Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
ސިލްވާ އެއްބަސްވުން އާކުރުން

ޗެލްސީގެ އެއްބަސްވުން ސިލްވާ އާކުރަނީ

ސިލްވާ ބޭނުންނަމަ އިތުރު އެއް އަހަރު ޗެލްސީގައި މަޑުކުރެވޭނެ

އިސްމާޢީލް ޝާހް
އިސްމާޢީލް ޝާހް, ރާއްޖެ އެމްވީ | 23 މާރިޗު 2021 | އަންގާރަ 19:31
ޗެލްސީއަށް ކުޅެމުން އަންނަ ބްރެޒިލުގެ ޑިފެންޑަރު ތިއާގޯ ސިލްވާ

ޗެލްސީއަށް ކުޅެމުން އަންނަ ބްރެޒިލުގެ ޑިފެންޑަރު ތިއާގޯ ސިލްވާ

ޗެލްސީއާއެކު ހަދާފައި އޮތް އެއްބަސްވުން އިތުރު އެއް އަހަރަށް އާކުރަން ބްރެޒިލުގެ ޑިފެންޑަރު ތިއާގޯ ސިލްވާ ނިންމާފައިވާ ކަމަށް ރިޕޯޓުތައް ބުނެފިއެވެ.

ޕީއެސްޖީގައި އަށް އަހަރު ހޭދަކުރުމަށްފަހު ސިލްވާ ޗެލްސީއަށް ބަދަލުވީ މިދިޔަ އަހަރުގެ ހޫނު މޫސުމުގައި ހިލޭ ޓްރާންސްފާއެއްގެ ދަށުންނެވެ. އުމުރުން 36 އަހަރުގެ ސިލްވާ ޗެލްސީއާއެކު އެއް އަހަރުގެ އެއްބަސްވުމެއް ހަދާފައިވާއިރު، އެ އެއްބަސްވުމުގެ ދަށުން ސިލްވާ ބޭނުންނަމަ އިތުރު އެއް އަހަރު ޗެލްސީގައި މަޑުކުރުމުގެ ފުރުޞަތު ލިބިގެންދެއެވެ.

އެހެންކަމުން އެ ފުރުޞަތުގެ ބޭނުން ހިފައި، އިތުރު އެއް އަހަރަށް އައު އެއްބަސްވުމެއް ހެދުމަށް ސިލްވާ މިހާރު ނިންމާފައިވާ ކަމަށް އިނގިރޭސި މީޑިއާތަކުން ވަނީ ރިޕޯޓުކޮށްފައެވެ.

އަންނަ ސީޒަނުގައިވެސް ޗެލްސީގައި މަޑުކުރަން ސިލްވާ ނިންމީ، އެ ޓީމުގެ އައު ކޯޗު ތޯމަސް ޓުޗެލުގެ އިރުޝާދުގެ ދަށުން، ޗެލްސީން ދައްކަމުން އަންނަ ތަފާތު މޮޅު ކުޅުމުގެ ސަބަބުން ކަމަށް ރިޕޯޓުތައް ބުނެއެވެ. އެގޮތުން ޗެލްސީގެ ކޯޗުކަމާ ޓުޗެލް ހަވާލުވި ފަހުން، އެ ޓީމުން ކުޅުނު 14 މެޗުންވެސް ޗެލްސީ ބަލިވެފައެއް ނުވެއެވެ. އަދި މީގެ ކުރިން ޓުޗެލުގެ ކޯޗުކަމުގައި ސިލްވާ ޕީއެސްޖީގެ ކެޕްޓަނުގެ މަގާމު އަދާކޮށްފައިވާއިރު، ޓުޗެލްއާއެކު އިތުރު ކާމިޔާބީތަކެއް ހޯދަން ސިލްވާ ބޭނުންވާ ކަމަށްވެސް މީޑިއާތަކުން ވަނީ ރިޕޯޓުކޮށްފައެވެ.

މީގެ ކުރިން ޕީއެސްޖީއާއެކު ފްރެންޗު ލީގު ހަތް ފަހަރު ހޯދާފައިވާ ސިލްވާ، ޗެލްސީގެ އެއްބަސްވުން އާކުރަން މަސައްކަތްކުރަމުން އަންނައިރު، މި ސީޒަނުގައި ޗެލްސީއާ ގުޅެ މިހާތަނަށް އޭނާ ވަނީ އެ ޓީމަށް 21 މެޗު ކުޅެދީފައެވެ. އަދި މި މެޗުތަކުގައި އޭނާ ވަނީ މިހާތަނަށް ދެ ލަނޑު ޖަހާފައެވެ.

ތިއާގޯ ސިލްވާޗެލްސީ

ކޮމެންޓް

އިތުރަށް ކިޔާލަން

އެޓަލަންޓާ އަތުން ޗެލްސީ ބަލިވެއްޖެ

އެޓަލަންޓާ އަތުން ޗެލްސީ ބަލިވެއްޖެ

10 ޑިސެމްބަރު 2025
ލީޑްސް ޔުނައިޓެޑުން ޗެލްސީ ބަލިކޮށްފި

ލީޑްސް ޔުނައިޓެޑުން ޗެލްސީ ބަލިކޮށްފި

04 ޑިސެމްބަރު 2025
ޗެލްސީ އިން ބާސެލޯނާ ލަދު ގަންނަވާލައިފި

ޗެލްސީ އިން ބާސެލޯނާ ލަދު ގަންނަވާލައިފި

26 ނޮވެމްބަރު 2025
ފަހު ވަގުތު ޗެލްސީ އަތުން ބަލިވެ ލިވަޕޫލް އަށް ޖެހިޖެހިގެން ތިން ވަނަ ބަލި

ފަހު ވަގުތު ޗެލްސީ އަތުން ބަލިވެ ލިވަޕޫލް އަށް ޖެހިޖެހިގެން ތިން ވަނަ ބަލި

05 އޮކްޓޯބަރު 2025
އަމިއްލަ ދަނޑުގައި ބްރައިޓަން އަތުން ޗެލްސީ ބަލިވެއްޖެ

އަމިއްލަ ދަނޑުގައި ބްރައިޓަން އަތުން ޗެލްސީ ބަލިވެއްޖެ

28 ސެޕްޓެމްބަރު 2025

އަހަރުތަކުން މިއަދު

21 އެޕްރީލު
އެސްޓޯނިއާ ދަތުރު އަދި މޯލްޑިވްސް 2.0 ގެ ފަހަތުގައި އޮތް ސިއްރަކީ އިލެކްޓްރޯނިކް ވޯޓިން: މަޚްލޫފް
20251 އަހަރު ކުރިން
ރާއްޖެ

އެސްޓޯނިއާ ދަތުރު އަދި މޯލްޑިވްސް 2.0 ގެ ފަހަތުގައި އޮތް ސިއްރަކީ އިލެކްޓްރޯނިކް ވޯޓިން: މަޚްލޫފް

މަޖިލިސް އިންތިހާބުގެ ކެމްޕޭންގެ ތެރޭގައި ވޯޓު ގަތުމާއި ދައުލަތުގެ މުދަލާއި ވަސީލަތްތައް ނަހަމަ ގޮތުގައި ބޭނުންކޮށްފައިވޭ - ޓްރާންސްޕޭރެންސީ
20242 އަހަރު ކުރިން
ރާއްޖެ

މަޖިލިސް އިންތިހާބުގެ ކެމްޕޭންގެ ތެރޭގައި ވޯޓު ގަތުމާއި ދައުލަތުގެ މުދަލާއި ވަސީލަތްތައް ނަހަމަ ގޮތުގައި ބޭނުންކޮށްފައިވޭ - ޓްރާންސްޕޭރެންސީ

ހޫނުމިން 40ށް އަރާ، ސަމާލުވުމަށް އިލްތިމާސްކޮށްފި
20233 އަހަރު ކުރިން
ރާއްޖެ

ހޫނުމިން 40ށް އަރާ، ސަމާލުވުމަށް އިލްތިމާސްކޮށްފި

ކިޑްނީގެ ދުޅަހެޔޮކަމަށް ފެނުގެ މުހިންމުކަން
20224 އަހަރު ކުރިން
ސިއްހަތު

ކިޑްނީގެ ދުޅަހެޔޮކަމަށް ފެނުގެ މުހިންމުކަން

 ޗިކެން ޕަނީނީ ސޭންޑްވިޗް
20215 އަހަރު ކުރިން
ލައިފް ސްޓައިލް

ޗިކެން ޕަނީނީ ސޭންޑްވިޗް

ޝިމާ އަންދާލާފައިވާ ކަމަށް ބުނެ ލިބުނު މައުލޫމާތަކާ ގުޅިގެން ފުލުހުން ދެ ރަށެއް ބަލައި ފާސްކޮށްފި
20197 އަހަރު ކުރިން
ރާއްޖެ

ޝިމާ އަންދާލާފައިވާ ކަމަށް ބުނެ ލިބުނު މައުލޫމާތަކާ ގުޅިގެން ފުލުހުން ދެ ރަށެއް ބަލައި ފާސްކޮށްފި

ނިވާކަން ކުޑަ ހެދުންލައިގެން މޮޑެލްކުރުމުން އިލްމުވެރިން ރަތަށް، ސަރުކާރު ހިމޭނުން!
20188 އަހަރު ކުރިން
ރާއްޖެ

ނިވާކަން ކުޑަ ހެދުންލައިގެން މޮޑެލްކުރުމުން އިލްމުވެރިން ރަތަށް، ސަރުކާރު ހިމޭނުން!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު