Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެމަސްތުވާތަކެތީގެ މައްސަލަ

މަސްތުވާތަކެތި ބޭނުންކޮށް ގެންގުޅެ އޭގެ ވިޔަފާރިކުރި 2 މީހަކު ބަންދުކޮށްފި

މި މައްސަލައިގައި ހައްޔަރުކޮށްފައިވަނީ 26 އަހަރުގެ މީހަކާއި 30 އަހަރުގެ މީހެއް

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް | 28 އެޕްރީލު 2024 | އާދީއްތަ 12:23
މި މައްސަލައިގައި ހިމެނޭ ދެ މީހުން ހައްޔަރުކުރީ ވިނަރެސް ފުލެޓަކުން

މި މައްސަލައިގައި ހިމެނޭ ދެ މީހުން ހައްޔަރުކުރީ ވިނަރެސް ފުލެޓަކުން

މަސްތުވާތަކެތި ބޭނުންކޮށް ގެންގުޅެ އޭގެ ވިޔަފާރިކުރި 2 މީހަކު ބަންދުކޮށްފިއެވެ.

މި މައްސަލައިގައި ބަންދުކޮށްފައިވަނީ 26 އަހަރުގެ ދިވެހި ފިރިހެނަކާއި، 30 އަހަރުގެ ފިރިހެނެކެވެ. ފުލުހުން އެދިގެން ކްރިމިނަލް ކޯޓުން ދިން ބަންދު އަމުގައި ބުނެފައިވަނީ މި ދެ މީހުން ވެސް ބަންދުގައި ބަހައްޓަންވީ ކަސްޓޯޑިއަލް ޖަލެއްގައި ކަމަށެވެ. މި ދެމީހުންގެ ތެރެއިން 26 އަހަރުގެ މީހާގެ ބަންދަށް ދީފައިވަނީ 15 ދުވަހެވެ. އަދި 30 އަހަރުގެ މީހާގެ ބަންދަށް ދީފައިވަނީ 10 ދުވަހެވެ.

Advertisement - newsAdvertisement

ބަންދުގައި ބެހެއްޓުމަށް އަމުރުކުރި ސަބަބެއްގެ ގޮތުގައި ބުނެފައިވަނީ، ތުހުމަތެއް ވުޖޫދުވާ މިންވަރަށް ހެކި ހުށަހެޅިފައިވާ ކަމަށް ބެލެވޭތީ ކަމަށެވެ. އަދި 26 އަހަރުގެ މީހާއާއި މި މައްސަލައިގައި ތުހުމަތު ކުރެވޭ 30 އަހަރުގެ މީހާ އުޅޭ އެޕާޓްމަންޓުން މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ ގިނަ އަދަދެއްގެ ތަކެއްޗާއި، ބަނގުރާ ފުޅިއެއް ފެނިފައިވާ ކަމަށް ސީނަށް ދިޔަ ފުލުހެއްގެ ބަޔާނުގައި ބުނެފައިވެއެވެ.

އަދި ސިޓިންގރޫމުގައި ހާމައަށް ފެންނަގޮތަށް މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރިކަމަށާއި، އެތަނުން ފެނުނު ވޮލެޓެއްގެ ތެރެއިން ތުހުމަތުކުރެވޭ ދެފަރާޓުގެ އައިޑީކާޑު ފެނިފައިވާ ކަމަށް ފުލުހުން ބުނެފައިވެއެވެ.

އަދި އެޕާޓްމަންޓުގެ ކޮޓަރިއެއްގެ އަލަމާރި ބަލައިފާސްކޮށް ނެގި ބެކްޕެކް ދަބަހުން 900 ރަބަރު ފެކެޓް ފެނިފައިވާ އިރު، އެ އަލަމާރީގެ ވަތްގަނޑުގެ ތެރެއިން ޑިޖިޓަލް ކައްޓާއަކާއި، 33 ސެލޯފިންކޮޅު ފެނިފައިވާ ކަމަށް ބަންދު އަމުރުގައި ބުނެފައިވެއެވެ. އަދި މި އަލަމާރިތެރެއިން މި ދެމީހުންގެ އަންނައުނާއި ލިޔެކިޔުންތައް ފެނިފައިވާ ކަމަށް ފުލުހުން ބުނެފައިވެއެވެ.

މި ދެމީހުންގެ ތެރެއިން 30 އަހަރުގެ މީހާގެ ކުޑަކަމުތާކަތީގެ ވަގުތީ ނަތީޖާއިން ޓީއެޗްސީއަށް ޕޮޒިޓިވްވެފައިވާ ކަމަށް ވެސް ފުލުހުން ބުނެއެވެ.

ބަންދުގައި ބަހައްޓަން އަމުރުކުރި ހާލަތުގެ ގޮތުގައި ބުނެފައިވަނީ، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ގާނޫނު އަސާސީގެ 49 ވަނަ މާއްދާއާއި، ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ 59 ވަނަ މާއްދާއާއި، 60 ވަނަ މާއްދާއަށް ރިއާޔަތްކޮށް މުޖްތަމައުގެ ސަލާމަތަށް ނުރައްކަލެއް ކުރިމަތިވެދާނެކަމަށްޓަކައި ކަމަށެވެ.

އަދި ބަންދުގައި ބަހައްޓަންޖެހޭ ހާލަތް އޮތްކަމަށް ދެކޭ ސަބަބުގެ ގޮތުގައި ބުނެފައިވަނީ ޝަރީއަތްކުރުމާއި ބެހޭ ޖިނާއީ އިޖްރާއަތުގެ ގަވާއިދުގެ 13 ވަނަ މާއްދާގެ (ނ) ގެ 3 ވަނަ ނަންބަރާއި 4 ވަނަ ނަންބަރުގައިވާ ކަންކަން ފުރިހަމަވާކަމަށް ބެލެވޭތީ ކަމަށެވެ.

މި މައްސަލައާއި ގުޅިގެން 26 އަހަރުގެ މީހާ ބުނެފައިވަނީ ސިޓިންގ ރޫމުން ފެނުނު ތަކެއްޗަކީ އޭނާ ބޭނުންކުރަން ގެންގުޅުނު ތަކެތި ކަމަށެވެ. އެހެންނަމަވެސް ފެނުނު ދަބަހުގައިވާ އެއްޗެއްސަކީ އޭނާގެ ތަކެތި ނޫން ކަމަށާއި، އެދަބަހަކީ މީހަކު އޭނާއާއި ހަވާލުކުރި ދަބަހެއް ކަމަށް ބުނެފައިވެއެވެ. އަދި މި މައްސަލައިގައި އޭނާއާއެކު ތުހުމަތުކުރެވުނު 30 އަހަރުގެ މީހާއަށް އެތަކެއްޗާ ގުޅޭ އެއްވެސް ކަމެއް ނޭނގޭ ކަމަށް ބުނެފައިވެއެވެ.

26 އަހަރުގެ މީހާއަކީ ހައްޔަރާއި ބަންދު ލޮގް އޮތް ފަރާތެކެވެ.

ބަންދު އަމުރުގައިވާ ގޮތުން، 26 އަހަރުގެ މީހާގެ ބަންދުގެ މުއްދަތު ހަމަވާނީ އަންނަ މަހުގެ 12 ވަނަ ދުވަހުއެވެ. އަދި 30 އަހަރުގެ މީހާގެ ބަންދުގެ މުއްދަތު ހަވާނީ އަންނަ މަހުގެ 7 ވަނަ ދުވަހުއެވެ.

މަސްތުވާތަކެތިކްރިމިނަލް ކޯޓްމޯލްޑިވްސް ޕޮލިސް ސަރވިސް

އިތުރަށް ކިޔާލަން

23 ޑިސެމްބަރު 2025

911 އަށް ގުޅުމުން 5 ސިކުންތުން ފޯނު ނަގާ ކަމަށް ބުނެ ފުލުހުން ހެދީ ދޮގެއް!

23 ޑިސެމްބަރު 2025
911 އަށް ގުޅުމުން 5 ސިކުންތުން ފޯނު ނަގާ ކަމަށް ބުނެ ފުލުހުން ހެދީ ދޮގެއް!
23 ޑިސެމްބަރު 2025

ގަވާއިދާއި ޚިލާފަށް އެތެރެކޮށްފައި ވަނިކޮށް އަތުލައިގަތް ދުންފަތު ގެ ބާވަތްތަކު ގެ މަގުމަތީ އަގު ހަތް މިލިއަން ރުފިޔާ އަށް ވުރެ ބޮޑު!

23 ޑިސެމްބަރު 2025
ގަވާއިދާއި ޚިލާފަށް އެތެރެކޮށްފައި ވަނިކޮށް އަތުލައިގަތް ދުންފަތު ގެ ބާވަތްތަކު ގެ މަގުމަތީ އަގު ހަތް މިލިއަން ރުފިޔާ އަށް ވުރެ ބޮޑު!
21 ޑިސެމްބަރު 2025

މަސްތުވާތަކެއްޗާއެކު ވަންދޫ އިން ފުލުހަކު ހައްޔަރު ކޮށްފި

21 ޑިސެމްބަރު 2025
މަސްތުވާތަކެއްޗާއެކު ވަންދޫ އިން ފުލުހަކު ހައްޔަރު ކޮށްފި
21 ޑިސެމްބަރު 2025

ކުށްކުރާ މާހައުލުތަކުން ކުޑަކުދިން ފެންނަ ނިސްބަތް ދަނީ އިތުރުވަމުން، ބެލެނިވެރިން ހާއްސަ ސަމާލު ކަމެއް ދޭން ޖެހޭ: ކޮމިޝަނަރ އޮފް ޕޮލިސް

21 ޑިސެމްބަރު 2025
ކުށްކުރާ މާހައުލުތަކުން ކުޑަކުދިން ފެންނަ ނިސްބަތް ދަނީ އިތުރުވަމުން، ބެލެނިވެރިން ހާއްސަ ސަމާލު ކަމެއް ދޭން ޖެހޭ: ކޮމިޝަނަރ އޮފް ޕޮލިސް
21 ޑިސެމްބަރު 2025

ނޭޕާލް އަންހެނަކު ގިނަ އަދަދެއްގެ މަސްތުވާ ތަކެއްޗާ އެކު މާލެ އިން ހައްޔަރުކޮށްފި

21 ޑިސެމްބަރު 2025
ނޭޕާލް އަންހެނަކު ގިނަ އަދަދެއްގެ މަސްތުވާ ތަކެއްޗާ އެކު މާލެ އިން ހައްޔަރުކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު