Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
ސިލްވާ އެއްބަސްވުން އާކުރުން

ޗެލްސީގެ އެއްބަސްވުން އާކުރަން ސިލްވާ ބޭނުންވޭ

ސިލްވާ ބޭނުންނަމަ އިތުރު އެއް އަހަރު ޗެލްސީގައި މަޑުކުރެވޭނެ

އިސްމާޢީލް ޝާހް
އިސްމާޢީލް ޝާހް, ރާއްޖެ އެމްވީ | 15 އެޕްރީލު 2021 | ބުރާސްފަތި 14:53
ޗެލްސީއަށް ކުޅެމުން އަންނަ ބްރެޒިލުގެ ޑިފެންޑަރު ތިއާގޯ ސިލްވާ

ޗެލްސީއަށް ކުޅެމުން އަންނަ ބްރެޒިލުގެ ޑިފެންޑަރު ތިއާގޯ ސިލްވާ

ޗެލްސީއާއެކު ހަދާފައި އޮތް އެއްބަސްވުން އާކުރަން ބޭނުންވާ ކަމަށް ބްރެޒިލުގެ ޑިފެންޑަރު ތިއާގޯ ސިލްވާ ބުނެފިއެވެ.

ޕީއެސްޖީގައި އަށް އަހަރު ހޭދަކުރުމަށްފަހު ސިލްވާ ޗެލްސީއަށް ބަދަލުވީ މިދިޔަ އަހަރުގެ ހޫނު މޫސުމުގައި ހިލޭ ޓްރާންސްފާއެއްގެ ދަށުންނެވެ. އުމުރުން 36 އަހަރުގެ ސިލްވާ ޗެލްސީއާއެކު އެއް އަހަރުގެ އެއްބަސްވުމެއް ހަދާފައިވާއިރު، އެ އެއްބަސްވުމުގެ ދަށުން ސިލްވާ ބޭނުންނަމަ އިތުރު އެއް އަހަރު ޗެލްސީގައި މަޑުކުރުމުގެ ފުރުޞަތު ލިބިގެންދެއެވެ.

ދާދި ފަހުން ދިން އިންޓަވިއުއެއްގައި ސިލްވާ ބުނީ އަންނަ އަހަރުގެ ވޯލްޑް ކަޕާ ހަމައަށް އެއް ފެންވަރެއްގައި ކުޅެން ބޭނުންވާ ކަމަށާއި، އެހެންކަމުން އޭނާގެ އަމާޒަކީ ވޯލްޑް ކަޕުގެ ނިޔަލަށް ޗެލްސީގައި މަޑުކުރުން ކަމަށެވެ.

އަންނަ ސީޒަނުގައިވެސް ޗެލްސީގައި މަޑުކުރަން ސިލްވާ ބޭނުންވަނީ އެ ޓީމުގެ އައު ކޯޗު ތޯމަސް ޓުޗެލުގެ އިރުޝާދުގެ ދަށުން، ޗެލްސީން ދައްކަމުން އަންނަ ތަފާތު މޮޅު ކުޅުމުގެ ސަބަބުން ކަމަށް ރިޕޯޓުތައް ބުނެއެވެ. ސިލްވާ ބުނީ ޗެލްސީގައި ޓުޗެލް ކުރަމުން އަންނަ މަސައްކަތް ފާހަގަކޮށްލެވޭ ކަމަށާއި، އުއްމީދަކީ ޓުޗެލްއާއެކު ޗެލްސީން ގިނަ ކާމިޔާބީތަކެއް ހޯދުން ކަމަށެވެ.

ޓުޗެލުގެ އިރުޝާދުގެ ދަށުން ޗެލްސީން މި ސީޒަނުގައި ތަފާތު މޮޅު ކުޅުމެއް ދައްކަމުން އަންނައިރު، އެ ޓީމު މިހާރު ވަނީ މި ސީޒަނުގެ ޔުއެފާ ޗެމްޕިއަންސް ލީގުގެ ސެމީ ފައިނަލަށްވެސް ދަތުރުކޮށްފައެވެ. އަދި ޓުޗެލުގެ ކޯޗުކަމުގައި ޗެލްސީން މިހާތަނަށް 18 މެޗު ކުޅެފައިވާއިރު، އެ ޓީމު ބަލިވީ އެންމެ ދެ މެޗުންނެވެ.

މީގެ ކުރިން ޕީއެސްޖީއާއެކު ފްރެންޗު ލީގު ހަތް ފަހަރު ހޯދާފައިވާ ސިލްވާ، ޗެލްސީގެ އެއްބަސްވުން އާކުރަން މަސައްކަތްކުރަމުން އަންނައިރު، މި ސީޒަނުގައި ޗެލްސީއާ ގުޅެ މިހާތަނަށް އޭނާ ވަނީ އެ ޓީމަށް 23 މެޗު ކުޅެދީފައެވެ. އަދި މި މެޗުތަކުގައި އޭނާ ވަނީ މިހާތަނަށް ދެ ލަނޑު ޖަހާފައެވެ.

ތިއާގޯ ސިލްވާޗެލްސީ

ކޮމެންޓް

އިތުރަށް ކިޔާލަން

އެޓަލަންޓާ އަތުން ޗެލްސީ ބަލިވެއްޖެ

އެޓަލަންޓާ އަތުން ޗެލްސީ ބަލިވެއްޖެ

10 ޑިސެމްބަރު 2025
ލީޑްސް ޔުނައިޓެޑުން ޗެލްސީ ބަލިކޮށްފި

ލީޑްސް ޔުނައިޓެޑުން ޗެލްސީ ބަލިކޮށްފި

04 ޑިސެމްބަރު 2025
ޗެލްސީ އިން ބާސެލޯނާ ލަދު ގަންނަވާލައިފި

ޗެލްސީ އިން ބާސެލޯނާ ލަދު ގަންނަވާލައިފި

26 ނޮވެމްބަރު 2025
ފަހު ވަގުތު ޗެލްސީ އަތުން ބަލިވެ ލިވަޕޫލް އަށް ޖެހިޖެހިގެން ތިން ވަނަ ބަލި

ފަހު ވަގުތު ޗެލްސީ އަތުން ބަލިވެ ލިވަޕޫލް އަށް ޖެހިޖެހިގެން ތިން ވަނަ ބަލި

05 އޮކްޓޯބަރު 2025
އަމިއްލަ ދަނޑުގައި ބްރައިޓަން އަތުން ޗެލްސީ ބަލިވެއްޖެ

އަމިއްލަ ދަނޑުގައި ބްރައިޓަން އަތުން ޗެލްސީ ބަލިވެއްޖެ

28 ސެޕްޓެމްބަރު 2025

އަހަރުތަކުން މިއަދު

13 ޖޫން
"ސޮރީ" ފިލްމަށް ލިބުނު ބޮޑު ކާމިޔާބީ ފާހަގަކޮށްފި، ފިލްމު ދެއްކުމުގެ ކުރިން 15 ޝޯ ފުލް ވެއްޖެ
20251 އަހަރު ކުރިން
ރާއްޖެ

"ސޮރީ" ފިލްމަށް ލިބުނު ބޮޑު ކާމިޔާބީ ފާހަގަކޮށްފި، ފިލްމު ދެއްކުމުގެ ކުރިން 15 ޝޯ ފުލް ވެއްޖެ

އަރަފާތު ބިމުގައި ނެތް ނަމަވެސް އެދުވަހުގެ މާތްކަން ލިބިގަތުމަށް ރޯދަ ހިފުމާއި، ޒިކުރު ކުރުމާއި ދުއާ ކުރުމާއި ތަކުބީރު ކިޔުން ފަދަ ހެޔޮ އަމަލު ކުރެވިދާނެ - ހުތުބާ
20242 އަހަރު ކުރިން
ރާއްޖެ

އަރަފާތު ބިމުގައި ނެތް ނަމަވެސް އެދުވަހުގެ މާތްކަން ލިބިގަތުމަށް ރޯދަ ހިފުމާއި، ޒިކުރު ކުރުމާއި ދުއާ ކުރުމާއި ތަކުބީރު ކިޔުން ފަދަ ހެޔޮ އަމަލު ކުރެވިދާނެ - ހުތުބާ

ފްރާންސްގައި މެސީ އަށް ލިބެން ޖެހޭ އިހުތިރާމް ނުލިބުނު: އެމްބާޕޭ
20233 އަހަރު ކުރިން
ކުޅިވަރު

ފްރާންސްގައި މެސީ އަށް ލިބެން ޖެހޭ އިހުތިރާމް ނުލިބުނު: އެމްބާޕޭ

ޑްރަގަށްވުރެ ބިރުވެރި، ބޮޑު މަސްތެއްގައި ދިވެހިން ފައިސާތައް ބުރުއްސަނީ: އިދާރާތަކަށް ހިލަމެއްވޭ؟
20224 އަހަރު ކުރިން
ރިޕޯޓު

ޑްރަގަށްވުރެ ބިރުވެރި، ބޮޑު މަސްތެއްގައި ދިވެހިން ފައިސާތައް ބުރުއްސަނީ: އިދާރާތަކަށް ހިލަމެއްވޭ؟

ދުނިޔޭގެ އެންމެ ބޮޑު އާއިލާގެ ބައްޕަ މަރުވެ 39 އަނބިން ހުވަފަތްވެއްޖެ
20215 އަހަރު ކުރިން
ދުނިޔެ

ދުނިޔޭގެ އެންމެ ބޮޑު އާއިލާގެ ބައްޕަ މަރުވެ 39 އަނބިން ހުވަފަތްވެއްޖެ

ފަނޑިޔާރުގެ އިސްލާހުކުރުމަށް ކުރަންޖެހޭ އެންމެ މުހިންމު ކަމަކީ ސިޔާސީގޮތުން ވަންނަ ނުފޫޒު ހުއްޓުވުން: ލަތީފާ ޤާސިމް
20197 އަހަރު ކުރިން
ރާއްޖެ

ފަނޑިޔާރުގެ އިސްލާހުކުރުމަށް ކުރަންޖެހޭ އެންމެ މުހިންމު ކަމަކީ ސިޔާސީގޮތުން ވަންނަ ނުފޫޒު ހުއްޓުވުން: ލަތީފާ ޤާސިމް

ފިޠުރު ޒަކާތް
20188 އަހަރު ކުރިން
އިސްލާމް

ފިޠުރު ޒަކާތް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު