Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެފެންބޮޑުވުން

ދެކުނު ކޮރޮރެއާ ގައި ވެހުނު ބޯ ވާރޭ ގެ ސަބަބުން ދިމާވި ފެންބޮޑުވުމާއި ބިންގަނޑު ކަނޑައިގެން ދިޔުމުގެ ހާދިސާތަކުގައި މަދުވެގެން 14 މީހުން މަރުވެއްޖެ

ހަލުވިކަމާ އެކު ފެންގަނޑު މައްޗަށް އެރުމުގެ ސަބަބުން އެތައް ހާސް މަގުތަކާއި އިމާރާތް ތަކަށް ގެއްލުންވެ އަދި ފެނުގެ އަޑިޔަށް ގޮސްފައި ވާއިރު، ދަނޑުބިންތަކަށް ގެއްލުންވެ އަދި ގިނަ އަދަދެއްގެ ޖަނަވާރުތައް މަރުވެފައިވާ ކަމަށް ރިޕޯޓު ކުރެވިފައިވޭ

ރާއްޖެ އެމްވީ | 20 ޖުލައި 2025 | އާދީއްތަ 08:01
ދެކުނު ކޮރެއާގެ ގެޕިއޮންގް ޕްރޮވިންސް ގައި މޫސުން ގޯސްވެ ފެންބޮޑު ވުމުގެ ސަބަބުން ބޮޑެތި ގެއްލުންތަކެއް ވަނީ ލިބިފައި

ދެކުނު ކޮރެއާގެ ގެޕިއޮންގް ޕްރޮވިންސް ގައި މޫސުން ގޯސްވެ ފެންބޮޑު ވުމުގެ ސަބަބުން ބޮޑެތި ގެއްލުންތަކެއް ވަނީ ލިބިފައި

ދެކުނު ކޮރޮރެއާ ގައި ފާއިތުވި ދެތިން ދުވަހު ވެހުނު ބޯވާރޭގެ ސަބަބުން ދިމާވި ފެންބޮޑުވުމާއި ބިންގަނޑު ކަނޑައިގެން ދިޔުމުގެ ހާދިސާ ތަކުގައި މަދުވެގެން 14 މީހުން މަރުވެއްޖެ ކަމަށް އެ ޤައުމުގެ ޑިސާސްޓަރ މެނޭޖްމަންޓް އޮފީހުން ބުނެފިއެވެ.

ސަލާމަތް ކުރުމުގެ މަސައްކަތްތައް ކުރިއަށް ދާއިރު، 12 މީހުން ގެއްލިފައިވާ ކަމަށް ރިޕޯޓު ކުރެވިފައި ވާތީ، މަރުވާ މީހުންގެ އަދަދު އިތުރު ވެދާނެ ކަމުގެ ބިރު އުފެދިފައި ވެއެވެ.

ބުދަ ދުވަހުން ފެށިގެން ވެހެމުންދާ ވާރޭ ގައި ގާތްގަނޑަކަށް 10،000 މީހުން އެމީހުންގެ ގެތަކުން ސަލާމަތް ކޮށްފައި ވާއިރު، 41،000 އަށް ވުރެ ގިނަ ގޭބިސީ ގައި ކަރަންޓު ކެނޑިފައި ވާކަމަށް ލޯކަލް މީޑިއާތަކުން ބުނެފައިވެއެވެ.

އެންމެ ބޮޑަށް ގެއްލުން ލިބުނު ދެކުނާއި މެދު ތެރޭ ސަރަހައްދުތަކުގައި މިހާރު ވާރޭވެހުން މަޑުޖެހިފައިވީ ނަމަވެސް، ވެރިރަށް ސޯލާއި އުތުރު ސަރަހައްދުތަކަށް އިތުރަށް ބޯކޮށް ވާރޭވެހުމުގެ ފުރުސަތު އޮތް ކަމަށް ބުނެފައިވެއެވެ.

ހަލުވިކަމާ އެކު ފެންގަނޑު މައްޗަށް އެރުމުގެ ސަބަބުން އެތައް ހާސް މަގުތަކާއި އިމާރާތް ތަކަށް ގެއްލުންވެ އަދި ފެނުގެ އަޑިޔަށް ގޮސްފައި ވާއިރު، ދަނޑުބިންތަކަށް ގެއްލުންވެ އަދި ގިނަ އަދަދެއްގެ ޖަނަވާރުތައް މަރުވެފައިވާ ކަމަށް ރިޕޯޓުކުރެވިފައިވެއެވެ.

ގެއްލުންތަކުގެ އަސަރު އެންމެ ބޮޑަށް ކޮށްފައި ވަނީ ޤައުމުގެ ދެކުނުގައެވެ. ސަންޗިއޯންގ ކައުންޓީ ގައި 6 މީހުން މަރުވެ އަދި 7 މީހުން ގެއްލިފައިވެއެވެ.

މީގެ އިތުރުން، ސޯލް އާ ކައިރި އުތުރުގެ ފަރުބަދަ ސަރަހައްދުގައާއި އެހެނިހެން ހުޅަނގާއި އުތުރު ސަރަހައްދު ތަކުގައިވެސް މީހުން ވަނީ މަރުވެފައެވެ.

ޤައުމުގެ އެކި ސަރަހައްދު ތަކުގައި ބިންގަނޑު ކަނޑައިގެން ހިނގައިދާނެ ކަމުގެ ނުރައްކަލުގެ އިންޒާރު ދެވިފައިވާއިރު، އާދިއްތަ ދުވަހު ސަރުކާރުން ގިނަ އިދާރާތަކެއް ހިމެނޭ ގޮތުން ގެއްލުންތައް ރަނގަޅު ކުރުމުގެ މަސައްކަތް ވަނީ ފަށާފައެވެ.

އިތުރަށް ކިޔާލަން

12 ޖެނުއަރީ 2017

މިޔަންމާގެ މުސްލިމުންނާ ދޭތެރޭ ހިންގާ ޖަރީމާތަކާ ގުޅިގެން މެލޭޝިއާގައި ބައްދަލުވުމެއް ބާއްވަނީ

12 ޖެނުއަރީ 2017
މިޔަންމާގެ މުސްލިމުންނާ ދޭތެރޭ ހިންގާ ޖަރީމާތަކާ ގުޅިގެން މެލޭޝިއާގައި ބައްދަލުވުމެއް ބާއްވަނީ
11 ޖެނުއަރީ 2017

ސީރިއާއަށް ސުލްހަ ގެނައުމުގެ ވާހަކަތައް މިމަހު 23 ގައި ފަށަން އެއްބަސް ވެވިއްޖެ

11 ޖެނުއަރީ 2017
ސީރިއާއަށް ސުލްހަ ގެނައުމުގެ ވާހަކަތައް މިމަހު 23 ގައި ފަށަން އެއްބަސް ވެވިއްޖެ
11 ޖެނުއަރީ 2017

އަފްޣާނިސްތާނުގައި އަންގާރަ ދުވަހު ހަނގުރާމަވެރިން ދިން ހަމަލާތަކުގައި އެތައް ބަޔަކު މަރުވެއްޖެ

11 ޖެނުއަރީ 2017
އަފްޣާނިސްތާނުގައި އަންގާރަ ދުވަހު ހަނގުރާމަވެރިން ދިން ހަމަލާތަކުގައި އެތައް ބަޔަކު މަރުވެއްޖެ
11 ޖެނުއަރީ 2017

ޑިމޮކްރަސީ ހިމާޔަތް ކުރުމަށް އޮބާމާގެ ވަދާއީ ޚިތާބުގައި ގޮވާލައްވައިފި

11 ޖެނުއަރީ 2017
11 ޖެނުއަރީ 2017

އަފްޣާނިސްތާނުގައި ޖާނުންފިދާވެގެން ދިން ބޮމުގެ ދެހަމަލާއެއްގައި 20 މީހުން މަރުވެއްޖެ

11 ޖެނުއަރީ 2017
އަފްޣާނިސްތާނުގައި ޖާނުންފިދާވެގެން ދިން ބޮމުގެ ދެހަމަލާއެއްގައި 20 މީހުން މަރުވެއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު