Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
ޗެލްސީ

ތިއާގޯ ސިލްވާ ދިގު މުއްދަތަކަށް ގެއްލެނީ!

އޭނާ ނެތުމަކީ ކޯޗަށް ކުރިމަތިވާނެ ވަރަށް ބޮޑު މައްސަލައަކަށް ވެދާނެ

އަބްދުﷲ އަޒުމީން
އަބްދުﷲ އަޒުމީން, ރާއްޖެ އެމްވީ | 1 މާރިޗު 2023 | ބުދަ 09:41
ތިއާގޯ ސިލްވާ ޓޮޓެންހަމް މެޗުގައި އަނިޔާވެގެން ވެއްޓިފައި: 6 މަސް ކުޅުމާއި ދުރުގައި ހުންނަންޖެހޭނެ

ތިއާގޯ ސިލްވާ ޓޮޓެންހަމް މެޗުގައި އަނިޔާވެގެން ވެއްޓިފައި: 6 މަސް ކުޅުމާއި ދުރުގައި ހުންނަންޖެހޭނެ

ޗެލްސީގެ އެންމެ މުހިންމު އެއް ޑިފެންޑަރު ކަމަށްވާ ތިއާގޯ ސިލްވާ އަށް އަނިޔާވެ ހަ މަހެއްހާ ދުވަހު ކުޅުމާ ދުރުގައި ހުންނަން ޖެހުމުގެ ބިރުހީވެއްޖެ އެވެ.

ބްރެޒިލްގެ 38 އަހަރުގެ ޑިފެންޑަރަށް އަނިޔާވީ މިދިޔަ ހަފުތާގައި ޓޮޓެންހަމާ ދެކޮޅަށް ކުޅުނު މެޗުގަ އެވެ. މިއާއެކު އޭނާ ދަނޑުން ބާލަން ޖެހުނެވެ. ފަހުން ހެދި ޓެސްޓްތަކަށް ބަލާފައި ސިލްވާ ކުޅުމާ ދުރުގައި ހުންނަންޖެހޭނީ ކިހާ މުއްދަތެއްގައިކަން ޗެލްސީން ކަށަވަރުކޮށްނުދެ އެވެ. އެކަމަކު ލަފާކުރެވިފައިވަނީ ރީހެބްގައި ހޭދަކުރާނެ ވަގުތާއެކު މަދުވެގެން ހަ ހަފުތާ ރެސްޓްކުރަންޖެހޭނެ ކަމަށެވެ.

މިއަނިޔާގެ ސަބަބުން ސިލްވާ އަށް ޗެމްޕިއަންސް ލީގުގެ ނޮކްއައުޓް މެޗުތަކާއި ޕްރެމިއާ ލީގުގެ މުހިންމު މެޗުތަކެއް ގެއްލޭނެ އެވެ.

ސިލްވާ އަކީ ޗެލްސީގައި ހުރި އެންމެ އިތުބާރު އަދި އެންމެ ތަޖުރިބާކާރު ޑިފެންޑަރެވެ. މި ސީޒަނުގައި ޗެލްސީގެ ނަތީޖާތައް އާދަޔާހިލާފަށް ގޯސްވެ، ޓޭބަލުގެ މެދުތެރެއަށް ވެއްޓިފައިވާއިރު ކޮންސިސްޓްކޮށް ކުޅެމުންދާ މަދު ކުޅުންތެރިންގެ އެކަކީ އޭނާ އެވެ. މިހެންވެ ސިލްވާ ނެތުމަކީ އަލުން އަރައިގަތުމަށް ކުރާ މަސައްކަތުގައި ކޯޗު ގްރެހަމް ޕޮޓާއަށް ކުރިމަތިވާނެ ވަރަށް ބޮޑު މައްސަލައެކަށްވެދާނެ އެވެ.

ސިލްވާ ބާލަން ޖެހުމުން ޓޮޓެންހަމް މެޗުގައި އެމަގާމަށް ކުޅުނީ ވެސްލީ ފޮފާނާ އެވެ. އަނިޔާއިން ރަނގަޅުވެގެން އޭނާ އަލުން ކުޅެން ފެށިއިރު ހާދިދޫ ކުލިބާލޭ ވެސް މިހާރު ވަނީ މުޅިން ފިޓްވެފަ އެވެ. މި ދެ ކުޅުންތެރިން ކުޅެން ފެށުމަކީ ޕޮޓާ އަށް ލިބޭނެ ކޮންމެވެސް ވަރެއްގެ ހިތްހަމަޖެހުމެކެވެ. ނަމަވެސް މައްސަލައަކީ ސިލްވާހާ ޔަގީންކަމާއެކު ގިނަ މެޗުތަކެއް ނުކުޅެވޭތީ އެވެ.

ނަތީޖާތައް ގޯސްވެ ޗެލްސީ މިވަގުތު އޮތީ ޕްރެމިއާ ލީގުގެ ޓޭބަލުގައި 31 ޕޮއިންޓާއެކު 10 ވަނާގަ އެވެ. މިއީ އެއްވަނާގައިވާ އާސެނަލްއަށްވުރެ 26 ޕޮއިންޓް މަދު އަދަދެކެވެ. މިހާ ނަތީޖާތައް ގޯސްވުމުން އަންނަ ސީޒަނުގައި ޔޫރަޕުގެ މުބާރާތްތަކުން ފުރުސަތު ނުލިބުން ވަރަށް ކައިރި އެވެ. މިއީ ޗެލްސީގައި ތިބި އަގުބޮޑު ކުޅުންތެރިންނަށް ބަލާއިރު އިތުރު މައްސަލަތަކެއް ކުރިމަތިވާނެ ކަމެކެވެ.

ޗެލްސީތިއާގޯ ސިލްވާ

ކޮމެންޓް

އިތުރަށް ކިޔާލަން

އެޓަލަންޓާ އަތުން ޗެލްސީ ބަލިވެއްޖެ

އެޓަލަންޓާ އަތުން ޗެލްސީ ބަލިވެއްޖެ

10 ޑިސެމްބަރު 2025
ލީޑްސް ޔުނައިޓެޑުން ޗެލްސީ ބަލިކޮށްފި

ލީޑްސް ޔުނައިޓެޑުން ޗެލްސީ ބަލިކޮށްފި

04 ޑިސެމްބަރު 2025
ޗެލްސީ އިން ބާސެލޯނާ ލަދު ގަންނަވާލައިފި

ޗެލްސީ އިން ބާސެލޯނާ ލަދު ގަންނަވާލައިފި

26 ނޮވެމްބަރު 2025
ފަހު ވަގުތު ޗެލްސީ އަތުން ބަލިވެ ލިވަޕޫލް އަށް ޖެހިޖެހިގެން ތިން ވަނަ ބަލި

ފަހު ވަގުތު ޗެލްސީ އަތުން ބަލިވެ ލިވަޕޫލް އަށް ޖެހިޖެހިގެން ތިން ވަނަ ބަލި

05 އޮކްޓޯބަރު 2025
އަމިއްލަ ދަނޑުގައި ބްރައިޓަން އަތުން ޗެލްސީ ބަލިވެއްޖެ

އަމިއްލަ ދަނޑުގައި ބްރައިޓަން އަތުން ޗެލްސީ ބަލިވެއްޖެ

28 ސެޕްޓެމްބަރު 2025

އަހަރުތަކުން މިއަދު

8 ޖޫން
"ޓީމް އިއްބެ" ޝޯނުދީ ކައުންސިލަށް ނޭނގި ދާން އުޅުމަކީ ނާތަހުޒީބު އަމަލެއް: ކަމަދޫ ކައުންސިލް
20251 އަހަރު ކުރިން
ރާއްޖެ

"ޓީމް އިއްބެ" ޝޯނުދީ ކައުންސިލަށް ނޭނގި ދާން އުޅުމަކީ ނާތަހުޒީބު އަމަލެއް: ކަމަދޫ ކައުންސިލް

4000 ފްލެޓަށް ހަދަން އުޅޭ ގޮތެއް ނޭނގޭ، އެ ކޮމިޓީން މި ކޮމިޓީން ލިސްޓް ވާނުވާގައި!
20242 އަހަރު ކުރިން
ރާއްޖެ

4000 ފްލެޓަށް ހަދަން އުޅޭ ގޮތެއް ނޭނގޭ، އެ ކޮމިޓީން މި ކޮމިޓީން ލިސްޓް ވާނުވާގައި!

ހުސްއަންހެނުން ދަތުރުކުރި ފުރަތަމަ ހައްޖު ފްލައިޓް އިންޑިޔާ އިން ޖިއްދާއަށް
20233 އަހަރު ކުރިން
ދުނިޔެ

ހުސްއަންހެނުން ދަތުރުކުރި ފުރަތަމަ ހައްޖު ފްލައިޓް އިންޑިޔާ އިން ޖިއްދާއަށް

ބްރައުން ޝުގަރއަކީ ސިއްޙީ ގޮތުން ވަކި ރައްކާތެރި އެއްޗެއް ނޫން
20224 އަހަރު ކުރިން
ސިއްހަތު

ބްރައުން ޝުގަރއަކީ ސިއްޙީ ގޮތުން ވަކި ރައްކާތެރި އެއްޗެއް ނޫން

ވިއްސާރަދުނީގެ ކުލަތަކުން ޖަރީކުރާއިރު އަލިފާނުގެ ވާރޭގެ މަތިން ހަނދުމަ ނެތުނީހެއްޔެވެ؟
20215 އަހަރު ކުރިން
ރިޕޯޓު

ވިއްސާރަދުނީގެ ކުލަތަކުން ޖަރީކުރާއިރު އަލިފާނުގެ ވާރޭގެ މަތިން ހަނދުމަ ނެތުނީހެއްޔެވެ؟

ސަލާހުގެ އަންހެނުންނާއި އެހެން މަޝްހޫރު ކުޅުންތެރިންގެ އަންހެނުންނާއި ހުރި ތަފާތަކީ ކޮބާ؟
20197 އަހަރު ކުރިން
ރިޕޯޓު

ސަލާހުގެ އަންހެނުންނާއި އެހެން މަޝްހޫރު ކުޅުންތެރިންގެ އަންހެނުންނާއި ހުރި ތަފާތަކީ ކޮބާ؟

ދަމު ނަމާދު. (تهجد ނަމާދު)
20188 އަހަރު ކުރިން
އިސްލާމް

ދަމު ނަމާދު. (تهجد ނަމާދު)

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު