Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
ފީފާ ކްލަބް ވޯލްޑް ކަޕް 2025

އަލް އައިން ބަލިކޮށް، ސިޓީ ގަދަ 16 އަށް

މުބާރާތުގެ ގަދަ 16 ވަނަ ބުރުން ސިޓީ ޖާގަ ހޯދިއިރު، ގުރޫޕް ސްޓޭޖުގަ ފަހު މެޗުގައި ނިކުންނާނީ ޔުވެންޓަސްއާ ދެކޮޅަށެވެ.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް, ރާއްޖެ އެމްވީ | 23 ޖޫން 2025 | ހޯމަ 05:52
މެންޗެސްޓަރ ސިޓީ އާއި އަލް އައިން ބައްދަލު ކުރި މެޗުގެ ތެރެއިން

މެންޗެސްޓަރ ސިޓީ އާއި އަލް އައިން ބައްދަލު ކުރި މެޗުގެ ތެރެއިން

މިހާރު ކުރިއަށްދާ ފީފާ ކުލަބު ވޯލްޑް ކަޕްގެ ގުރޫޕް ޖީގައި މެންޗެސްޓަރ ސިޓީ އިން ކުޅުނު ދެ ވަނަ މެޗުގައި އަލް އައިންގެ މައްޗަށް ބޮޑު ތަފާތަކުން ކުރި ހޯދައި، މުބާރާތުގެ ގަދަ 16 ވަނަ ބުރުން ޖާގަ ހޯދައިފި އެވެ.

މުބާރާތުގައި ސިޓީ ކުޅުނު ފުރަތަމަ މެޗުގައި ވަނީ ވައިދާޑް ކަސަބްލަންކާ އަތުން މޮޅުވެފަ އެވެ. އަދި އަލް އައިންގެ ފުރަތަަމަ މެޗުގައި އެ ޓީމު ވަނީ ޔުވެންޓަސް އަތުން ވެސް ތަފާތު ބޮޑު ނަތީޖާ އަކުން ބަލިވެފަ އެވެ.

ހޯމަ ދުވަހުގެ ފަތިހު ކުޅުނު މެޗު ސިޓީ އިން ކާމިޔާބު ކުރީ 6-0 އިންނެވެ. މެޗުގެ ފުރަތަމަ ހާފުގައި ސިޓީ އިން ތިން ލަނޑު ޖެހިއިރު، ދެ ވަނަ ހާފުގައި އެ ޓީމުން ވަނީ އަނެއް ތިން ލަނޑު ޖަހައިފަ އެވެ.

މެޗު ފަށައިގެން އަށް ވަނަ މިނެޓުގައި ސިޓީ އިން ވަނީ ލަނޑު ޖަހައި ލީޑު ނަގައިފަ އެވެ. އެ ލަނޑު އެ ޓީމަށް ޖަހައިދިނީ އެންޓޯނިއޯ ރޫޑިގާ އެވެ. އޭގެ ފަހުން މެޗުގެ 27 ވަނަ މިނެޓުގައި ކްލައުޑިއޯ އެޗެވެރީ ވަނީ ރެއާލްގެ ދެ ވަނަ ލަނޑު ޖަހައި ލީޑު ފުޅާ ކޮށްފަ އެވެ.

އޭގެ ފަހުން މެޗުގެ ފުރަތަަމަ ހާފުގެ ފަހު ވަގުތުގައި ސިޓީ އަށް ލިބުނު ޕެނަލްޓީ ކާމިޔާބުކޮށް، އެ ޓީމުގެ ތިން ވަނަ ލަނޑު ޖަހައި އިތުރަށް ލީޑު ފުޅާ ކުރީ ނޯވޭގެ އާލިން ހާލަންޑް އެވެ.

މެޗުގެ ދެ ވަނަ ހާފުގައި، 73 ވަނަ މިނެޓުގައި ގުންޑޮގާން ވަނީ ސިޓީގެ ހަތަރު ވަނަ ލަނޑު ޖަހައިފަ އެވެ. އަދި ސިޓީގެ ފަސް ވަނަ ލަނޑު 84 ވަނަ މިނެޓުގައި ޖެހީ އޮސްކާ ބޮބް އެވެ.

މެޗުގެ ފުރިހަމަ ވަގުތު ހަމަވާން އެއް މިނެޓަށް ވެފައި ވަނިކޮށް، ސިޓީގެ ހަ ވަނަ ލަނޑު ޖެހީ ރަޔަން ޗާކީ އެވެ. އޭނާ އެ ލަނޑު ޖެހީ ހާލަންޑް ތަނަވަސްކޮށްދިން ފުރުސަތެއްގަ އެވެ. މެޗުގައި ޗާކީ ކުޅެން ނިކުތީ ވެސް ބަދަލު ކުޅުންތެރިޔެއްގެ ގޮތުގަ އެވެ.

މުބާރާތުގެ ގަދަ 16 ވަނަ ބުރުން ސިޓީ ޖާގަ ހޯދިއިރު، ގުރޫޕް ސްޓޭޖުގަ ފަހު މެޗުގައި ނިކުންނާނީ ޔުވެންޓަސްއާ ދެކޮޅަށެވެ. މި ގުރޫޕުގެ އެއް ވަނަ ޓީމު ކަށަވަރު ވާނީ އެ މެޗުންނެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

އާ ސީޒަނަށް ނުކުންނާނީ މާލޭ ލީގުގެ ގަދަ ހަތަރެއް ކަށަވަރުކުރަން: ޝަޒީން

އާ ސީޒަނަށް ނުކުންނާނީ މާލޭ ލީގުގެ ގަދަ ހަތަރެއް ކަށަވަރުކުރަން: ޝަޒީން

17 ޖެނުއަރީ 2017
ނޭޕާލް ބަލިކޮށް އީރާނަށް ވަރުގަދަ ރައްދެއް ދޭން ބޭނުން: އަދީލް

ނޭޕާލް ބަލިކޮށް އީރާނަށް ވަރުގަދަ ރައްދެއް ދޭން ބޭނުން: އަދީލް

14 ޖެނުއަރީ 2017
އަމާޒަކީ މާލޭ ލީގުގެ ގަދަ ހަތަރެއް ކަށަވަރުކުރުން: ސާންތި

އަމާޒަކީ މާލޭ ލީގުގެ ގަދަ ހަތަރެއް ކަށަވަރުކުރުން: ސާންތި

12 ޖެނުއަރީ 2017
މަޝްހޫރު ޓީމުތައް ގަދަ ހަތަރަކުން ކެޓީ ޓީމުތަކުގެ މެނޭޖްމެންޓްގެ ސަބަބުން: ސޮބާ

މަޝްހޫރު ޓީމުތައް ގަދަ ހަތަރަކުން ކެޓީ ޓީމުތަކުގެ މެނޭޖްމެންޓްގެ ސަބަބުން: ސޮބާ

11 ޖެނުއަރީ 2017
ގަތަރު އޯޕަން ޓެނިސް މުބާރާތް: މަރޭ ބަލިކޮށް ޖޮކޮވިޗް ތަށި ދިފާއުކޮށްފި

ގަތަރު އޯޕަން ޓެނިސް މުބާރާތް: މަރޭ ބަލިކޮށް ޖޮކޮވިޗް ތަށި ދިފާއުކޮށްފި

08 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

31 މާރިޗު
އިސްލާމީ ގައުމަކަށް އެމެރިކާއިން ހަމަލާދޭން ރާއްޖޭގެ ވައިގެ ސަރަހައްދު ތަން މިނަށް ހުޅުވާފައި، ސަރުކާރުގެ ބަހެއް ނެތް!
20251 އަހަރު ކުރިން
ރާއްޖެ

އިސްލާމީ ގައުމަކަށް އެމެރިކާއިން ހަމަލާދޭން ރާއްޖޭގެ ވައިގެ ސަރަހައްދު ތަން މިނަށް ހުޅުވާފައި، ސަރުކާރުގެ ބަހެއް ނެތް!

ފަސޭހަ ގޮނޑި މިވީ ބޮޑު ބޮލު ރިހުމަކަށް؟
20242 އަހަރު ކުރިން
ރިޕޯޓު

ފަސޭހަ ގޮނޑި މިވީ ބޮޑު ބޮލު ރިހުމަކަށް؟

"ކޮންމެ ރޯދަ މަހަކަށް ދަރިއަކު ގެއްލޭ"
20233 އަހަރު ކުރިން
ތަފާތު ޚަބަރު

"ކޮންމެ ރޯދަ މަހަކަށް ދަރިއަކު ގެއްލޭ"

ސްރީލަންކާގެ ހާލަތު ގޯހުން ގޯހަށް
20224 އަހަރު ކުރިން
ރިޕޯޓު

ސްރީލަންކާގެ ހާލަތު ގޯހުން ގޯހަށް

ކަރަންޓީން އަދި ޕޮޒިޓިވް މީހުންނަށް ވޯޓުލެވޭނީ އެންމެން ވޯޓުލާ ނިމުމުން، އެހީތެރިއަކު ގެންނަންޖެހޭނެ
20215 އަހަރު ކުރިން
ރާއްޖެ

ކަރަންޓީން އަދި ޕޮޒިޓިވް މީހުންނަށް ވޯޓުލެވޭނީ އެންމެން ވޯޓުލާ ނިމުމުން، އެހީތެރިއަކު ގެންނަންޖެހޭނެ

ބުލީ ކުރުން- ޤައުމީ ފެންވަރުގެ ހައްލެއް ކޮންމެހެން ބޭނުންވާ ހިސާބުގައި !
20197 އަހަރު ކުރިން
ރިޕޯޓު

ބުލީ ކުރުން- ޤައުމީ ފެންވަރުގެ ހައްލެއް ކޮންމެހެން ބޭނުންވާ ހިސާބުގައި !

ފަޤީރު ޤައުމުތަކުގެ ސަފީރުން ގެނެސްގެން ސަރުކާރުން ކީއްކުރަނީ؟
20188 އަހަރު ކުރިން
ރިޕޯޓު

ފަޤީރު ޤައުމުތަކުގެ ސަފީރުން ގެނެސްގެން ސަރުކާރުން ކީއްކުރަނީ؟

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު