Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
ޗެލްސީ

ޕޮޓާ ބޭނުންވަނީ ތިއާގޯ ސިލްވާ ޗެލްސީގައި މަޑުކުރަން

ޗެލްސީއާއެކު ތިއާގޯ ސިލްވާ ހަދާފައިވާ އެއްބަސްވުމުގެ މުއްދަތު އަންނަ އަހަރުގެ ޖޫން މަހުގެ ނިޔަލަށް ހަމަވާނެ

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް, ރާއްޖެ އެމްވީ | 11 އޮކްޓޯބަރު 2022 | އަންގާރަ 02:07
ތިއާގޯ ސިލްވާ

ތިއާގޯ ސިލްވާ

ޗެލްސީ އަށް ކުޅެމުން އަންނަ ބްރެޒިލްގެ ސެންޓަ ބެކް ތިއާގޯ ސިލްވާ އެ ޓީމުގައި މަޑު ކުރަން އެދޭ ކަމަށް ގްރަހަމް ޕޮޓާ ބުނެފިއެވެ.

ޗެލްސީގެ ކޯޗު ޕޮޓާ މި ފަދައިން ބުނީ ޗެލްސީއާއެކު ތިއާގޯ ސިލްވާ ހަދާފައިވާ އެއްބަސްވުމުގެ މުއްދަތު ހަމަވާތީ، އޭނާގެ ކުރިމަގާ ގުޅޭ ގޮތުން ވާހަކަ ދައްކަމުންނެވެ. ޗެލްސީއާއެކު ތިއާގޯ ސިލްވާ ހަދާފައިވާ އެއްބަސްވުމުގެ މުއްދަތު އަންނަ އަހަރު ޖޫން މަހުގެ ނިޔަލަށް ހަމަވާނެއެވެ.

އެކަމާ ގުޅިގެން ވާހަކަ ދައްކަމުން ޕޮޓާ ބުނީ، ކުލަބުގައި މަޑު ކުރުމާއި ނުކުރުން އޮތީ ތިއާގޯ ސިލްވާ އަތްމަތީގައި ކަމަށެވެ. އެކަމަށް ގޮތެއް ނިންމަން ޖެހޭނީ ތިއާގޯ ސިލްވާކަން ފާހަގަކުރަމުން ޕޮޓާ ބުނީ، އޭނާ އަށް ކޮށްދެވޭނެ ކަމަކީ ތިއާގޯ ސިލްވާ އަށް ޗެލްސީގައި ރަނގަޅު މަގެއް ހޯދައިދިނުން ކަމަށެވެ. އޭނާ ބުނީ އެހެން ހުރިހާ ކަމެއް އޮތީ ތިއާގޯ ސިލްވާ އާއި ޗެލްސީގެ އަތްމަތީގައި ކަމަށެވެ.

މިކަމާ ގުޅިގެން ތިއާގޯ ސިލްވާ ބުނީ އެވާހަކަ ދައްކަންވީ ވަގުތު އަދި އަންނާނެ ކަމަށެވެ. އެ ވަގުތަކީ ޤަތަރުގައި ފަށާ ފީފާ ވޯލްޑް ކަޕްގެ ކުރިން ނުވަތަ ފަހުން ކަމަށް ވެދާނެ ކަމަށް ވެސް އޭނާ ބުންޏެވެ. މީގެ އިތުރުން އޭނާ ބުނީ އެއްބަސްވުމާމެދު ގޮތެއް ނިންމަން ޖެހޭނީ އޭނާގެ އާއިލާގެ ކަންކަމަށް ބަލާފައި ކަމަށެވެ. އެއީ ފަސޭހެ ކަމެއް ނޫން ކަން ފާހަގަކުރަމުން އޭނާ ބުނީ، ވާނ ގޮތެއް ބަލަން ޖެހޭނެ ކަމަށެވެ.

ފްރާންސްގެ ޕެރިސް ސެއިންޓް ޖާމަން (ޕީއެސްޖީ) ދޫކޮށް ތިއާގޯ ސިލްވާ ޗެލްސީ އަށް ބަދަލުވީ 2020 ވަނަ އަހަރުއެވެ. އޭގެ ފަހުން އޭނާ ވަނީ އެ ޓީމަށް 91 މެޗު ކުޅެދީ ފަސް ލަނޑު ޖަހާފައެވެ. މީގެ އިތުރުން އޭނާ ވަނީ ޗެލްސީއާއެކު ޔުއެފާ ޗެމްޕިއަންސް ލީގު، ޔުއެފާ ސުޕަ ކަޕް، ފީފާ ކުލަބް ވޯލްޑް ކަޕް ކާމިޔާބުކޮށްފައެވެ. އަދި އެފްއޭ ކަޕްގެ ރަނަރަޕްކަން ދެ ފަހަރު، ކަރަބޯ ކަޕްގެ ރަނަރަޕްކަން އެެއް ފަހަރު ހޯދާފައިވެއެވެ.

ތިއާގޯ ސިލްވާ އަންނަނީ 2008 ވަނަ އަހަރުން ފެށިގެން ބްރެޒިލްގެ ޤައުމީ ޓީމަށް ވެސް ކުޅެމުންނެވެ.

ޗެލްސީތިއާގޯ ސިލްވާގްރަހަމް ޕޮޓާ

ކޮމެންޓް

އިތުރަށް ކިޔާލަން

އެޓަލަންޓާ އަތުން ޗެލްސީ ބަލިވެއްޖެ

އެޓަލަންޓާ އަތުން ޗެލްސީ ބަލިވެއްޖެ

10 ޑިސެމްބަރު 2025
ލީޑްސް ޔުނައިޓެޑުން ޗެލްސީ ބަލިކޮށްފި

ލީޑްސް ޔުނައިޓެޑުން ޗެލްސީ ބަލިކޮށްފި

04 ޑިސެމްބަރު 2025
ޗެލްސީ އިން ބާސެލޯނާ ލަދު ގަންނަވާލައިފި

ޗެލްސީ އިން ބާސެލޯނާ ލަދު ގަންނަވާލައިފި

26 ނޮވެމްބަރު 2025
ފަހު ވަގުތު ޗެލްސީ އަތުން ބަލިވެ ލިވަޕޫލް އަށް ޖެހިޖެހިގެން ތިން ވަނަ ބަލި

ފަހު ވަގުތު ޗެލްސީ އަތުން ބަލިވެ ލިވަޕޫލް އަށް ޖެހިޖެހިގެން ތިން ވަނަ ބަލި

05 އޮކްޓޯބަރު 2025
އަމިއްލަ ދަނޑުގައި ބްރައިޓަން އަތުން ޗެލްސީ ބަލިވެއްޖެ

އަމިއްލަ ދަނޑުގައި ބްރައިޓަން އަތުން ޗެލްސީ ބަލިވެއްޖެ

28 ސެޕްޓެމްބަރު 2025

އަހަރުތަކުން މިއަދު

13 ޖޫން
"ސޮރީ" ފިލްމަށް ލިބުނު ބޮޑު ކާމިޔާބީ ފާހަގަކޮށްފި، ފިލްމު ދެއްކުމުގެ ކުރިން 15 ޝޯ ފުލް ވެއްޖެ
20251 އަހަރު ކުރިން
ރާއްޖެ

"ސޮރީ" ފިލްމަށް ލިބުނު ބޮޑު ކާމިޔާބީ ފާހަގަކޮށްފި، ފިލްމު ދެއްކުމުގެ ކުރިން 15 ޝޯ ފުލް ވެއްޖެ

އަރަފާތު ބިމުގައި ނެތް ނަމަވެސް އެދުވަހުގެ މާތްކަން ލިބިގަތުމަށް ރޯދަ ހިފުމާއި، ޒިކުރު ކުރުމާއި ދުއާ ކުރުމާއި ތަކުބީރު ކިޔުން ފަދަ ހެޔޮ އަމަލު ކުރެވިދާނެ - ހުތުބާ
20242 އަހަރު ކުރިން
ރާއްޖެ

އަރަފާތު ބިމުގައި ނެތް ނަމަވެސް އެދުވަހުގެ މާތްކަން ލިބިގަތުމަށް ރޯދަ ހިފުމާއި، ޒިކުރު ކުރުމާއި ދުއާ ކުރުމާއި ތަކުބީރު ކިޔުން ފަދަ ހެޔޮ އަމަލު ކުރެވިދާނެ - ހުތުބާ

ފްރާންސްގައި މެސީ އަށް ލިބެން ޖެހޭ އިހުތިރާމް ނުލިބުނު: އެމްބާޕޭ
20233 އަހަރު ކުރިން
ކުޅިވަރު

ފްރާންސްގައި މެސީ އަށް ލިބެން ޖެހޭ އިހުތިރާމް ނުލިބުނު: އެމްބާޕޭ

ޑްރަގަށްވުރެ ބިރުވެރި، ބޮޑު މަސްތެއްގައި ދިވެހިން ފައިސާތައް ބުރުއްސަނީ: އިދާރާތަކަށް ހިލަމެއްވޭ؟
20224 އަހަރު ކުރިން
ރިޕޯޓު

ޑްރަގަށްވުރެ ބިރުވެރި، ބޮޑު މަސްތެއްގައި ދިވެހިން ފައިސާތައް ބުރުއްސަނީ: އިދާރާތަކަށް ހިލަމެއްވޭ؟

ދުނިޔޭގެ އެންމެ ބޮޑު އާއިލާގެ ބައްޕަ މަރުވެ 39 އަނބިން ހުވަފަތްވެއްޖެ
20215 އަހަރު ކުރިން
ދުނިޔެ

ދުނިޔޭގެ އެންމެ ބޮޑު އާއިލާގެ ބައްޕަ މަރުވެ 39 އަނބިން ހުވަފަތްވެއްޖެ

ފަނޑިޔާރުގެ އިސްލާހުކުރުމަށް ކުރަންޖެހޭ އެންމެ މުހިންމު ކަމަކީ ސިޔާސީގޮތުން ވަންނަ ނުފޫޒު ހުއްޓުވުން: ލަތީފާ ޤާސިމް
20197 އަހަރު ކުރިން
ރާއްޖެ

ފަނޑިޔާރުގެ އިސްލާހުކުރުމަށް ކުރަންޖެހޭ އެންމެ މުހިންމު ކަމަކީ ސިޔާސީގޮތުން ވަންނަ ނުފޫޒު ހުއްޓުވުން: ލަތީފާ ޤާސިމް

ފިޠުރު ޒަކާތް
20188 އަހަރު ކުރިން
އިސްލާމް

ފިޠުރު ޒަކާތް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު