Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ގުޅިފައިވާ ސިޔާސީ ޕާޓީތައް

ރާއްޖޭގައި ވެރިކަމަށް އާދެވެނީ އިއްތިހާދަކުން، އެކަމަށް ޤާނޫނު އަސާސީ އިސްލާހް ކުރަން ޖެހޭ:ރައީސް ނަޝީދު

އެއްވެސް އިންތިޚާބެއްގައި ރައްޔިތުންގެ އަޣްލަބިއްޔަތު އެއްސިޔާސީ ޕާޓީއެއްގެ ނުވަތަ އެއް ސިޔާސީ ލީޑަރެއްގެ ފަހަތަށް އަރާފައެއް ނެތް

އަހުމަދު މުހުސިނު
އަހުމަދު މުހުސިނު, ރާއްޖެ އެމްވީ | 7 އޯގަސްޓު 2017 | ހޯމަ 19:44
ރައީސް ނަޝީދު ރައީސް މައުމޫނާއެކު

ރައީސް ނަޝީދު ރައީސް މައުމޫނާއެކު

ރާއްޖޭގައި މިހާރު އިއްތިހާދަކުން ނޫން ގޮތަކަށް ވެރިކަމަށް އާދެވެން ނެތް ކަމަށާއި އެގޮތަށް ޤާނޫނު އަސާސީ އިސްލާހު ކުރަން ޖެހޭ ކަމަށް އާ ޤާނޫނު އަސާސީގެ ދަށުން ފުރަތަމަ ރައީސުލް ޖުމްހޫރިއްޔާ ކަމަށް ވަޑައިގެންނެވި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ ޤާނޫނު އަސާސީ ދެމެހެއްޓުމުގެ ނަމުގައި ގުޅިފައިވާ ސިޔާސީ ޕާޓީތަކުން ހޯމަ ދުވަހުގެރޭ މ ކުނޫޒްގައި ބޭއްވި ޖަލްސާގައި ވީޑިއޯ ކޯލް މެދުވެރިކޮށް ދެއްކެވި ވާހަކަ ފުޅުގައެވެ.

އިއްތިހާދު ރޫޅުމުން 2012 ވަނަ އަހަރު ވެރިކަމުން ފައިބާ ވަޑައިގަންނަވަން ޖެހިވަޑައިގެންނެވި ރައީސް ނަޝީދު ވިދާޅުވީ މިއަދު ޢަމަލު ކުރަމުން މިދާ ޤާނޫނު އަސާސީގެ ދަށުން މުޅި ރާއްޖެ ވާދަވެރި ކިތަންމެ އިންތިޚާބަކަށް ހިނގައްޖެ ކަމަށާއި ދެ ރިޔާސީ އިންތިޚާބާއި ދެރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު އަދި ތިން ލޯކަލް ކައުންސިލްގެ އިންތިޚާބު އޭގެ ތެރޭގައި ހިމެނޭ ކަމަށެވެ. މިއިން އެއްވެސް އިންތިޚާބެއްގައި ރައްޔިތުންގެ އަޣްލަބިއްޔަތު އެއްސިޔާސީ ޕާޓީއެއްގެ ނުވަތަ އެއް ސިޔާސީ ލީޑަރެއްގެ ފަހަތައް އަރާފައި ނުވާ ކަމަށް ވިދާޅުވިއެވެ..

" ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ މިވަނީ އެންމެގިނަ ވޯޓު ހޯދާ ޕާޓީއަށް ވެފައި. ތެދުފުޅެއް އެންމެ ގިނަ ދިވެހިރައްޔިތުން ތާއީދުކުރާ ޕާޓީއަކީ ވެސް ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ. އެހެންނަމަވެސް އެމްޑީޕީއަކަށް ވެސް 50 ޕަސެންޓަށް ވުރެ އިތުރަކަށް ވޯޓު ހޯދިފައެއް ނުވޭ. 2008 ވަނަ އަހަރުގެ ފުރަތަމަ ބުރުގައި އަޅުގަނޑު ތަމްސީލްކުރި އެމްޑީޕީއަށް ލިބުނީ ނެގުނު ވޯޓުގެ 24 ޕަސެންޓް. ރައީސް މައުމޫން އެއިންތިޚާބުގައި ހޯއްދެވި 44 ޕަސެންޓް. އެހެން ނަމަވެސް އެފަހަރު ސަރުކާރު އުފެދިގެން އައީ އަޅުގަނޑުގެ ރައީސް ކަމުގައި. ރިޔާސީ އިންތިޚާބެއްގެ ދެވަނަ ބުރަށް އަޅުގަނޑު ދިޔައީ އިއްތިހާދެއްގެ ތެރެއިން. 2013 ވަނަ އަހަރު ވެސް ކަންދިމާވީ މިބީދައިން. ރައީސް ޔާމީން ތަމްސީލް ކުރެއްވި ޕީޕީއެމަށް ލިބުނީ 26 ޕަސެންޓް. އަޅުގަނޑު ތަމްސީލްކުރި އެމްޑީޕީއަށް ލިބުނީ 47 ޕަސެންޓް. އެހެންނަމަވެސް ސަރުކާރު އުފެދިގެން އައީ ރައީސް ޔާމީންގެ ރިޔާސަތުގައި. ރައީސް ޔާމީން ވެސް ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރަށް ވަޑައިގަތީ އިއްތިހާދެއްގެ ތެރެއިން" ރައީސް ނަޝީދު ވިދާޅުވިއެވެ.

މިކަން މިހެންވާއިރު އެމަނިކުފާނު ވިދާޅުވި ގޮތުގައި އަޅުގަނޑުމެންގެ ޤާނޫނު އަސާސީއަށް އިއްތިހާދުވުން ބީރައްޓެހިކަމަށް ޤާނޫނީ މާހިރުން އެބަ ފާހަގަ ކުރައްވާ ކަމަށާއި އިއްތިހާދުވުން ބީރައްޓެހިވެ އޮވެ ކުޑަ އަޣްލަބިއްޔަތެއް ލިބި ސަރުކާރެއް އެކުލަވާލާ ޕާޓީން އެންމެބޮޑު އިސްކަމެއް ދެނީ އެޕާޓީ ފައްކާ ކުރުމަށް ކަމަށެވެ.

"ރައީސުލް ޖުމްހޫރިއްޔާ ވެސް މަސައްކަތް ކުރައްވަނީ އެބޭފުޅާގެ ބާރު އިތުރުކުރުމަށް. އެބޭފުޅާގެ ކިބައިގާ ވެރިކަމުގެ ގިނަ ބާރު ބެހެއްޓެވުމަށް. ނަތީޖާއަކަށް ވެދަނީ ސިޔާސީ ވާދަވެރިންނަށް އަނިޔާވުން. ޤާނޫނު އަސާސީ އުއްމީދުކުރާ ފިޔަވަޅުގައި ވެރިކަމުގެ ކަންކަން ކުރިއަށް ނުދިއުން. އިއްތިހާދު ވުމުގެ ހަމަތަކާއި އުސޫލުތައް އެންމެ ރައްޓެހި ވެރިކަމުގެ ނިޒާމަކީ ބަރުލަމާނީ ނިޒާމް. މިއަދުގެ ޤާނޫނު އަސާސީގައި މިވަނީ ފުރިހަމަ ރިޔާސީ ނިޒާމެއް. އިއްތިހާދު ބީރައްޓެހި ނިޒާމެއް. މިއަދުގެ ޤާނޫނު އަސާސީގެ ދަށުން ވެރިކްނަ ކުރައްވާ ވެރިޔާ ވެރިކަމުގެ ބާރު އެއްކުރުމުގެ ނިޔަތުގައި އެބޭފުޅާގެ ވާދަވެރިން އެކަހެރި ކުރަން މަސައްކަތް ކުރައްވައިފިނަމަ ވެރިކަން ވެއްޓޭ ކަމީ މިއަދުގެ ދިވެހިރާއްޖެ އަޅުގަނޑުމެންނަށް ސާފުކޮށްދީފައިވާ ވަރަށް ރަނގަޅު ޙަޤީގަތެއް. އަދި ވަކިން ޚާއްޞަކޮށް އަޅުގަނޑަށް ސާފުވެފައިވާ ބޮޑު ޙަޤީގަތެއް. ރައީސް ޔާމީންގެ ވެރިކަން ވެއްޓިއްޖެ. ވެރިކަމަށް ވަޑައިގެންނެވި އިއްތިހާދު ރޫޅިއްޖެ. ރައްޔިތުންގެ މަޖިލީހުގެ އަޣްލަބިއްޔަތު ގެއްލިއްޖެ. މިއަދު ރައީސް ޔާމީންގެ ވެރިކަން ދެމެހެއްޓޭނޭ ހަމަ އެއްގޮތެއްވެސް ނެތް." ރައީސް ނަޝީދު ވިދާޅުވިއެވެ.

ރައީސް ނަޝީދު ވިދާޅުވީ ދުސްތޫރެއްގައި ބަޔާން ކުރަނީ އުސޫލުތަކަކާއި ހަމަތަކެއް ކަމަށާއި ޤާނޫނު އަސާސީގައި ބަޔާން ކުރަނީ ބޭނުންވާ ޖުމްލަ އަދަދު ކަމަށެވެ. އަދި އެއަދަދަށް ވާސިލްވާނޭ ގޮތުގެ ތަފްސީލް ހިސާބެއް ޤާނޫނު އަސާސީ ނުދޭ ކަމަށާއި އޭގައިވަނީ ރައްޔިތުންގެ ޙައްޤުތައް އެކަނި ނޫން ކަމަށް ވިދާޅުވިއެވެ.

ރައްޔިތުންގެ މަސްއޫލިއްޔަތުތައް ވެސް ވަނީ އޭގައި ކަމަށާއި ދިވެހިރާއްޖޭގެ ޤާނޫނު އަސާސީގައި ބުނާ ޖުމްލަ އަދަދަކީ ރަނގަޅަށް އުޅޭށޭ ބުނާ ބުނުން ކަމަށް ވިދާޅުވިއެވެ. އަދި ރަނގަޅަށް އުޅުމަކީ އެކަކު އަނެކަކަށް އިހާނެތިކޮށް ނުހެދުން ކަމަށާއި ރިވެތި ދިރިއުޅުމެއް އާރާސްތުކުރަމުން ގެންދިއުން ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.

"ރާއްޖޭގެ ޤާނޫނު އަސާސީގައި ވެރިކަމަށް އައުމަށް އުފައްދާ އިއްތިހާދުގެ ދައުރާ ބާރު ބަޔާންކުރާކަށް ނުޖެހޭ. އޭގައި އެބުނާ ބަސްތައް އަޅުގަނޑުމެންނަށް ވަރަށް ބޮޑަށް ސާފުވޭ. އިއްތިހާދަކުން ވެރިކަމަށް ވަޑައިގެންފިނަމަ ހަމަ ކަށަވަރުންވެސް އެއިއްތިހާދު ރޫޅާލައި ތިމަންނާގެ އަމިއްލަ ބާރުގެ ދަށަށް މުޅި ވެރިކަން ދީލާލާ ވާދަވެރިން ހިފާ ހައްޔަރުކޮށް ދައުލަތުގެ ބައިތުލްމާލަށް ޚިޔާނާތްތެރިވެ ވައްކަމާއި ފަސާދައިގާ ތިމާ ތުހުމަތުވެ، ޤައުމުގެ މިނިވަންކަމާއި އިސްތިޤްލާލް ނުރައްކަލަށް ގެނެސް އަދި އަމުދުން ތިމާގެ އަމިއްލަ ލޭ ހިނގާ ގާތްތިމާގެ މީހުންނަށް އަނިޔާ ކުރާން ފެށީމާ އެއުޅެވެނީކީ ރަނގަޅަކަށް ނޫން. ޤާނޫނު އަސާސީ ބުނާ އެންމެފަހުގެ ޖުމްލަ އަދަދަކީ ރަނގަޅަށް އުޅުމަށް. ރަނގަޅަށް ނޫޅެވޭއިރު އެހުރީ ޤާނޫނު އަސާސީއާ ޚިލާފްވެފައި." ރައީސް ނަޝީދު ވިދާޅުވިއެވެ.

ކޮމެންޓް

Like & Win

Giveaway
Powered by: Radient Heat Waters
Kent Grand Plus

Kent Grand Plus

Tap

އިތުރަށް ކިޔާލަން

ބްރިޓިޝް ކައުންސިލްގެ ކޮންސެޕްޓަށް ރާއްޖޭގައި އަރަބި ބަސް އުނގަނައިދިނުމުގެ މަޝްރޫޢުއެއް ފަށަނީ

ބްރިޓިޝް ކައުންސިލްގެ ކޮންސެޕްޓަށް ރާއްޖޭގައި އަރަބި ބަސް އުނގަނައިދިނުމުގެ މަޝްރޫޢުއެއް ފަށަނީ

12 ފެބުރުއަރީ 2017
ރާއްޖޭގައި ކެންސަރު ބަލީގެ 8.2 ޕަސެންޓަކީ އުރަމަތީ ކެންސަރު ބަލިމީހުން: މިނިސްޓަރ

ރާއްޖޭގައި ކެންސަރު ބަލީގެ 8.2 ޕަސެންޓަކީ އުރަމަތީ ކެންސަރު ބަލިމީހުން: މިނިސްޓަރ

08 ފެބުރުއަރީ 2017
ރާއްޖޭގައި ފަޔަރމަނުން އިތުރަށް ތަމްރީނުކުރުމަކީ މުހިއްމު ކަމެއް: ޑިފެންސް މިނިސްޓަރު

ރާއްޖޭގައި ފަޔަރމަނުން އިތުރަށް ތަމްރީނުކުރުމަކީ މުހިއްމު ކަމެއް: ޑިފެންސް މިނިސްޓަރު

04 ފެބުރުއަރީ 2017
ރާއްޖޭގައި އިހުލާސްތެރި ނަޒާހަތްތެރި ދަރިން ދަނީ މަދުވަމުން، މިކަން ދިރާސާ ކުރަންޖެހޭ: ލުތުފީ

ރާއްޖޭގައި އިހުލާސްތެރި ނަޒާހަތްތެރި ދަރިން ދަނީ މަދުވަމުން، މިކަން ދިރާސާ ކުރަންޖެހޭ: ލުތުފީ

03 ފެބުރުއަރީ 2017
ބެލްޖިއަމް ކޮންސިއުލޭޓް އޮފީހެއް ރާއްޖޭގައި ހުޅުވައިފި

ބެލްޖިއަމް ކޮންސިއުލޭޓް އޮފީހެއް ރާއްޖޭގައި ހުޅުވައިފި

30 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

20 މާރިޗު
ވިލާ ގުރޫޕް ރިސޯޓް ތަކުގެ މަސައްކަތްތެރިންނަށް ސާވިސްޗާޖު ނުދޭނަމަ މުޒާހަރާއަށް ނުކުތުމަށް ގޮވާލައިފި
20251 އަހަރު ކުރިން
ރާއްޖެ

ވިލާ ގުރޫޕް ރިސޯޓް ތަކުގެ މަސައްކަތްތެރިންނަށް ސާވިސްޗާޖު ނުދޭނަމަ މުޒާހަރާއަށް ނުކުތުމަށް ގޮވާލައިފި

އެމެރިކާ ކޯޗުގެ ދެމަފިރިންގެ ހިތް ދެވުނީ ހުރަޔަށް، ރާއްޖޭގެ އެހެން ޓީމަކަށް ނުދާނެ
20242 އަހަރު ކުރިން
މީހުން

އެމެރިކާ ކޯޗުގެ ދެމަފިރިންގެ ހިތް ދެވުނީ ހުރަޔަށް، ރާއްޖޭގެ އެހެން ޓީމަކަށް ނުދާނެ

މީހުން ގެއްލުން: ހީކުރާ ވަރަށްވުރެ ސީރިއަސް!
20233 އަހަރު ކުރިން
ރިޕޯޓު

މީހުން ގެއްލުން: ހީކުރާ ވަރަށްވުރެ ސީރިއަސް!

100 ކިލޯ ޑްރަގް މައްސަލަ: މިއަދު ކުރިއަށް ގެންދެވުނީ ދައުވާ ލިބޭ 2 ބިދޭސީންގެ ބައި އެކަނި
20224 އަހަރު ކުރިން
ރާއްޖެ

100 ކިލޯ ޑްރަގް މައްސަލަ: މިއަދު ކުރިއަށް ގެންދެވުނީ ދައުވާ ލިބޭ 2 ބިދޭސީންގެ ބައި އެކަނި

ނަޝީގެ އުފަންދުވަހާ ދިމާކޮށް ބޮޑު ސަޕްރައިޒެއް!
20215 އަހަރު ކުރިން
ރިޕޯޓު

ނަޝީގެ އުފަންދުވަހާ ދިމާކޮށް ބޮޑު ސަޕްރައިޒެއް!

އާގިލް އާއި ޝައްފާން ވެސް މަރާލީ ގޭންގް މާރާމާރީތަކުގައި: ފުލުހުން
20197 އަހަރު ކުރިން
ރާއްޖެ

އާގިލް އާއި ޝައްފާން ވެސް މަރާލީ ގޭންގް މާރާމާރީތަކުގައި: ފުލުހުން

ރައީސް މައުމޫންގެ ވަކީލް ފައިސަލް މިއަދު ކޯޓަށް ހާޒިރު ކުރަނީ
20188 އަހަރު ކުރިން
ރާއްޖެ

ރައީސް މައުމޫންގެ ވަކީލް ފައިސަލް މިއަދު ކޯޓަށް ހާޒިރު ކުރަނީ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު