Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
އައްޑޫ ސިޓީ ކަރަންޓުގެ މައްސަލަ

އަނެއްކާވެސް އިތުރު އިންޖީނަކަށް މައްސަލަ ދިމާވެ އައްޑޫއިން ކަރަންޓު ކަނޑާ ވަގުތު އިތުރުކޮށްފި

ކަރަންޓުގެ މައްސަލަަ ހައްލުކުރަން ތާވަލު ކުރެވުނު ގޮތަށް މަސައްކަތް ކުރަމުން ދަނިކޮށް 1،000ކ.ވ ގެ އިތުރު އިންޖީނަކަށް ވަނީ މައްސަލަ ދިމާވެ ހުއްޓިފަ

އަބްދުލް ހަންނާން މުހައްމަދް
އަބްދުލް ހަންނާން މުހައްމަދް, ރާއްޖެ އެމްވީ | 24 މާރިޗު 2025 | ހޯމަ 19:27
އައްޑޫ ސިޓީގެ ކަރަންޓުގެ މައްސަލަ ހައްލުކުރުމަށް އެ ސިޓީއަށް 21 ފެބްރުއަރީ 2025 ގައި ގެންދިޔަ 1.8 މެގަ ވޮޓްގެ ޖަނަރޭޓަރު އިންސްޓޯލް ކޮށްފައި: އަދިވެސް މައްސަލައަށް ހައްލެއް ނުލިބޭ

އައްޑޫ ސިޓީގެ ކަރަންޓުގެ މައްސަލަ ހައްލުކުރުމަށް އެ ސިޓީއަށް 21 ފެބްރުއަރީ 2025 ގައި ގެންދިޔަ 1.8 މެގަ ވޮޓްގެ ޖަނަރޭޓަރު އިންސްޓޯލް ކޮށްފައި: އަދިވެސް މައްސަލައަށް ހައްލެއް ނުލިބޭ

އައްޑޫ ސިޓީގެ ގުޅިފައިވާ ރަށްތަކަށް ކަރަންޓުގެ ހިދުމަތް ފޯރުކޮށްދެމުންދާ ޕަވަރ ސްޓޭޝަންގެ އިތުރު އިންޖީނަކަށް މައްސަލަ ދިމާވެ ކަރަންޓު ކަނޑާ ވަގުތު އިތުރުކޮށްފި އެވެ.

އައްޑޫގެ ޕަވަރ ސްޓޭޝަނުގައި ބޭނުންކުރަމުންދާ ޖަނަރޭޓަރު ސެޓްތަކުގެ ތެރެއިން ތިން ޖެނެރޭޓަރު ސެޓަށް މައްސަލަތައް ދިމާވެ އިތުރު އެއް ޖެނެރޭޓަރު ސެޓް ވަނީ މަރާމާތު ނުކުރެވޭ ވަރަށް ހަލާކުވެފައި ކަމަށް ފެނަކައިން މިދިޔަ މަހު ވަނީ ބުނެފަ އެވެ. އަދި އެ މައްސަލަ ހައްލުކުރަން މި މަހުގެ 12 ދުވަހު އެއް މެގަވޯޓުގެ ޖެނެރޭޓަރެއް ގެންގޮސް އިންސްޓޯލްވެސް ކުރި އެވެ.

އެހެން ނަމަވެސް ފެނަކައިން މިއަދު ބުނީ ކަރަންޓުގެ މައްސަލަަ ހައްލުކުރަން ތާވަލު ކުރެވުނު ގޮތަށް މަސައްކަތް ކުރަމުން ދަނިކޮށް 1،000ކ.ވ ގެ އިތުރު އިންޖީނަކަށް މައްސަލަ ދިމާވެ ހުއްޓިފައިވާ ކަމަށެވެ. އެހެންވެ ކަރަންޓު ކަނޑަން ޖެހޭ ވަގުތު އިތުރު ކުރަން ޖެހިފައިވާ ކަމަށް ފެނަކައިން ބުންޏެވެ.

ތާވަލު ކުރެވުނު ގޮތަށް މަސައްކަތް ކުރަމުން ދަނިކޮށް 1000 ކ.ވ ގެ އިންޖީނަކަށް މައްސަލަ ދިމާވެ ހުއްޓިފައި ވާތީ، ކަރަންޓު ކަނޑަންޖެހޭ ވަގުތު އިތުރު ކުރަން ޖެހިފައިވާ ވާހަކަ ދަންނަވަން
ފެނަކަ މެސެޖު

ފެނަކައިން މީގެ ކުރިން ބުނެފައި ވަނީ އެ ކުންފުނީގެ އައްޑޫ ބްރާންޗުން ކަރަންޓު އުފެއްދެނީ އެ ސިޓީގެ ގުޅިފައިވާ ރަށްތަކަށް 24 ގަޑިއިރު ކަރަންޓު ފޯރުކޮށްދޭން ބޭނުންވާ މިންވަރަށް 1000 ކިލޯވޮޓު މަދުން ކަމަށެވެ. އެހެންކަމުން މިއަދު މައްސަލަ ދިމާވި އިންޖީނަށް މައްސަލަ ދިމާވެ، ހުއްޓުމަކަށް އައިސްފައިވާއިރު، އައްޑޫއަށް 24 ގަޑިއިރު ކަރަންޓު ދޭން ބޭނުންވާ މިންވަރަށްވުރެ، އުފެއްދޭ މިންވަރު 2000 ކިލޯވޮޓު މަދުވާނެ ކަމަށް ވަނީ ބެލެވިފައެވެ.

ރަށްރަށުން ކަރަންޓު ކެނޑޭ މައްސަލަ ހައްލުކުރަން ސަރުކާރުން އަމާޒު ހިފާފައިވާ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މި އަހަރުގެ ޖެނުއަރީ މަހުގެ ކުރީކޮޅު ވަނީ ވިދާޅުވެފަ އެވެ. ރޯދަ މަހާ ދިމާކޮށް ކަރަންޓުގެ މައްސަލައަށް ހައްލެއް ގެނެސްދިނުމަށް ވަރަށް ބޮޑު އިސްކަމެއްދެއްވާކަން ފާހަގަކުރައްވާ ވިދާޅުވެފައި ވަނީ އިތުރު ޖެނެރޭޓަރުތައް ގެނެސް ރޯދަ މަހުގެ ކުރިން މައްސަލައަށް ހައްލު ހޯދުމަށް އަމާޒު ހިފާފައިވާ ކަމަށެވެ.

ހަމަ އެގޮތަށް ރޯދަ މަސް ފެށުމުގެ ކުރިން އައްޑޫގެ ކަރަންޓު މައްސަލަ ހައްލު ކުރާނެ ކަމަށް އެ ކުންފުނިން ދިޔައީ މީގެ ކުރިން ތަކުރާރު ކޮށް ބުނަމުންނެވެ. އެގޮތުން މައްސަލަ ހައްލުކުރުމަށް ސްޓެލްކޯ އާއެކު ވެވުނު އެއްބަސްވުމެއްގެ ދަށުން 1.8 މެގަވަޓްގެ ޖެނެރޭޓަރު ސެޓެއް އައްޑޫއަށް ގެންގޮސް ހަލާކުވެފައިވާ ތިން ޖެނެރޭޓަރުގެ މަރާމާތު ކުރުމުންދާ ކަމަށް ފެބްރުއަރީ 17، ގައި ފެނަކައިން ބުންޏެވެ.

މި ސަރުކާރުން ކަރަންޓުގެ މައްސަލައަށް ހައްލު ހޯދައިދޭނެ ކަމަށް ވިދާޅުވެފައިވީ ނަމަވެސް ކަން ވެގެން މި ދަނީ މުޅިން ދިމާ އިދިކޮޅަށެވެ. އެހެނީ ކަރަންޓުގެ މައްސަލަ ހައްލުނުވެ، މި ރޯދަ މަހު ވެސް އައްޑޫގެ ގުޅިފައިވާ ރަށްތަކުން ދަނީ ކޮންމެ ދުވަހަކު ވެސް ކަރަންޓު ކަނޑަމުންނެވެ. އައްޑޫގެ ކަރަންޓުގެ މައްސަލައަށް އަދިވެސް ވަނީ ހައްލެއް ނުލިބިއެވެ.

އައްޑޫ ސިޓީއަށް ދިމާވެފައިވާ ކަރަންޓްގެ މައްސަލައަށް ހައްލު ހޯދުމަށް ކަމާއި ގުޅުންހުރި މުއައްސަސާތަކުން އެކަށީގެންވާ ގޮތަކަށް މަސައްކަތް ކުރަމުން ނުދާތީ އައްޑޫ ސިޓީގެ ރައްޔިތުންނަށް ލިބެންޖެހޭ ހައްގު ލިބި ގަތުމަށް އިހްތިޖާޖް ކުރުން ނޫން އިތުރު ގޮތެއް ނެތް ކަމަށް އައްޑޫ ސިޓީގެ މޭޔަރ އަލީ ނިޒާރު ވަނީ މިމަހުގެ ކުރީކޮޅު ވިދާޅުވެފަ އެވެ.

އައްޑޫގައި ދިރިއުޅޭ ރައްޔިތުންނާއި މަޖިލިސް މެންބަރުން ވެސް ދަނީ ސޯޝަލް މީޑިއާގައި އެކަމާ މެދު ކަންބޮޑުވުން ފާޅުކުރަމުންގެންދާއިރު، ހިތަދޫ ދެކުނު ދާއިރާގެ އެމްޑީޕީ މެންބަރު، އިބްރާހިމް ނާޒިލް މަޖިލީހަށް ހުށަހެޅުއްވި ކުއްލި މައްސަލަ މަޖިލީހުގައި އޮތް ވެރިކަންކުރާ ޕީއެންސީގެ މެޖޯރިޓީން ވަނީ ބޭރުކޮށްލާފަ އެވެ.

ކޮމެންޓް

Like & Win

Giveaway
Powered by: Radient Heat Waters
Kent Grand Plus

Kent Grand Plus

Tap

އިތުރަށް ކިޔާލަން

ފަނޑިޔާރު އަލީ ހަމީދަށް ހަމަލާ ދޭން އުޅުނު މައްސަލައިގެ ތަހުގީގު ހުއްޓާލައިފި

ފަނޑިޔާރު އަލީ ހަމީދަށް ހަމަލާ ދޭން އުޅުނު މައްސަލައިގެ ތަހުގީގު ހުއްޓާލައިފި

10 ޖެނުއަރީ 2017
ހަތަރު ބިލިއަން ރުފިޔާ ހިމެނޭ ދަރަނީގެ މައްސަލަތައް މިދިޔަ އަހަރު ސާބިތުވި: ސިވިލް ކޯޓް

ހަތަރު ބިލިއަން ރުފިޔާ ހިމެނޭ ދަރަނީގެ މައްސަލަތައް މިދިޔަ އަހަރު ސާބިތުވި: ސިވިލް ކޯޓް

10 ޖެނުއަރީ 2017
ފާރިސް އާއި ނާދިރާ ވަކިކުރި މައްސަލަ ކުރިއަށް ނުދަނީ ޕީޕީއެމް އިން ކޯޓަށް ހާޒިރު ނުވާތީ: ސޫދު

ފާރިސް އާއި ނާދިރާ ވަކިކުރި މައްސަލަ ކުރިއަށް ނުދަނީ ޕީޕީއެމް އިން ކޯޓަށް ހާޒިރު ނުވާތީ: ސޫދު

09 ޖެނުއަރީ 2017
ފޯނުން ގުޅުމުގައި ދިމާވި މައްސަލަ މިހާރު ހައްލުވެއްޖެ: އުރީދޫ

ފޯނުން ގުޅުމުގައި ދިމާވި މައްސަލަ މިހާރު ހައްލުވެއްޖެ: އުރީދޫ

08 ޖެނުއަރީ 2017
މީހެއްގެ ސޮއި ފޯޖްކޮށްގެން ފިނޭންސް މިނިސްޓްރީގެ ޗެކަކުން ނުވަލައްކަ ރުފިޔާ ހޯދި މައްސަލަ ސާބިތެއް ނުވި!

މީހެއްގެ ސޮއި ފޯޖްކޮށްގެން ފިނޭންސް މިނިސްޓްރީގެ ޗެކަކުން ނުވަލައްކަ ރުފިޔާ ހޯދި މައްސަލަ ސާބިތެއް ނުވި!

08 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

20 މާރިޗު
ވިލާ ގުރޫޕް ރިސޯޓް ތަކުގެ މަސައްކަތްތެރިންނަށް ސާވިސްޗާޖު ނުދޭނަމަ މުޒާހަރާއަށް ނުކުތުމަށް ގޮވާލައިފި
20251 އަހަރު ކުރިން
ރާއްޖެ

ވިލާ ގުރޫޕް ރިސޯޓް ތަކުގެ މަސައްކަތްތެރިންނަށް ސާވިސްޗާޖު ނުދޭނަމަ މުޒާހަރާއަށް ނުކުތުމަށް ގޮވާލައިފި

އެމެރިކާ ކޯޗުގެ ދެމަފިރިންގެ ހިތް ދެވުނީ ހުރަޔަށް، ރާއްޖޭގެ އެހެން ޓީމަކަށް ނުދާނެ
20242 އަހަރު ކުރިން
މީހުން

އެމެރިކާ ކޯޗުގެ ދެމަފިރިންގެ ހިތް ދެވުނީ ހުރަޔަށް، ރާއްޖޭގެ އެހެން ޓީމަކަށް ނުދާނެ

މީހުން ގެއްލުން: ހީކުރާ ވަރަށްވުރެ ސީރިއަސް!
20233 އަހަރު ކުރިން
ރިޕޯޓު

މީހުން ގެއްލުން: ހީކުރާ ވަރަށްވުރެ ސީރިއަސް!

100 ކިލޯ ޑްރަގް މައްސަލަ: މިއަދު ކުރިއަށް ގެންދެވުނީ ދައުވާ ލިބޭ 2 ބިދޭސީންގެ ބައި އެކަނި
20224 އަހަރު ކުރިން
ރާއްޖެ

100 ކިލޯ ޑްރަގް މައްސަލަ: މިއަދު ކުރިއަށް ގެންދެވުނީ ދައުވާ ލިބޭ 2 ބިދޭސީންގެ ބައި އެކަނި

ނަޝީގެ އުފަންދުވަހާ ދިމާކޮށް ބޮޑު ސަޕްރައިޒެއް!
20215 އަހަރު ކުރިން
ރިޕޯޓު

ނަޝީގެ އުފަންދުވަހާ ދިމާކޮށް ބޮޑު ސަޕްރައިޒެއް!

އާގިލް އާއި ޝައްފާން ވެސް މަރާލީ ގޭންގް މާރާމާރީތަކުގައި: ފުލުހުން
20197 އަހަރު ކުރިން
ރާއްޖެ

އާގިލް އާއި ޝައްފާން ވެސް މަރާލީ ގޭންގް މާރާމާރީތަކުގައި: ފުލުހުން

ރައީސް މައުމޫންގެ ވަކީލް ފައިސަލް މިއަދު ކޯޓަށް ހާޒިރު ކުރަނީ
20188 އަހަރު ކުރިން
ރާއްޖެ

ރައީސް މައުމޫންގެ ވަކީލް ފައިސަލް މިއަދު ކޯޓަށް ހާޒިރު ކުރަނީ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު