Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެއިޒްރޭލު ޕާސްޕޯޓް

އިޒްރޭލު ޕާސްޕޯޓް މަނާކުރަން ސަރުކާރަށް އަދި ސްޓޭންޑެއް ނުނެގޭ - ސަރުކާރު

ފަލަސްތީނުގެ ހައްގުގައި ނަގަންޖެހުނު ކޮންމެ ސްޓޭންޑެއް ނަގާނެ

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް | 6 މެއި 2024 | ހޯމަ 13:23
އިޒްރޭލުން ދިން ނިރުބަވެރި ހަމަލާގައި ގެތައް ބިމާހަމަވެފައިވާއިރު ގެދޮރުގެއްލުނު ކުއްޖަކު ވެއްޓިފައިވާ ގެތައް ކައިރީގައި

އިޒްރޭލުން ދިން ނިރުބަވެރި ހަމަލާގައި ގެތައް ބިމާހަމަވެފައިވާއިރު ގެދޮރުގެއްލުނު ކުއްޖަކު ވެއްޓިފައިވާ ގެތައް ކައިރީގައި

މި ސަރުކާރަށް 6 މަސް ވެގެން ދިޔަ އިރުވެސް، އިޒްރޭލު ޕާސްޕޯޓް މަނާނުކުރެވިގެން އުޅެނީ ސްޓޭންޑް ނުނެގިގެން ކަމަށް ސަރުކާރުން ބުނެފިއެވެ.

ނިރުބަވެރި އިޒްރޭލުން ގައްޒާގެ އާންމުންނަށް އަމާޒުކޮށް ދެމުންދާ ހަމަލާތަކާއި ހިންގަމުންދާ ގަތުލައާންމާއި ގުޅިގެން އިޒްރޭލު ރައްޔިތުން ރާއްޖެއައުން މަނާކޮށް، ޕާސްޕޯޓް ބޭން ކުރުމަށް ގޮވާލާ ސަރުކާރަށް ވަނީ ޕެޓިޝަނެއް ހުށަހަޅާފައެވެ. ނަމަވެސް އެ މައްސަލައިގައި މިހާތަނަށް ވެސް ސަރުކާރުން ސާފު ޖަވާބެއް ނުދެއެވެ.

ހޯމަ ދުވަހު ރައީސް އޮފީހުގައި އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި އިޒްރޭލު ޕާސްޕޯޓް ބޭންކުރުމާއި ގުޅޭގޮތުން ސަރުކާރުގެ ސްޓޭންޑަކީ ކޮބައިތޯ ނޫސަވެރިއަކު ދެންނެވި ސުވާލަށް ޖަވާބުދެއްވަމުން، ރައީސް އޮފީހުގެ ތަރުޖަމާނު ހީނާ ވަލީދު ވިދާޅުވީ ފަލަސްތީނަކީ ދިވެހިންގެ ވަރަށް ގާތް އަހުންނާއި އުހުތުންތަކެއް ތިބި ގައުމެއް ކަމަށެވެ. އަދި ފަލަސްތީން ރައްޔިތުންގެ ހައްގުތައް ނުގެއްލޭ ގޮތަށް ކަންތައްތައް ބައްޓަންކުރުމަކީ އަބަދުވެސް ދިވެހިރާއްޖެއިން ނަގަމުން އަންނަ ސްޓޭންޑް ކަމަށާއި، މި ސަރުކާރުން ވަރަށް ބޮޑަށް ދައްކަމުން އަންނަ ވާހަކައެއް ކަމަށެވެ. ހީނާ ވިދާޅުވީ ބައިނަލްއަގުވާމީ ދެ ޕްލެޓްފޯމެއްގައި ސަރުކާރުގެ ދެ ވަޒީރުން ދެއްވި ދެއްކެވި ވާހަކަފުޅަކީ އޭގެ ވަރުގަދަ ހެތްކެއް ކަމަށެވެ.

ހީނާ ވިދާޅުވީ އަދި ފަލަސްތީނުގައި މިނިވަން ދައުލަތެއް އޮތުމަށް ދިވެހިރާއްޖެއިން އަބަދުވެސް ވަކާލާތުކުރަމުން އަންނަ ކަމަށެވެ. އެހެންކަމުން ފަލަސްތީނުގެ ރައްޔިތުންގެ ހިމާޔަތުގައާއި އެ ރައްޔިތުންގެ ހައްގުގައި ދިވެހި ސަރުކާރުން ކުރަންޖެހުނު ކޮންމެ ކަމެއް ކުރާނެ ކަމަށް ހީނާ ވިދާޅުވިއެވެ.

ހީނާ ވިދާޅުވީ ރައްޔިތުންގެ މަޖިލިސްގެ އައު ދައުރު ފެށެންވާއިރަށް ކުރެވޭނެ ކަންތައްތަކަކީ ކޮބައިތޯ ބަލަމުން އަންނަ ކަމަށެވެ. އޭގެ ތެރޭގައި ތަންކޮޅެއް ބޮޑަށް ދިރާސާކޮށް، 'އިންޑެޕްތުކޮށް' މަޝްވަރާކުރަންޖެހޭ ހުރިހާ ފަރާތްތަކާއި މަޝްވަރާކުރުމަށްފަހު ފަލަސްތީނުގެ ހައްގުގައި ނަގަންޖެހުނު ކޮންމެ ސްޓޭންޑެއް ސަރުކާރުން ނަގާނެ ކަމަށެވެ. އަދި ނަގާ ކޮންމެ ސްޓޭންޑަކީ ފަލަސްތީނުގެ ރައްޔިތުންގެ ދިފާއުގައި ނަގާނެ ސްޓޭންޑެއް ކަމަށް ހީނާ ވިދާޅުވިއެވެ.

އިޒްރޭލު ޕާސްޕޯޓު ބޭންކުރުމާއި ގުޅޭގޮތުން ތަކުރާރުކޮށް ސުވާލުކުރުމުން ވެސް ހީނާ ވިދާޅުވީ، ފަލަސްތީނުގެ ރައްޔިތުންގެ ހައްގުގައި ކުރަންޖެހުނު ކޮންމެ ކަމެއް ކުރުމަށްޓަކައި ކުރަންޖެހޭ މަޝްވަރާތަކަކީ އަދި ނަގަންޖެހޭ ސްޓޭންޑްތަކަކީ ކޮބައިތޯ، އެކަންކަމާއި ގުޅޭގޮތުން ވަރަށް ފުޅާ ދާއިރާއެއްގައި ކަމާއިބެހޭ ފަރާތްތަކާ އެކީގައި މަޝްވަރާކުރަމުންދާ ކަމަށެވެ.

އެހެންކަމުން އައު މަޖިލިސް ހުވާ ކުރަންވާއިރަށް އެހިސާބަށް ދެވޭނެކަމަށް ހީނާ ވިދާޅުވިއެވެ.

އިޒްރޭލުގެ ފަތުރުވެރިން ރާއްޖެ އައުން މަނާކޮށް އިޒްރޭލުގެ އުފެއްދުންތައް ރާއްޖެ ގެނައުން މަނާކުރަން ގޮވާލާފައިވާ ގަރާރެއް ރައްޔިތުންގެ މަޖިލީހުން ފާސްކުރީ މި އަހަރުގެ އޭޕްރިލް 1 ގައެވެ.

އިޒްރޭލްފަލަސްތީނުރައީސުލްޖުމްހޫރިއްޔާ، ޑރ. މުޙައްމަދު މުޢިއްޒު

އިތުރަށް ކިޔާލަން

21 ޑިސެމްބަރު 2025

ފަލަސްތީނުގެ ދައުލަތެއް ގާއިމު ކުރުން ހުއްޓުވުމަށް އިޒްރޭލުން ވެސްޓް ބޭންކުގައި އިތުރު 19 އާބާދީ ގާއިމުކުރަން ހުއްދަދީފި

21 ޑިސެމްބަރު 2025
ފަލަސްތީނުގެ ދައުލަތެއް ގާއިމު ކުރުން ހުއްޓުވުމަށް އިޒްރޭލުން ވެސްޓް ބޭންކުގައި އިތުރު 19 އާބާދީ ގާއިމުކުރަން ހުއްދަދީފި
19 ޑިސެމްބަރު 2025

ޣައްޒާ ގެ ކުރިމަގު އޮތީ ކިހިނެއް؟

19 ޑިސެމްބަރު 2025
ޣައްޒާ ގެ ކުރިމަގު އޮތީ ކިހިނެއް؟
18 ޑިސެމްބަރު 2025

ހުޅުމާލެ ފޭސް 2 ގެ ރައްޔިތުންނާއި ރައީސް ބައްދަލުކުރައްވައިފި : ކުރީ ސަރުކާރުން ދިން ފްލެޓް ލިބުނު މީހުންގެ ފްލެޓް އަތުލުމުގެ ކަންބޮޑުވުންތައް ބަންޑުން ކޮށްލައިފި!

18 ޑިސެމްބަރު 2025
ހުޅުމާލެ ފޭސް 2 ގެ ރައްޔިތުންނާއި ރައީސް ބައްދަލުކުރައްވައިފި : ކުރީ ސަރުކާރުން ދިން ފްލެޓް ލިބުނު މީހުންގެ ފްލެޓް އަތުލުމުގެ ކަންބޮޑުވުންތައް ބަންޑުން ކޮށްލައިފި!
17 ޑިސެމްބަރު 2025

ރެބަން ކަނޑާފައި އެ ހުޅުވާލީ ބަހެއް!

17 ޑިސެމްބަރު 2025
ރެބަން ކަނޑާފައި އެ ހުޅުވާލީ ބަހެއް!
13 ޑިސެމްބަރު 2025

އާދިއްތަ ދުވަހުން ފެށިގެން، މިފްކޯއިން މަސްވެރިންނަށް ތެޔޮ ވިއްކާނީ އެވްރެޖްކޮށް 51 ލާރި އަގުހެޔޮކޮށް: ރައީސް މުއިއްޒު

13 ޑިސެމްބަރު 2025
އާދިއްތަ ދުވަހުން ފެށިގެން، މިފްކޯއިން މަސްވެރިންނަށް ތެޔޮ ވިއްކާނީ އެވްރެޖްކޮށް 51 ލާރި އަގުހެޔޮކޮށް: ރައީސް މުއިއްޒު
13 ޑިސެމްބަރު 2025

ރައީސް މުއިއްޒު ގެ ދެކަނބަލުން ދުވާފަރަށް ވަޑައިގެންފި

13 ޑިސެމްބަރު 2025
ރައީސް މުއިއްޒު ގެ ދެކަނބަލުން ދުވާފަރަށް ވަޑައިގެންފި
13 ޑިސެމްބަރު 2025

މަސްވެރިންގެ ކަންބޮޑުވުންތަކަށް ބީރު ކަންފަތެއް ދެއްވާ، ރައީސް މުޢިއްޒު މަސްވެރިންގެ ދުވަސް ފާހަގަ ކުރެއްވުމަށް ދުވާފަރަށް ވަޑައިގެންފި

13 ޑިސެމްބަރު 2025
މަސްވެރިންގެ ކަންބޮޑުވުންތަކަށް ބީރު ކަންފަތެއް ދެއްވާ، ރައީސް މުޢިއްޒު މަސްވެރިންގެ ދުވަސް ފާހަގަ ކުރެއްވުމަށް ދުވާފަރަށް ވަޑައިގެންފި
10 ޑިސެމްބަރު 2025

އިޒްރޭލުން ވެސްޓު ބޭންކުގައި ޔަހޫދީން ވަޒަންވެރި ކުރުވުމަށް ގާތްގަނޑަކަށް 800 ގެ އެޅުމުގެ ހުއްދަދީފި

10 ޑިސެމްބަރު 2025
އިޒްރޭލުން ވެސްޓު ބޭންކުގައި ޔަހޫދީން ވަޒަންވެރި ކުރުވުމަށް ގާތްގަނޑަކަށް 800 ގެ އެޅުމުގެ ހުއްދަދީފި
10 ޑިސެމްބަރު 2025

ދުނިޔޭގައި އެންމެ ގިނައިން ނޫސްވެރިން މަރާ ގައުމު ގެ ރެކޯޑް ޖެހިޖެހިގެން ތިންވަނަ އަހަރު އިޒްރޭލަށް!

10 ޑިސެމްބަރު 2025
ދުނިޔޭގައި އެންމެ ގިނައިން ނޫސްވެރިން މަރާ ގައުމު ގެ ރެކޯޑް ޖެހިޖެހިގެން ތިންވަނަ އަހަރު އިޒްރޭލަށް!
09 ޑިސެމްބަރު 2025

ދުވާފަރު ގައި ގަވާއިދާ ޚިލާފަށް ދޫކޮށްފައި އޮތް ބިމެއް ގައި ޕީއެންސީ އިން ޖަގަހައެއް ހަދައިފި

09 ޑިސެމްބަރު 2025
ދުވާފަރު ގައި ގަވާއިދާ ޚިލާފަށް ދޫކޮށްފައި އޮތް ބިމެއް ގައި ޕީއެންސީ އިން ޖަގަހައެއް ހަދައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު