Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުމެންޗެސްޓަރ ސިޓީ

ލޯނު އެއްބަސްވުމެއްގެ ދަށުން ގްރީލިޝް އެވަޓަން އަށް ބަދަލުވެއްޖެ

އެވަޓަން އަށް ބަދަލުވުމަށް ފަހު ވާހަކަ ދައްކަމުން ގްރީލިޝް ބުނެފައި ވަނީ، އޭނާ އެ ކުލަބަށް ބަދަލުވީ ގިނަ ގޮތް ގޮތުން ވިސްނުމަށް ފަހު ކަމަށެވެ. އެގޮތުން އެވަޓަން އަށް ކުރިން ކުޅުނު ވޭން ރޫނީއާ ވެސް މަޝްވަރާ ކޮށްފައި ވާނެ ކަމަށާއި، އެވަޓަންގައި ބޭނުން ވަނީ ރަނގަޅު ކުޅުމެއް ދައްކަން ކަމަށް ގްރީލިޝް ބުންޏެވެ.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 13 އޯގަސްޓު 2025 | ބުދަ 07:20
އެވަޓަންގެ އެއްބަސްވުމުގައި ގްރީލިޝް ސޮއި ކުރަނީ

އެވަޓަންގެ އެއްބަސްވުމުގައި ގްރީލިޝް ސޮއި ކުރަނީ

މެންޗެސްޓަރ ސިޓީ އަށް ކުޅެމުން އައި އިންގްލެންޑުގެ ޖެކް ގްރީލިޝް، ލޯނު އެއްބަސްވުމެއްގެ ދަށުން އެވަޓަން އަށް ބަދަލުވެއްޖެ އެވެ.

އުމުރުން 29 އަހަރުގެ ކުޅުންތެރިޔާ މެންޗެސްޓަރ ސިޓީ އަށް ބަދަލުވީ 2021 ވަނަ އަހަރު އެވެ. އެސްޓަން ވިލާ ދޫކޮށްލުމަށް ފަހު ބޮޑު އަގެއްގައި ގްރީލިޝް ސިޓީ އަށް ބަދަލުވީ ހަ އަހަރު ދުވަހުގެ އެއްބަސްވުމެއްގެ ދަށުންނެވެ. އެހެންކަމުން، ސިޓީ އާއެކު އޭނާ ސޮއި ކޮށްފައިވާ އެއްބަސްވުމުގެ މުއްދަތު ހަމަވާނީ 2027 ވަނަ އަހަރުގެ ޖޫން މަހުގެ ނިޔަލަށެވެ.

ނަމަވެސް ސިޓީ ގައި ގްރީލިޝް އަށް އެކަށީގެންވާ ފެންވަރުގެ ކުޅުމެއް ނުދެއްކޭތީ އޭނާ ދޫކޮށްލަން ސިޓީ އިން އޮތީ ބޭނުންވެފަ އެވެ. ގްރީލިޝް ވިއްކާލުމަށް ސިޓީ އިން މަސައްކަތް ކުރި ނަމަވެސް، އޭނާ ގަންނަން ސިޓީ އިން ބޭނުންވި ވަރުގެ އަގެއް އެއްވެސް ކުލަބަކުން ހުށަހަޅާފައި ނުވާ ކަމަށް ބުނެފައިވެ އެވެ.

އެހެން ނަމަވެސް، ލޯނު އެއްބަސްވުމެއްގެ ދަށުން އޭނާ ހޯދުމަށް އެވަޓަން އިން ޝައުގުވެރިކަން ފާޅު ކޮށްފައިވާއިރު، މިހާރު ގްރީލިޝް ވަނީ ލޯނު އެއްބަސްވުމެއްގެ ދަށުން އެ ކުލަބަށް ބަދަލުވެފަ އެވެ. އެވަޓަން އާއެކު އޭނާ ސޮއި ކޮށްފައި ވަނީ އެއް އަހަރު ދުވަހުގެ ލޯނު އެއްބަސްވުމެއްގަ އެވެ.

އެވަޓަން އަށް ބަދަލުވުމަށް ފަހު ވާހަކަ ދައްކަމުން ގްރީލިޝް ބުނެފައި ވަނީ، އޭނާ އެ ކުލަބަށް ބަދަލުވީ ގިނަ ގޮތް ގޮތުން ވިސްނުމަށް ފަހު ކަމަށެވެ. އެގޮތުން އެވަޓަން އަށް ކުރިން ކުޅުނު ވޭން ރޫނީއާ ވެސް މަޝްވަރާ ކޮށްފައި ވާނެ ކަމަށާއި، އެވަޓަންގައި ބޭނުން ވަނީ ރަނގަޅު ކުޅުމެއް ދައްކަން ކަމަށް ގްރީލިޝް ބުންޏެވެ.

ސިޓީގައި މިހާތަނަށް ހޭދަ ކުރި ހަތަރު ސީޒަންގެ ތެރޭގައި ގްރީލިޝް ވަނީ އެ ކުލަބަށް ކުޅެދިން 157 މެޗުގައި 17 ލަނޑު ޖަހައިފަ އެވެ. އަދި ސިޓީ އާއެކު އޭނާ ވަނީ ހަތް ތައްޓެއް ކާމިޔާބު ކޮށްފަ އެވެ.

އޭގެ ތެރޭގައި އިނގިރޭސި ޕްރިމިއާ ލީގު ތިން ފަހަރު ކާމިޔާބު ކުރުމުގެ އިތުރުން، އެފްއޭ ކަޕް، ޔުއެފާ ޗެމްޕިއަންސް ލީގު، ޔުއެފާ ސުޕަ ކަޕް އަދި ފީފާ ކުލަބު ވޯލްޑް ކަޕް ކާމިޔާބު ކުރުން ހިމެނެ އެވެ.

އިތުރަށް ކިޔާލަން

11 ޖުލައި 2017

ފަސް އަހަރު ދުވަހުގެ އެއްބަސްވުމެއްގެ ދަށުން ލުކާކޫ ޔުނައިޓެޑަށް ސޮއިކޮށްފި

11 ޖުލައި 2017
ފަސް އަހަރު ދުވަހުގެ އެއްބަސްވުމެއްގެ ދަށުން ލުކާކޫ ޔުނައިޓެޑަށް ސޮއިކޮށްފި
10 ޖުލައި 2017

އެވަޓަންގައި ރޫނީ ލާނީ ލުކާކޫގެ 10 ނަމްބަރު ޖޯޒީކަމަށް އެ ކްލަބުން ބުނެފި

10 ޖުލައި 2017
އެވަޓަންގައި ރޫނީ ލާނީ ލުކާކޫގެ 10 ނަމްބަރު ޖޯޒީކަމަށް އެ ކްލަބުން ބުނެފި
09 ޖުލައި 2017

މެޑިކަލް ފުރިހަމަކުރުމަށް ވޭން ރޫނީ އެވަޓަން އަށް ގޮސްފި

09 ޖުލައި 2017
މެޑިކަލް ފުރިހަމަކުރުމަށް ވޭން ރޫނީ އެވަޓަން އަށް ގޮސްފި
05 ޖުލައި 2017

ޓްރާންސްފާއާ ގުޅޭގޮތުން ރޫނީ އެވަޓަންއާއެކު މަޝްވަރާކޮށްފި

05 ޖުލައި 2017
ޓްރާންސްފާއާ ގުޅޭގޮތުން ރޫނީ އެވަޓަންއާއެކު މަޝްވަރާކޮށްފި
14 ޖޫން 2017

މޮނާކޯގެ އެމްބަޕޭ ލޯން އެއްބަސްވުމެއްގެ ދަށުން ރެއާލްއަށް ބަދަލުވަނީ!

14 ޖޫން 2017
މޮނާކޯގެ އެމްބަޕޭ ލޯން އެއްބަސްވުމެއްގެ ދަށުން ރެއާލްއަށް ބަދަލުވަނީ!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު