Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެފަލަސްތީން އިސްރާޢީލް ހަނގުރާމަ

އިޒްރޭލާއި ހަމާސްގެ ސުލްހައިގެ ވާހަކަތަކަށް ކޮންމެވެސް ވަރެއްގެ ކުރިއެރުންތަކެއް ލިބިފައިވާ ކަމަށް ހަމާސް އިން ބުނެފި

4 މެއި 2024 | ހޮނިހިރު 15:31

ރަފާއަށް އިޒްރޭލް ސިފައިން އަރައިފިނަމަ ހިތައް ނުގެނެވޭފަދަ އިންސާނީ ބޮޑު މުސީބާތެއް ކުރިމަތިވާނެ ކަމަށް އދ ގެ ކަމާބެހޭ އިދާރާތަކުން އަންނަނީ ބުނަމުން

ރާއްޖެ އެމްވީ | 4 މެއި 2024 | ހޮނިހިރު 15:31
ހަމާސްގެ ތަރުޖަމާނު އޮސާމާ ހަމްދާން

ހަމާސްގެ ތަރުޖަމާނު އޮސާމާ ހަމްދާން

ގާޒާގައި ހިނގަމުންދާ ހަނގުރާމަ ހުއްޓާލުމަށް ހަމާސް އާއި އިޒްރޭލާ ދެމެދު ކުރިއަށްދާ ސުލްހައިގެ ވާހަކަތަކުގައި ކޮންމެވެސް ވަރެއްގެ ކުރިއެރުމެއް ލިބިފައިވާ ކަމަށް ހަމާސްގެ ތަރުޖަމާނު އޮސާމާ ހަމްދާން ހާމަކޮށްފިއެވެ.

ވާހަކަތަކުގައި ބައިވެރިވާ ހަމާސްގެ ވަފުދު މިހާރު ތިބީ މިސްރުގެ ވެރިރަށް ކައިރޯގައެވެ.

ޚަބަރުތައް ބުނާ ގޮތުގައި ސުލްހައިގެ ވާހަކަތަކުގައި ބައިވެރިވުމަށް ގަތަރުގެ ވަފްދެއްވެސް އަންނަނީ ކައިރޯއަށް ދަތުރު ކުރަމުންނެވެ.

ކަމާބެހޭ ހުރިހާ ފަރާތްތަކުން ބާރު އަޅަމުން ގެންދަނީ އިޒްރޭލުން ގަޒާގެ ރަފާ ސިޓީއަށް އެއްގަމު މަގުން އަރާ އެ ސިޓީ ހިފުމަށް ރާވާފައިވާ ގޮތައް އެކަން ވިޔަ ނުދިނުމަށް ވީ އެންމެ އަވަހަކަށް ސުލްހައިގެ އެއްބަސްވުމަކަށް ހަމާސް އާއި އިޒްރޭލް ގެނެވޭތޯއެވެ.

ގާޒާގެ 1.5 މިލިއަން ރައްޔިތުން ދިރިއުޅޭ ރަފާ ސިޓީއަށް އިޒްރޭލް ސިފައިން އަރައިފިނަމަ ހިތައް ނުގެނެވޭފަދަ އިންސާނީ ބޮޑު މުސީބާތެއް ކުރިމަތިވާނެ ކަމަށް ގަބޫލް ކުރާ ކަމަށް އދ ގެ ކަމާބެހޭ އިދާރާތަކުން އަންނަނީ ބުނަމުންނެވެ. ކަން މިހެން އޮތް ނަމަވެސް އިޒްރޭލުގެ ހާރެޓްޒް ނޫހުން އިޒްރޭލްގެ އޮފިޝަލަކާ ހަވާލާދީ ބުނެފައިވަނީ އިޒްރޭލުން ރަފާ ހިފާނެ ކަމުގައެވެ.

އދ. ގެ ވާލްޑް ފުޑް ޕްރޮގްރާމް އިން ބުނާ ގޮތުގައި އުތުރު ގާޒާގެ ސަރަހައްދުތަކުގައި އުޅޭ ރައްޔިތުންވަނީ ބަނޑަށް ޖެހިފައެވެ. އެ ސަރަހައްދުތަކަށް އެހީގެ ތަކެތި އުފުލުމަށް އިޒްރޭލުން ގެންދަނީ ހުރަސް އަޅަމުންނެވެ.

ހުސްވި އަހަރުގެ އޮކްޓޯބަރ މަހުގެ 7 ވަނަ ދުވަހުން ފެށިގެން އިޒްރޭލުން ގާޒާ އަށް ދެމުން ގެންދާ ހަމަލާ ތަކުގައި މިހާތަނަށް 34،654 މީހުން މަރުވެފައިވެއެވެ. 77،908 މީހުން ޒަޚަމްވެފައިވެއެވެ.

ފަލަސްތީން - އިސްރާއީލް ހަމަނުޖެހުންހަމާސްގެ ތަރުޖަމާން އޮސާމާ ހަމްދާން

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

3

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

4

އެމެރިކާގެ އަސްކަރިއްޔާގެ އިންޒާރުތަކަށް އިޖާބަ ނުދީ އޮމާން ކަނޑުން ދަތުރުކުރި ބޯޓަކަށް ހަމަލާ ދީފި

5

ސީރިއާގެ ކުރީގެ ރައީސް ބައްޝާރުލް އަސަދު އާއި އޭނާގެ އަރިސް އާތިފް ނަޖީބު މަރާލަން ހުކުމްކޮށްފި

އިތުރަށް ކިޔާލަން

14 ނޮވެމްބަރު 2025

ޣައްޒާގެ ސުލްހައިގެ ޕްލޭން ގަބޫލުކުރުމަށް ޔޫއެން ކައުންސިލަށް ޓްރަމްޕް ގޮވާލައިފި

14 ނޮވެމްބަރު 2025
ޣައްޒާގެ ސުލްހައިގެ ޕްލޭން ގަބޫލުކުރުމަށް ޔޫއެން ކައުންސިލަށް ޓްރަމްޕް ގޮވާލައިފި
07 ޖޫން 2025

ސިފައިންނަށް އަމުރުކޮށްފައި އޮންނަނީ އަރަބިންނަށް އެނބުރި ނާދެވޭ ގޮތައް މުޅި ތަން ފަނާ ކޮށްލަން: އިސްރާއީލުގެ ސިފައިންގެ މީހެއް

07 ޖޫން 2025
ސިފައިންނަށް އަމުރުކޮށްފައި އޮންނަނީ އަރަބިންނަށް އެނބުރި ނާދެވޭ ގޮތައް މުޅި ތަން ފަނާ ކޮށްލަން: އިސްރާއީލުގެ ސިފައިންގެ މީހެއް
16 މެއި 2025

ހުކުރު ދުވަހު ހެނދުނު ޣައްޒާ ގައި 20 މީހުން ޝަހީދު ކޮށްލައިފި

16 މެއި 2025
ހުކުރު ދުވަހު ހެނދުނު ޣައްޒާ ގައި 20 މީހުން ޝަހީދު ކޮށްލައިފި
15 މެއި 2025

ބުރާސްފަތި ދުވަހު ޣައްޒާ ގައި 100 ށް ވުރެ ގިނަ މީހުން ޝަހީދު ކޮށްލައިފި

15 މެއި 2025
ބުރާސްފަތި ދުވަހު ޣައްޒާ ގައި 100 ށް ވުރެ ގިނަ މީހުން ޝަހީދު ކޮށްލައިފި
20 މާރިޗު 2025

އަލުން ހަމަލާ ދޭން ފެށި ފަހުން، އިސްރާއީލުން ޣައްޒާގެ 400 އަށް ވުރެ ގިނަ މީހުން ޝަހީދު ކޮށްލައިފި 

20 މާރިޗު 2025
އަލުން ހަމަލާ ދޭން ފެށި ފަހުން، އިސްރާއީލުން ޣައްޒާގެ 400 އަށް ވުރެ ގިނަ މީހުން ޝަހީދު ކޮށްލައިފި 
04 ފެބުރުއަރީ 2025

ޒަޚަމްވެފައިވާ ޣައްޒާގެ ރައްޔިތުންނަށް ޖަޕާނުން ފަރުވާ ދެނީ

04 ފެބުރުއަރީ 2025
ޒަޚަމްވެފައިވާ ޣައްޒާގެ ރައްޔިތުންނަށް ޖަޕާނުން ފަރުވާ ދެނީ
01 ފެބުރުއަރީ 2025

ހަމާސްއިން ހޮނިހިރު ދުވަހު އިތުރު ތިން އިސްރާއީލުގެ ރަހީނުން ދޫކޮށްލައިފި

01 ފެބުރުއަރީ 2025
ހަމާސްއިން ހޮނިހިރު ދުވަހު އިތުރު ތިން އިސްރާއީލުގެ ރަހީނުން ދޫކޮށްލައިފި
26 ޖެނުއަރީ 2025

ފަލަސްތީނު ރައްޔިތުންގެ ރައްދު ޓްރަމްޕަށް – "ޣައްޒާ އިން ފަލަސްތީނު މީހުން ބޭލުމަކީ، ކުރެވޭނެ ކަމެއް ނޫން، ކުރެވޭނެ ކަމެއް ނޫން، ކުރެވޭނެ ކަމެއް ނޫން"

26 ޖެނުއަރީ 2025
ފަލަސްތީނު ރައްޔިތުންގެ ރައްދު ޓްރަމްޕަށް – "ޣައްޒާ އިން ފަލަސްތީނު މީހުން ބޭލުމަކީ، ކުރެވޭނެ ކަމެއް ނޫން، ކުރެވޭނެ ކަމެއް ނޫން، ކުރެވޭނެ ކަމެއް ނޫން"
26 ޖެނުއަރީ 2025

ޣައްޒާގެ އުތުރުގައި ދިރިއުޅޭ ފަލަސްތީނު މީހުންގެ ގެދޮރަށް އެނބުރި ދިއުމަށް އިސްރާއީލުން ހުރަސް އަޅާ ބަޑި ޖަހައިފި

26 ޖެނުއަރީ 2025
ޣައްޒާގެ އުތުރުގައި ދިރިއުޅޭ ފަލަސްތީނު މީހުންގެ ގެދޮރަށް އެނބުރި ދިއުމަށް އިސްރާއީލުން ހުރަސް އަޅާ ބަޑި ޖަހައިފި
25 ޖެނުއަރީ 2025

ހަމާސް އިން އިތުރު 4 އަންހެން ރަހީނުން މިނިވަން ކޮށްފި

25 ޖެނުއަރީ 2025
ހަމާސް އިން އިތުރު 4 އަންހެން ރަހީނުން މިނިވަން ކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް