Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުޕީއެސްޖީ

ލޫކަސް ހެނާންޑޭޒް އަށް އަނިޔާވެ ކުޅުމާ ދުރުގައި ހުންނަން ޖެހިދާނެ!

ހެނާންޑޭޒް އަށް އަނިޔާވެފައި ވަނީ މެޗުގެ 36 ވަނަ މިނެޓުގައި ޑޯޓްމަންޑުގެ ނިކްލަސް ފުލްކްރޫގް ލަނޑު ޖެހުމުގެ ކުރިން، އޭނާ ހުއްޓުވަން މަސައްކަތް ކުރުމުގެ ތެރޭގައި

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 2 މެއި 2024 | ބުރާސްފަތި 05:52
ލޫކަސް ހެނާންޑޭޒް އަށް އަނިޔާވެ ދަނޑު މަތީގައި

ލޫކަސް ހެނާންޑޭޒް އަށް އަނިޔާވެ ދަނޑު މަތީގައި

ޕެރިސް ސެއިންޓް ޖާމަން (ޕީއެސްޖީ) އަށް ކުޅެމުން އަންނަ ފްރާންސްގެ ޑިފެންޑަރު ލޫކަސް ހެނާންޑޭޒް އަށް އަނިޔާވެ، ކުޅުމާ ދުރުގައި ހުންނަން ޖެހިދާނެ ކަމުގެ ބިރު ބޮޑުވެއްޖެ އެވެ.

ހެނާންޑޭޒް އަށް އަނިޔާވެފައި ވަނީ ޔުއެފާ ޗެމްޕިއަންސް ލީގުގެ ސެމީ ފައިނަލްގެ ފުރަތަމަ ލެގުގައި ބޮރޫޝިއާ ޑޯޓްމަންޑާ ދެކޮޅަށް ކުޅުނު މެޗުގަ އެވެ. އެ މެޗުގެ ފުރަތަމަ 11 ގައި ހިމެނިގެން ހެނާންޑޭޒް ވަނީ ކުޅެފަ އެވެ. ނަމަވެސް މެޗުގެ ވަކި ހިސާބަކުން އޭނާ އަށް އަނިޔާވެ، ވަނީ ބަދަލު ކުރަން ޖެހިފަ އެވެ. މެޗުގެ ފުރަތަމަ ހާފުގެ 42 ވަނަ މިނެޓުގައި ހެނާންޑޭޒްގެ ބަދަލުގައި ކުޅެން އެރުވީ، ލޫކަސް ބެރާލްޑޯ އެވެ.

ހެނާންޑޭޒް އަށް އަނިޔާވެފައި ވަނީ މެޗުގެ 36 ވަނަ މިނެޓުގައި ޑޯޓްމަންޑުގެ ނިކްލަސް ފުލްކްރޫގް ލަނޑު ޖެހުމުގެ ކުރިން، އޭނާ ހުއްޓުވަން މަސައްކަތް ކުރުމުގެ ތެރޭގަ އެވެ. ހެނާންޑޭޒްގެ ވާއަތު ފަޔަށް ލިބުނު އަނިޔާގެ ސަބަބުން، ޕީއެސްޖީގެ މެޑިކަލް ޓީމުން އަންނަނީ އިތުރަށް ބަލަން ޖެހޭ ކަންކަން ބަލަމުންނެވެ. ފްރާންސްގެ މީޑިއާ ތަކުގައި ރިޕޯޓުކޮށްފައިވާ ގޮތުގައި، އަނިޔާގެ ސަބަބުން ހެނާންޑޭޒް އަށް ދުވަސް ކޮޅެއް ވަންދެން ކުޅުމާ ދުރުގައި ހުންނަން ޖެހިދާނެ އެވެ.

ހެނާންޑޭޒް އަކީ މި ސީޒަންގައި ވެސް ޕީއެސްޖީގެ ފުރަތަމަ 11 އިން އެ ޓީމުގެ ކޯޗު ލުއިސް އެންރީކޭ އިސްކަން ދެމުން އަންނަ ކުޅުންތެރިޔެކެވެ. މި ސީޒަންގެ މިހާތަނަށް އޭނާ ވަނީ ޕީއެސްޖީ އަށް 41 މެޗު ކުޅެދީ، ދެ ލަނޑު ޖަހައިފަ އެވެ.

ޕީއެސްޖީލޫކްސް ހެނާންޑޭޒް

އިތުރަށް ކިޔާލަން

23 ސެޕްޓެމްބަރު 2025

ޑެމްބެލޭ، ބެލެންޑިއޯ ކާމިޔާބު ކޮށްފި

23 ސެޕްޓެމްބަރު 2025
ޑެމްބެލޭ، ބެލެންޑިއޯ ކާމިޔާބު ކޮށްފި
18 ސެޕްޓެމްބަރު 2025

ޗެމްޕިއަން ޕީއެސްޖީ އަށް ވެސް ވަރުގަދަ ފެށުމެއް

18 ސެޕްޓެމްބަރު 2025
ޗެމްޕިއަން ޕީއެސްޖީ އަށް ވެސް ވަރުގަދަ ފެށުމެއް
07 ސެޕްޓެމްބަރު 2025

ސައިކަލް އެކްސިޑެންޓެއްގައި އެންރީކޭ އަށް ސީރިއަސް އަނިޔާތަކެއް

07 ސެޕްޓެމްބަރު 2025
ސައިކަލް އެކްސިޑެންޓެއްގައި އެންރީކޭ އަށް ސީރިއަސް އަނިޔާތަކެއް
13 ޖުލައި 2025

ކުލަބު ވޯލްޑް ކަޕްގެ ފައިނަލަށް ޓްރަމްޕް ވަޑައިގަންނަވާނެ

13 ޖުލައި 2025
ކުލަބު ވޯލްޑް ކަޕްގެ ފައިނަލަށް ޓްރަމްޕް ވަޑައިގަންނަވާނެ
10 ޖުލައި 2025

ރެއާލް ބަލިކޮށް، ޕީއެސްޖީ ފައިނަލަށް

10 ޖުލައި 2025
ރެއާލް ބަލިކޮށް، ޕީއެސްޖީ ފައިނަލަށް
30 ޖޫން 2025

އިންޓަރ މިއާމީ ބަލިކޮށް ޕީއެސްޖީ ކުއާޓާ ފައިނަލަށް

30 ޖޫން 2025
އިންޓަރ މިއާމީ ބަލިކޮށް ޕީއެސްޖީ ކުއާޓާ ފައިނަލަށް
21 ޑިސެމްބަރު 2024

ޑޮންނަރުންމާގެ މުސްތަޤުބަލާ މެދު ނިންމާނެ ގޮތަކާ މެދު ދަނީ ވިސްނަމުން

21 ޑިސެމްބަރު 2024
ޑޮންނަރުންމާގެ މުސްތަޤުބަލާ މެދު ނިންމާނެ ގޮތަކާ މެދު ދަނީ ވިސްނަމުން
11 ޑިސެމްބަރު 2024

ސަލްސްބާގް އަތުން ޕީއެސްޖީ މޮޅުވެއްޖެ

11 ޑިސެމްބަރު 2024
ސަލްސްބާގް އަތުން ޕީއެސްޖީ މޮޅުވެއްޖެ
07 ޑިސެމްބަރު 2024

ޕީއެސްޖީގެ ރައީސް ވިދާޅުވީ ޞަލާޙު ގެންނައުމުގެ ޝައުޤުވެރިކަމެއް ނެތް ކަމަށް

07 ޑިސެމްބަރު 2024
ޕީއެސްޖީގެ ރައީސް ވިދާޅުވީ ޞަލާޙު ގެންނައުމުގެ ޝައުޤުވެރިކަމެއް ނެތް ކަމަށް
05 ނޮވެމްބަރު 2024

ޕީއެސްޖީގައި ކުރެވޭ މަސައްކަތާ މެދު އެންރީކޭ ހިތްހަމަ ޖެހޭ!

05 ނޮވެމްބަރު 2024
ޕީއެސްޖީގައި ކުރެވޭ މަސައްކަތާ މެދު އެންރީކޭ ހިތްހަމަ ޖެހޭ!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު