Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
ބާސެލޯނާ

ނިންމުން ބަދަލުކޮށް، ބާސެލޯނާގައި މަޑު ކުރަން ޒަވީ ނިންމައިފި

އެ ނިންމުން ޒަވީ ނިންމީ، ބާސެލޯނާގެ ރައީސްގެ ގޭގައި ކުރިއަށް ގެންދިޔަ މަޝްވަރާތަކަށްފަހު

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް, ރާއްޖެ އެމްވީ | 25 އެޕްރީލު 2024 | ބުރާސްފަތި 00:14
ބާސެލޯނާގެ ކޯޗު ޒަވީ އަދި އެ ކުލަބުގެ އެހެނިހެން ކޯޗިން އޮފިޝަލުން

ބާސެލޯނާގެ ކޯޗު ޒަވީ އަދި އެ ކުލަބުގެ އެހެނިހެން ކޯޗިން އޮފިޝަލުން

ބާސެލޯނާގެ ކޯޗުކަމުގެ މަގާމު ދޫކޮށްލަން ނިންމި ނިންމުން ބަދަލުކޮށް، ބާސެލޯނާގައި މަޑުކުރަން އެ ޓީމުގެ ކޯޗު ޒަވީ ހެނާންޑޭޒް ނިންމައިފި އެވެ.

ބާސެލޯނާގެ ކުރީގެ ކެޕްޓަން ޒަވީ، އެ ކުލަބުގެ ކޯޗުކަމާ ހަވާލުވީ 2021 ވަނަ އަހަރު އެވެ. އެ ކުލަބާއެކު އޭނާ ސޮއި ކުރި އެއްބަސްވުމުގެ މުއްދަތު ހަމަވާން އޮތީ މިއަހަރުގެ ޖޫން މަހުގެ ނިޔަލަށެވެ. ނަމަވެސް ބާސެލޯނާ އިން ވަނީ އިތުރު އެއް އަހަރަށް އޭނާގެ އެއްބަސްވުން އައު ކޮށްފަ އެވެ. އެހެންކަމުން، އައު އެއްބަސްވުމުގެ މުއްދަތު ހަމަވާން އޮތީ އަންނަ އަހަރުގެ ޖޫން މަހުގެ ނިޔަލަށެވެ.

ނަމަވެސް، ޒަވީގެ އިރުޝާދުގެ ދަށުން ބާސެލޯނާގެ ނަތީޖާތައް ދަށްވެ، އޭނާ އަށް ފާޑު ކިޔުންތައް އަމާޒުވެފައި ވަނިކޮށް، ޒަވީ ވަނީ ބާސެލޯނާގެ ކޯޗުކަން ދޫކޮށްލަން ނިންމައިފަ އެވެ. ޒަވީ ނިންމީ، މި ސީޒަން ނިމުމުން ބާސެލޯނާގެ ކޯޗުކަން ދޫކޮށްލުމަށެވެ. ނަމަވެސް ބާސެލޯނާގެ އިސްވެރިން އޭރު ވެސް ވަނީ ޒަވީގެ ނިންމުން ބަދަލު ކުރުމަށް އެދިފަ އެވެ. އަދި އައު ކޯޗެއް ހޯދުމުގެ މަސައްކަތް ކުރާނީ ވެސް، ޒަވީ ބާސެލޯނާގައި މަޑު ނުކުރަން މުޅިން ނިންމުމުން ކަމަށް އެ ކުލަބުން އޮތީ ބުނެފަ އެވެ.

ޒަވީގެ ނިންމުން ބަދަލު ކުރުމަށް އެންމެ ފުރަތަމަ ކުލަބުން އެދުނު ނަމަވެސް، އޭނާ ވަނީ އެ ނިންމުން ބަދަލު ނުކުރާނެ ކަމަށް ބުނެފަ އެވެ. އޭގެ ފަހުން ބާސެލޯނާގެ ރައީސް ޖޯން ލަޕޯޓާ އަދި ނައިބު ރައީސުންނާއި، އެހެނިހެން އިސްވެރިން ހިމެނޭހެން ވަނީ ޒަވީ އާއެކު މަޝްވަރާތަކެއް ކުރިއަށް ގެންގޮސްފަ އެވެ. އެ މަޝްވަރާތައް ކުރިއަށް ގެންދިޔައީ ބާސެލޯނާގެ ރައީސް ލަޕޯޓާގެ ގޭގަ އެވެ. އެ ބައްދަލުވުމުގައި ލަޕޯޓާ ވަނީ ބާސެލޯނާގައި މަޑު ކުރުމަށް ޒަވީގެ ކިބައިން އެދިފަ އެވެ. އަދި ލަޕޯޓާގެ އެދުމަށް، ބާސެލޯނާގައި މަޑު ކުރަން ޒަވީ ވަނީ ނިންމައިފަ އެވެ.

ޒަވީގެ އިރުޝާދުގެ ދަށުން ބާސެލޯނާ އިން ވަނީ މިހާތަނަށް ދެ ތައްޓެއް ކާމިޔާބު ކޮށްފަ އެވެ. އެއީ ސްޕެނިޝް ލީގު އަދި ސްޕެނިޝް ސުޕަ ކަޕް އެވެ. ބާސެލޯނާގެ އިސްވެރިންގެ އިތުރުން، ކުޅުންތެރިން ވެސް ބޭނުން ވަނީ ޒަވީ އެ ކުލަބުގައި މަޑު ކުރުމަށެވެ. ކުޅުންތެރިން ބުނާ ގޮތުގައި އެ ކުޅުންތެރިންގެ ފުރިހަމަ އިތުބާރު ޒަވީ އަށް އޮވެ އެވެ.

ބާސެލޯނާޒަވީ

ކޮމެންޓް

އިތުރަށް ކިޔާލަން

ފަހަތުން އަރައި ބާސެލޯނާ އިން ފްރޭންކްފާޓް ބަލިކޮށްފި

ފަހަތުން އަރައި ބާސެލޯނާ އިން ފްރޭންކްފާޓް ބަލިކޮށްފި

10 ޑިސެމްބަރު 2025
ބާސެލޯނާ އިން ލީޑު ފުޅާކުރި މެޗުގައި ޓޮރޭސް ހެޓްރިކް ހަދައިފި

ބާސެލޯނާ އިން ލީޑު ފުޅާކުރި މެޗުގައި ޓޮރޭސް ހެޓްރިކް ހަދައިފި

07 ޑިސެމްބަރު 2025
އެތުލެޓިކޯ ބަލިކޮށް، ބާސެލޯނާ އެއް ވަނައިގައި

އެތުލެޓިކޯ ބަލިކޮށް، ބާސެލޯނާ އެއް ވަނައިގައި

03 ޑިސެމްބަރު 2025
އަލަވޭސް ބަލިކޮށް ބާސެލޯނާ އެއް ވަނަ އަށް

އަލަވޭސް ބަލިކޮށް ބާސެލޯނާ އެއް ވަނަ އަށް

30 ނޮވެމްބަރު 2025
ފްލިކްގެ ޔަޤީންކަން، ކުރިއަށް އޮތް ތަނުގައި ފެންނާނީ ތަފާތު ބާސެލޯނާއެއް

ފްލިކްގެ ޔަޤީންކަން، ކުރިއަށް އޮތް ތަނުގައި ފެންނާނީ ތަފާތު ބާސެލޯނާއެއް

27 ނޮވެމްބަރު 2025

އަހަރުތަކުން މިއަދު

10 ޖޫން
ފީއަލީގައި އީދު ފާހަގަކުރުމަށް ނުކުތް ބައެއް މުވައްޒަފުން ވަޒީފާއިން ކަނޑާލާނެކަމުގެ އިންޒާރު ވަނީ ދީފައި: ކައުންސިލް
20251 އަހަރު ކުރިން
ރާއްޖެ

ފީއަލީގައި އީދު ފާހަގަކުރުމަށް ނުކުތް ބައެއް މުވައްޒަފުން ވަޒީފާއިން ކަނޑާލާނެކަމުގެ އިންޒާރު ވަނީ ދީފައި: ކައުންސިލް

ޔާމީންގެ މައްސަލަ ލިބިއްޖެ، ތާވަލުކުރާނެ ދުވަހެއް އަދި ނޭނގޭ
20242 އަހަރު ކުރިން
ރާއްޖެ

ޔާމީންގެ މައްސަލަ ލިބިއްޖެ، ތާވަލުކުރާނެ ދުވަހެއް އަދި ނޭނގޭ

ޗެމްޕިއަންސް ލީގަށް ފަހު ގާޑިއޯލާގެ އިންޒާރެއް ރެއާލަށް، "އަހަރަމެން އެބަ އަންނަން!"
20233 އަހަރު ކުރިން
ކުޅިވަރު

ޗެމްޕިއަންސް ލީގަށް ފަހު ގާޑިއޯލާގެ އިންޒާރެއް ރެއާލަށް، "އަހަރަމެން އެބަ އަންނަން!"

ޣަރަގުވިތާ 3 ގަރުނަށްވުރެ ގިނަ ދުވަސްވީ މަނަވަރެއްގެ ވާހަކަތައް ލޮނުގަނޑުން މައްޗަށް!
20224 އަހަރު ކުރިން
ތަފާތު ޚަބަރު

ޣަރަގުވިތާ 3 ގަރުނަށްވުރެ ގިނަ ދުވަސްވީ މަނަވަރެއްގެ ވާހަކަތައް ލޮނުގަނޑުން މައްޗަށް!

އަލިފުށީ ދާއިރާގެ މެންބަރަށް "ބިގޭ" ކިޔުނީ ކީއްވެކަން އެނގޭތަ؟
20215 އަހަރު ކުރިން
ރާއްޖެ

އަލިފުށީ ދާއިރާގެ މެންބަރަށް "ބިގޭ" ކިޔުނީ ކީއްވެކަން އެނގޭތަ؟

ޑރ އަފްރާޝީމް އާއި ރިލްވާނުގެ މަައްސަލާގައި އަދީބާ ސުވާލުކޮށްފި
20197 އަހަރު ކުރިން
ރާއްޖެ

ޑރ އަފްރާޝީމް އާއި ރިލްވާނުގެ މަައްސަލާގައި އަދީބާ ސުވާލުކޮށްފި

މޭޖަރ މުހްސިން ސިފައިންގެ ވަޒީފާ އިން ވަކި ކޮށްފި!
20188 އަހަރު ކުރިން
ރާއްޖެ

މޭޖަރ މުހްސިން ސިފައިންގެ ވަޒީފާ އިން ވަކި ކޮށްފި!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު