Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެބަންޑާރަ ގޯތި ދޫކުރުން

މަރަދޫ އާއި މަރަދޫފޭދޫ އިން ދިރިއުޅުމަށް ދޫކުރާ ބަންޑާރަ ގޯއްޗަށް އެދި ހުށަހެޅުމުގެ މުއްދަތު އިތުރުކޮށްފި

22 ޖޫން 2025 | އާދީއްތަ 16:45

03 ޖުލައި 2025 ވާ ބުރާސްފަތި ދުވަހުގެ 13:00 އަށް ފޯމު ހުށަހެޅުމުގެ މުއްދަތު ވަނީ އިތުރު ކޮށްފައިވާ

ރިޒްނާ ޒަރީރު
ރިޒްނާ ޒަރީރު | 22 ޖޫން 2025 | އާދީއްތަ 16:45
އައްޑޫ ޑިވެލޮޕްމެންޓް ޕްރޮޖެކްޓްގެ ދަށުން އައްޑޫސިޓީގައި މިހާރު އަޅަމުންދާ ޑީޓުއަރ ބްރިޖްގެ 95 އިންސައްތަ މަސައްކަތް މިހާރުވަނީ ނިމިފައި

އައްޑޫ ޑިވެލޮޕްމެންޓް ޕްރޮޖެކްޓްގެ ދަށުން އައްޑޫސިޓީގައި މިހާރު އަޅަމުންދާ ޑީޓުއަރ ބްރިޖްގެ 95 އިންސައްތަ މަސައްކަތް މިހާރުވަނީ ނިމިފައި

އައްޑޫސިޓީ މަރަދޫ އާއި މަރަދޫފޭދޫ އިން ދިރިއުޅުމަށް ދޫކުރާ ބަންޑާރަ ގޯއްޗަށް އެދި ފޯމު ހުށަހެޅުމުގެ މުއްދަތު އިތުރުކޮށްފި އެވެ.

ކުރިން އޮތް ގޮތުން ދެ އަވަށުން ދޫކުރަން ނިންމި ގޯތިތަކަށް އެދުމުގެ ފުރުސަތު ހަމަވާނީ މި މަހުގެ 24 އަށެވެ.

Advertisement - newsAdvertisement

ރާއްޖެއެމްވީއާއި ވާހަކަދައްކަވަމުން މަރަދޫ ކައުންސިލު އެގްޒެކެޓިވް މަރިޔަމް ސާއިދާ ވިދާޅުވީ މިގޮތަށް ނިންމީ ފޯމު ހުށަހެޅުމަށް ދެވިފައިވާ މުއްދަތުގެ ތެރޭގައި ޢީދު ބަންދު އައުމާއި ފޯމު ހުށަހަޅާ މީހުންގެ ޢަދަދު ގިނަވުމާއި އަދިވެސް ފޯމުލާން ބޭނުންވާ ގިނަބަޔަކު ތިބިކަން ފާހަގަކުރެވޭތީ އެފަރާތްތަކަށް ފުރުސަތު ދިނުމުގެ ގޮތުން، 03 ޖުލައި 2025 ވާ ބުރާސްފަތި ދުވަހުގެ 13:00 އަށް ފޯމު ހުށަހެޅުމުގެ މުއްދަތު އިތުރު ކޮށްފައިވާ ކަމަށެވެ.

މަރަދޫ އާއި މަރަދޫފޭދޫން ގޯއްޗަށް ހުޅުވައިލީ މިދިޔަ މަހުގެ ކުރީކޮޅު އެވެ. އެގޮތުން މަރަދޫން 175 ގޯތި އަދި މަރަދޫފޭދޫން 76 ގޯއްޗަށް ހުޅުވައިލި އެވެ. ދެ އަވަށުން ވެސް ދޫކުރަނީ 1،500 އަކަފޫޓްގެ ގޯއްޗެވެ.

ސާއިދާ ވިދާޅުވީ މި ގޯތިތައް ދޫކުރާނީ އަލަށް ހިއްކާފައިވާ ބިންތަކުން ކަމަށާއި މިބިމުގަ ލޭންޑްޔޫސް ޕްލޭން ހަދާ ނިމިފައިވާ ކަމަށެވެ.

2023 ގައި އައްޑޫގެ އިތުރު ހަތަރު އަވަށަކުން ވެސް 1،000 ގޯތި ދޫކޮށްފައިވެ އެވެ. އެއީ ހިތަދޫން 500، ފޭދޫން 300، ހުޅުދޫން 100 އަދި މީދޫން 100 ގޯއްޗެވެ.

އައްޑޫގެ ރައްޔިތުންނަށް ދިމާވެފައިވާ ބޯހިޔާވަހި ކަމަށް ހައްލު ގެނެސްދިނުމަށް މުޅި އައްޑޫ ސިޓީގެ ހުރިހާ ރަށަކުން ވަނީ 228 ހެކްޓަރުގެ ބިން ހިއްކާފައެވެ.

އައްޑޫން ބިން ހިއްކާފައިވަނީ ރިސޯޓު ތަރައްޤީ ކުރުމަށާއި ގެދޮރުގެ މަޝްރޫތައް ހިންގުމުގެ އިތުރުން ވިޔަފާރި ބޭނުންތަކަށް ޚާއްސަކޮށްގެންނެވެ. އެގޮތުން މަރަދޫ އަދި މަރަދޫ ފޭދޫގައި 76 ހެކްޓަރުގެ ބިން ވަނީ ހިއްކާފައެވެ. އަދި ހިތަދޫގައި 80 ހެކްޓަރު ވަނީ ހިއްކާފައެވެ.

މީގެ އިތުރުން ރިސޯޓުގެ ގޮތުގައި ތަރައްޤީކުރާ ތިން ރަށަށް، ރަށަކަށް 8.3 ހެކްޓަރުގެ މަގުން 25 ހެކްޓަރުގެ ބިން އަދި ހަންކެޑެގައި 4.72 ހެކްޓަރުގެ ބިން ވަނީ ހިއްކާފައެވެ. މި ރަށްތައް ބީލަމަށް ހުޅުވާލަން ބޭނުންވާތީ، އައްޑޫ ސިޓީ ކައުންސިލުން މިހާރު ވަނީ މި ރަށްތަކަށް ކިޔާނެ ނަންތައްވެސް ފާސްކޮށްފައެވެ. އެގޮތުން އެ ކައުންސިލުން ދީފައިވާ ނަންތަކަކީ "ބޮލިހެރަ" އާއި "ދޮންދީނިހެރަ" އަދި "ދޮންހެރަ" އެވެ.

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

3

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

4

އެމެރިކާގެ އަސްކަރިއްޔާގެ އިންޒާރުތަކަށް އިޖާބަ ނުދީ އޮމާން ކަނޑުން ދަތުރުކުރި ބޯޓަކަށް ހަމަލާ ދީފި

5

ސީރިއާގެ ކުރީގެ ރައީސް ބައްޝާރުލް އަސަދު އާއި އޭނާގެ އަރިސް އާތިފް ނަޖީބު މަރާލަން ހުކުމްކޮށްފި

އިތުރަށް ކިޔާލަން

11 ފެބުރުއަރީ 2017

މާލެ އާއި މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ކޭތަ ނަމާދުކޮށްފި

11 ފެބުރުއަރީ 2017
މާލެ އާއި މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ކޭތަ ނަމާދުކޮށްފި
07 ފެބުރުއަރީ 2017

ޝާޑުއާއި އިރުތިޝާމްގެ ކައިވެނީގެ ރަން ކިޔައިފި

07 ފެބުރުއަރީ 2017
ޝާޑުއާއި އިރުތިޝާމްގެ ކައިވެނީގެ ރަން ކިޔައިފި
07 ފެބުރުއަރީ 2017

ރިލްވާނު ވަގަށް ނެގި މައްސަލައިގެ މައުލޫމާތު ނުދިނުމުން އާއިލާ އިން ކޯޓަށް!

07 ފެބުރުއަރީ 2017
ރިލްވާނު ވަގަށް ނެގި މައްސަލައިގެ މައުލޫމާތު ނުދިނުމުން އާއިލާ އިން ކޯޓަށް!
31 ޖެނުއަރީ 2017

މާދަމާއިން ފެށިގެން މާލެ އާއި ވިލިމާލޭގައި މަރުވާ މީހުން ހުޅުމާލޭގައި ވަޅުލަން ތައްޔާރުވެއްޖެ

31 ޖެނުއަރީ 2017
މާދަމާއިން ފެށިގެން މާލެ އާއި ވިލިމާލޭގައި މަރުވާ މީހުން ހުޅުމާލޭގައި ވަޅުލަން ތައްޔާރުވެއްޖެ
30 ޖެނުއަރީ 2017

މިނިސްޓަރު އިރުތިޝާމް އާއި މެންބަރު ޝާޑު ކައިވެނި ކުރައްވަނީ!

30 ޖެނުއަރީ 2017
މިނިސްޓަރު އިރުތިޝާމް އާއި މެންބަރު ޝާޑު ކައިވެނި ކުރައްވަނީ!
27 ޖެނުއަރީ 2017

ރާއްޖެ އާއި އިންޑިއާގެ މެދުގައި އޮތް ގުޅުމަކީ އާޓިފިޝަލް ގުޅުމެއް ނޫން: މިޝްރާ

27 ޖެނުއަރީ 2017
ރާއްޖެ އާއި އިންޑިއާގެ މެދުގައި އޮތް ގުޅުމަކީ އާޓިފިޝަލް ގުޅުމެއް ނޫން: މިޝްރާ
25 ޖެނުއަރީ 2017

ސީއެމްބިއުލާންސުގެ ފަޅުވެރިން ހަމަނުވުމުން، ފަޅުވެރިން ހަމަޖައްސަން ޖެހުނީ އާއިލާއަށް!

25 ޖެނުއަރީ 2017
ސީއެމްބިއުލާންސުގެ ފަޅުވެރިން ހަމަނުވުމުން، ފަޅުވެރިން ހަމަޖައްސަން ޖެހުނީ އާއިލާއަށް!
23 ޖެނުއަރީ 2017

އެއާޕޯޓްތަކުން ބޭރަށް ފުރާ ފަސިންޖަރުންގެ އަތުން ޓެކްސްއާއި ފީ ނެގުމާބެހޭ ގަވައިދު ގެޒެޓް ކޮށްފި

23 ޖެނުއަރީ 2017
އެއާޕޯޓްތަކުން ބޭރަށް ފުރާ ފަސިންޖަރުންގެ އަތުން ޓެކްސްއާއި ފީ ނެގުމާބެހޭ ގަވައިދު ގެޒެޓް ކޮށްފި
14 ޖެނުއަރީ 2017

މެކް ޑޮނަލްޑްސް އާއި ސްޓާބަކްސް ފަދަ ރަހަތައް ގެންނަނީ

14 ޖެނުއަރީ 2017
މެކް ޑޮނަލްޑްސް އާއި ސްޓާބަކްސް ފަދަ ރަހަތައް ގެންނަނީ
09 ޖެނުއަރީ 2017

ފާރިސް އާއި ނާދިރާ ވަކިކުރި މައްސަލަ ކުރިއަށް ނުދަނީ ޕީޕީއެމް އިން ކޯޓަށް ހާޒިރު ނުވާތީ: ސޫދު

09 ޖެނުއަރީ 2017
ފާރިސް އާއި ނާދިރާ ވަކިކުރި މައްސަލަ ކުރިއަށް ނުދަނީ ޕީޕީއެމް އިން ކޯޓަށް ހާޒިރު ނުވާތީ: ސޫދު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް