Raajje.mv
Raajje.mv
  • ރާއްޖެ
  • ކުޅިވަރު
  • ދުނިޔެ
  • ވިޔަފާރި - އިގްތިސާދު
  • ރިޕޯޓު
  • ފޮޓޯ
  • ވާހަކަ
  • ސިއްހަތު
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ރިޕޯޓު
މަގޭ ރިޕޯޓް

އިންޑިއާ ސިފައިންގެ މައްސަލައިގައި ސަޕޯޓަރަކު މުއިއްޒުބެއަށް ފޮނުވާ ސިޓީ

ސަރުކާރުން ދައްކާ ވާހަކަތަކާމެދު ގިނަ ބައެއްގެ ފާޑުކިޔުން ވަނީ އަމާޒުވެފައި

އަހުމަދު މުހުސިނު
އަހުމަދު މުހުސިނު, ރާއްޖެ އެމްވީ | 12 މެއި 2024 | އާދީއްތަ 07:21
ރައީސް ޑރ މުޙައްމަދު މުއިއްޒު

ރައީސް ޑރ މުޙައްމަދު މުއިއްޒު

ދެލޯނޭދި އެދޭ މުއިއްޒުބެ އަށް،

ވެދުމާއި ސަލާން ފަތިފައްޗަށް އަމުނަމުން ގަތަމުން ބަރުތީލަ ކުރަމެވެ.

އަހަރެން މިހުރީ ތިޔަ ޖަހާ ސަކަރާތާއި ގަންނަހާ ގަނޑުތަކަށް ހަމަ ސުއްބުވެސް ނުބުނެ ވޭތޯއެވެ. އިވޭހާ އަޑުތަކަށް ބީރު ކަންފަތެއް ދީގެން، ތަށަށް ކިޔަނީ މަރިޔަނބުހޭ ވެސް އަހާ ނުލާން ވެގެންނެވެ. ކެތްކޮށްގެން މިހުރީ، މަވެސް މީ އެއުޅޭ އިބުރާހީމުމެންނޭ ކިޔައިގެން މުއިއްޒުބޭމެން ދެއްކިވާހަކަތައް އަޑުއަހައިގެން ދީނަށްޓަކައި ގައުމަށްޓަކައި ވަތަނާއި ވަހުދަތަށްޓަކައި  މުއިއްޒުބޭ ހޮވަން، އަރުވާ ޖަހާފައި މަސައްކަތްކުރި މީހަކަށް ވީތީއެވެ.

މުއިއްޒުބޭއެވެ. މަވެސް އޭރު ހާދަ ފޮނެއް އެރުވީމެވެ. މި ދިވެހި ފަސްގަނޑުން ބޭރު މީހަކު ދަތްއުނގުޅާލަން ވެސް ވެލިފުކެއް ހިސާބުވެސް ގެންދިޔަ ނުދޭން މަވެސް ނުކުތީ ގައުމުގެ ހައްގުގައެވެ. މަށާއި މަގޭ އާއިލާ އާއި ވަންހަކޮޅުޖެހޭ އެންމެންނާ އެކުގައި މަސްއޮޑިއަތިރިއަށް ނުކުންނަ މީހުން ގާތު ބުނެގެން މުއިއްޒުބޭއަށް ވޯޓު ހޯދަން މަށަށް ކުރެވުނުހާ ކަމެއް ކުރީމެވެ. ރޯދަމަހު ހޮޅުއަށްޓަށް ނުކުތް މީހުންނާއި މަގުކުނިކަހަން ނުކުތް އަންހެންވެރިންނާ ވެސް ޒުވާބުދީ ހެދީ ހަމަ މުއިއްޒުބެ ތިޔަ ތަހުތަށް ލާންވެގެންނެވެ. އޭރުވެސް އަދި މިހާރުވެސް މަގޭ އޮތީ ހަމަ އެންމެ މުހުތާދެކެވެ. ފައިސާ ބޮނޑިއެއް އަދި އަތްގުޅި ނުކާވަރުގެ ވަޒީފާއެއް ނޫނެވެ. ހަމަ އެންމެ ކަމެކެވެ. ބަރު ހަތިޔާރު އަޅައިގެންތިބި އިންޑިޔާ ސިފައިން މި ގައުމުން ބޭރު ކުރުމެވެ. މިތަން ކިތައްމެ ކުޑައަސް އެހެން ބަޔަކު މިތަނުގައި ހަންފަތުރައި، ޖާސޫސްކޮށް ހެދިޔަ ނުދިނުމަށެވެ. އަމުދުން އެވެރިންގެ އަޅުވެތިކަމުގައި ހަމަ އެންމެ ނޭވާއެއް ވެސް ނުލާން ވެގެންނެވެ.  އެ ސަބަބުގައި ރަނގަޅަށް އެލިގަނެ ގައުމިއްޔަތާއި ވަހުދާނިއްޔަތުގައި ފިސާރި ރަނގަޅަށް މަވެސް ބަގުޑި ބެއްދީމެވެ.

ދިއުޅި ދިގުކުރާކަށް ހާސަރުތަކެއް ދަމާނެކަމެއް ނެތްތާއެވެ. ކަނޑާލާފައި މުތުލަގަށް ބުނަން ހެއްޔެވެ. މަ މުއިއްޒުބޭ ނަގާ ކޮނޑަށްލީ "އިންޑިޔާގެ އަޅުވެތިކަމުން" ސަލާމަތް ކޮށްދޭނަމޭ ބުނީތީއެވެ.

އެކަމަކު ތިޔަހެދީ ކިހިނެތް ހެއްޔެވެ. މަހަމަ ހައިރާންވެ އަންތަރީސް ވެއްޖެއެވެ. އަދި ތިޔަ އުޅެނީ މިގެނެވުނު ވެރިކަމުގެ މާމުއި ހަނދުވަރުގެ ދުވަސްވެސް ނުނިމިއެވެ. މުޅި ރާގު ތިޔަ ބަދަލުކޮށްލީ މާއަވަހަށެވެ. ގައުމިއްޔަތާއި ވަހުދިއްޔަތު ތިޔަ ބަނދެލީ ބޯކިރުކޮޅެއްފަދަ ހުދުފޮތިކޮޅަކުންނެވެ. ދެއްކިހާ ވާހަކަތައް ތިޔަހެދީ ރުކަށް އެރި މީހާގެ ނަދުރަށެވެ. ކީހާ ޅެން ތިޔަ އަނބުރާލީ ފަރިއްސަކަށެވެ.

މަހަމަ ހީނހީނ ވެސް ހަލާކުވެއްޖެއެވެ. ބަނޑުގައި ގޮށްވެސް ލައިފިއެވެ. އެހެން ނުވާނީ އަޅެފަހެ ކީއްވެ ހެއްޔެވެ. އަހަރެމެން އިބުރާހީމާ ދިމާލަށް ގޮވީ މިތަނުގައި ދުއްވާ އެއްޗެއް ދުއްވާކަށް ކޮންމެހެން އިންޑިއާ ސިފައިންނެއް ބޭނުމެއް ނޫނޭއެވެ. ދެންޏާ ދޭނީއޭ އެހިފައިގެން މިތާ އެހެން ގަނޑެއް ގަންނާނެ ކަމެއް ނެތޭއެވެ. ޖަވާބުގައި އިބުރާހީމުމެން ވެސް އޭރު ބުނީ އެ މީހުން ތިބީ ހަމައެކަނި އެ އެއްޗެއް ދުވާށޯލައެވެ. އަހަރެމެންނަށް ކަމުނުދިޔައީ އެގޮތެވެ. އަނގަމަތި މަސްއޮޑިއެއް ވިއަސް ދުއްވަންވާނީ އަހަރެމެންނޭ އޭރު ނުބުނަން ހެއްޔެވެ. ހަމަ މިހާރުން މިހާރަށް އެ މީހުން ފޮނުވާލާށޭ، އިންޑިއާ އައުޓޭ، ކިޔައިގެން ކަރުން ނާރު ފުފޭވަރަށް އަޑުގެ ނެތްތަނަށް ގޮވައި އެއީ ކެންޕޭނު ހަތިޔާރަކަށް ހެދީމު ނޫން ހެއްޔެވެ.

އެކަމަކުވާ ސާބަހެވެ. ތިޔަތަނަށް އެރުނީމާ ތިޔަ ބަދަލުވީ މާ އަވަހަށް ވިއްޔާއެވެ. އިންޑިއާ ސިފައިން ފޮނުވާލައިފީމޭ ކިޔައިގެން ހޯބޯލަވައި، ހަވާ އަރުވައި ބަނޑިޔަލާ ލަނގިރި ޖަހަމުން ތިޔަ ބުނަނީ އަޅެފަހެ ކީކޭ ހެއްޔެވެ. ތިޔަކިޔޭ ބަންޖަކާމެދު ނިކަން ރަނގަޅަށް ވިސްނާބަލާށެވެ. އެ މީހުންގެ ބަދަލުގައި ކޮންމެވެސް އެހެން ބަޔަކު ގެނެއްޔޯލައެވެ. ހައިރާނެއްވާ ނުވާނެ ހެއްޔެވެ.

މަހަމަ އަންތަރީސްވެއްޖެއެވެ. އެ ވެރިން ނުފައިބަން އުޅުނީ މާބޮޑު އެހެން އެޖެންޑާއެއް އޮވެގެންކަމާއި، އެ އެއްޗެހި ދުއްވުމުގެ ނަމުގައި ޖަހަނީ މުޅިން އެހެން ސަކަރާތެކޭ ކީ އަޅެ އަހަރެމެން ނޫން ހެއްޔެވެ. ދެންހަމަ އެ މީހުން ތިޔަބުނާ ޔުނީފޯމު ބާލާފައި އާދައިގެ ގަންޖިފަރާސް ގަނޑަކާ އަށްޑިހަ-އަށްޑިހައިގެ މުންޑެއް އަނދެގެން އެ ދުއްވިއަސް، އެ ގަންނަ ގަނޑެއް ނުގަނެ ތިބެފާނެކަމަށް ދެކޮނޑު ދޭތެރެއިން ބޮލެއް މައްޗަށްހުރި އެކަކު ވެސް ގަބޫލު ކުރާނެ ހެއްޔެވެ.

ނޫނޭވާ މަހަމަ ކޮސްވެއްޖެއެވެ. އެ ދުއްވޭނޭ ވަރުގެ ބަޔަކު މި ފަސްގަނޑުގައި ނެތީއޭ، ސެނަހިޔާގައި ތިބި މިލިޓަރީ ޑޮކްޓަރުން ފޮނުވާލައިފިއްޔާ ހުންވަރިއެއް އަޔަސް ކަށިގަނޑެއް ޖައްސާލެވޭ ވަރުގެ މީހަކު ނެތޭ ބުނީމާ މަގުމައްޗަށް ނުކުމެ ގައުމީ ދިދަ ހިފައިގެން އިންޑިއާ އައުޓްކުރަން ނުކުތް އަހަރެމެންގެ ޓީމުގެ މީހުންގެ ލޭ މިއަދު ވެސް ނުކެކޭނެ ހެއްޔެވެ.

މަ ލަދުން ވެސް ބޯހަލާކުވެއްޖެއެވެ. ރާއްޖޭގެ އެތައް މިތަނުގައި އެތައްހާސް އިންޑިޔާ ސިފައިންނެއް އެބަތިއްބޭ، މުޅި ބަނޑޭރިގެއަށް ހިނގަނީ އެ ވެރިންގެ އަމުރު މައުރޫފޭ އަހަރެމެން ނުގޮވަމު ހެއްޔެވެ. ގުންފައިޖަހާފައި އެ މީހުންގެ ފަހަތުން ދުވެ ނުހަދަމު ހެއްޔެވެ. އުތުރު ތިލަފަޅުގައި ހުރި މިލިޓަރީ ބޭހަށް އަރައި އެ ތަނުގައި ތިބި އެތައްހާސް އިންޑިޔާ ސިފައިންނެއްގެ ވާހަކަ ނުދައްކަމު ހެއްޔެވެ.

އެކަމަކު އެންމެ ހަތްދިހައެއްހާ މީހުން ފޮނުވާލާފައި މިތާތިބި ހުރިހާ އިންޑިއާ ސިފައިން ފައްސާލާފައި އޭގެ ބަދަލުގައި ގައުމިއްޔަތާއި ވަހުދިއްޔަތު ނަގާ ކޮޅަށްޖަހަން އެ ގައުމުން ޅަނދޮޅު ބަނިޔާދަ، އިޚްލާސްތެރި އަދި އިހްސާންތެރި ކުދިންކޮޅެއް ގެނައްޔޭ ބުނެ ތިޔަ އަޅުވަން އުޅެނީ ކޮން އަނދުނެއް ހެއްޔެވެ. ތިޔަ ލަވައެއް އަމުދުން އަހަރެމެން ބައިގެ ތެރޭގައި ވެސް ހިނގާނެއެކޭ މަށަކު ނުބުނާނަމެވެ. އެހެންވެ ތިޔަ ގަންނަގަނޑު ފެނިފައި މަށަށް ހަމަނުހުރެވުނީއެވެ. ލައްކަ ކެތްކޮށްފީމެވެ. މިވަރުގެ ސިޓީގަނޑެއް އަދި ފޮނުވާލިއަސް މިއީކީ އަމުދަކުން މަށަކާވާ ވެސް ކަމެއް ނޫނެވެ. މަވާ ސަލާމެވެ. ހަތަރެސްފައިން ޓާޓާއެވެ.

ޑރ. މުހައްމަދު މުއިއްޒު

ކޮމެންޓް

އިތުރަށް ކިޔާލަން

މިސަރުކާރުގެ ދޮގާއި މަކަރުގެ ސްކޭމް ގައި ތިން ވަނަ ފަހަރަށް ރައްޔިތުން ޖެއްސުމަށް ދަނީ މަސައްކަތް ކުރަމުން: މެންބަރު އަހުމަދު ދީދީ

މިސަރުކާރުގެ ދޮގާއި މަކަރުގެ ސްކޭމް ގައި ތިން ވަނަ ފަހަރަށް ރައްޔިތުން ޖެއްސުމަށް ދަނީ މަސައްކަތް ކުރަމުން: މެންބަރު އަހުމަދު ދީދީ

11 ޑިސެމްބަރު 2025
ވައުދުތައް ނުފުއްދާތީ މަސްވެރިން އިހުތިޖާޖަށް، ރައީސް ވިދާޅުވަނީ އެންމެ ބޮޑު އަމާޒަކީ މަސްވެރި އާއިލާތަކަށް ލިބޭ އާމުދަނީ އިތުރު ކުރުން ކަމަށް!

ވައުދުތައް ނުފުއްދާތީ މަސްވެރިން އިހުތިޖާޖަށް، ރައީސް ވިދާޅުވަނީ އެންމެ ބޮޑު އަމާޒަކީ މަސްވެރި އާއިލާތަކަށް ލިބޭ އާމުދަނީ އިތުރު ކުރުން ކަމަށް!

10 ޑިސެމްބަރު 2025
މިސަރުކާރު ގައި ރައްޔިތުންނަށް އަބަދުވެސް ލިބެނީ ''އައު މުހުލަތު''، އެ ނޫން އެއްޗެއް ނުލިބޭނެ: މެންބަރު މީކާއީލް

މިސަރުކާރު ގައި ރައްޔިތުންނަށް އަބަދުވެސް ލިބެނީ ''އައު މުހުލަތު''، އެ ނޫން އެއްޗެއް ނުލިބޭނެ: މެންބަރު މީކާއީލް

10 ޑިސެމްބަރު 2025
މިއީ ބަހާނާ ދައްކާ ސަރުކާރެއް، ހަދާ ދޮގުތައް ހާމަވެ، ކުރިއަށް އޮތްތަނުގައި ވަރަށް ގިނަ ބޮނޑި ބޯނެ: ވ.ތިނަދޫ ކައުންސިލްގެ ރައީސް

މިއީ ބަހާނާ ދައްކާ ސަރުކާރެއް، ހަދާ ދޮގުތައް ހާމަވެ، ކުރިއަށް އޮތްތަނުގައި ވަރަށް ގިނަ ބޮނޑި ބޯނެ: ވ.ތިނަދޫ ކައުންސިލްގެ ރައީސް

07 ޑިސެމްބަރު 2025
އެންމެ ބައްދަލުވުމެއް! ފެނުނީ ރައްޔިތުން ގެ އުދާހާއި މާޔޫސްކަން!

އެންމެ ބައްދަލުވުމެއް! ފެނުނީ ރައްޔިތުން ގެ އުދާހާއި މާޔޫސްކަން!

06 ޑިސެމްބަރު 2025

އަހަރުތަކުން މިއަދު

7 ޖެނުއަރީ
އަލިފާނުގެ ތޫފާނެއްގެ ސަބަބުން ލޮސްއެންޖެލްސް ގައި ފިލްމީ ތަރިންނާއި ބިލިއަނަރުންގެ އަގުބޮޑު ގެތައް އަނދަނީ
20251 އަހަރު ކުރިން
ދުނިޔެ

އަލިފާނުގެ ތޫފާނެއްގެ ސަބަބުން ލޮސްއެންޖެލްސް ގައި ފިލްމީ ތަރިންނާއި ބިލިއަނަރުންގެ އަގުބޮޑު ގެތައް އަނދަނީ

މަސްރަހު ހޫނުވެފައި އޮއްވާ ނޫސްވެރިންނަށް ދައުވަތުދީގެން ގެނެސް ރައީސް ފިއްލަވައިފި
20242 އަހަރު ކުރިން
ރިޕޯޓު

މަސްރަހު ހޫނުވެފައި އޮއްވާ ނޫސްވެރިންނަށް ދައުވަތުދީގެން ގެނެސް ރައީސް ފިއްލަވައިފި

ފިޔޯރީ ސްކޫލު ބޭނުންނުކުރެވޭވަރަށް އަނދައި ހުލިވަނީ
20233 އަހަރު ކުރިން
ރާއްޖެ

ފިޔޯރީ ސްކޫލު ބޭނުންނުކުރެވޭވަރަށް އަނދައި ހުލިވަނީ

ސިނަމާލެ ބުރިޖާއި ކަނދިކަމަނާގެ މަސްތެލުލުން
20224 އަހަރު ކުރިން
ރިޕޯޓު

ސިނަމާލެ ބުރިޖާއި ކަނދިކަމަނާގެ މަސްތެލުލުން

ދުނިޔޭގެ އެންމެ މުއްސަނދި މީހާގެ މަގާމަށް އެލޮން މަސްކް
20215 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ދުނިޔޭގެ އެންމެ މުއްސަނދި މީހާގެ މަގާމަށް އެލޮން މަސްކް

ސާބިތުވެއްޖެ ނަމަ، ޔާމީން، އާޒިމާ އަދި ޒަމީރަށް ބޮޑު ޖޫރިމަނާއަކާ އެކު ޖަލު ގޮޅި!
20197 އަހަރު ކުރިން
ރިޕޯޓު

ސާބިތުވެއްޖެ ނަމަ، ޔާމީން، އާޒިމާ އަދި ޒަމީރަށް ބޮޑު ޖޫރިމަނާއަކާ އެކު ޖަލު ގޮޅި!

ޙަލާލު ގޮތުގައި މުދާ ހޯދައިގެން ކާންޖެހޭ ސަބަބަކީ ކޮބާ؟
20188 އަހަރު ކުރިން
އިސްލާމް

ޙަލާލު ގޮތުގައި މުދާ ހޯދައިގެން ކާންޖެހޭ ސަބަބަކީ ކޮބާ؟

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު