ކ. މާލެ
|
29 ޖޫން 2025 | އާދީއްތަ 09:58
އުނގޫފާރު ދާއިރާގެ ކުރީގެ މެމްބަރު މުހައްމަދު ވަހީދު (ވައްޑެ) ރާއްޖެ ޓީވީ ފަލަސުރުޚީ ޕްރޮގްރާމުގައި ވާހަކަ ދައްކަވަނީ
އުނގޫފާރު ދާއިރާގެ ކުރީގެ މެމްބަރު މުހައްމަދު ވަހީދު (ވައްޑެ) ރާއްޖެ ޓީވީ ފަލަސުރުޚީ ޕްރޮގްރާމުގައި ވާހަކަ ދައްކަވަނީ
ރާއްޖެއެމްވީ
ފަލަ ސުރުޚީ
މި ސަރުކާރާއި މެދު ދިވެހި ރައްޔިތުން ނުރުހޭ މިންވަރު އަންނަ ކައުންސިލް އިންތިޚާބުން ވަރަށް ރަނގަޅަށް ދައްކާލާނެ: ވައްޑޭ
ރައީސް މުއިއްޒަށް ރައްޔިތުންގެ އެއްވެސް ތާއީދެއް މިވަގުތު ނެތްކަން އަންނަ ލޯކަލް ކައުންސިލް އިންތިޚާބުން ވަރަށް ރަނގަޅަށް އެނގިގެންދާނެ
މިއަދާއި ހަމައަށް ވެސް ރައްޔިތަކަށް ފައިދާއެއް މަންފާއެއް ލިބޭނެ އެއްވެސް ކަމެއް މި ސަރުކާރުން ކޮށްފައި ނުވޭ
ރައީސް މުއިއްޒަށް މިވަގުތު އިންތިޚާބަކަށް ދިއަ ނަމަވެސް ފަހެއް އިންސައްތަ ވޯޓުވެސް ނުލިބޭނެ

އަންނަ ލޯކަލް ކައުންސިލް އިންތިޚާބަކީ މިހާރު މިއޮތް ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރަށް ތާއީދު ނެތްކަން ގައުމުގެ ރައްޔިތުން ވަރަށް ރަނގަޅަށް ދައްކާލާނެ އިންތިޚާބެއް ކަމަށް އުނގޫފާރު ދާއިރާގެ ކުރީގެ މެމްބަރު މުހައްމަދު ވަހީދު (ވައްޑެ) ވިދާޅުވެއްޖެ އެވެ.

ރާއްޖެ ޓީގެ ފަލަސުރުޚީ ޕްރޮގްރާމުގައި ވާހަކަދައްކަވަމުން ވަހީދު ވިދާޅުވީ ރައީސް މުއިއްޒު ވެރިކަމަށް ވަޑައިގަތީ ދިވެހި ރައްޔިތުންގެ ލޮލުގައި އަދުންއަޅުވައިގެން ވަރަށް ގިނަ ވައުދުތަކެއް ވެލައްވައިގެން އޮޅުވާލުމެއްގެ ތެރެއިން ކަމަށެވެ. އެހެން ނަމަވެސް މިއަދާއި ހަމައަށް ވެސް ރައްޔިތަކަށް ފައިދާއެއް މަންފާއެއް ލިބޭނެ އެއްވެސް ކަމެއް މި ސަރުކާރުން ކޮށްފައި ނުވާކަމަށް އޭނާ ވިދާޅުވިއެވެ.

ވަހީދު ވިދާޅުވީ މިހާރު މި އޮތް ސަރުކާރަށް ދިވެހި ރައްޔިތުންގެ އެއްވެސް ތާއީދެއް ނެތް ކަމަށާއި އެކަން ވަރަށް ސާފުކޮށް ކުރިއަށް އޮތް އިންތިޚާބުތަކުން އެނގޭނޭ ކަމަށެވެ. އެގޮތުން މިހާރު ވޯޓެއް ނެގިއަސް ފަހެއް އިންސައްތަ ވޯޓުވެސް ރައީސް މުއިއްޒަށް މި ގައުން ނުލިބޭނޭ ކަމަށް އޭނާ ވިދާޅުވިއެވެ.

ވަހީދު ވިދާޅުވީ ދިވެހި ދައުލަތުގެ ހުރިހާ ބާރަކީ ވެސް ރައްޔިތުން ކަމަށާއި ގާނޫނު އަސާސީން ވެސް ބާރުދޭ ހަމަ އަކީ އެއީ ކަމަށެވެ. ވަހީދު ވިދާޅުވީ ކޮންމެ ސަރުކާރެއްގެ ވެސް އޭރަކު ވެރިޔަކަށް ހުންނަ ފަރާތަކަށް ބާރުތައް ލިބިގެން ދަނީ ރައްޔިތުން ބާރު ދިނުމުން ކަމަށެވެ. އެހެން ކަމުން ވެރިކަމުގައި ތިއްބެވި ބޭފުޅުންނަށް އަބަދު އެ ބާރުތައް ލިބޭނޭ ކަމަށް އުންމީދުކުރައްވައިގެން ނުވާނޭ ކަމަށް ވެސް ވަހީދު ވިދާޅުވިއެވެ.

ވަހީދު ވިދާޅުވީ އަބަދަކު ރައްޔިތުން ވެރިކަމުގައި ތިބި މީހުންނަށް ބާރުތައް ދީގެން ބަލަހައްޓައިގެން ނުތިބޭނޭ ކަމަށާއި ކަންކަން ހައްދުން ނެއްޓީމައި ދެން ރައްޔިތުން ބަލަން ނުތިބޭނޭ ކަމަށެވެ.

ވަހީދު ވިދާޅުވީ މިހާރު މި ގައުމުގައި ރައީސް މުއިއްޒަށް އެއްވެސް ވަރަކަށް ތާއީދެއް ނެތްކަމާއި އެމަނިކުފާނަށް އޮތް ހަމަ އެކަނި ތައީދަކީ އެމަނިކުފާނާއި އެމަނިކުފާނުގެ އާއިލާއަށް ނިސްބަތްވާ ފަރާތްތަކުގެ ތާއީދު ކަމަށެވެ. އެހެން އިތުރު އެއްވެސް ތާއީދެއް މިހާރު މި ގައުމުގައި ރައީސް މުއިއްޒަށް ނެތް ކަމަށް އޭނާ ވިދާޅުވިއެވެ.

ވަހީދު ވިދާޅުވީ ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތީޚާބަކީ ރައީސް މުއިއްޒުގެ މި ސަރުކާރަށާއި އެމަނިކުފާނަށް މި ގައުމުގައި ތާއީދު ނެތްކަން ވަރަށް ރަނގަޅަށް ހާމަވެގެން ދާނޭ އިންތިޚާބަކަށް ވެގެންދާނޭ ކަމަށެވެ.

ވަހީދު ވިދާޅުވީ މި ގައުމުގައި އިންސާފުވެރި އިންތިޚާބެއް ބޭއްވޭނެ ކަމާއި މެދުގައި ޝައްކުކަމަށާއި، ނަމަވެސް މިނިވަން އިންސާފުވެރިކަމާއި އެކު އިންތިޚާބެއް ބާއްވައި ފި ނަމަ ރައީސް މުއިއްޒަށް %5 ވެސް މިހާރު މި ގައުމުން ނުލިބޭނޭ ކަމަށެވެ.

ވަހީދު ވިދާޅުވީ އެ ފަސް ޕަސެންޓު ތާއީދަކީ ވެސް ސަރުކާރެއް އޮތީމައި އެ ސަރުކާރުގެ ވަޒީފާތަކުގައި ތިބި މުވައްޒަފުންނާއި މުއިއްޒުގެ އާއިލާބޭފުޅުންގެ ތާއީދު އޮތް ކަމަށް ބަލާއި ދޭ ފަސް ޕަސެންޓު ކަމަށެވެ. އެވަރުވެސް ވާނެކަމާއި މެދު ޔަގީން ނުވާކަމަށް އޭނާ ވިދާޅުވިއެވެ.

ވަރަސް ޔަގީންކަމާއި އެކުގައި މި ދަންނަވަނީ، މި ގައުމުގައި މިހާރު ރައީސް މުއިއްޒަށް ތާއީދެއް ނެތް. އެކަން ވަރަށް ސާފުވާނެ ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިޙާބުގަ. އެ އިންތިޚާބުން ރައީސް މުއިއްޒަށް ފަސް ޕަސެންޓް ވެސް ނުލިބޭނެ. މިއީ ހަމަ ޔަގީން ކަމެއް. މިނިވަން އިންސާފުވެރި އިންތިޚާބެއް ބާއްވައިފި ނަމަ ޑރ، ވަހީދަށް ވީ ވަރުވެސް ރައީސް މުއިއްޒަށް ނުވާނެ ކަން ކަށަވަރު

އުނގޫފާރު ދާއިރާގެ ކުރީގެ މެމްބަރު މުހައްމަދު ވަހީދު (ވައްޑެ)

ވަހީދު ވިދާޅުވީ ރައީސް މުއިއްޒުގެ އަތްދަށުގައި ދައުލަތުގެ ހުރިހާ ބާރެއް އޮތީމައި އޮޅުވާލައިގެން އިންތިޚާބުތަކުގައި ކޮންމެވެސް ވަރެއް ކޮށްފާނެ ކަމަށް ބެލެވޭ ކަމަށެވެ. އެހެން ނަމަވެސް މާބޮޑު ވަރެއް ކުރެވޭނޭ ކަމަށް ނުބެލެވޭ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

ވަހީދު ވިދާޅުވީ އެމްޑީޕީ އަކީ އިންތިޚާބުތަކަށް ވަރަށް ފަރިތަ ބައެއް ކަމަށާއި އެގޮތުން އެމްޑީޕީން އިންތިޚާބަށް ނުކުންނާނީ ވަރަށް ރޭވުންތެރިކަމާއި އެކު ވަރުގަދަ ކެނޑިޑޭޓުންތަކެއް ގޮވައިގެން ކަމަށެވެ.

ވަހީދު ވިދާޅުވީ ކުރިއަށް މިއޮތް އިންތިޚާބު ވެގެން ދާނީ އެމްޑީޕީއަށް ކާމިޔާބު އަދި ކުރިއަށް އޮތްނުގައި ޕާޓީގެ ސަފުތައް ވަރުގަދަވެގެން ދާނެ އިންތިޚާބަކަށް ކަމަށެވެ.

- ކޮމެންޓް