Raajje.mv
Raajje.mv
  • ރާއްޖެ
  • ކުޅިވަރު
  • ދުނިޔެ
  • ވިޔަފާރި - އިގްތިސާދު
  • ރިޕޯޓު
  • ފޮޓޯ
  • ވާހަކަ
  • ސިއްހަތު
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ރިޕޯޓު
ވ އާރަށު ހިޔާނާތުގެ މައްސަލަ

ނަރީޝްގެ ދެކަފިވެފައިވާ ހަނދާން

ދައުލަތުގެ ފަރާތުން ކުރި ގިނަ ސުވާލުތަކުގެ ޖަވާބު ނަރީޝް ހަނދާނެއް ނެތް

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު, ރާއްޖެ އެމްވީ | 8 ސެޕްޓެމްބަރު 2022 | ބުރާސްފަތި 09:00
ޕީޕީއެމްގެ ކައުންސިލް މެމްބަރު އަދި މިހާރުގެ މާލެ ސިޓީ ކައުންސިލްގެ ޑެޕިއުޓީ މޭޔަރު އަހުމަދު ނަރީޝް ވަނީ ހެކިބަސް ދެއްވާފައި

ޕީޕީއެމްގެ ކައުންސިލް މެމްބަރު އަދި މިހާރުގެ މާލެ ސިޓީ ކައުންސިލްގެ ޑެޕިއުޓީ މޭޔަރު އަހުމަދު ނަރީޝް ވަނީ ހެކިބަސް ދެއްވާފައި

ޕީޕީއެމްގެ ކައުންސިލް މެމްބަރު އަހުމަދު ނަރީޝް މިވަނީ ވ. އާރަށު ހިޔާނާތުގެ މައްސަލައިގައި ރައީސް އަބްދުﷲ ޔާމީނުގެ ދިފާއީ ހެއްކެއްގެ ގޮތުގައި ކްރިމިނަލް ކޯޓަށް ވަޑައިގެން ހެކިބަސް ދެއްވާފައެވެ. ގާތްގަނޑަކަށް 45 މިނެޓަށް ދިގުދެމިގެން ދިޔަ މި ހެކިބަސް ވެގެން ދިޔައީ ކޮންމެއަކަސް ނިކަން ޝައުޤުވެރި ހެކިބަހަކަށެވެ.

ފުރަތަަމަ ކުރިއަށްދިޔައީ ރައީސް ޔާމީނުގެ ވަކީލުން ހެކިވެރިޔާއާ ސުވާލު ކުރުމެވެ. އެގޮތުން ރައީސް ޔާމީނު ގުޅުއްވިކަމާއި، ރައީސް ޔާމީނު ވިދާޅުވީ ކީކޭކަން ނަރީޝް ކިޔާދެއްވިއެވެ.

ނަރީޝް ވިދާޅުވި ގޮތުގައި ބޮޑު ކަމެއް ކޮށްދެއްވަން އެބަޖެހޭ ކަމަށް ވިދާޅުވެ ރައީސް ޔާމީނު ވަނީ ޔޫސުފް ނައީމް އަތުން ޑޮލަރުތަކެއް ބައްލަވައިގެންފައިވާ ކަމަށާއި، އެއަށްވާ ދިވެހި ފައިސާ ޔޫސުފް ނައީމާއި ޙަވާލުކުރަން އެބަޖެހޭ ކަމަށް ވިދާޅުވެފައެވެ. އެއީ 1 މިލިއަން ޑޮލަރަށްވާ ދިވެހި ފައިސާއެވެ. 15 މިލިއަން ރުފިޔާއެވެ.

އެއީ 500 ގެ ބޮނޑިތަކެއްކަމަށް ނަރީޝް ހަނދާނުގައި ހުއްޓެވެ.

ގ. ދޫވެހިން އެ ފައިސާ ގެންދިއުމުގެ ކުރިން ރައީސް ޔާމީނުގެ ހާޒިރުގައި އެ ފައިސާ ގުނުއްވިކަމާއި، އެ ފައިސާހުރީ 2 ދަބަހެއްގައި ކަމަށްވެސް ނަރީޝް ވިދާޅުވިއެވެ. އެއްވެސް މަޑުޖެހުމެއް، ޝައްކެއް ނެތި ނަރީޝް ގެންދެވީ އެ ސުވާލުތަކަށް ޖަވާބުދެއްވަމުންނެވެ.

ފައިސާ ހިފައިގެން ވަޑައިގެން ކާރަށް އެރުއްވިކަމަށާއި، ފައިސާ ބެހެއްޓެވީ ކާރުގެ ކޮން ތަނެއްގައި ކޮން ފަޅިއެއްގައިކަންވެސް ނަރީޝް ވަގުތުން ކިޔާދެއްވިއެވެ. އެއަށްފަހު އެ ފައިސާ ޙަވާލުކުރެއްވީ ޔޫސުފް ނައީމްގެ ގެއަށް ވަޑައިގެން ކަމަށާއި، ފައިސާ ޙަވާލު ކުރެއްވުމަށްފަހު އޭނާގެ ކުރިމަތީގައި އެ ފައިސާ ޔޫސުފް ނައީމް ގުނި ކަމަށް ނަރީޝް ވިދާޅުވިއެވެ.

ދެން ކުރިއަށްދިޔައީ ދައުލަތުން ހެކިވެރިޔާއާ ސުވާލު ކުރުމެވެ. ނަމަވެސް ދައުލަތުން ކުރި ސުވާލުތަކުގެ ގޮތުންކަމަށްވެސް ވެދާނެއެވެ. ނަރީޝްއަށް ޖަވާބުދެއްވުނީ ނިކަން ކޮށިކޮށެވެ. ދައުލަތުން ކުރި ސުވާލުތަކާއި ގުޅޭ ގިނަ ކަންކަން ނަރީޝްގެ ހަނދާނުގައިވެސް ނެތެވެ. އެގޮތުން ބައެއް ކަންކަމަށް ބަލާލާނަމެވެ.

ނަރީޝް ވިދާޅުވީ، އޭނާ އޭރު ގެންގުޅުއްވި ފޯނު ނަންބަރު ހަނދާނުގައި ނެތް ކަމަށެވެ. އެހެންވެދާނެއެވެ. ފަހަރުގައި ނަރީޝްއަކީ އެހާވެސް ގިނައިން ނަންބަރު ބަދަލު ކުރައްވާ ފަރާތެއް ކަންނޭނގެއެވެ. އެހެންވާނަމަ، އެކަން ހަނދާނުގައި ނެތީކަމަށްވެސް ވެދާނެއެވެ.

ފައިސާ ޙަވާލުކުރައްވަން ވަޑައިގެންނެވީ ރައްޓެއްސެއްގެ ކާރުގައި ކަމަށާއި، އެއީ ކޮން ބްރޭންޑެއްގެ ކާރެއްކަން ހަނދާނުގައި ނެތްކަމަށް ނަރީޝް ވިދާޅުވިއެވެ. ކާރަށް އެރުއްވުމަށް ވަޑައިގެން ގޮތާއި، ކާރަށް އެރުއްވުމަށްފަހު އަމަލުކުރެއްވި ގޮތާއި، ފައިސާ ބެހެއްޓެވީ ކާރުގެ ކޮން ދިމާލެއްގައި ކޮން ފަޅިއެއްގައިކަން ހަނދާނުގައި ހުރިނަމަވެސް އެއީ ކޮން ބްރޭންޑެއްގެ ކާރެއްކަން ހަމަ ހަނދާން ނެތިދާނެއެވެ.

ނަރީޝް ވިދާޅުވީ، ޔާމީނުގެ ގެކޮޅަށް ވަޑައިގެންނެވިއިރު ފައިސާ ހުރީ ސިޓިންގ ރޫމްގެ ބިންމަތީގައި ކަމަށެވެ. އޭރު އެތަނުގައި ތިބީ އަބްދުﷲ ކިޔާ މީހަކާއި، ރައީސް ޔާމީނުކަމަށް ނަރީޝް ވިދާޅުވިއެވެ.

ނަރީޝް ވިދާޅުވީ، 1 މިލިއަން ޑޮލަރަށްވާ ފައިސާ ގުނުއްވީ އަތުން ކަމަށާއި، ނަމަވެސް އެކަމަށް ހޭދަވި ސީދާ ވަގުތެއް ހަނދާނުގައި ނެތް ކަމަށެވެ. ދައުލަތުން އެ ސުވާލު ކުރި ސަބަބަށް ބަލާއިރު، އެ ސުވާލަކީ ހަމައެކަނި ދައުލަތުން ކޮށްލަން ބޭނުންވި ސުވާލެއް ނޫންކަން މީސްމީޑިއާއަށް ބަލާލުމުންވެސް އެނގެއެވެ.

15 މިލިއަން ރުފިޔާ އަތުން ގުނުއްވިކަމަށް ނަރީޝް ވިދާޅުވުމުން މީހުން ހައިރާން ނުވާންވީ ސަބަބެއްވެސް ނެތެވެ. ބޭންކުގެ މެޝިނަކުންވެސް ހުއްޓުމެއްނެތި އެ އަދަދަށް ފައިސާ ގުނަން މަދުވެގެން 2 ގަޑިއިރު ހޭދަވާނެކަމަށް ބޭންކުގައި އެ މަސައްކަތުގައި އުޅޭ ކުދިން ބުނެއެވެ. ވީއިރު ފައިސާ ގުނަން ހޭދަވީ ކިހާ އިރެއްތޯ ދައުލަތުން އެހުމުން ހައިރާނެއް ނުވެއެވެ.

ނަރީޝްއަށް އެ ސުވާލުގެ ޖަވާބު ހަނދާން ނެތްކަމަށް އޭނާ ވިދާޅުވިއެވެ. ފައިސާ ގުނަން ހޭދަވި ވަގުތު އެކަންޏެއް ނޫނެވެ.  އެ ނޫން ދުވަހެއްގައި އެއް މިލިއަން ޑޮލަރަށްވާ ފައިސާ ގުނުއްވާފައިވާނެކަން ނުވަތަ ނޫންކަންވެސް މިވަގުތު ހަނދާނުގައި ނެތްކަމަށް ނަރީޝް ވިދާޅުވިއެވެ.

ރައީސް ޔާމީނު އެދިވަޑައިގަތުމުގެ މަތިން ގ. ދޫވެއްސަށް ވަޑައިގަތީ ދުވަހުގެ ކޮން ވަގުތެއްގައިކަންވެސް ހަނދާނުގައި ނެތްކަމަށް ނަރީޝް ވިދާޅުވިއެވެ. ނަރީޝް ވިދާޅުވީ އެއީ މޫސުން ރަނގަޅު ދުވަހެއް ކަމަށެވެ. އެ ދުވަހުގެ މޫސުމާއި، ވިލާތަކުގެ ބައްޓަމާއި، ވައިރޯޅި ހުރި މިންވަރު ހަނދާންވިނަމަވެސް، އެއީ ދުވަހުގެ ހެނދުނުކަން، މެންދުރުކަން ނުވަތަ ރޭގަނޑުކަން ހަމަ ހަނދާން ނެތިދާނެއެވެ.

މައިގަނޑު ގޮތެއްގައި ފާހަގަވެގެން ދިޔަ ކަމަކީ ނަރީޝްގެ ހަނދާނުގައި މައްސަލަތައް ކުރިމަތިވީ ދައުލަތުން ކުރި ސުވާލުތަކާއި ހަމައިން ކަމެވެ. ފަހަރުގައި ދައުލަތުގެ ސުވާލުތައް އެހާވެސް އުނދަގޫވެފައި، ވިސްނާލަން ޖެހޭ މިންވަރު މާ ބޮޑީކަމަށްވެސް ވެދާނެއެވެ.

ކްރިމިނަލް ކޯޓްމާލެ ސިޓީގެ ޑެޕިއުޓީ މޭޔަރ އަހުމަދު ނަރީޝް

ކޮމެންޓް

އިތުރަށް ކިޔާލަން

މަސްވެރިންގެ ސުލްހަވެރި އިހްތިޖާޖުން ހައްޔަރު ކުރި ފަރާތްތަކުގެ ބަންދުގެ މުއްދަތު އިތުރުކުރީ ސަރުކާރުގެ ނުފޫޒުން: އެމްޑީޕީ

މަސްވެރިންގެ ސުލްހަވެރި އިހްތިޖާޖުން ހައްޔަރު ކުރި ފަރާތްތަކުގެ ބަންދުގެ މުއްދަތު އިތުރުކުރީ ސަރުކާރުގެ ނުފޫޒުން: އެމްޑީޕީ

13 ޑިސެމްބަރު 2025
މެންބަރު މައުރޫފް ގެ ބަންދަށް 5 ދުވަސް ޖަހައިފި

މެންބަރު މައުރޫފް ގެ ބަންދަށް 5 ދުވަސް ޖަހައިފި

12 ޑިސެމްބަރު 2025
މަސްވެރިކަމުގެ ވަޒީރު ޝިޔާމް އިސްތިއުފާ އަށް ގޮވާލައިފި

މަސްވެރިކަމުގެ ވަޒީރު ޝިޔާމް އިސްތިއުފާ އަށް ގޮވާލައިފި

12 ޑިސެމްބަރު 2025
ދިފާޢީ ވަކީލުންގެ ގޮތުގައި މަސައްކަތް ކުރާ ފަރާތްތަކަށް ނިސްބަތް ކޮށް އަސާސެއް ނެތް ތުހުމަތުތައް ނުކުރުމަށް ބާރ ކައުންސިލުން އިލްތިމާސްކޮށްފި

ދިފާޢީ ވަކީލުންގެ ގޮތުގައި މަސައްކަތް ކުރާ ފަރާތްތަކަށް ނިސްބަތް ކޮށް އަސާސެއް ނެތް ތުހުމަތުތައް ނުކުރުމަށް ބާރ ކައުންސިލުން އިލްތިމާސްކޮށްފި

12 ޑިސެމްބަރު 2025
ދިގަލި އާއި އާއްޓެ، ސިނގިރެޓް ވަގަށް ނެގުމުގައި އަމަލީ ގޮތުން ބައިވެރިވެފައި ނުވާ ކަމަށް ބުނެ ޝަރުތުކޮށްފައި ބަންދުން ދޫކޮށްލައިފި

ދިގަލި އާއި އާއްޓެ، ސިނގިރެޓް ވަގަށް ނެގުމުގައި އަމަލީ ގޮތުން ބައިވެރިވެފައި ނުވާ ކަމަށް ބުނެ ޝަރުތުކޮށްފައި ބަންދުން ދޫކޮށްލައިފި

11 ޑިސެމްބަރު 2025

އަހަރުތަކުން މިއަދު

10 ޖެނުއަރީ
ދަ ޑިމޮކްރެޓްސްގެ އިސް ބައެއް މީހުން އެމްޑީޕީ އަށް، މި ހަފްތާގައި އިތުރު ބަޔަކު ސޮއިކުރަނީ
20251 އަހަރު ކުރިން
ރާއްޖެ

ދަ ޑިމޮކްރެޓްސްގެ އިސް ބައެއް މީހުން އެމްޑީޕީ އަށް، މި ހަފްތާގައި އިތުރު ބަޔަކު ސޮއިކުރަނީ

ރައީސްގެ ވައުދާއެއްގޮތަށް ފުލެޓް ހަވާލު ނުކުރެވޭނެ ކަމަށް ހައުސިންގ މިނިސްޓްރީން ބުނެފި
20242 އަހަރު ކުރިން
ރާއްޖެ

ރައީސްގެ ވައުދާއެއްގޮތަށް ފުލެޓް ހަވާލު ނުކުރެވޭނެ ކަމަށް ހައުސިންގ މިނިސްޓްރީން ބުނެފި

ހެރީގެ ކަންތައް މިހާރު "ހައްދުން މައްޗަށް" ހިނގައްޖެ؟
20233 އަހަރު ކުރިން
ތަފާތު ޚަބަރު

ހެރީގެ ކަންތައް މިހާރު "ހައްދުން މައްޗަށް" ހިނގައްޖެ؟

ދެން ސައިކަލް ލައިސަންސަށް އެދި ހުށަހެޅޭނީ 40 ގަޑިއިރު ދުއްވުމަށްފަހު
20224 އަހަރު ކުރިން
ރާއްޖެ

ދެން ސައިކަލް ލައިސަންސަށް އެދި ހުށަހެޅޭނީ 40 ގަޑިއިރު ދުއްވުމަށްފަހު

މިމަހުގެ ފަހުކޮޅު ރާއްޖެއަށް ވެކްސިން ލިބޭނެ!
20215 އަހަރު ކުރިން
ރާއްޖެ

މިމަހުގެ ފަހުކޮޅު ރާއްޖެއަށް ވެކްސިން ލިބޭނެ!

ލަކީ ހިޔާ ކޮންޑަމީނިއަމްގެ ފްލެޓްތައް ވިއްކަން ފަށަނީ
20197 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ލަކީ ހިޔާ ކޮންޑަމީނިއަމްގެ ފްލެޓްތައް ވިއްކަން ފަށަނީ

މެޑަމް ފާތުން ކުރައްވާ ދަތުރުތައް: ސެލްފީ ނަގަން 10 މީހުން، ބައްދާލަން 5 މީހުން، އުޖޫރަ 500ރ!
20188 އަހަރު ކުރިން
ރާއްޖެ

މެޑަމް ފާތުން ކުރައްވާ ދަތުރުތައް: ސެލްފީ ނަގަން 10 މީހުން، ބައްދާލަން 5 މީހުން، އުޖޫރަ 500ރ!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު