Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުމެންޗެސްޓަރ ސިޓީ

ރޮޑްރީ އަކީ އެންމެ މޮޅު އެއް ކުޅުންތެރިޔާ: ގާޑިއޯލާ

އެންމެ މޮޅު ކުޅުންތެރިޔާ އަށް ވާދަކުރާ ކުޅުންތެރިންގެ ތެރޭގައި ރޮޑްރީ ނުހިމެނު ނަމަވެސް, އެކަމާ އޭނާ ހާސްވަން ނުޖެހޭނެ

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 11 މެއި 2024 | ހޮނިހިރު 03:44
މެންޗެސްޓަރ ސިޓީގެ ކޯޗު ޕެޕް ގާޑިއޯލާ އަދި ރޮޑްރީ

މެންޗެސްޓަރ ސިޓީގެ ކޯޗު ޕެޕް ގާޑިއޯލާ އަދި ރޮޑްރީ

މެންޗެސްޓަރ ސިޓީ އަށް ކުޅެމުން އަންނަ ސްޕެއިންގެ ރޮޑްރީ އަކީ މި ސީޒަންގައި އެންމެ މޮޅަށް ކުޅުނު އެއް ކުޅުންތެރިޔާ ކަމަށް, އެ ޓީމުގެ ކޯޗު ޕެޕް ގާޑިއޯލާ ބުނެފި އެވެ.

ގާޑިއޯލާ މިހެން ބުނީ, މި ސީޒަންގެ އިނގިރޭސި ޕްރިމިއާ ލީގުގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމަށް ވާދަކުރާ ކުޅުންތެރިން އިއުލާން ކުރިއިރު, އެ ލިސްޓުގައި ރޮޑްރީ ނެތުމުންނެވެ.

މި ސީޒަންގެ ޕްރިމިއާ ލީގުގެ އެންމެ މޮޅު ކުޅުންތެރިޔާ އަށް ވާދަކުރަނީ ސިޓީ އަށް ކުޅެމުން އަންނަ ނޯވޭގެ ފޯވާޑް އަދި މިދިޔަ ސީޒަންގައި ވެސް އެ އެވޯޑު ހޯދި އާލިން ހާލަންޑުގެ އިތުރުން, ފިލް ފޮޑެން, އާސެނަލްގެ ކެޕްޓަން މާޓިން އޮޑެގާޑް, ޑެކްލަން ރައިސް, ޗެލްސީގެ ޒުވާން ކުޅުންތެރިޔާ ކޯލް ޕާމާ, ނިއުކާސަލް ޔުނައިޓެޑުގެ އެލެގްޒެންޑާ އިސާކް, އެސްޓަން ވިލާގެ އޮލޭ ވަޓްކިންސް އަދި ލިވަޕޫކްގެ ވާޖިލް ވެން ޑައިކް އެވެ.

އެ ލިސްޓުގައި ފޮޑެން ނެތުމުން, ގިނަ ބަޔަކު ވަނީ އެކަމަށް ފާޑު ވެސް ކިޔައިފަ އެވެ. ގާޑިއޯލާ ބުނީ މި ސީޒަންގައި އެންމެ މޮޅު ކުޅުމެއް ދެއްކި އެކަކީ ރޮޑްރީ ކަމަށެވެ.

ގާޑިއޯލާ ބުނީ ރޮޑްރީ އަށް އޭނާ ކުރަން ޖެހޭ ކަންކަން ވަރަށް ރަނގަޅަށް އިނގޭނެ ކަމަށް ޤަބޫލު ކުރެވޭ ކަމަށެވެ. ޓީމަށް އޭނާގެ މުހިންމު ކަމާއި, އޭނާގެ ޖާދުވީ ކުޅުމުގެ ބޭނުން ޓީމަށް އިންތިހާ އަށް ޖެހޭ ކަމަށް ވެސް ގާޑިއޯލާ ބުންޏެވެ.

މީގެ އިތުރުން ގާޑިއޯލާ ބުނީ, ޕްރިމިއާ ލީގުގެ އެންމެ މޮޅު ކުޅުންތެރިޔާ އަށް ވާދަކުރާ ކުޅުންތެރިންގެ ތެރޭގައި ރޮޑްރީ ނުހިމެނު ނަމަވެސް, އެކަމާ އޭނާ ހާސްވަން ނުޖެހޭނެ ކަމަށެވެ. އަދި އެއްވެސް ކަމެއް ބަދަލު ނުވާނެ ކަމަށް ވެސް ގާޑިއޯލާ ބުންޏެވެ. 

ރޮޑްރީ ވަނީ މި ސީޒަންގައި ސިޓީ އަށް ކުޅެދިން 46 މެޗުން އަށް ލަނޑު ޖަހައިފަ އެވެ. އޭގެ ތެރެއިން ހަތް ލަނޑަކީ ޕްރިމިއާ ލީގުގައި އޭނާ ޖަހާފައިވާ ލަނޑުތަކެވެ. ޕްރިމިއާ ލީގުގައި އޭނާ ވަނީ ސިޓީ އަށް 31 މެޗު ކުޅެދީފަ އެވެ.

މެންޗެސްޓަރ ސިޓީރޮޑްރީޕެޕް ގާޑިއޯލާ

އިތުރަށް ކިޔާލަން

11 ޑިސެމްބަރު 2025

ފަހަތުން އަރައި ސިޓީ އިން ރެއާލް ބަލިކޮށްފި

11 ޑިސެމްބަރު 2025
ފަހަތުން އަރައި ސިޓީ އިން ރެއާލް ބަލިކޮށްފި
03 ޑިސެމްބަރު 2025

ފުލަމް އަތުން ސިޓީ މޮޅުވި މެޗުގައި ހާލަންޑް އަށް ރެކޯޑެއް

03 ޑިސެމްބަރު 2025
ފުލަމް އަތުން ސިޓީ މޮޅުވި މެޗުގައި ހާލަންޑް އަށް ރެކޯޑެއް
26 ނޮވެމްބަރު 2025

އަމިއްލަ ދަނޑުގައި ލެވަކޫސަން އަތުން ސިޓީ ބަލިވެއްޖެ

26 ނޮވެމްބަރު 2025
އަމިއްލަ ދަނޑުގައި ލެވަކޫސަން އަތުން ސިޓީ ބަލިވެއްޖެ
11 ނޮވެމްބަރު 2025

ލިވަޕޫލް ބަލިކޮށް ސިޓީ ދެވަނަ އަށް ޖެހިލައިފި

11 ނޮވެމްބަރު 2025
ލިވަޕޫލް ބަލިކޮށް ސިޓީ ދެވަނަ އަށް ޖެހިލައިފި
03 ނޮވެމްބަރު 2025

ބޯންމައުތު ބަލިކޮށް، ސިޓީ ދެ ވަނަ އަށް

03 ނޮވެމްބަރު 2025
ބޯންމައުތު ބަލިކޮށް، ސިޓީ ދެ ވަނަ އަށް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު