Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ރިޕޯޓު
ނަރީޝް އަށް ހަމަލާދިން ކަމަށް ބުނުން

ނަރީޝް އަށް ހަމަލާދިން ކަމަށް ބުނުން - އަސްލު ކަން ހިނގީ ކިހިނެތް؟

ކެމްޕެއިނަށް ސަރުކާރުގެ ވަސީލަތްތައް ނަހަމަ ގޮތުގައި ދަނީ ބޭނުން ކުރަމުން

ނަޒާހަތު އިބްރާހިމް ރަޝީދު
ނަޒާހަތު އިބްރާހިމް ރަޝީދު, ރާއްޖެ އެމްވީ | 24 މާރިޗު 2024 | އާދީއްތަ 00:41
އަހުމަދު ނަރީޝް

އަހުމަދު ނަރީޝް

ސިޔާސީ ކެމްޕެއިންތައް ކުރާ އިރު ސުލްހަވެރިވުމާއި އެއް ބަޔަކު އަނެއް ބަޔަކަށް ތުރާލަކަށް ނުވާ ގޮތަށް ކެމްޕެއިންކުރުމަކީ މިހާރު ދިވެހިންނަށް އިނގެންވާނެ ކަމެކެވެ. ދިވެހިން ޑިމޮކްރަސީގައި މި ތިބި ހިސާބުން ދިވެހިން ވާންވާނީ އެވަރަށް ތަސައްރަފު ފުދޭ ބަޔަކަށެވެ. ކޮންމެއަކަސް އިއްޔެ އިވުނު ޚަބަރަކީ ކެމްޕޭނުގައި އުޅެނިކޮށް މާލޭ ސިޓީ ކައުންސިލްގެ ޑެޕިއުޓީ މޭޔަރ އަހްމަދު ނަރީޝަށް ހަމަލާދިން ކަމަށް ބުނެ މީޑިއާ އާއި މީސްމީޑިއާގައި ފެތުރެމުންދިޔަ ޚަބަރެވެ.

ބައެއް މީޑިއާތަކަށް މައުލޫމާތު ދެމުން މާލޭސިޓީގެ ޑެޕިއުޓީ މޭޔަރ ވަނީ މާމެންދޫ ބަނދަރަށް ފޭބި ތަނާ އެ ރަށު ބަނދަރުން މީހަކު ފައިބައިގެން އައިސް ގޮށްމުށް ކަވާފައި ބުރަކަށްޓަށް ދެ ފަރަހަށް ހަމަލާދިން ކަމަށް ވެސް ވިދާޅުވެފައެވެ. އަދި ބަރު އެއްޗެއް ބޭނުންކޮށްގެން ހަމަލާދޭން އުޅުނު ކަމަށް ތުހުމަތުކޮށް ވާހަކަދައްކަވާފައިވެއެވެ. މި ހާދިސާގައި ކަން ހިނގާ ދިޔަ ގޮތް އެންމެ ސާފުކޮށް އެއްވެސް އިދާރާއަކުން ހާމަކޮށްފައެއް ނެތެވެ. އެހެންކަމަށް ވާއިރު މާމެންދޫގައި ހިނގިކަމަށް ބުނާ ހަމަނުޖެހުމާއި ހަމައަށް ދިއުމުގެ ކުރިން މަޖިލިސް ކެމްޕެއިންގެ ތެރެއިން މާމެންދޫ ހިމެނޭ ކޮލަމާފުށީގައި ހިނގާ ބައެއް ކަންކަން އެނގުން މުހިންމެވެ.

ފުރަތަމަ ކަމަކީ ސަރުކާރުގެ ވަސީލަތްތައް ބޭނުންކޮށްގެން ސަރުކާރުން އިސްވެ ތިބެ ކެމްޕެއިންކުރަމުންދާ ދިއުމެވެ. އިހަކަށް ދުވަހު ވެސް ސިޔާސީ ދަތުރުތަކަށް ބޭނުން ކުރެއްވި ދެ ދޯންޏަކީ އެމްޓީސީސީން އާއްމުންނަށް ފެރީގެ ޚިދުމަތް ދޭން ބޭނުން ކުރާ ދޯންޏާއި، ކޫއްޑޫ އަށް މުވައްޒަފުން އުފުލުމުގައި ބޭނުން ކުރާ ދޯޏްޏެވެ. އެކަމުގައި ވެސް އުސޫލެއް ތަރުތީބެއް ނެތެވެ. ރޯދަ ވީއްލަން ކަމަށް ބުނެ މާމެންދޫ އަށް ސަރުކާރު ހިންގާ ޕާޓީއަށް ނިސްބަވްތާ ބަޔަކު އައީ ކެމްޕެއިން ޔުނިފޯމުގައެވެ.

މި ޓީމްރަށަށް ލަފަންވާއިރަށް ސަރުކާރު ކެނޑިޑޭޓްގެ ކެމްޕެއިން ޓީމުން މި ހެދި ވަޑާމަކީ، މި މީހުން މާމެންދޫ އަށް އައުމުގެ ކުރިން އެ ރަށުގައި ޖަހާފައި ހުރި އެމްޑީޕީ ކެނޑިޑޭޓްގެ ބިލްބޯޑު ފޮރުވޭ ގޮތަށް، އެ ބިލްބޯޑާ ފޫޓެއްހާ ދުރުމިން ވެސް ނެތް ގޮތަށް އަސުރުމަލު ކުލައިގެ ފޮތިގަނޑެއް ދަމާނެގީއެވެ. ކަން ދިމާކުރި ގޮތުން މި ބުނާ ކެމްޕެއިން ޓީމް ރަށަށް އެރި ވަގުތަކީ އެމްޑީޕީގެ ބިލްބޯޑު ހަރުކުރުމުގައި އުޅުނު މީހުން ވެސް ބަނދަރު ސަރަހައްދުގައި ތިބި ވަގުތެކެވެ.

ރާއްޖެއެމްވީ އަށް އެރަށު މީހަކު ކިޔާދިން ގޮތުގައި އެރަށަށް ރޯދަ ވީއްލުމަކަށް ކަމަށް ބުނެ ދިޔަ ކެމްޕެއިން ޓީމުގައި ނަގާކިޔަން ތިބި މީހުންގެ ތެރޭގައި ނަރީޝްވެސް ހިމެނެއެވެ. ރަށަށް މި ޓީމް އެރުމުން އެމްޑީޕީގެ ކެނޑިޑޭޓްގެ ބިލްބޯޑު ހަރުކުރަން އުޅުނު ބައެއް ކުދިން "އެމްޑީޕީ ކެނޑިޑޭޓް ފެނުމުން ސަރުކާރުން ބިރު ގަންނަނީތޯ؟" ސުވާލު ކުރިއެވެ. އެ ސުވާލު އެހެން ކުރީ އެމްޑީޕީގެ ކެނޑިޑޭޓްގެ ބިލްބޯޑު ފޮރުވާ ފޮތިދަމާފައި ހުރުމުންނެވެ. އެއާއި ދެ ފަރާތުގައި ދެމެދު ބަދަލުކުރި ބަހުގެ ހަމަލާތައް އިސާހިތަކު ހޫނުވި ނަމަވެސް އެންމެ ފުރަތަމަ އާއްމު މީހެއްގެ ގައިގައި ޖެހީ ނަރީޝް ކަމަށް އެ ސަރަހައްދުގައި ހުރި އާއްމު މީހަކާއި ހަވާލާދީ ރާއްޖެ އެމްވީ އަށް މައުލޫމާތު ލިބިފައިވެއެވެ.

އަދި މި ހާދިސާ ހިނގި ވަގުތު އެ ތަނާއި މާ ދުރުނޫން ހިސާބެއްގައި އެމްޑީޕީގެ ކެނޑިޑޭޓްގެ ތިމާގެ މީހަކު ހުރިކަމަށް ވަނީ މައުލޫމާތު ލިބިފައެވެ. ހަަމަނުޖެހުން ހިނގައިގަތް ވަގުތު ހަމަނުޖެހުން އުފެދުމުގެ ފަހަތުގައި ހުރީ އޭނާ ކަމަށް ނަރީޝް ބުނެފައިވާ ކަމަށް ރާއްޖެ އެމްވީ އަށް މައުލޫމާތުދެމުން މަންޒަރު ދުށް މީހަކު ވަނީ ބުނެފައެވެ.

އެ ހިސާބުން ނަރީޝް އާއި އެކު ތިބި ސަރުކާރަށް ތާއީދު ކުރާ މީހުން ދުވެފައި ގޮސް އެމްޑީޕީގެ ކެނޑިޑޭޓާއި އާއިލީ ގުޅުން އޮތް މީހާގެ ގައިގައި ތަޅައިގަނެ އޭނާ އަށް ވަނީ އަނިޔާކޮށްފައެވެ. މީސްމީޑިއާގައި ދައުރުވެފައިވާ ވީޑިއޯތަކުން ވެސް ޕީޕީއެމް ޕީއެންސީގެ ސަޕޯޓަރުން އެ މީހާ ފަހާ ދުވާ މަންޒަރާއި ބުރަކައްޓަށް ހަމަލާދޭ މަންޒަރުފެނެއެވެ.

ރާއްޖެ އެމްވީ އަށް މައުލޫމާތު ދިން އާއްމު މީހަކު ބުނީ މި ހާދިސާގެ މައުލޫމާތު ސަރުކާރުން ފަތުރަމުން ދަނީ ހަގީގަތް ވަރަށް ބޮޑަށް އޮޅޭ ގޮތަށް ކަމަށެވެ. އަދި ސިޔާސީ ބޭނުމަކަށް މާމެންދޫގެ އަގު ވައްޓާލުމަކީ ރަށަށް ލިބޭ ބޮޑު ލަދެއް ކަމަށް އޭނާ ވަނީ ބުނެފައެވެ. މީގެ އިތުރުން އޭނާ ވަނީ އެ ދާއިރާގައި މި ދުވަސްވަރު ސިޔާސީ ކެމްޕެއިނަށްޓަކާ ހިނގަމުންދާ ކޮރަޕްޝަންގެ އަމަލުތަކަށް އަލިއަޅުވާލާފައެވެ.

އެގޮތުން މާމެންދޫ އިން ވަކި ބަޔަކަށް ވަޒީފާ ދިނުމަށް ކުއްލިއަކަށް ވަޒީފާގައި ތިބި މީހުން ކަނޑާލުމާއި، ސަރުކާރު ކުންފުނިތަކުގެ މުވައްޒަފުން ލައްވާ މަޖުބޫރުން ސިޔާސީ މަސައްކަތް ކުރުވުން ހިމެނެއެވެ. އަދި ސުޕަވައިޒަރ ލެވެލްގައި ވެސް އުސޫލާއި ޚިލާފަށް މިފްކޯ ފަދަ ކުންފުނިތަކަށް މީހުން އައްޔަންކުރަން މަސައްކަތް ކުރަމުންދާ ކަމަށާއި، މަޤާމުގެ ކުރިއެރުން ދޭނެ ކަމަށް ބުނެ އިންތިޚާބަށް ނުފޫޒު ފޯރުވާކަމަށް އޭނާ ވަނީ ފާހަގަކޮށްފައެވެ. އަދި މިފަދަ ކަންކަމުގެ ސަބަބުން މާމެންދޫ އާއި ކޮލަމާފުށީގެ ރޫހާއި، ރިވެތި ނަން ވަރަށް ބޮޑަށް ކިލަނބުކޮށްލާފައިވާކަމަށް އޭނާ ވަނީ ބުނެފައެވެ.

މުޅި މި ހާދިސާ ހިނގި ގޮތަށް ބަލާ އިރު މިއީ ރާވައިގެން ބަޔަކު ޖަޒުބާތުގައި ޖައްސާ ރަށެއްގެ އަގު ވައްޓާލުމަށް ކުރި ކަމެއް ކަމަށް ބުނުމުގެ ފުރުސަތު އެބަ އޮތެވެ. އަދި ސަރުކާރުގެ ނުފޫޒު އިންތިހާ އަށް އާއްމުންނަށް ފޯރުވާ ވަޒީފާގެ ބިރުވެރިކަން ފެތުރުމުގެ އިތުރުން، މާއްދީ ހަމަޖެހުމަށް ބުރޫ އަރާ ގޮތަށް ވެސް ސިޔާސީ ކުޅިވަރު ކުޅެން ފަސް ނުޖެހޭނެކަން މި އަމަލުން ދައްކުވާދޭ ކަމަށް ފާޑުކިޔާ ފަރާތްތަކުން ދަނީ ބުނަމުންނެވެ.

މާލެ ސިޓީގެ ޑެޕިއުޓީ މޭޔަރ އަހުމަދު ނަރީޝް

ކޮމެންޓް

އިތުރަށް ކިޔާލަން

މާލޭގެ އާސަހަރާ މިސްކިތް މަރާމާތަށް ފަހު ހުޅުވައިފި

މާލޭގެ އާސަހަރާ މިސްކިތް މަރާމާތަށް ފަހު ހުޅުވައިފި

04 އޮކްޓޯބަރު 2024
ކެމްޕެއިނަށް ހުރަސް އެޅުން ކުށްވެރިކޮށް ނަރީޝްގެ މައްސަލަ ބަލަން ފުލުހުންނަށް ހުށަހަޅައިފި

ކެމްޕެއިނަށް ހުރަސް އެޅުން ކުށްވެރިކޮށް ނަރީޝްގެ މައްސަލަ ބަލަން ފުލުހުންނަށް ހުށަހަޅައިފި

24 މާރިޗު 2024
ޔާމީން ދިފާއުކުރަން ނަރީޝް ދޮގު ހެކި ދިން މައްސަލައިގެ ތަހުގީގު އަދިވެސް ނުނިމޭ: ފުލުހުން

ޔާމީން ދިފާއުކުރަން ނަރީޝް ދޮގު ހެކި ދިން މައްސަލައިގެ ތަހުގީގު އަދިވެސް ނުނިމޭ: ފުލުހުން

03 ޑިސެމްބަރު 2023
ވެރިކަން ބަދަލުވާ މަރުހަލާއަށް ވަގުތު ދެއްވުމަށް މޭޔަރުގެ މަސްއޫލިއްޔަތުތައް ޑެޕިއުޓީ މޭޔަރާއި ހަވާލުކުރައްވައިފި

ވެރިކަން ބަދަލުވާ މަރުހަލާއަށް ވަގުތު ދެއްވުމަށް މޭޔަރުގެ މަސްއޫލިއްޔަތުތައް ޑެޕިއުޓީ މޭޔަރާއި ހަވާލުކުރައްވައިފި

04 އޮކްޓޯބަރު 2023
ޔާމީނު ދިފާއުކުރަން ނަރީޝް ދޮގު ހެކި ދިީފައިވާތީ ފުލުހަށް ހާޒިރުކޮށްފި

ޔާމީނު ދިފާއުކުރަން ނަރީޝް ދޮގު ހެކި ދިީފައިވާތީ ފުލުހަށް ހާޒިރުކޮށްފި

10 ޖެނުއަރީ 2023

އަހަރުތަކުން މިއަދު

21 ޖެނުއަރީ
ގުރުބާން ކުރާ ކަންބަޅިންގެ ތެރެއަށް އިތުރު ތިން ކަންބަޅި އިތުރުވެއްޖެ
20251 އަހަރު ކުރިން
ރިޕޯޓު

ގުރުބާން ކުރާ ކަންބަޅިންގެ ތެރެއަށް އިތުރު ތިން ކަންބަޅި އިތުރުވެއްޖެ

ވެރިކަމަށް ގެނައުމަށް މަސައްކަތް ކުރި މީހުންގެ މޫނުގައި މުއިއްޒާއި ވެރިކަން ކުރާ ޕާޓީން މި ޖެހީ ހެޔޮވަރު ވަރެއްގެ ތަފާލެއް
20242 އަހަރު ކުރިން
ރިޕޯޓު

ވެރިކަމަށް ގެނައުމަށް މަސައްކަތް ކުރި މީހުންގެ މޫނުގައި މުއިއްޒާއި ވެރިކަން ކުރާ ޕާޓީން މި ޖެހީ ހެޔޮވަރު ވަރެއްގެ ތަފާލެއް

ހިސާންއަށް ހެދިގޮތް: އިންސާނިއްޔަތުކަމެއްވެސް ނެތީތަ؟
20233 އަހަރު ކުރިން
ރިޕޯޓު

ހިސާންއަށް ހެދިގޮތް: އިންސާނިއްޔަތުކަމެއްވެސް ނެތީތަ؟

މަރުހޫމް ވަހީދަށް ހުތުރު ބަހުން މުޚާތަބް ކުރާނެ މީހަކަށް ގޮނޑި ނުދެވޭނެ - ރާޝިދު
20224 އަހަރު ކުރިން
ރާއްޖެ

މަރުހޫމް ވަހީދަށް ހުތުރު ބަހުން މުޚާތަބް ކުރާނެ މީހަކަށް ގޮނޑި ނުދެވޭނެ - ރާޝިދު

ފިނޮޅަކަށް ގެއްލުން ދިން މައްސަލައެއް ފުލުހުން ބަލަނީ، އީ.ޕީ.އޭ.އިން ބުނަނީ ފިޔަވަޅުއަޅަން ފަސް ނުޖެހޭނެކަމަށް
20215 އަހަރު ކުރިން
ރާއްޖެ

ފިނޮޅަކަށް ގެއްލުން ދިން މައްސަލައެއް ފުލުހުން ބަލަނީ، އީ.ޕީ.އޭ.އިން ބުނަނީ ފިޔަވަޅުއަޅަން ފަސް ނުޖެހޭނެކަމަށް

\'\'އަހަރެންގެ މަރުގެ ޒިންމާ ނަގަންޖެހޭނީ އައިމަން\'\'
20197 އަހަރު ކުރިން
ތަފާތު ޚަބަރު

\'\'އަހަރެންގެ މަރުގެ ޒިންމާ ނަގަންޖެހޭނީ އައިމަން\'\'

އިސްލާމް ދީން ބިނާވެގެން ވަނީ ފަސް ރުކުނެއްގެ މައްޗަށް
20188 އަހަރު ކުރިން
އިސްލާމް

އިސްލާމް ދީން ބިނާވެގެން ވަނީ ފަސް ރުކުނެއްގެ މައްޗަށް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު