Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެރަޝިޔާ ގައި ފެންބޮޑުވުން

ރަޝިޔާ އަށް ކުރިމަތިވެފައިވާ ފެންބޮޑުވުމުގެ ހާދިސާގައި، ފެންގަނޑު ފުރާޅުތަކާ ހަމައިގައި!!

ރަޝިޔާގެ އިތުރުން އަވަށްޓެރި ކަޒަކްސްތާން ގެ ބައެއް ސަރަހައްދު ތަކުގައިވެސް ވަނީ ފެންބޮޑުވެފައެވެ.

ފާޠިމަތު ޒުހައިރާ
ފާޠިމަތު ޒުހައިރާ | 12 އެޕްރީލު 2024 | ހުކުރު 17:33
ރަޝިޔާ ގައި ފެންބޮޑުވި އެއް ސަރަހައްދު

ރަޝިޔާ ގައި ފެންބޮޑުވި އެއް ސަރަހައްދު

ރަޝިޔާގެ އޮރެންބަރގް ސިޓީ އަށް ކުރިމަތިވެފައިވާ ފެންބޮޑުވުމުގެ ހާދިސާގައި، ބޮޑުވެފައިވާ ފެންގަނޑު، ނުރައްކާތެރި މިންގަނޑު ކަމަށްބަލާ ވަރަށް ވުރެ ދެމީޓަރު މައްޗަށް އުފުލިފައިވާ ކަމަށާ، އެހެން ކަމުން ފެންގަނޑު ހުރީ ފުރާޅު ތަކާހަމައިގަ ކަމަށް ޚަބަރުލިބެއެވެ.

ހާދިސާކުރިމަތިވުމާއިއެކު ގެދޮރު ދޫކޮށް އަވަހަށް ނިކުތުމަށް އެސިޓީގެ މޭޔަރުވަނީ ސައިރަންތައް މެދުވެރިކޮށް އަންގަވާފައެވެ. އޮރެންބަރގް ގައި ބޮޑުވި ފެންގަނޑު އެންމެ ބޮޑުވީ ހުކުރު ދުވަހު ނަމަވެސް ކުރިޔަށް އޮތް ދުވަސްތަކުގައި ކައިރީގައިވާ ސަރަހައްދު ތަކަށް ފެންގަނޑު ފެތުރިގެން ދާނެ ކަމަށް ދަނީ ބެލެމުންނެވެ.

ރަޝިޔާގެ އިތުރުން އަވަށްޓެރި ކަޒަކްސްތާން ގެ ބައެއް ސަރަހައްދު ތަކުގައިވެސް ވަނީ ފެންބޮޑުވެފައެވެ. މިކަމުގެ ސަބަބުން ލައްކައެއްހާމީހުން ވަނީ މިދިޔަ ހަފްތާއިން ފެށިގެން ދުރު ތަންތަނަށް ބަދަލު ކޮށްފައެވެ.

ރަޝިޔާ އަދި ކަޒަކްސްތާންއަށް މި ކުރިމަތިވި ފެންބޮޑުވުމުގެ ހާދިސާއަކީ ފާއިތުވި 80 ވަރަކަށް އަހަރުތެރޭ ވެސް އެންމެ ފެންބޮޑުވި ހާދިސާކަމަށް ވެއެވެ. މިހިސާބުގައި ފެންބޮޑުވާން ދިމާވި މައިގަނޑު ސަބަބަކީ ހޫނު ގަދަވުމުގެ ސަބަބުން ސްނޯ ވިރި، އުރާލް ކޯރުގެ ފެންގަނޑުބޮޑުވެ ބަންޑުން ދިއުމުގެ ސަބަބުންނެވެ.

ފެނުގެ އަސަރު އޮރެންބަރގް ގެ ބައި މިލިއަން އާބާދީ އަށް އެކި ގޮތް ގޮތުން ފޯރާފައިވާއިރު 11،700 ގޭގައިވަނީ ނޫޅެވޭ ވަރަށް ފެންބޮޑުވެފައެވެ. އަދި 10 ހާހެއްހާ މީހުން ދުރަށް ގެންދެވިފައިވާ ކަމަށް ޚަބަރުތައް ބުނެއެވެ.  

ރަޝިއާފެންބޮޑުވުން

އިތުރަށް ކިޔާލަން

07 ޑިސެމްބަރު 2025

ހޮނިހިރު ދުވަހުގެ ރޭ ތިނަދޫ އަށް ކުރި ވިއްސާރާ ގައި ފެންބޮޑުވެ ގެތަކަށް ގެއްލުން ލިބިއްޖެ

07 ޑިސެމްބަރު 2025
ހޮނިހިރު ދުވަހުގެ ރޭ ތިނަދޫ އަށް ކުރި ވިއްސާރާ ގައި ފެންބޮޑުވެ ގެތަކަށް ގެއްލުން ލިބިއްޖެ
30 ނޮވެމްބަރު 2025

ވިއްސާރާގައި ލަންކާ އިން މަރުވި މީހުންގެ އަދަދު 159 އަށް، 20،000 ގެދޮރު ބިމާ ހަމަވެއްޖެ

30 ނޮވެމްބަރު 2025
ވިއްސާރާގައި ލަންކާ އިން މަރުވި މީހުންގެ އަދަދު 159 އަށް، 20،000 ގެދޮރު ބިމާ ހަމަވެއްޖެ
28 ނޮވެމްބަރު 2025

ވިއްސާރަ އާއި ގުޅިގެން ލަންކާއަށް ހިލޭ ގުޅޭ ގޮތަށް އުރީދޫ އިން ހަދައިފި

28 ނޮވެމްބަރު 2025
ވިއްސާރަ އާއި ގުޅިގެން ލަންކާއަށް ހިލޭ ގުޅޭ ގޮތަށް އުރީދޫ އިން ހަދައިފި
27 ނޮވެމްބަރު 2025

ރަޝިޔާ އިން ކުރިމަތިވާނެ ނުރައްކަލަކަށް ފްރާންސް ފަސް ޖެހިގެން ނުވާނެ: މެކްރޮން

27 ނޮވެމްބަރު 2025
ރަޝިޔާ އިން ކުރިމަތިވާނެ ނުރައްކަލަކަށް ފްރާންސް ފަސް ޖެހިގެން ނުވާނެ: މެކްރޮން
21 ނޮވެމްބަރު 2025

ވިއެޓްނާމަށް ކުރަމުންދާ ވަރުގަދަ ވިއްސާރައިގައި މަދުވެގެން 41 މީހުން މަރުވެއްޖެ

21 ނޮވެމްބަރު 2025
ވިއެޓްނާމަށް ކުރަމުންދާ ވަރުގަދަ ވިއްސާރައިގައި މަދުވެގެން 41 މީހުން މަރުވެއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު