Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ތަފާތު ޚަބަރުދުނިޔެ އަށް އަންނަމުންދާ ބަދަލު

އިންސާނުންނަށް ރައްކާތެރި މަންޒިލަކަށް ދުނިޔެވާ 9 އިމުގެ ތެރެއިން 6 އިން ފަހަނައަޅާ ދެވިއްޖެ: ސައެންސްވެރިން

ދުނިޔެއަކީ އިންސާނުން ދިރިއުޅުމަށް އެންމެ ރައްކާތެރި ބިމުގެ ގޮތުގައި ބަލާ 9 އިމުގެ ތެރެއިން 6 އިމެއް ފަހަނަ އަޅާ ގޮސްފައި ވަނީވެސް ހަމަ އިންސާނުންގެ ޢަމަލުތަކުގެ ސަބަބުން

ޢާއިޝާ ރީމާ ވަޙީދު
ޢާއިޝާ ރީމާ ވަޙީދު | 17 ސެޕްޓެމްބަރު 2023 | އާދީއްތަ 06:49
އިންސާނުންނަށް ރައްކާތެރި މަންޒިލަކަށް ދުނިޔެވާ 9 އިމުގެ ތެރެއިން 6ން ފަހަނަ އަޅާ ދެވުން

އިންސާނުންނަށް ރައްކާތެރި މަންޒިލަކަށް ދުނިޔެވާ 9 އިމުގެ ތެރެއިން 6ން ފަހަނަ އަޅާ ދެވުން

ކާއިނާތުގައިވާ އިރު ހަނދާއި ތަރިތަކުގެ މައްޗަށް އެކުލެވިގެން ސޫރުދަ ނިޒާމް ނުވަތަ ސޯލަރ ސިސްޓަމްގައި އިންސާނާ ދިރިއުޅެމުން މިދާ ބިން، ނުވަތަ ދުނިޔެއަކީ އެފަދަ ދެވަނައެއް ނެތް ތަނެކެވެ. ސައެންސާއި ޓެކްނޮލޮޖީގެ ގޮތުން ކިތަންމެ ބޮޑެތި ކުރިއެރުންތަކެއް ހޯދި ކަމުގައި ވީ ނަމަވެސް، އިތުރު ޢާލާތްތަކާއި ވަޞީލަތްތަކާ ނުލާ، އެހެން ތަނެއްގައި އިންސާނުންނަށް ވަޒަންވެރިވެވޭކަށް ނެތެވެ. އިންސާނީ ޙަޟާރާތު ދުނިޔޭގައި އާބާދު ވަމުން ދާ ދިއުމަކީ، ދުނިޔެއާ ގުޅިފައި ވާ ވަކި އިންތަކަކާއި، މިންތަކަކާއި، ހައްދު ތަކަކާއި ގުޅިފައި އޮތް ކަމެކެވެ. ދުނިޔޭގެ ވައިގެ ފަށަލަ އުފެދިފައި އޮތް ގޮތާއި، ފިނިހޫނު މިނާއި މިފަދަ އެތައް ކަމެކެވެ.

ކަން މިހެން އޮތް އިރު، އިންސާނުންނަށް ދުނިޔޭގައި ވަޒަންވެރިވެ އުޅުމަށް މަގު ފަހި ކުރާ 9 ސޫރުދަ އިމެއްގެ ތެރެއިން 6 އިމެއް މިހާރު ފަހަނަ އަޅާ ގޮސްފައި ވާ ކަމުގެ އިންޒާރު، ސައެންސްވެރިންގެ ޓީމުން ދާދި ފަހުން ވަނީ ދީފައެވެ. ދުނިޔެއަކީ އިންސާނުން ދިރިއުޅުމަށް އެންމެ ރައްކާތެރި ބިމުގެ ގޮތުގައި ބަލާ 9 އިމުގެ ތެރެއިން 6 އިމެއް ފަހަނަ އަޅާ ގޮސްފައި ވަނީވެސް ހަމަ އިންސާނުންގެ ޢަމަލުތަކުގެ ސަބަބުންނެވެ. އެގޮތުން، ދިރޭތަކެތީގެ ނަސްލުގެ ސަލާމަތްތެރިކަމާއި، މޫސުމީ ބަދަލުތަކާއި، ސާފު ބޯފެނުގެ ކަށަވަރުކަން ލިބިފައި އޮތުން ފަދަ އެތައް އިމެއް ފަހަނަ އަޅާ ގޮސްފައި ވާ ކަމަށް، ތަޖުރިބާކާރު 29 މެންބަރުންގެ މައްޗަށް އެކުލެވޭ ބައިނަލްއަޤުވާމީ ޓީމުން އާންމު ކުރި އައު ރިޕޯޓެއްގައިވެސް ވަނީ ފާހަގަ ކޮށްފައެވެ.

ދިރާސާގައި އެންމެ އިސްކޮށް ހަރަކާތްތެރިވި އެކަކީ، ޕޮޓްސްޑޭމް އިންސްޓިޓިއުޓް ފޮރ ކްލައިމެޓް އިމްޕެކްޓް ރިސަރޗްގެ ޑައިރެކްޓަރ، ޔޫއާން ރުކްސްތުރަމްއެވެ.

ޖަންގަލިތަކުން ގަސްތައް ކަނޑާ ހުސް ކުރުމާއި، ގަސްގަހާގެއްސާއި ޖަނަވާރުތަކުން ބޭރުވާ އޯގޭނިކް މާއްދާތަކުގެ ބޭނުން ކުރުމުގައި ހައްދު ފަހަނަ އަޅާ ދިއުން ފަދަ ކަންކަމުގެ ސަބަބުން ދުނިޔޭގައި ރައްކާތެރި ކަމާއެކު އިންސާނީ ޙަޟާރަތު ދެމިގެން ދިއުމަށް ނުރައްކާތަކެއް ހުރި ކަމަށް ސައެންސްވެރިންގެ ޓީމުން ވަނީ އިންޒާރު ކޮށްފައެވެ. އިންސާނުން އަމިއްލައަށް އުފައްދައިގެން އުޅޭ ޕުލާސްޓިކާއި، ދިރުންތަކުގެ ޖީންސްތަކަށް ބަދަލު ގެނައުމާއި، މަސްނޫއީ ކެމިކަލްތަކުގެ ސަބަބުން ކަންބޮޑުވާ ދަރަޖައަކަށް ނުރައްކާ އެބަ އޮތް ކަން، ސައެންސްވެރިން ވަނީ ފާހަގަ ކޮށްފައެވެ.

ދުނިޔެއަކީ އިންސާނާ އުޅުމަށް އެންމެ ރައްކާތެރި ބިން ކަމުގައި ބަލާ 9 އިމުގެ ތެރެއިން، ރައްކާތެރި ގިންތީގައި ކިރިޔާވެސް ހިފެހެއްޓިފައި އޮތް 3 ދާއިރާއަކީ ދުނިޔެ ވަށައިގެން ވާ އޯޒޯން ފަށަލަ ތުނިވަމުން ދިއުމުގެ މައްސަލައިގެ ދާއިރާ، ކަނޑުތަކުގެ ޕިއެޗް ލެވަލް ދަށްވުން ނުވަތަ އެސިޑިފިކޭޝަންގެ ދާއިރާ އަދި ވައިގެ ތެރެއިން އުފެދިގެން ތަޣައްޔަރު ކަމުގެ ދާއިރާއެވެ. މި ދެންނެވި 3 ދާއިރާގެ ތެރެއިންވެސް ކަނޑުތަކުގެ ޕީއެޗް ލެވަލް ދަށްވުމުގެ މައްސަލަ އޮތީ ސުވާލު އުފެދޭ ހިސާބުގައި ކަން ފާހަގަ ކުރަން ޖެހެއެވެ. ބޭރު ކުރަމުންދާ ކާބަންގެ ވިހަ މާއްދާތަކުގެ ތެރެއިން، ދުނިޔޭގެ ކަނޑުތަކަށް ދެން އިތުރަށް ޙަޖަމު ކުރެވޭނީ ކިހާ މިންވަރެއްތޯ ސުވާލު އުފެދެއެވެ.

އިންސާނާ އުޅުމަށް އެންމެ ރައްކާތެރި ބިން ކަމުގައި ދުނިޔެ ވި 9 އިމުގެ ތެރެއިން، 2015 ވަނަ އަހަރަށް ފަހު އެދެވޭ ފާލަކަށް އެޅިފައި އޮތީ އޯޒޯން ފަށަލައިގެ ދާއިރާ އެކަންޏެވެ.

ސައިންސްވެރިންދުނިޔެ

އިތުރަށް ކިޔާލަން

06 އެޕްރީލު 2024

ދުނިޔޭގެ ފިނިހޫނުމިން މައްޗަށް ދިއުމުން ސިއްހީ ނުރައްކާތައް ބޮޑުވޭ: ތަޖުރިބާކާރުންގެ އިންޒާރު

06 އެޕްރީލު 2024
ދުނިޔޭގެ ފިނިހޫނުމިން މައްޗަށް ދިއުމުން ސިއްހީ ނުރައްކާތައް ބޮޑުވޭ: ތަޖުރިބާކާރުންގެ އިންޒާރު
19 ޖެނުއަރީ 2024

އިންސާނުންނަށް ޖެހޭ އެކި ބަލިތަކުގެ އަސްލު ދެނެގަތުމުގައި ޒީބްރާފިޝްގެ ދައުރަކީ ކޮބާ؟

19 ޖެނުއަރީ 2024
އިންސާނުންނަށް ޖެހޭ އެކި ބަލިތަކުގެ އަސްލު ދެނެގަތުމުގައި ޒީބްރާފިޝްގެ ދައުރަކީ ކޮބާ؟
19 ޑިސެމްބަރު 2023

ބޮކްސިންގް ރިންގެއްގައި އިންސަނަކާ ރޮބޮޓެއް: މަޤްޞަދު ވަރަށް ތަފާތު!

19 ޑިސެމްބަރު 2023
ބޮކްސިންގް ރިންގެއްގައި އިންސަނަކާ ރޮބޮޓެއް: މަޤްޞަދު ވަރަށް ތަފާތު!
26 އޮކްޓޯބަރު 2023

500 އެތައް އަހަރެއް ކުރިން 'ޤުރުބާން' ކުރި ކުއްޖާގެ އާދަޔާ ޚިލާފު ތަސްވީރެއް ދައްކާލައިފި

26 އޮކްޓޯބަރު 2023
500 އެތައް އަހަރެއް ކުރިން 'ޤުރުބާން' ކުރި ކުއްޖާގެ އާދަޔާ ޚިލާފު ތަސްވީރެއް ދައްކާލައިފި
22 އޯގަސްޓު 2023

ތުއްތު ރުއިމުގެ އަޑުން ގުގުމަމުން ދިޔަ ގޭ ތެރެއިން ލަޔާލީ ގެނެސް ދެނީ މައިންނަށް ޚާއްޞަ އެޕްލިކޭޝަންއެއް!

22 އޯގަސްޓު 2023
ތުއްތު ރުއިމުގެ އަޑުން ގުގުމަމުން ދިޔަ ގޭ ތެރެއިން ލަޔާލީ ގެނެސް ދެނީ މައިންނަށް ޚާއްޞަ އެޕްލިކޭޝަންއެއް!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު