Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެ
މާލެ ސިޓީގެ މަސައްކަތްތައް

ވެރިކަން ބަދަލުވާ މަރުހަލާއަށް ވަގުތު ދެއްވުމަށް މޭޔަރުގެ މަސްއޫލިއްޔަތުތައް ޑެޕިއުޓީ މޭޔަރާއި ހަވާލުކުރައްވައިފި

މާލޭގެ މޭޔަރުގެ މަގާމާ މުއިއްޒު ހަވާލުވެވަޑައިގެންނެވީ 17 މެއި 2021 ގައި

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް, ރާއްޖެ އެމްވީ | 4 އޮކްޓޯބަރު 2023 | ބުދަ 07:15
މާލެ ސިޓީގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު އަދި ޑެޕިއުޓީ މޭޔަރު އަހުމަދު ނަރީޝް

މާލެ ސިޓީގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު އަދި ޑެޕިއުޓީ މޭޔަރު އަހުމަދު ނަރީޝް

ވެރިކަން ބަދަލުވާ މަރުހަލާއަށް ވަގުތު ދެއްވުމަށް އިންތިހާބީ ރައީސް އަދި މާލެ ސިޓީގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒުގެ މަސްއޫލިއްޔަތުތައް ޑެޕިއުޓީ މޭޔަރު އަހުމަދު ނަރީޝާއި ހަވާލުކުރައްވައިފިއެވެ.

މިކަން ހާމަކުރައްވާފައިވަނީ ބުދަ ދުވަހު ބޭއްވި މާލޭ ސިޓީ ކައުންސިލްގެ 4 ވަނަ ދައުރުގެ 119 ވަނަ ރަސްމީ އާއްމު ޖަލްސާގައެވެ. މި ޖަލްސާގައި ވާހަކަފުޅުދައްކަވަމުން މުއިއްޒު ވިދާޅުވީ ވޭތުވެދިޔަ ދުވަސްތަކުގައި ކައުންސިލަށް ހޮވި މިއަދާހަމައަށް ދެއްވި އެއްބާރުލެއްވުމަށް، އަދި ބުރަ މަސައްކަތަށް ޝުކުރު ދަންނަވާ ކަމަށެވެ. މުއިއްޒު ވިދާޅުވީ މާލޭގެ ކަންތައްތައް ރައްޔިތުން އެދޭގޮތަށް ކުރިއަށް ގެންދިއުމަށް ކައުންސިލުން ފުރިހަމަ އެއްބާރުލުން ދެއްވި ކަމަށެވެ.

Advertisement - newsAdvertisement

މުއިއްޒު ވިދާޅުވީ 17 ނޮވެމްބަރާއި ހަމައަށް ގާނޫނީ ގޮތުން މޭޔަރުކަމުގެ މަގާމުގައި ހުންނަވާނެ ކަމަށާއި، އެހެންނަމަވެސް ގާނޫނީ ބޭފުޅުންނާއި، ލޯކަލް ގަވަރމަންޓް އޮތޯރިޓީ މެދުވެރިކޮށް ބެއްލެވި އިރުގައި، ޒިންމާތައް ޑެޕިއުޓީ މޭޔަރާއި ހަވާލުކުރެއްވޭނެ ކަމަށެވެ. އަދި އެއީ އެންމެ އިންސާފުވެރި ގޮތް ކަމަށާއި، ވެރިކަން ބަދަލުވުމުގެ މަރުހަލާގެ މަސައްކަތަށް ވަގުތު ދެއްވަން ބޭނުންފުޅުވާ ކަމަށެވެ.

އެގޮތަށް ހައްދަވަނީ 17 ނޮވެމްބަރުގައި ރައީސްކަމުގެ މަސައްކަތް ފައްޓަވާއިރު ފުރިހަމައަށް ތައްޔާރުނުވެވިދާނެ ކަމުންނާއި، ބޭނުންފުޅުވަނީ ވެރިކަން ބަދަލުވުމުގެ މަރުހަލާއަށް އެއްކޮށް ވަގުތު ދެއްވުމަށް ކަމަށެވެ.

މުއިއްޒު ވިދާޅުވީ ޓްރާންސިޝަން ހިނގާގޮތާއި، ކޮމިޓީތައް ހިނގާގޮތް އަދި ޑިރެކްޓަރ ޖެނެރަލް ކުރައްވާ މަސައްކަތަށް އެހީތެރިކަންދެއްވާ، މުޅި މަސައްކަތް ހުރިހާ ތަނަކުން ހޯދާ މައުލޫމާތު އެއްކޮށް އެނަލައިޒްކޮށް ޕްލޭން ހައްދަވަން ބޭނުންފުޅުވާ ކަމަށެވެ. އަދި މެނިފެސްޓޯ އޮތް ނަމަވެސް މެނިފެސްޓޯގެ ޑީޓެއިލް ލެވެލްގެ ޕްލޭނެއް ހަދައިގެން ކުރިއަށް ގެންދިއުމަށް ގަސްދުކުރައްވާތީ އެކަމަށް ފުލް ޓައިމްދެއްވަން ބޭނުންފުޅުވާ ކަމަށެވެ.

މުއިއްޒު ވިދާޅުވީ ޓްރާންސިޝަންގެ މަސައްކަތުގައި ފުލްޓައިމްކޮށް މަސައްކަތް ކުރެވޭ ގޮތަށް، ކައުންސިލްގެ މަސައްކަތް ކައުންސިލްގެ 4 ވަނަ ދައުރުގެ 119 ވަނަ ރަސްމީ އާއްމު ޖަލްސާއަށްފަހު ޑެޕިއުޓީ މޭޔަރަށް ހަވާލުކުރައްވެމަށް ގަސްދުކުރައްވާ ކަމަށެވެ.

މާލޭގެ މޭޔަރުގެ މަގާމާ މުއިއްޒު ހަވާލުވެވަޑައިގެންނެވީ 17 މެއި 2021 ގައެވެ.

17 ނޮވެމްބަރުގައި މޭޔަރު މުއިއްޒު ރައީސުލްޖުމްހޫރިއްޔާ ކަމުގެ މަގާމާއި ހަވާލުވެވަޑައިގެން ހުވާކުރައްވާ ހިސާބުން މޭޔަރުކަމުގެ މަގާމު ހުސްވެ، އެ މަގާމުގެ ބައި އިލެކްޝަން ބާއްވަން ޖެހޭނެއެވެ. ލާމަރުކަޒީ ގާނޫނުގައިވާ ގޮތުގައި، މޭޔަރުގެ މަގާމު ހުސްވުމުން އެލްޖީއޭ އިން އެކަން އިލެކްޝަންސް ކޮމިޝަނަށް އަންގާތާ 60 ދުވަހުގެ ތެރޭގައި އައު މޭޔަރަކު ހޮވުމަށް ބައި-އިލެކްޝަނެއް ބާއްވަން ޖެހޭނެއެވެ.

މާލޭ ސިޓީ ކައުންސިލްޑރ. މުހައްމަދު މުއިއްޒުމާލެ ސިޓީގެ ޑެޕިއުޓީ މޭޔަރ އަހުމަދު ނަރީޝް

ކޮމެންޓް

އިތުރަށް ކިޔާލަން

މިސަރުކާރުގެ ދޮގާއި މަކަރުގެ ސްކޭމް ގައި ތިން ވަނަ ފަހަރަށް ރައްޔިތުން ޖެއްސުމަށް ދަނީ މަސައްކަތް ކުރަމުން: މެންބަރު އަހުމަދު ދީދީ

މިސަރުކާރުގެ ދޮގާއި މަކަރުގެ ސްކޭމް ގައި ތިން ވަނަ ފަހަރަށް ރައްޔިތުން ޖެއްސުމަށް ދަނީ މަސައްކަތް ކުރަމުން: މެންބަރު އަހުމަދު ދީދީ

11 ޑިސެމްބަރު 2025
ވައުދުތައް ނުފުއްދާތީ މަސްވެރިން އިހުތިޖާޖަށް، ރައީސް ވިދާޅުވަނީ އެންމެ ބޮޑު އަމާޒަކީ މަސްވެރި އާއިލާތަކަށް ލިބޭ އާމުދަނީ އިތުރު ކުރުން ކަމަށް!

ވައުދުތައް ނުފުއްދާތީ މަސްވެރިން އިހުތިޖާޖަށް، ރައީސް ވިދާޅުވަނީ އެންމެ ބޮޑު އަމާޒަކީ މަސްވެރި އާއިލާތަކަށް ލިބޭ އާމުދަނީ އިތުރު ކުރުން ކަމަށް!

10 ޑިސެމްބަރު 2025
މިސަރުކާރު ގައި ރައްޔިތުންނަށް އަބަދުވެސް ލިބެނީ ''އައު މުހުލަތު''، އެ ނޫން އެއްޗެއް ނުލިބޭނެ: މެންބަރު މީކާއީލް

މިސަރުކާރު ގައި ރައްޔިތުންނަށް އަބަދުވެސް ލިބެނީ ''އައު މުހުލަތު''، އެ ނޫން އެއްޗެއް ނުލިބޭނެ: މެންބަރު މީކާއީލް

10 ޑިސެމްބަރު 2025
ދައުލަތުގެ ބަޖެޓުގެ 96 އިންސައްތަ އަށް ވާގޮތެއް ރައްޔިތުންނަކަށް ނޭނގެ: މޭޔަރު އާޒިމް

ދައުލަތުގެ ބަޖެޓުގެ 96 އިންސައްތަ އަށް ވާގޮތެއް ރައްޔިތުންނަކަށް ނޭނގެ: މޭޔަރު އާޒިމް

09 ޑިސެމްބަރު 2025
ގިނަ އަދަދެއްގެ ދަރިވަރުންނާ އެކު މާލެ ސިޓީ ކައުންސިލް ގެ ޤުރުއާން އަދި މަދަހަ މުބާރާތް ފަށައިފި

ގިނަ އަދަދެއްގެ ދަރިވަރުންނާ އެކު މާލެ ސިޓީ ކައުންސިލް ގެ ޤުރުއާން އަދި މަދަހަ މުބާރާތް ފަށައިފި

07 ޑިސެމްބަރު 2025

އަހަރުތަކުން މިއަދު

17 ޖޫން
އިރާނާ ދެކޮޅަށް އިސްރާއީލަށް އަސްކަރީ އެހީތެރިކަން ނުދިނުމަށް އެމެރިކާ އަށް ރަޝިޔާ އިން އިންޒާރު ދީފި
20251 އަހަރު ކުރިން
ދުނިޔެ

އިރާނާ ދެކޮޅަށް އިސްރާއީލަށް އަސްކަރީ އެހީތެރިކަން ނުދިނުމަށް އެމެރިކާ އަށް ރަޝިޔާ އިން އިންޒާރު ދީފި

އަގު ބޮޑު ވެލާ ރިސޯޓުގައި ރައީސްގެ ދެކަނބަލުން ޗުއްޓީ ހޭދަ ކުރެއްވުމާ ބެހޭ ގޮތުން ސަރުކާރުގެ އަދި ރިސޯޓުގެ ބަހެއްވެސް ނެތް
20242 އަހަރު ކުރިން
ރާއްޖެ

އަގު ބޮޑު ވެލާ ރިސޯޓުގައި ރައީސްގެ ދެކަނބަލުން ޗުއްޓީ ހޭދަ ކުރެއްވުމާ ބެހޭ ގޮތުން ސަރުކާރުގެ އަދި ރިސޯޓުގެ ބަހެއްވެސް ނެތް

ނޮވެމްބަރު ތިނެއްގެ އުދުވާނީ ހަމަލާގެ މޭސްތިރިޔާ ލުތުފީއަށް އިއްވި ހުކުމް ތަންފީޒުކޮށް ނިމިއްޖެ
20233 އަހަރު ކުރިން
ރާއްޖެ

ނޮވެމްބަރު ތިނެއްގެ އުދުވާނީ ހަމަލާގެ މޭސްތިރިޔާ ލުތުފީއަށް އިއްވި ހުކުމް ތަންފީޒުކޮށް ނިމިއްޖެ

 މަޝްހޫރު ލަވަކިއުންތެރިޔާ ބިއޮންސޭ އައު އަލްބަމެއް ނެރެނީ
20224 އަހަރު ކުރިން
ތަފާތު ޚަބަރު

މަޝްހޫރު ލަވަކިއުންތެރިޔާ ބިއޮންސޭ އައު އަލްބަމެއް ނެރެނީ

 ނަފްރަތުގެ އަމަލުތަކުގެ ބިލު ދީނާ ޚިލާފެއްނޫން
20215 އަހަރު ކުރިން
ރިޕޯޓު

ނަފްރަތުގެ އަމަލުތަކުގެ ބިލު ދީނާ ޚިލާފެއްނޫން

ރައީސް ޔާމީން ދެކެ ލޯބިވާ މިންވަރު ބެލުމުގެ ބައްދަލުވުމުގައި ފަނޑިޔާރު އަބްދުﷲ ދީދީ!
20197 އަހަރު ކުރިން
ރިޕޯޓު

ރައީސް ޔާމީން ދެކެ ލޯބިވާ މިންވަރު ބެލުމުގެ ބައްދަލުވުމުގައި ފަނޑިޔާރު އަބްދުﷲ ދީދީ!

ޔާމީނުގެ މައްޗަށް މައުމޫން މުޖައްރިބު ނަތީޖާއެއް ނެރޭނެ
20188 އަހަރު ކުރިން
ރިޕޯޓު

ޔާމީނުގެ މައްޗަށް މައުމޫން މުޖައްރިބު ނަތީޖާއެއް ނެރޭނެ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު