Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
ފްލުމިނެންސޭ

ސިލްވާ އާއެކު ފްލުމިނެންސޭ އަށް އެއްބަސްވުމަކަށް އާދެވިއްޖެ

ފްލުމިނެންސޭ އާއެކު ސިލްވާ ސޮއިކުރާނީ ދެ އަހަރު ދުވަހުގެ އެއްބަސްވުމެއްގައި

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް, ރާއްޖެ އެމްވީ | 4 މެއި 2024 | ހޮނިހިރު 05:53
ޗެލްސީ އަށް ކުޅެމުން އަންނަ ބްރެޒިލްގެ ތިއާގޯ ސިލްވާ

ޗެލްސީ އަށް ކުޅެމުން އަންނަ ބްރެޒިލްގެ ތިއާގޯ ސިލްވާ

ޗެލްސީ އަށް ކުޅެމުން އަންނަ ބްރެޒިލްގެ ޑިފެންޑަރު ތިއާގޯ ސިލްވާ އާއެކު، ބްރެޒިލްގެ ފްލުމިނެންސޭ އަށް އެއްބަސްވުމަކަށް އާދެވިއްޖެ އެވެ.

އުމުރުން 39 އަހަރުގެ ކުޅުންތެރިޔާ ވަނީ މި ސީޒަނަށްފަހު ޗެލްސީ ދޫކޮށްލަން ނިންމައިފަ އެވެ. އެ ކުލަބާއެކު އޭނާ ސޮއިކޮށްފައިވާ އެއްބަސްވުމުގެ މުއްދަތު ހަމަވާނީ މި ސީޒަންގެ ނިޔަލަށެވެ. ޗެލްސީ އަށް ސިލްވާ އަށް އައު އެއްބަސްވުމެއް ހުށަހެޅި ނަމަވެސް، ސިލްވާ ނިންމީ އެއްބަސްވުން އައުނުކޮށް، ކުލަބު ދޫކޮށްލުމަށެވެ.

މީޑިއާތަކުގައި ބުނެފައިވާ ގޮތުން ފްލުމިނެންސޭ އިން ވަނީ، ސިލްވާ އާއެކު އެއްބަސްވުމަކަށް އައިސްފަ އެވެ. އެ ކުލަބުން ވަނީ މީގެ ކުރިން ވެސް ސިލްވާ ހޯދުމުގެ ޝައުޤުވެރިކަން ފާޅުކޮށްފަ އެވެ. ފްލުމިނެންސޭގެ ހުށަހެޅުމަށް ސިލްވާ އެއްބަސްވެފައިވާއިރު، އޭނާ އެ ކުލަބަށް ބަދަލު ވާާނީ ހިލޭ ޓްރާންސްފާއެއްގަ އެވެ.

ފްލުމިނެންސޭ އާއެކު ސިލްވާ ސޮއިކުރާނީ ދެ އަހަރު ދުވަހުގެ އެއްބަސްވުމެއްގަ އެވެ. އެއްބަސްވުމުގައި ރަސްމީކޮށް ސިލްވާ ސޮއިކުރުން ކުރިއަށް އޮތް ހަފުތާތަކުގެ ތެރޭގައި އޮންނާނެ ކަމަށް ރިޕޯޓުތައް ބުނެ އެވެ. އެހެންކަމުން، 2026 ވަނަ އަހަރުގެ ޖޫން މަހުގެ ނިޔަލަށް އޭނާ އެ ކުލަބުގައި ހުންނާނެ އެވެ.

ޗެލްސީގައި މިވީ ހަތަރު ސީޒަންގެ ތެރޭގައި ސިލްވާ ވަނީ އެ ކުލަބަށް، 151 މެޗު ކުޅެދީ ނުވަ ލަނޑު ޖަހައިފަ އެވެ. އެ ކުލަބާއެކު އޭނާ ވަނީ ތިން ތައްޓެއް ކާމިޔާބުކޮށްފަ އެވެ. އެއީ ޔުއެފާ ޗެމްޕިއަންސް ލީގު، ޔުއެފާ ސުޕަ ކަޕް އަދި ފީފާ ކުލަބް ވޯލްޑް ކަޕް އެވެ. މީގެ އިތުރުން އެފްއޭ ކަޕް އަދި ކަރަބޯ ކަޕްގެ ފައިނަލްގައި ވަނީ ދެ ފަހަރު ކުޅެފަ އެވެ.

ފްލުމިނެންސޭތިއާގޯ ސިލްވާ

ކޮމެންޓް

އިތުރަށް ކިޔާލަން

ފްލުމިނެންސޭ ބަލިކޮށް، ކުލަބު ވޯލްޑް ކަޕްގެ ފައިނަލަށް ޗެލްސީ

ފްލުމިނެންސޭ ބަލިކޮށް، ކުލަބު ވޯލްޑް ކަޕްގެ ފައިނަލަށް ޗެލްސީ

09 ޖުލައި 2025
ސިލްވާ ޗެލްސީ ދޫކޮށްލަނީ، އެނބުރި އައުމުގެ އުންމީދުގައި

ސިލްވާ ޗެލްސީ ދޫކޮށްލަނީ، އެނބުރި އައުމުގެ އުންމީދުގައި

30 އެޕްރީލު 2024
ސީޒަން ނިމުމުން، ސިލްވާ ޗެލްސީ ދޫކޮށްލަނީ

ސީޒަން ނިމުމުން، ސިލްވާ ޗެލްސީ ދޫކޮށްލަނީ

23 އެޕްރީލު 2024
އަލް އަހްލީ ބަލިކޮށް، ފްލުމިނެންސޭ ފައިނަލަށް

އަލް އަހްލީ ބަލިކޮށް، ފްލުމިނެންސޭ ފައިނަލަށް

19 ޑިސެމްބަރު 2023
ތިއާގޯ ސިލްވާ ދިގު މުއްދަތަކަށް ގެއްލެނީ!

ތިއާގޯ ސިލްވާ ދިގު މުއްދަތަކަށް ގެއްލެނީ!

01 މާރިޗު 2023

އަހަރުތަކުން މިއަދު

13 މެއި
ފަނޑިޔާރުކަމުގެ މަގާމުން އަޒުލުކޮށްފައިވަނީ ބުއްދީގެ ހަމަތަކާ އިންސާފު އިސްނުކުރައްވާ އަޅުވެތި ކުދި ސޯބުތަކެއްގެ ގޮތުގައި މަސައްކަތް ކުރައްވައިގެން: އަޒްމިރަލްދާ
20251 އަހަރު ކުރިން
ރާއްޖެ

ފަނޑިޔާރުކަމުގެ މަގާމުން އަޒުލުކޮށްފައިވަނީ ބުއްދީގެ ހަމަތަކާ އިންސާފު އިސްނުކުރައްވާ އަޅުވެތި ކުދި ސޯބުތަކެއްގެ ގޮތުގައި މަސައްކަތް ކުރައްވައިގެން: އަޒްމިރަލްދާ

މަންޒަރު ބަދަލުވެއްޖެ، މިއީ ކާކު؟
20242 އަހަރު ކުރިން
މީހުން

މަންޒަރު ބަދަލުވެއްޖެ، މިއީ ކާކު؟

ރާއްޖޭގެ އިރުދެކުނުގައި ތޫފާނެއް އުފެދިއްޖެ
20233 އަހަރު ކުރިން
ރާއްޖެ

ރާއްޖޭގެ އިރުދެކުނުގައި ތޫފާނެއް އުފެދިއްޖެ

100 ކިލޯ ޑްރަގް ކޭސް: ޓްރެފިކިންގ ދައުވާއިން ސަލާމަތްވުމުގެ ފުރުސަތު ފަހިވީ ފުލުހަކަށް ހެދުނު ގޯހަކުން
20224 އަހަރު ކުރިން
ރިޕޯޓު

100 ކިލޯ ޑްރަގް ކޭސް: ޓްރެފިކިންގ ދައުވާއިން ސަލާމަތްވުމުގެ ފުރުސަތު ފަހިވީ ފުލުހަކަށް ހެދުނު ގޯހަކުން

"މެންބަރަކު ގުޅުއްވި، ވިދާޅުވީ ރައީސަށް ބައްލަވައްޗޭ"
20215 އަހަރު ކުރިން
ރިޕޯޓު

"މެންބަރަކު ގުޅުއްވި، ވިދާޅުވީ ރައީސަށް ބައްލަވައްޗޭ"

ލުތުފަރު މަރާލީ ގޮތް ކުޅުވައިފި
20197 އަހަރު ކުރިން
ރާއްޖެ

ލުތުފަރު މަރާލީ ގޮތް ކުޅުވައިފި

ސުނާމީ ބިނާ ސަރަހައްދު ކުއްޔަށް ދޫކުރުމަށް ނިންމައިފި
20188 އަހަރު ކުރިން
ރާއްޖެ

ސުނާމީ ބިނާ ސަރަހައްދު ކުއްޔަށް ދޫކުރުމަށް ނިންމައިފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު