Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެރަޝިއާ

ފަސިންޖަރުން އުފުލަމުން ދިޔަ އެންގާރާ އެއަރލައިންސް ބޯޓެއް ވެއްޓިއްޖެ

49 މީހުން އުފުލަމުންދިޔަ ރަޝިޔާގެ އެންގާރާ އެއަރލައިންސް ގެ ވެއްޓުނު ފްލައިޓުގެ ރޯވެފައިވާ ބައިތައް ފަރުބަދަ އެއްގެ އަރިމަތިން ވަނީ ފެނިފައި

ރާއްޖެ އެމްވީ | 24 ޖުލައި 2025 | ބުރާސްފަތި 09:10
އެންގާރާ އެއާލައިންސްގެ ބޯޓެއް

އެންގާރާ އެއާލައިންސްގެ ބޯޓެއް

ބުރާސްފަތި ދުވަހު ރަޝިޔާގެ އިރުމަތީ ސަރަޙައްދު ކަމުގައިވާ އަމޫރު ގައި 49 މީހުން އުފުލަމުންދިޔަ ފަސިންޖަރުން އުފުލާ މަތިންދާބޯޓެއް ވެއްޓިއްޖެ އެވެ.

އެންގާރާ އެއަރލައިންސްގެ ދެ އިންޖީނު އެޅި އެންޓޮނޮވް-24 މަތިންދާބޯޓެއް ބްލަގޮވެޝްޗެންސްކް ސިޓީން ޓިންޑާ އަށް ދަތުރު ކުރަމުން ދަނިކޮށް ރާޑަރުން ގެއްލިފައިވާ ކަމަށް ސަރަޙައްދުގެ ގަވަރުނަރު ވަސީލީ އޯރްލޮވް ޓެލެގްރާމްގައި ވިދާޅުވެފައިވާ ކަމަށް އޭއެފްޕީ އިން ރިޕޯޓުކޮށްފައި ވެއެވެ.

ފަހުން، ސަލާމަތްކުރުމުގެ އޮޕަރޭޝަން ގައި ހަރަކާތްތެރިވި ހެލިކޮޕްޓަރަކަށް ޓިންޑާ އިން ގާތްގަނޑަކަށް 16 ކިލޯމީޓަރު (10 މޭލު) ދުރުގައިވާ ފަރުބަދައެއްގެ އަރިމަތީގައި ވެއްޓުނު ބޯޓުގެ އަނދަމުންދާ ބައިތައް ފެނިފައި ވެއެވެ.

ބޯޓުގައި ތިބި ފަސިންޖަރުންގެ ތެރޭގައި 5 ކުޑަކުދިންނާއި 6 ފަޅުވެރިން ހިމެނެއެވެ.

ރެސްކިއު އޮޕަރޭޝަން ގައި ހަރަކާތްތެރިވާ ފަރާތްތަކުން ބުނިގޮތުގައި، މަތިން ބަލާއިރު ދިރިހުރި މީހެއްގެ އެއްވެސް ނިޝާނެއް ނުފެއެވެ.

އަމޫރު ސަރަޙައްދުގެ ސިވިލް ޑިފެންސް އޭޖެންސީން ބުނެފައިވަނީ އެ ސަރަޙައްދަށް ސަލާމަތްކުރާ ފަރާތްތައް ފޮނުވަމުންދާ ކަމަށެވެ.

ބޯޓު ވެއްޓުނު ސަބަބެއް އަދި ހާމަ ކޮށްފައެއް ނުވެއެވެ.

އިތުރަށް ކިޔާލަން

13 އޯގަސްޓު 2017

ނޭޕާލަށް ކުރަމުންދާ ވިއްސާރައިގައި ވޭތުވެދިޔަ ދެތިންދުވަސް ތެރޭ 30 މަރު

13 އޯގަސްޓު 2017
ނޭޕާލަށް ކުރަމުންދާ ވިއްސާރައިގައި ވޭތުވެދިޔަ ދެތިންދުވަސް ތެރޭ 30 މަރު
25 ޖޫން 2017

ކޮލަމްބިއާގައި ފަތުރުވެރިން ގޮވައިގެން ދަތުުކުރަމުން ދިޔަ ބޯޓެއް ފެތިއްޖެ

25 ޖޫން 2017
ކޮލަމްބިއާގައި ފަތުރުވެރިން ގޮވައިގެން ދަތުުކުރަމުން ދިޔަ ބޯޓެއް ފެތިއްޖެ
11 ޖޫން 2017

އުމްރާގެ އަޅުކަމަށް ދިޔަ ގަތަރު ރައްޔިތުން މައްކާއަށް ވަނުން މަނާކޮށްފި

11 ޖޫން 2017
އުމްރާގެ އަޅުކަމަށް ދިޔަ ގަތަރު ރައްޔިތުން މައްކާއަށް ވަނުން މަނާކޮށްފި
05 ޖޫން 2017

މައްކާގައި ފޭކް ޒަމްޒަމް ފެން ވިއްކަމުންދިޔަ ފެކްޓްރީއެއް ރެއިޑްކޮށްފި

05 ޖޫން 2017
މައްކާގައި ފޭކް ޒަމްޒަމް ފެން ވިއްކަމުންދިޔަ ފެކްޓްރީއެއް ރެއިޑްކޮށްފި
03 ޖޫން 2017

މިދިޔަ މަހު ޔަމަނުގައި ކޮލެރާ ޖެހިގެން 600 އެއްހާ މީހުން މަރުވި

03 ޖޫން 2017
މިދިޔަ މަހު ޔަމަނުގައި ކޮލެރާ ޖެހިގެން 600 އެއްހާ މީހުން މަރުވި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު