Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
އައްޑޫ ސިޓީ ކައުންސިލް

ގިނަ ވައުދުތަކަކާއި އެކު މި ސަރުކާރުން ބިންގާ އެޅި ފޭދޫގެ އައު ސްކޫލުގެ މައްސައްކަތް ހުއްޓިފައި ހުންނަތާ އަހަރެއް ވެއްޖެ.

ގިނަ ވައުދުތަކަކާއި އެކު ރައީސް މުއިއްޒުގެ މި ސަރުކާރުން ސ. ފޭދޫ އައު ސްކޫލުގެ ބިންގާ އެޅިތާ އަހަރެއް ވިއިރުވެސް، އަދިވެސް މަސައްކަތް ނުފަށާ

އަބްދުލް ހަންނާން މުހައްމަދް
އަބްދުލް ހަންނާން މުހައްމަދް, ރާއްޖެ އެމްވީ | 12 އެޕްރީލު 2025 | ހޮނިހިރު 04:49
ސ. ފޭދޫ ސްކޫލް: އެ ސްކޫލުގެ ހާލަތު ދައްވެ، ބެލެނިވެރިން ވަނީ ކަންބޮޑުވުން ފާޅުކުރަން ފަށާފައި

ސ. ފޭދޫ ސްކޫލް: އެ ސްކޫލުގެ ހާލަތު ދައްވެ، ބެލެނިވެރިން ވަނީ ކަންބޮޑުވުން ފާޅުކުރަން ފަށާފައި

ގިނަ ވައުދުތަކަކާއި އެކު ރައީސް މުއިއްޒުގެ މި ސަރުކާރުން ސ. ފޭދޫ އައު ސްކޫލުގެ ބިންގާ އެޅިތާ އަހަރެއް ވެގެން ދިއައިރުގައި ވެސް މަސައްކަތް ނުފަށާ އޮތުމުން އެ ރަށުގެ ރައްޔިތުން ކަންބޮޑުވުން ފާޅުކުރަން ފަށައިފިއެވެ. މިހާރު އިމާރާތް ހުރީ ބޮލަށް ވެއްޓޭ ހިސާބުގައެވެ.

ދިވެހިރާއްޖޭގެ ސްކޫލެއްގައި ހަދާ އެންމެ ފުރަތަމަ ލެންގުއޭޖް ލެބްގެ އިތުރުން ޒަމާނީ ގިނަ ވަސީލަތްތަކާ އެކު ތަރައްގީ ކުރުމަށް ހަމަޖައްސައި އައްޑޫ ސިޓީ ފޭދޫ ސްކޫލުގެ ބިންގާ އެޅުމުގެ ރަސްމިއްޔާތު ބާއްވާފައި ވަނީ ނިމިދިއަ އަހަރުގެ އޭޕްރީލް މަހުގެ ނުވަވަނަ ދުވަހުގައެވެ.

Advertisement - newsAdvertisement

ފޭދޫ އައު ސްކޫލުގެ ބިންގާ އެޅުމުގެ މި ރަސްމިއްޔާތުގައި މިނިސްޓަރ އޮފް އެޑިއުކޭޝަން ޑރ. އިސްމާއީލް ޝަފީއު ގެ އިތުރުން ހޯމްލޭންޑް ސެކިޔުރިޓީ މިނިސްޓަރު އަލީ އިހްސާން އާއި ސަރުކާރުގެ އިސް ވެރިން ބައިވެރިވެ ވަޑައިގެންފައިވާއިރު، މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން މިނިސްޓަރު ޝަފީއު ވިދާޅުވީ 40 ކްލާސްރޫމްގެ ފޭދޫސްކޫލް ވެގެން ދާނީ މުޅި ރާއްޖެއިން ވެސް ފާހަގަކޮށްލެވޭ ތަފާތު ސްކޫލަކަށް ކަަމަށެވެ.

އެގޮތުން ފޭދޫ ސްކޫލުގައި ރާއްޖޭގައި ހެދޭ އެންމެ ފުރަތަމަ ލެންގުއޭޖް ލެބް ތަރައްގީކުރެވިގެން ދާނެކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

މީގެ އިތުރުން ޓީޗަރުންނަށް، އެމީހުންގެ ދަރިން ގޮވައިގެން ސްކޫލް މާހައުލުގައި އުޅެވޭނެ ގޮތަށް ޑޭ ކެއަރ ސެންޓަރެއް ވެސް ހެދުމަށް ނިންމާފައިވާކަމަށް މިނިސްޓަރ ވަނީ ވިދާޅުވެފައި އެވެ. އަދި އެއީ ވެސް މުޅިން އަލަށް ރާއްޖޭގެ ސްކޫލެއްގައި ގާއިމުވެގެން ދާ ހިދުމަތެއްކަމުގައި ވާނެ ކަމަށް ވެސް އޭރު ވަނީ ވިދާޅުވެފައިއެވެ.

މީގެ އިތުރަށް މިނިސްޓަރު ވިދާޅުވީ ފޭދޫ ސްކޫލުގެ އަލަށް އެޅޭ އިމާރާތާއެކު އެ ސްކޫލަކީ މުޅި ރާއްޖެއިން ވެސް ފާހަގަކޮށްލެވޭނެ ސްކޫލަކަށް ވެގެންދާނެކަމަށާއި އަދި އެންމެ ޒަމާނީ ހިދުމަތްތަކުގެ އިތުރުން އާ ގިނަ ކަންކަން ތައާރަފްވެގެންދާނެ ސްކޫލަކަށް ވެގެންދާނެކަމަށެވެ.

މިފަދައިން ވިދާޅުވެ އެތަކެއް ވައުދުތަކެއް ވެވަޑައިގެން މިސަރުކާރުގެ އެޑިއުކޭޝަން މިނިސްޓަރ އިސްމާއީލް ޝަފީއު ވާހަކަފުޅުދެއްކެވި އިރު، އެ ސްކޫލުގެ ބިންގާ އެޅިތާ މިއަދަށް ވަނީ އަހަރަކަށް ވުރެ ގިނަ ދުވަސް ވެގެން ގޮސްފައެވެ. އެހެން ނަމަވެސް އެ އައު ސްކޫލު އިމާރާތް ކުރުމުގެ އެއްވެސް މަސައްކަތެއް އަދިވެސް މި ސަރުކާރުން ނުފަށައެވެ.

މި ސަރުކާރުން ފޭދޫގައި އައު ސްކޫލް އިމާރާތެއް އެޅުމަށް ބިންގާ އެޅިފަހުން މިއަދާއި ހަމައަށް ވެސް އޭގެ އެއްވެސް މަސައްކަތެއް މި ސަރުކާރުން ކުރަމުން ނުދާތީ އެ ރަށުގެ ރައްޔިތުން އަންނަނީ ވަރަށް ބޮޑަށް މިކަމާއި ކަންބޮޑުވުން ފާޅުކުރަމުންނެވެ.

އެގޮތުން ބައެއް ފަރާތްތަކުން ވަނީ މިކަމުގެ ކަންބޮޑުވުންތައް ސޯޝަލް މީޑިއާގައިވެސް ހިއްސާކޮށްފައެވެ. އަދި ބައެއް ފަރާތްތަކުން ވަނީ ސްކޫލުގެ އިމާރާތުގެ ތެރެއަށް ވާރޭ ވެހި ފެންބޮޑުވެފައިވާ މަންޒަރު ދައްކުވައިދޭ ބައެއް ފޮޓީތައް ވެސް ސޯޝަލް މީޑިއާގައި ހިއްސާކޮށްފައެވެ.

ބައެއް ބެލެނިވެރިން ސޯޝަލް މީޑިއާގައި ބުނެފައިވަނީ ފޭދޫ ސްކޫލުގެ އިމާރާތް މިހާރު ބާ ވެގެން ބޮލަށް ވެއްޓޭވަރުވެއްޖެ ކަމަށާއި ސަރުކާރުން މިކަން ހައްލުކޮށްދޭން މަސައްކަތް ނުކުރާ ކަމަށެވެ. އަދި މި ކަމާއި ގުޅޭ ގޮތުން އެޑިއުކޭޝަން މިނިސްޓްރީއަށް ޝަކުވާވެސް ހުށަހަޅާފައިވާ ކަމަށާއި ނަމަވެސް އެކަށީގެންވާ ޖަވާބެއް އަދިވެސް ނުލިބޭކަމަށް އެ ފަރާތްތަކުން ވަނީ ބުނެފައެވެ.

ފޭދޫ ސްކޫލުގައި 600 އަށްވުރެ ގިނަ ދަރިވަރުން ތައުލީމު ހާސިލްކުރަމުން އަންނައިރު، އެ ސްކޫލަށް ދިމާވެފައިވާ ޖާގައިގެ ދަތިކަމާއި އެހެނިހެން ކަންކަން ހައްލުކުރުމަށް އައު ސްކޫލެއް ތަރަށްގީކުރަން ބިން ހަވާލުކޮށްފައިވަނީ މިދިއަ ސަރުކާރުގައެވެ.

ފޭދޫގައި މިހާރު ކިވައިދެމުން އަންނަ ސްކޫލް އިމާރާތަކީ 1972 ވަނަ އަހަރު އިމާރާތްކޮށް ކިޔައިދޭން ފެށި ސްކޫލް އިމާރާތެކެވެ. އެ އިމާރާތް މިހާރު ވަނީ ވަރަށް ބޮޑަށް ބާވެ، ކިވައިދޭން ދަތިވާ ވަރަށް ހަލާކުވެފައެވެ. އެގޮތުން ވިއްސާރަ މޫސުމެއް ނަމަ އިމާރާތުގެ ތެރެއަށް ވާރޭވެހި ފުރާޅުން ފެންފައިބާތީ އެ ތަނުގައި ކިޔަވައިދޭން އެތައް ދަތިތަކަކާއި ކުރިމަތިވަމުން އަންނަ ކަމަށް އެ ރަށުގެ ރައްޔިތުން ބުނެއެވެ.

ފޭދޫ ސްކޫލްގައި މިވަގުތު 600 އަށްވުރެ ގިނަ ދަރިވަރުން ތަޢުލީމު ޙާސިލްކުރަމުން އަންނައިރު، އޭގެތެރޭގައި ނުކުޅެދުންތެރިކަން ހުންނަ ގިނަ އަދަދެއްގެ ދަރިވަރުން ވެސް ހިމެނެއެވެ. އެ ސްކޫލްގައި 70 އަށްވުރެ ގިނަ މުދަރިސުން ކިޔަވައިދިނުމުގައި ހަރަކާތްތެރި ވަމުން އާދެއެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ދީން ނިކަމެތިކޮށްލަން ސަރުކާރުން މަސައްކަތްކުރޭ: އާޒިމް

ދީން ނިކަމެތިކޮށްލަން ސަރުކާރުން މަސައްކަތްކުރޭ: އާޒިމް

14 ޖެނުއަރީ 2017
ލޯކަލް ކައުންސިލް އިންތިހާބެއް ހޯދުމުގެ މަސައްކަތް ކުރަންޖެހެނީ ސަރުކާރުން އާއްމު އުސޫލުތަކުން ބޭރުވުމުން: ހަސަން ލަތީފު

ލޯކަލް ކައުންސިލް އިންތިހާބެއް ހޯދުމުގެ މަސައްކަތް ކުރަންޖެހެނީ ސަރުކާރުން އާއްމު އުސޫލުތަކުން ބޭރުވުމުން: ހަސަން ލަތީފު

13 ޖެނުއަރީ 2017
ރައީސް ޔާމީނަށް ނޫނެކޭ ބުނުމަށް އެމްޑީޕީގެ ކެންޑިޑޭޓުންނާއެކު މަސައްކަތް ކުރާނަން: އެމްޔޫއޯ

ރައީސް ޔާމީނަށް ނޫނެކޭ ބުނުމަށް އެމްޑީޕީގެ ކެންޑިޑޭޓުންނާއެކު މަސައްކަތް ކުރާނަން: އެމްޔޫއޯ

11 ޖެނުއަރީ 2017
ޒިންމާދާރު ކަމާއެކު މަސައްކަތް ކުރަން ތިނަދޫ ކައުންސިލުން އެދެފި

ޒިންމާދާރު ކަމާއެކު މަސައްކަތް ކުރަން ތިނަދޫ ކައުންސިލުން އެދެފި

11 ޖެނުއަރީ 2017
މިއަހަރުގެ އަމާޒަކީ ޒަމާނީ ވަސީލަތްތަކާއެކު ކިޔެވުމާއި ކިޔަވައިދިނުމުގެ މުޅި ވައްޓަފާޅި ބަދަލުކުރުން: މިނިސްޓަރު

މިއަހަރުގެ އަމާޒަކީ ޒަމާނީ ވަސީލަތްތަކާއެކު ކިޔެވުމާއި ކިޔަވައިދިނުމުގެ މުޅި ވައްޓަފާޅި ބަދަލުކުރުން: މިނިސްޓަރު

08 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

13 ފެބުރުއަރީ
ބެއިރޫތުން އީރާނުގެ ފްލައިޓެއް ކެންސަލް ކޮށްލި މައްސަލަ ހޫނުވެއްޖެ
20251 އަހަރު ކުރިން
ދުނިޔެ

ބެއިރޫތުން އީރާނުގެ ފްލައިޓެއް ކެންސަލް ކޮށްލި މައްސަލަ ހޫނުވެއްޖެ

މަޖިލީހުގެ ފާރަށް އަރައި، ގްރީން ޒޯން ތެރޭގައި މުޒާހަރާކުރިއިރު އެކަން ނުހުއްޓުވުނީ ކީއްވެތޯ ސާފުކުރަން ސަލާމަތީ ބާރުތައް ކޮމިޓީއަށް ހާޒިރުކުރަނީ
20242 އަހަރު ކުރިން
ރާއްޖެ

މަޖިލީހުގެ ފާރަށް އަރައި، ގްރީން ޒޯން ތެރޭގައި މުޒާހަރާކުރިއިރު އެކަން ނުހުއްޓުވުނީ ކީއްވެތޯ ސާފުކުރަން ސަލާމަތީ ބާރުތައް ކޮމިޓީއަށް ހާޒިރުކުރަނީ

13 އޭ ސްޓާ ހޯދައި ރައީސްގެ ސްކޮލަރޝިޕް ހާސިލުކުރި ހުޔާމާއި ރައީސް ބައްދަލުކުރައްވައިފި
20233 އަހަރު ކުރިން
ރާއްޖެ

13 އޭ ސްޓާ ހޯދައި ރައީސްގެ ސްކޮލަރޝިޕް ހާސިލުކުރި ހުޔާމާއި ރައީސް ބައްދަލުކުރައްވައިފި

ބޮޑު ޚިޔާނާތާއި ގުޅޭ ގިނަ ވާހަކަތަކެއް އާތިފް ޝަކޫރުގެ ދުލުން: "މިއަދު މިނިވަންކަން އޮތަސް އޭރު ދައުލަތުގެ އިދާރާތައް އޮތީ ކަސްތޮޅު އެޅުވިފައި"
20224 އަހަރު ކުރިން
ރާއްޖެ

ބޮޑު ޚިޔާނާތާއި ގުޅޭ ގިނަ ވާހަކަތަކެއް އާތިފް ޝަކޫރުގެ ދުލުން: "މިއަދު މިނިވަންކަން އޮތަސް އޭރު ދައުލަތުގެ އިދާރާތައް އޮތީ ކަސްތޮޅު އެޅުވިފައި"

ޑިއުޓީތަކަށް ދާ މީހުން ވެސް ދެން ޖެހޭނީ ބޭރަށް ނިކުންނަ ކޮންމެ ފަހަރަކު ވަކި ހުއްދައަކަށް އެދެން
20215 އަހަރު ކުރިން
ރާއްޖެ

ޑިއުޓީތަކަށް ދާ މީހުން ވެސް ދެން ޖެހޭނީ ބޭރަށް ނިކުންނަ ކޮންމެ ފަހަރަކު ވަކި ހުއްދައަކަށް އެދެން

ފަނޑިޔާރު ފާއިޒާއި، މުއުތަސިމް ވަކިކުރުމަށް މެންބަރުންނަށް 10 މިލިއަން!
20197 އަހަރު ކުރިން
ރާއްޖެ

ފަނޑިޔާރު ފާއިޒާއި، މުއުތަސިމް ވަކިކުރުމަށް މެންބަރުންނަށް 10 މިލިއަން!

މުދަލު ޒަކާތް ވާޖިބުވާ ނިޞާބު އިތުރުވެއްޖެ
20188 އަހަރު ކުރިން
ރާއްޖެ

މުދަލު ޒަކާތް ވާޖިބުވާ ނިޞާބު އިތުރުވެއްޖެ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު