Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
ޗެލްސީ

ސީޒަން ނިމުމުން، ސިލްވާ ޗެލްސީ ދޫކޮށްލަނީ

އެ ކުލަބާއެކު އެންމެ ފަހުން އޭނާ ސޮއި ކޮށްފައިވާ އެއްބަސްވުމުގެ މުއްދަތު ހަމަވާނީ މިއަހަރުގެ ޖޫން މަހުގެ ނިޔަލަށް

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް, ރާއްޖެ އެމްވީ | 23 އެޕްރީލު 2024 | އަންގާރަ 04:42
ޗެލްސީ އަށް ކުޅެމުން އަންނަ ތިއާގޯ ސިލްވާ

ޗެލްސީ އަށް ކުޅެމުން އަންނަ ތިއާގޯ ސިލްވާ

ޗެލްސީ އަށް ކުޅެމުން އަންނަ ބްރެޒިލްގެ ޑިފެންޑަރު ތިއާގޯ ސިލްވާ، މި ސީޒަން ނިމުމުން އެ ކުލަބު ދޫކޮށްލަން ނިންމާފައިވާ ކަމަށް މީޑިއާ ތަކުން ރިޕޯޓުކޮށްފި އެވެ.

އުމުރުން 39 އަހަރުގެ ކުޅުންތެރިޔާ ޗެލްސީ އަށް ބަދަލުވީ 2020 ވަނަ އަހަރު އެވެ. އެ ކުލަބާއެކު އެންމެ ފަހުން އޭނާ ސޮއި ކޮށްފައިވާ އެއްބަސްވުމުގެ މުއްދަތު ހަމަވާނީ މިއަހަރުގެ ޖޫން މަހުގެ ނިޔަލަށެވެ. މީޑިއާ ތަކުގައި ބުނެފައިވާ ގޮތުން، އެ އެއްބަސްވުން ހަމަވުމުން ސިލްވާ ބޭނުން ވަނީ ޗެލްސީ ދޫކޮށްލާށެވެ.

މީގެ އިތުރުން މިއަހަރުގެ ޖަނަވަރީ މަހުގެ ތެރޭގައި ޗެލްސީން އޭނާ އަށް އައު އެއްބަސްވުމެއް ހުށަހެޅި ކަމަށާއި، ނަމަވެސް އެ އެއްބަސްވުން ސިލްވާ ވަނީ ރިޖެކްޓުކޮށްފައި ކަމަށް ވެސް ރިޕޯޓުތަކުގައި ވަނީ ބުނެފަ އެވެ. ހިލޭ ޓްރާންސްފާއެއްގައި ކުލަބު ދޫކޮށްލަން ސިލްވާ އޮތީ ނިންމާފައި ކަމަށާއި، އެކަން ވަރަށް އަވަހަށް ހާމަކުރާނެ ކަމަށް ވެސް ބުނެފައިވެ އެވެ.

ސިލްވާ، ޗެލްސީ ދޫކޮށްލާއިރު ބްރެޒިލްގެ ފްލުމިނެންސޭ އިން އޭނާ ހޯދަން ޝައުޤުވެރިވާ ކަމަށް ވެސް ބުނެފައިވެ އެވެ. އެ ކުލަބުން އޭނާ ހޯދުމުގެ ޝައުޤުވެރިކަން މީގެ ކުރިން ވެސް ފާޅުކޮށްފައިވާ ކަމަށާއި، ބަދަލުވާނެ ކުލަބެއް ސިލްވާ ނިންމާނީ ފަހުން ކަމަަށް ރިޕޯޓުތައް ބުނެ އެވެ.

ޗެލްސީގައި މިވީ ހަތަރު ސީޒަންގެ ތެރޭގައި އޭނާ ވަނީ އެ ކުލަބަށް، 149 މެޗު ކުޅެދީ ނުވަ ލަނޑު ޖަހައިފަ އެވެ. އެ ކުލަބާއެކު އޭނާ ވަނީ ތިން ތައްޓެއް ކާމިޔާބު ކޮށްފަ އެވެ. އެއީ ޔުއެފާ ޗެމްޕިއަންސް ލީގު، ޔުއެފާ ސުޕަ ކަޕް އަދި ފީފާ ކުލަބް ވޯލްޑް ކަޕް އެވެ. މީގެ އިތުރުން އެފްއޭ ކަޕް އަދި ކަރަބޯ ކަޕްގެ ފައިނަލްގައި ވަނީ ދެ ފަހަރު ކުޅެފަ އެވެ.

ޗެލްސީތިއާގޯ ސިލްވާ

ކޮމެންޓް

އިތުރަށް ކިޔާލަން

އެޓަލަންޓާ އަތުން ޗެލްސީ ބަލިވެއްޖެ

އެޓަލަންޓާ އަތުން ޗެލްސީ ބަލިވެއްޖެ

10 ޑިސެމްބަރު 2025
ލީޑްސް ޔުނައިޓެޑުން ޗެލްސީ ބަލިކޮށްފި

ލީޑްސް ޔުނައިޓެޑުން ޗެލްސީ ބަލިކޮށްފި

04 ޑިސެމްބަރު 2025
ޗެލްސީ އިން ބާސެލޯނާ ލަދު ގަންނަވާލައިފި

ޗެލްސީ އިން ބާސެލޯނާ ލަދު ގަންނަވާލައިފި

26 ނޮވެމްބަރު 2025
ފަހު ވަގުތު ޗެލްސީ އަތުން ބަލިވެ ލިވަޕޫލް އަށް ޖެހިޖެހިގެން ތިން ވަނަ ބަލި

ފަހު ވަގުތު ޗެލްސީ އަތުން ބަލިވެ ލިވަޕޫލް އަށް ޖެހިޖެހިގެން ތިން ވަނަ ބަލި

05 އޮކްޓޯބަރު 2025
އަމިއްލަ ދަނޑުގައި ބްރައިޓަން އަތުން ޗެލްސީ ބަލިވެއްޖެ

އަމިއްލަ ދަނޑުގައި ބްރައިޓަން އަތުން ޗެލްސީ ބަލިވެއްޖެ

28 ސެޕްޓެމްބަރު 2025

އަހަރުތަކުން މިއަދު

8 ޖޫން
"ޓީމް އިއްބެ" ޝޯނުދީ ކައުންސިލަށް ނޭނގި ދާން އުޅުމަކީ ނާތަހުޒީބު އަމަލެއް: ކަމަދޫ ކައުންސިލް
20251 އަހަރު ކުރިން
ރާއްޖެ

"ޓީމް އިއްބެ" ޝޯނުދީ ކައުންސިލަށް ނޭނގި ދާން އުޅުމަކީ ނާތަހުޒީބު އަމަލެއް: ކަމަދޫ ކައުންސިލް

4000 ފްލެޓަށް ހަދަން އުޅޭ ގޮތެއް ނޭނގޭ، އެ ކޮމިޓީން މި ކޮމިޓީން ލިސްޓް ވާނުވާގައި!
20242 އަހަރު ކުރިން
ރާއްޖެ

4000 ފްލެޓަށް ހަދަން އުޅޭ ގޮތެއް ނޭނގޭ، އެ ކޮމިޓީން މި ކޮމިޓީން ލިސްޓް ވާނުވާގައި!

ހުސްއަންހެނުން ދަތުރުކުރި ފުރަތަމަ ހައްޖު ފްލައިޓް އިންޑިޔާ އިން ޖިއްދާއަށް
20233 އަހަރު ކުރިން
ދުނިޔެ

ހުސްއަންހެނުން ދަތުރުކުރި ފުރަތަމަ ހައްޖު ފްލައިޓް އިންޑިޔާ އިން ޖިއްދާއަށް

ބްރައުން ޝުގަރއަކީ ސިއްޙީ ގޮތުން ވަކި ރައްކާތެރި އެއްޗެއް ނޫން
20224 އަހަރު ކުރިން
ސިއްހަތު

ބްރައުން ޝުގަރއަކީ ސިއްޙީ ގޮތުން ވަކި ރައްކާތެރި އެއްޗެއް ނޫން

ވިއްސާރަދުނީގެ ކުލަތަކުން ޖަރީކުރާއިރު އަލިފާނުގެ ވާރޭގެ މަތިން ހަނދުމަ ނެތުނީހެއްޔެވެ؟
20215 އަހަރު ކުރިން
ރިޕޯޓު

ވިއްސާރަދުނީގެ ކުލަތަކުން ޖަރީކުރާއިރު އަލިފާނުގެ ވާރޭގެ މަތިން ހަނދުމަ ނެތުނީހެއްޔެވެ؟

ސަލާހުގެ އަންހެނުންނާއި އެހެން މަޝްހޫރު ކުޅުންތެރިންގެ އަންހެނުންނާއި ހުރި ތަފާތަކީ ކޮބާ؟
20197 އަހަރު ކުރިން
ރިޕޯޓު

ސަލާހުގެ އަންހެނުންނާއި އެހެން މަޝްހޫރު ކުޅުންތެރިންގެ އަންހެނުންނާއި ހުރި ތަފާތަކީ ކޮބާ؟

ދަމު ނަމާދު. (تهجد ނަމާދު)
20188 އަހަރު ކުރިން
އިސްލާމް

ދަމު ނަމާދު. (تهجد ނަމާދު)

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު