Advertisement
ކ. މާލެ
|
23 ޖުލައި 2025 | ބުދަ 15:14
ރައީސް މުއިއްޒު އަދި އަނބިކަނބަލުން ސަޖިދާ މުހައްމަދު ރާސްތްރަޕަތީ ބަވަންގައި ބޭއްވި ރަސްމީ ރިސެޕްޝަނަށް އަށް ފަހު އެނބުރި ވަޑައިގަންނަވާއިރު އިންޑިއާ ގެ ރައީސް ދުރޯޕަދީ މުރުމޫނާ އާއި ބޮޑުވަޒީރު މޯދީ އަލްވަދާއު ވިދާޅުވަނީ - އޮކްޓޯބަރ, 7. 2024
ރައީސް މުއިއްޒު އަދި އަނބިކަނބަލުން ސަޖިދާ މުހައްމަދު ރާސްތްރަޕަތީ ބަވަންގައި ބޭއްވި ރަސްމީ ރިސެޕްޝަނަށް އަށް ފަހު އެނބުރި ވަޑައިގަންނަވާއިރު އިންޑިއާ ގެ ރައީސް ދުރޯޕަދީ މުރުމޫނާ އާއި ބޮޑުވަޒީރު މޯދީ އަލްވަދާއު ވިދާޅުވަނީ - އޮކްޓޯބަރ, 7. 2024
ގެޓީއިމޭޖަސް
ދިވެހިރާއްޖެ-އިންޑިއާ ގުޅުން
އިންޑިއާ ސިފައިން ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުގައި ހަރަކާތްތެރި ވަނީ
އިންޑިއާގެ ބޮޑު ވަޒީރު ނަރެންދްރަ މޯދީ ޖުލައި 25 ވަނަ ދުވަހު ރާއްޖެއަށް ވަޑައިގަންނަވާނެ
މޯދީގެ ދަތުރުފުޅުގެ ސަލާމަތީ ކަންކަން ބެލެހެއްޓުމުގައި އިސްކޮށް ހަރަކާތްތެރިވާނީ އިންޑިއާ ސިފައިން
މޯދީ ހުންނަވާނީ ކުރުނބާ ވިލެޖް ރިސޯޓުގައި

އިންޑިއާގެ ބޮޑު ވަޒީރު ނަރެންދްރަ މޯދީ ރާއްޖެ އަށް ކުރައްވާ ރަސްމީ ދަތުރުފުޅުގެ ސަލާމަތީ ކަންކަން ބެލެހެއްޓުމަށް ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓު (ވީއައިއޭ) ގައި އިންޑިއާ ސިފައިން ހަރަކާތްތެރިވާން ފަށައިފިއެވެ.

އިތުބާރު ހުރި މަސްދަރަކުން މައުލޫމާތު ލިބިފައިވާ ގޮތުގައި، ދަތުރުފުޅުގެ ސަލާމަތީ ކަންކަން ބެލެހެއްޓުމުގައި އިސްކޮށް ހަރަކާތްތެރިވާނީ އިންޑިއާ ސިފައިންނެވެ.

މޯދީގެ ދަތުރުފުޅުގައި ބޭނުން ކުރައްވާ ކާރު ކޮޅު ވެސް އިންޑިއާ އިން މިހާރު ވަނީ ވީއައިއޭ އަށް ގެނެސްފައި ކަމަށް މައުލޫމާތު ލިބިފައިވެއެވެ.

އިނގިރޭސި ވިލާތައް ކުރައްވާ ރަސްމީ ދަތުރުފުޅަކަށް ފުރާވަޑައިގަތުމުގެ ކުރިން އެކްސް ގައި ބުދަ ދުވަހު ކުރެއްވި ޕޯސްޓެއްގައި މޯދީ ވިދާޅުވީ، ޖުލައި 25 ވަނަ ދުވަހު، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ދަޢުވަތަކަށް ދިވެހިރާއްޖެ އަށް ވަޑައިގަންނަވާނެ ކަމަށެވެ.

ޖުލައި 25 ވަނަ ދުވަހު ރާއްޖެ ވަޑައިގަތުމަށް ފަހު ބޮޑުވަޒީރު ވަޑައިގަންނަވާނީ އެމަނިކުފާނު ހުންނެވުމަށް ހަމަޖެހިފައިވާ ކުރުނބާ ވިލެޖް ރިސޯޓަށް ކަމަށް ވެސް މައުލޫމާތު ލިބިފައިވެއެވެ.

- ކޮމެންޓް