ކުއްޖަކު ވެއްޓުނު މައްސަލައާ އެމަނިކުފާނާއި އޮތް ގުޅުމަކީ، ދިވެހި ރައްޔިތަކަށް ވީތީ އޮތް ގުޅުމެއް ކަމަަށް ޓްރާންސްޕޯޓު މިނިސްޓަރު މުޙައްމަދު އަމީން ވިދާޅުވެއްޖެ އެވެ.

މިނިސްޓަރު އަމީން މިހެން ވިދާޅުވީ އެމަނިކުފާނުގެ އިތުބާރު ނެތް ކަމަށް، އިދިކޮޅު ދިވެހި ރައްޔިތުންގެ ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ) އިން ހުށަހެޅި މައްސަލައާ ގުޅިގެން ރައްޔިތުންގެ މަޖިލީހަށް ޙާޟިރުވެ ވާހަކަ ދައްކަމުންނެވެ.

އެ މައްސަލައިގައި ފުލުހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ކޮމިޝަނަރ އޮފް ޕޮލިސްގެ މަގާމުގައި އޭރު ހުންނެވި އަލީ ޝުޖާއުއާ މިނިސްޓަރު ގުޅުއްވި ކަމަށާއި، އެ މައްސަލައިގައި ތުހުމަތު ކުރެވޭ ފަރާތަކާ މިނިސްޓަރު އަމީންއާ ގުޅުން އޮތް ކަމަށް ތުހުމަތު ކުރެވޭ ކަމަށް ވަނީ ސުވާލުކޮށްފަ އެވެ.

އެ ސުވާލުތައް އަމާޒު ކޮށްފައި ވަނީ ކެންދޫ ދާއިރާގެ މެމްބަރު މައުރޫފް ޛާކިރު އަދި ހުޅުމާލޭ ދެކުނު ދާއިރާގެ މެމްބަރު ޑޮކްޓަރު އަޙުމަދު ޝަމްހީދު އެވެ.

އެ ސުވާލުތަކަށް ޖަވާބު ދެއްވަމުން އަމީން ވިދާޅުވީ، އެ މައްސަލައާ އެމަނިކުފާނާ އޮތް ގުޅުމަކީ ދިވެއްސަކަށް ވީތީ އޮތް ގުޅުމެއް ކަމަށެވެ. އަދި މާލޭގައި ދިރިއުޅޭތީ އޮތް ގުޅުމެއް ކަމަށް ވެސް އަމީން ވަނީ ވިދާޅުވެފަ އެވެ.

މީގެ އިތުރުން އަމީން ވިދާޅުވީ އެ މައްސަލައާ އެމަނިކުފާނާ ގުޅުވާ ނަމަ، މެމްބަރު ޝަމްހީދާ ވެސް އޮތީ އެއް ގުޅުމެއް ކަމަށާއި، މެމްބަރު މައުރޫފްއާ ވެސް އޮތީ އެއް ގުޅުމެއް ކަމަށެވެ. އެކަން ވަރަށް ސާފުކޮށް ދަންނަވަން ބޭނުންވާ ކަމަށާއި، އެ މައްސަލައާ އެމަނިކުފާނާ ގުޅުމެއް އޮތް ނަމަ އޮތީ، އިތުބާރު ނެތް ކަމަށް ހުށަަހެޅި 12 މެމްބަރުންނާ ވެސް އޮތް ގުޅުން ކަމަށް ވެސް އަމީން ވިދާޅުވި އެވެ.

އަޅުގަނޑާ މި މައްސަލައާ އޮތް ގުޅުން ވެއްޖިއްޔާމުން، އަޅުގަނޑު ދަންނަވަން އޮތީ އޮތް ގުޅުމަކީ އަޅުގަނޑު ވެސް ދިވެއްސަކަށް ވީމަ އޮތް ގުޅުމޭ. އަޅުގަނޑު މި މާލޭގައި އުޅޭތީ އޮތް ގުޅުމޭ. މި މައްސަަލައާ އަޅުގަނޑާ ގުޅުވާ ކަމަށް ވާ ނަމަ، ހަމަ ޝަމްހީދާ ވެސް އޮތީ އެއް ގުޅުމޭ. އިއްޒަތްތެރި މެމްބަރު މައުރޫފާ ވެސް އޮތީ އެއް ގުޅުމޭ. އެ ވާހަކަ އަޅުގަނޑު ވަރަށް ކްލިއަލީކޮށް ތިބޭފުޅުންނަށް މި ދަންނަވަނީ، އަޅުގަނޑާ މި މައްސަލައާ ގުޅުމެއް އޮވެއްޖިއްޔާމުން އަދި މި ބާރަ މެމްބަރުންނާ ވެސް އޮތީ އެއްވަރުގެ ގުޅުމޭ.
ޓްރާންސްޕޯޓު މިނިސްޓަރު މުޙައްމަދު އަމީން

މި މައްސަލައިގައި މިނިސްޓަރު އަމީން ވިދާޅުވީ، އެ މައްސަލައާ ގުޅިގެން އެމަނިކުފާނު އަމިއްލަފުޅަށް އިސްތިއުފާ ނުދެއްވާނެ ކަމަށެވެ. ޚާއްސަކޮށް ކުޑަ މިންވަރެއްގެ ގުޅުމެއް ވެސް ނެތް ކަމެއްގައި، އަމިއްލަ އަށް އިސްތިއުފާ ނުދެއްވާނެ ކަމަށް ވަނީ ވިދާޅުވެފަ އެވެ.

އެ މައްސަލައިގައި މިނިސްޓަރު އަމީން ކުރީގެ ސީޕި އަށް ގުޅުއްވާފައި ވުމާއި، މިނިސްޓަރު އަމީން ދިރިއުޅުއްވާ ގޭގެ ސީސީޓީވީ ފުޓޭޖު ހިއްސާ ކުރުމަށް ދެކޮޅު ހަދާފައިވާތީ ގިނަ ބަޔަކު ވަނީ އެމަނިކުފާނަށް ފާޑު ވިދާޅުވެފަ އެވެ.

އަދި އެ މައްސަލައިގައި ޒުވާނުން ކުރަމުން އަންނަ އިހުތިޖާޖުގައި މިނިސްޓަރު އަމީންގެ އިސްތިއުފާ އަށް ވެސް ވަނީ ގޮވާލައިފަ އެވެ. އަދި ޒުވާނުންގެ ޑިމާންޑު ތަކުގެ ތެރޭގައި ވެސް އެކަން ވަނީ ހިމަނައިފަ އެވެ.

ރައްޔިތުންގެ މަޖިލިސްޓްރާންސްޕޯޓު މިނިސްޓަރު މުހައްމަދު އަމީން

ކޮމެންޓް

Like & Win

Giveaway
Powered by: Radient Heat Waters
Kent Grand Plus

Kent Grand Plus

Tap

އިތުރަށް ކިޔާލަން

މަޢުރޫފް ހައްޔަރުކުރީ އަނިޔާވެރިކޮށް، އޭނާ ވަގުތުން ދޫކޮށްލާން ގޮވާލަން: އެމްޑީޕީ ގެ ޕީޖީ

މަޢުރޫފް ހައްޔަރުކުރީ އަނިޔާވެރިކޮށް، އޭނާ ވަގުތުން ދޫކޮށްލާން ގޮވާލަން: އެމްޑީޕީ ގެ ޕީޖީ

11 ޑިސެމްބަރު 2025
ސުލްހަވެރިކަމާ އެކު އިހުތިޖާޖު ކުރާ މަސްވެރިންނަށް ބިރު ދައްކައިގެން ހުއްޓުވޭނެ ކަމަށް ވިސްނުމަކީ ވަރަށް ބޮޑު ގޯހެއް: މައުރޫފް ޒާކިރު

ސުލްހަވެރިކަމާ އެކު އިހުތިޖާޖު ކުރާ މަސްވެރިންނަށް ބިރު ދައްކައިގެން ހުއްޓުވޭނެ ކަމަށް ވިސްނުމަކީ ވަރަށް ބޮޑު ގޯހެއް: މައުރޫފް ޒާކިރު

11 ޑިސެމްބަރު 2025
ސަރވިސް ޗާޖު ޑޮލަރުން ދިނުން ލާޒިމު ކުރަން ގާނޫނަށް އިސްލާހެއް

ސަރވިސް ޗާޖު ޑޮލަރުން ދިނުން ލާޒިމު ކުރަން ގާނޫނަށް އިސްލާހެއް

09 ޑިސެމްބަރު 2025
ގޮނޑި ގެއްލޭ އިސްލާހު ފާސްކުރީ ރައްޔިތުންގެ ނިންމުމަށް އިހުތިރާމް ކުރުމަށް ކަމަށް ރައީސް ވިދާޅުވުމުން މެންބަރު އަބްދުއްރަޙްމާންގެ ސުވާލެއް

ގޮނޑި ގެއްލޭ އިސްލާހު ފާސްކުރީ ރައްޔިތުންގެ ނިންމުމަށް އިހުތިރާމް ކުރުމަށް ކަމަށް ރައީސް ވިދާޅުވުމުން މެންބަރު އަބްދުއްރަޙްމާންގެ ސުވާލެއް

08 ޑިސެމްބަރު 2025
ކުރީގެ ރައީސުންގެ އޮފީސް ޚަރަދު އުނިކޮށް، ނައިބު ރައީސުންނަށް 30،000 ރުފިޔާގެ އިނާޔަތް ދޭން ހުށަހެޅި ބިލު ތަސްދީގުކޮށްފި

ކުރީގެ ރައީސުންގެ އޮފީސް ޚަރަދު އުނިކޮށް، ނައިބު ރައީސުންނަށް 30،000 ރުފިޔާގެ އިނާޔަތް ދޭން ހުށަހެޅި ބިލު ތަސްދީގުކޮށްފި

06 ޑިސެމްބަރު 2025

އަހަރުތަކުން މިއަދު

23 މާރިޗު
މަންދީގެ ގަޔަށް ކަޅުތެޔޮ ޖެހި މީހުން ހޯދައިފި
20251 އަހަރު ކުރިން
ރާއްޖެ

މަންދީގެ ގަޔަށް ކަޅުތެޔޮ ޖެހި މީހުން ހޯދައިފި

އެންމެ ޓުވީޓެއް، މުޅި ސަރުކާރު ޑިފެންސަށް! ވެއްޓުނީ ހޫނު ފެނަށް!
20242 އަހަރު ކުރިން
ރިޕޯޓު

އެންމެ ޓުވީޓެއް، މުޅި ސަރުކާރު ޑިފެންސަށް! ވެއްޓުނީ ހޫނު ފެނަށް!

ބާސްކެޓްގެ ޗެމްޕިއަނުންނަކީ މިދެމަފިރިން, އެކަކު އަނެކަކަށް ހިތްވަރެއް!
20233 އަހަރު ކުރިން
ރިޕޯޓު

ބާސްކެޓްގެ ޗެމްޕިއަނުންނަކީ މިދެމަފިރިން, އެކަކު އަނެކަކަށް ހިތްވަރެއް!

ވަގަށް ނެގީ ބިސްކޯދު ކޭހެއް، ހައްޔަރު ކުރުމުން އެހީ ކާން ލިބޭނެހޭ
20224 އަހަރު ކުރިން
ރިޕޯޓު

ވަގަށް ނެގީ ބިސްކޯދު ކޭހެއް، ހައްޔަރު ކުރުމުން އެހީ ކާން ލިބޭނެހޭ

ދިފާއީ ނިޒާމަށް އެކަށޭނެ މިންވަރަށް އަސަރު ނުކުރާތީ ޔޫއޭއީން ސިނޮފަރމް ވެކްސިންގެ ތިން ޑޯޒު ޖަހަން ނިންމައިފި
20215 އަހަރު ކުރިން
ދުނިޔެ

ދިފާއީ ނިޒާމަށް އެކަށޭނެ މިންވަރަށް އަސަރު ނުކުރާތީ ޔޫއޭއީން ސިނޮފަރމް ވެކްސިންގެ ތިން ޑޯޒު ޖަހަން ނިންމައިފި

ނަފްސާނީ ބަލިތަކަށް ޚާއްސަ ޑިޕާރޓްމަންޓެއް އައިޖީޢެމްއެޗުގައި މާދަމާ ހުޅުވަނީ
20197 އަހަރު ކުރިން
ރާއްޖެ

ނަފްސާނީ ބަލިތަކަށް ޚާއްސަ ޑިޕާރޓްމަންޓެއް އައިޖީޢެމްއެޗުގައި މާދަމާ ހުޅުވަނީ

އިންޓެލިޖެންސް ރިޕޯޓަކީ ޝަރީއަތުގެ އެއްވެސް މަރުހަލާއެއްގައި ބޭނުން ކޮށްގެންވާނެ އެއްޗެއް ނޫން: ކުރީގެ އޭސީޕީ ފައިރޫޝް
20188 އަހަރު ކުރިން
ރާއްޖެ

އިންޓެލިޖެންސް ރިޕޯޓަކީ ޝަރީއަތުގެ އެއްވެސް މަރުހަލާއެއްގައި ބޭނުން ކޮށްގެންވާނެ އެއްޗެއް ނޫން: ކުރީގެ އޭސީޕީ ފައިރޫޝް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު