Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުފީފާ ކުލަބު ވޯލްޑް ކަޕް

އަލް އަހްލީ ބަލިކޮށް، ފްލުމިނެންސޭ ފައިނަލަށް

19 ޑިސެމްބަރު 2023 | އަންގާރަ 06:08

ފައިނަލްގައި ފްލުމިނެންސޭއާ ދެކޮޅަށް ނުކުންނާނެ ޓީމެއް ކަށަވަރުވާނީ މެންޗެސްޓަރ ސިޓީ އާއި އުރަވާ ރެޑްސް ޑައިމަންޑްސް ވާދަކުރާ މެޗުން

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 19 ޑިސެމްބަރު 2023 | އަންގާރަ 06:08
ފްލުމިނެންސޭގެ ކުޅުންތެރިން އުފާ ފާޅުކުރަނީ

ފްލުމިނެންސޭގެ ކުޅުންތެރިން އުފާ ފާޅުކުރަނީ

ފީފާ ކުލަބު ވޯލްޑް ކަޕްގެ ސެމީ ފައިނަލްގެ ފުރަތަމަ މެޗުގައި ބްރެޒިލްގެ ފްލުމިނެންސޭއާ ދެކޮޅަށް ކުޅުނު މެޗުން މޮޅުވެ، މިސްރުގެ އަލް އަހްލީ މުބާރާތުގެ ފައިނަލްގެ ފުރަތަމަ ޖާގަ ހޯދައިފިއެވެ.

ހޯމަ ދުވަހުގެ ރޭ ސައުދީ އަރަބިއްޔާގެ ކިންގް ޢަބްދުﷲ ސްޕޯޓްސް ސިޓީގައި ކުޅުނު މެޗު ފްލުމިނެންސޭ އިން ކާމިޔާބު ކުރީ 2-0 އިންނެވެ. މެޗުގައި އެ ޓީމުން ދެ ލަނޑު ވެސް ޖެހީ ދެ ވަނަ ހާފުގައެވެ.

މެޗުގެ 71 ވަނަ މިނެޓުގައި އެ ޓީމުން ވަނީ ފުރަތަމަ ލަނޑު ޖަހައި ލީޑު ނަގައިފައެވެ. އެ ޓީމަށް ލިބުނު ޕެނަލްޓީއެއް ކާމިޔާބުކޮށް ލީޑު ނަގައިދިނީ ޖޯން އާރިއާސްއެވެ. އޭގެ ފަހުން އެ ޓީމުން އިތުރު ލަނޑު ޖެހުމަށް ފުރުސަތު ތަނަވަސް ކުރިއިރު، އަލް އަހްލީ އަށް ވަނީ ނަތީޖާ ހަމަހަމަކުރުމަށް ވެސް ފުރުސަތު ލިބިފައެވެ. ފްލުމިނެންސޭގެ ދެ ވަނަ ލަނޑު މެޗުގެ 90 ވަނަ މިނެޓުގައި ޖެހީ ޖޯން ކެނެޑީއެވެ. އޭނާ އެ ލަނޑު ޖަހަން ފުރުސަތު ތަނަވަސްކޮށްދިނީ މަތެއުސް މާޓިނެލީއެވެ. މި މެޗު ޚާއްސަ ވަނީ ފްލުމިނެންސޭ އަށް ކުޅެމުން އަންނަ ބްރެޒިލްގެ މާސެލޯއަށެވެ. މިއީ އޭނާ ކުލަބު ވޯލްޑް ކަޕްގެ ފައިނަލްގައި ކުޅޭނެ ފަސް ވަނަ ފަަހަރެވެ.

ފައިނަލްގައި ފްލުމިނެންސޭއާ ދެކޮޅަށް ނުކުންނާނެ ޓީމެއް ކަށަވަރު ވާނީ މެންޗެސްޓަރ ސިޓީ އާއި އުރަވާ ރެޑްސް ޑައިމަންޑްސް ވާދަކުރާ މެޗުންނެވެ.

ފީފާ ކުލަބް ވޯލްޑް ކަޕްއަލްއަހްލީފްލުމިނެންސޭ

އިތުރަށް ކިޔާލަން

09 ޖުލައި 2025

ފްލުމިނެންސޭ ބަލިކޮށް، ކުލަބު ވޯލްޑް ކަޕްގެ ފައިނަލަށް ޗެލްސީ

09 ޖުލައި 2025
ފްލުމިނެންސޭ ބަލިކޮށް، ކުލަބު ވޯލްޑް ކަޕްގެ ފައިނަލަށް ޗެލްސީ
04 މެއި 2024

ސިލްވާ އާއެކު ފްލުމިނެންސޭ އަށް އެއްބަސްވުމަކަށް އާދެވިއްޖެ

04 މެއި 2024
ސިލްވާ އާއެކު ފްލުމިނެންސޭ އަށް އެއްބަސްވުމަކަށް އާދެވިއްޖެ
24 ޑިސެމްބަރު 2023

ކުލަބު ވޯލްޑް ކަޕާ އެކު، ގާޑިއޯލާ އަށް ޚާއްސަ އުފަލެއް

24 ޑިސެމްބަރު 2023
ކުލަބު ވޯލްޑް ކަޕާ އެކު، ގާޑިއޯލާ އަށް ޚާއްސަ އުފަލެއް
20 ޑިސެމްބަރު 2023

މެންޗެސްޓަރ ސިޓީ ކްލަބް ވަރލްޑް ކަޕް ފައިނަލަށް

20 ޑިސެމްބަރު 2023
މެންޗެސްޓަރ ސިޓީ ކްލަބް ވަރލްޑް ކަޕް ފައިނަލަށް
20 ޖުލައި 2023

މާރޭޒް، ސައުދީ ލީގުގެ އަލް އަހްލީއަށް

20 ޖުލައި 2023
މާރޭޒް، ސައުދީ ލީގުގެ އަލް އަހްލީއަށް
29 ޖޫން 2023

އެޑުއާޑް މެންޑީ، ޗެލްސީ ދޫކޮށް ސައޫދީ ޕްރޯ ލީގުގެ އަލް އަހްލީއަށް ބަދަލުވެއްޖެ

29 ޖޫން 2023
އެޑުއާޑް މެންޑީ، ޗެލްސީ ދޫކޮށް ސައޫދީ ޕްރޯ ލީގުގެ އަލް އަހްލީއަށް ބަދަލުވެއްޖެ
08 ފެބުރުއަރީ 2023

ފްލެމެންގޯ ބަލިކޮށް އަލް ޙިލާލް ކުލަބް ވޯލްޑް ކަޕްގެ ފައިނަލަށް

08 ފެބުރުއަރީ 2023
ފްލެމެންގޯ ބަލިކޮށް އަލް ޙިލާލް ކުލަބް ވޯލްޑް ކަޕްގެ ފައިނަލަށް
07 ފެބުރުއަރީ 2023

އަނިޔާގެ ސަބަބުން ބެންޒެމާ އާއި ކޯޓުއާ އަށް އަލް އަހްލީއާ ދެކޮޅަށް ނުކުޅެވޭނެ

07 ފެބުރުއަރީ 2023
އަނިޔާގެ ސަބަބުން ބެންޒެމާ އާއި ކޯޓުއާ އަށް އަލް އަހްލީއާ ދެކޮޅަށް ނުކުޅެވޭނެ
17 ޑިސެމްބަރު 2022

32 ޓީމާއެކު ފީފާ ކުލަބް ވޯލްޑް ކަޕް 2025 ގައި

17 ޑިސެމްބަރު 2022
32 ޓީމާއެކު ފީފާ ކުލަބް ވޯލްޑް ކަޕް 2025 ގައި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް