Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެއައްޑޫ ފެނުގެ މައްސަލަ

އައްޑޫގެ ފެނުގެ މައްސަލަ ހައްލުކުރަން ދުވަސް ނެގުމަކީ ނުކުޅެދުމެއް - ނިޒާރު

މޭޔަރު ވަނީ މި ތަކްލީފަށް އަވަސް ހައްލެއް ހޯއްދަވައި ދެވުމަށް ފެނަކަގައި އެދިވަޑައިގަންނަވާފައި

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް | 5 މެއި 2024 | އާދީއްތަ 13:36
އައްޑޫ ސިޓީ

އައްޑޫ ސިޓީ

އައްޑޫ ސިޓީގެ ފެނުގެ މައްސަލަ ހައްލުކުރަން ދުވަސް ނެގުމަކީ ނުކުޅެދުމެއްކަމުގައި އައްޑޫ ސިޓީގެ މޭޔަރު އަލީ ނިޒާރު ވިދާޅުވެއްޖެއެވެ.

އައްޑޫ ސިޓީގެ ފެނުގެ މައްސަލަ ދިމާވެ އެ މައްސަލަ ހައްލު ނުވެ ގިނަ ދުވަސްތަކެއް ވަނީ ވެފައެވެ. މިދިޔަ ޑިސެމްބަރު މަހާއި މާޗް މަހު އެ ސިޓީގެ އަވަށްތަކަށް ފެން ސަޕްލައިކުރާ އާރުއޯ ޕްލާންޓަށް ދިމާވި މައްސަލަ ހައްލު ނުވެ ވަނީ ދިގުލައިގެން ގޮސްފައެވެ. އަދި މިހާތަނަށް ވެސް އެ މައްސަލައަށް ދާއިމީ ހައްލެއް ލިބިފައި ނުވެއެވެ.

އައްޑޫ ސިޓީ ފެނުގެ މައްސަލައާއި ގުޅޭގޮތުން އެކްސްގައި ކުރެއްވި ޕޯސްޓެއްގައި މޭޔަރު ނިޒާރު ވިދާޅުވީ އައްޑޫ ސިޓީގެ ގުޅިފައިވާ ރަށްތަކަށް ފެން ސަޕްލައި ކޮއްދިނުމުގައި ދިމާވެފައިވާ މައްސަލައަށް ހައްލެއް ނުލިބި މަހެއްހާ ދުވަހާއި ގާތްވެފައިވާއިރު، މިކަމުގައި ރައްޔިތުންގެ ޝަކުވާ އިތުރުވަމުން އަންނަ ކަމަށެވެ. އަދި މިކަމަށް ހައްލު ހޯދަން މިހާ ދުވަސްނަގަން ޖެހުމަކީ ނުކުޅެދުމެއް ކަމަށެވެ.

މޭޔަރު ނިޒާރު ވަނީ މި ތަކްލީފަށް އަވަސް ހައްލެއް ހޯއްދަވައި ދެވުމަށް ފެނަކަގައި އެދިވަޑައިގަންނަވާފައެވެ.

އައްޑޫ ސިޓީ މޭޔަރު އަލީ ނިޒާރު ރާއްޖެއެމްވީއަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ ފެނުގެ މައްސަލަ ދިމާވަމުންދާތާ 18 ވަރަކަށް ދުވަސްވެއްޖެ ކަމަށެވެ. އަދި ޕަމްޕެއްގެ މައްސަލައެއް ދިމާވެގެން ގެނައީ ކުޑަ ޕަމްޕެއް ކަމަށާއި، އެހެންކަމުން ފެން ދިނުމުގައި ދަތިތައް އެބަހުރި ކަމަށެވެ.

އައްޑޫސިޓީ މޭޔަރު ވިދާޅުވީ ބައެއް ފަހަރު ފެން އެއްވެސް ވަރަކަށް ނުލިބޭކަމަށާއި އަދި ފެން ލިބޭއިރު ވެސް ލިބެނީ ވަރަށް ދަށް ޕްރެޝަރުގައި ކަމަށެވެ. މޭޔަރު ވިދާޅުވީ ފެނުގެ މައްސަލަ ހައްލު ނުވެ ދިގުލައިގެން ދާއިރު، އެކަމާއި ގުޅޭ ތަފްސީލުތައް ވެސް ސިޓީ ކައުންސިލާއި ހިއްސާ ނުކުރާ ކަމަށެވެ. އަދި މަސައްކަތް ކުރަމުންދާކަމެއް ނުވަތަ އެކަމަށް ގެންނަ ހައްލެއްގެ ވާހަކަ ވެސް ސިޓީ ކައުންސިލާއި ހިއްސާކޮށްފައި ނުވާ ކަމަށެވެ.

އައްޑޫ ސިޓީ ފެނުގެ މައްސަލަ ހައްލުކުރުމަށް މިދިޔަ މަހު ވަނީ އެމްޑަބްލިއުއެސްސީއާ ވެސް ހަވާލުކޮށްފައެވެ. ނަމަވެސް މިހާތަނަށް ވެސް ފެނުގެ މައްސަލަ ހައްލު ނުވެ ދިގުލައިގެންދާތީ އާންމުންގެ ޝަކުވާ އަދި ކަންބޮޑުވުންތައް ކައުންސިލަށް ލިބެމުން އަންނަ ކަމަށް ވެސް މޭޔަރު ނިޒާރު ވިދާޅުވިއެވެ.

އައްޑޫ ސިޓީ ކައުންސިލްއައްޑޫސިޓީ މޭޔަރ ޢަލީ ނިޒާރު

އިތުރަށް ކިޔާލަން

21 ނޮވެމްބަރު 2025

ގޫގުލް ޕްރޮޖެކްޓަށް ބޭނުންވާ 1.5 ހެކްޓަރުގެ ބިން، ކައުންސިލަށް އާމްދަނީ އެއް ނުލިބޭ ގޮތަކަށް ދޫނުކުރަން ފާސްކޮށްފި

21 ނޮވެމްބަރު 2025
ގޫގުލް ޕްރޮޖެކްޓަށް ބޭނުންވާ 1.5 ހެކްޓަރުގެ ބިން، ކައުންސިލަށް އާމްދަނީ އެއް ނުލިބޭ ގޮތަކަށް ދޫނުކުރަން ފާސްކޮށްފި
14 ނޮވެމްބަރު 2025

"އައްޑޫ ޖަންކްޝަންތަކުން ނަޖިސް ނުނެގޭތާ 2 ދުވަސްވީ، މުވައްޒަފުންނާއި ވެރިން ވަނީ ދިވެހިންގެ ރާއްޖެ ބަލަން މާލޭގައި"

14 ނޮވެމްބަރު 2025
"އައްޑޫ ޖަންކްޝަންތަކުން ނަޖިސް ނުނެގޭތާ 2 ދުވަސްވީ، މުވައްޒަފުންނާއި ވެރިން ވަނީ ދިވެހިންގެ ރާއްޖެ ބަލަން މާލޭގައި"
04 ނޮވެމްބަރު 2025

ހުޅުދޫ އަދި މީދޫ އައްޑޫ ސިޓީ ކައުންސިލުން ރަސްމީކޮށް ވަކިކޮށް ރަށު ކައުންސިލަކަށް ބަދަލުކޮށްފި

04 ނޮވެމްބަރު 2025
ހުޅުދޫ އަދި މީދޫ އައްޑޫ ސިޓީ ކައުންސިލުން ރަސްމީކޮށް ވަކިކޮށް ރަށު ކައުންސިލަކަށް ބަދަލުކޮށްފި
26 އޮކްޓޯބަރު 2025

ލާމަރުކަޒު ކުރުމުގެ ޗެމްޕިއަނަކަށް ވާން ރައީސް ވަރަށް މަސައްކަތް ކުރަންޖެހޭ، އަދި ސެމީއަށް ވެސް ނުދެވޭ: މޭޔަރު ނިޒާރު

26 އޮކްޓޯބަރު 2025
ލާމަރުކަޒު ކުރުމުގެ ޗެމްޕިއަނަކަށް ވާން ރައީސް ވަރަށް މަސައްކަތް ކުރަންޖެހޭ، އަދި ސެމީއަށް ވެސް ނުދެވޭ: މޭޔަރު ނިޒާރު
24 އޮކްޓޯބަރު 2025

ވަކި ކަމެއް ނުވާތީ މުޅި ނިޒާމު ރޫޅާލުމަކީ ހައްލެއް ކަމަށް ދެކިގެން ނުވާނެ: އިމާދު ސޯލިހު

24 އޮކްޓޯބަރު 2025
ވަކި ކަމެއް ނުވާތީ މުޅި ނިޒާމު ރޫޅާލުމަކީ ހައްލެއް ކަމަށް ދެކިގެން ނުވާނެ: އިމާދު ސޯލިހު
16 އޮކްޓޯބަރު 2025

ޚިޔާލު ހޯދުމުގެ ވޯޓުގެ މަޤްސަދަކީ ނުބައި ޖަރީމާ އެއްގެ ތެރެއިން "އައްޑޫ"ގެ ސިޓީ ދަރަޖަ ގެއްލުވާލުން: މޭޔަރ ނިޒާރު

16 އޮކްޓޯބަރު 2025
ޚިޔާލު ހޯދުމުގެ ވޯޓުގެ މަޤްސަދަކީ ނުބައި ޖަރީމާ އެއްގެ ތެރެއިން "އައްޑޫ"ގެ ސިޓީ ދަރަޖަ ގެއްލުވާލުން: މޭޔަރ ނިޒާރު
15 އޮކްޓޯބަރު 2025

ޚިޔާލު ހޯދުމުގެ ވޯޓު: ހުޅުމީދޫ ވަކިން އޮތުމުން ދިމާވާ ދަތިތަކުގެ ވާހަކަ ރައީސް މުއިއްޒު ނާއްސަވާ، މަގްސަދު ސާފެއް ނުވޭ: ހުޅުދޫ ކައުންސިލަރ ފައިޒް

15 އޮކްޓޯބަރު 2025
ޚިޔާލު ހޯދުމުގެ ވޯޓު: ހުޅުމީދޫ ވަކިން އޮތުމުން ދިމާވާ ދަތިތަކުގެ ވާހަކަ ރައީސް މުއިއްޒު ނާއްސަވާ، މަގްސަދު ސާފެއް ނުވޭ: ހުޅުދޫ ކައުންސިލަރ ފައިޒް
27 ސެޕްޓެމްބަރު 2025

ކައުންސިލް ތަށް ތަޅު އެޅުވާ އިސްލާހު ތަސްދީގު ނުކޮށް ރައީސް އޮފީހުގައި ތާށިކޮއްފައި ބޭއްވުމަކީ ގާނޫނާއި ހިލާފުވުމެއް: މޭޔަރު ނިޒާރު

27 ސެޕްޓެމްބަރު 2025
ކައުންސިލް ތަށް ތަޅު އެޅުވާ އިސްލާހު ތަސްދީގު ނުކޮށް ރައީސް އޮފީހުގައި ތާށިކޮއްފައި ބޭއްވުމަކީ ގާނޫނާއި ހިލާފުވުމެއް: މޭޔަރު ނިޒާރު
26 ސެޕްޓެމްބަރު 2025

ކުރިމަތިވި ފާޑުކިޔުންތަކާއެކު، ބެނާ ދެމުމުގެ ހުއްދަ ސިޓީ ކައުންސިލުން އެމްޑީޕީއަށް ދީފީ

26 ސެޕްޓެމްބަރު 2025
ކުރިމަތިވި ފާޑުކިޔުންތަކާއެކު، ބެނާ ދެމުމުގެ ހުއްދަ ސިޓީ ކައުންސިލުން އެމްޑީޕީއަށް ދީފީ
02 ފެބުރުއަރީ 2025

"މަސައްކަތް ނިމުނުތާ އެތައް ދުވަހެއް ފަހުން ހަންކެޑެ ބްރިޖް ހުޅުވީ އާއްމުންގެ ޕްރެޝަރ އާއި ހުރެ"

02 ފެބުރުއަރީ 2025
"މަސައްކަތް ނިމުނުތާ އެތައް ދުވަހެއް ފަހުން ހަންކެޑެ ބްރިޖް ހުޅުވީ އާއްމުންގެ ޕްރެޝަރ އާއި ހުރެ"
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް