Raajje.mv
Raajje.mv
  • ރާއްޖެ
  • ކުޅިވަރު
  • ދުނިޔެ
  • ވިޔަފާރި - އިގްތިސާދު
  • ރިޕޯޓު
  • ފޮޓޯ
  • ވާހަކަ
  • ސިއްހަތު
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ނަރީޝް ދޮގު ހެކި ދިނުން

ޔާމީން ދިފާއުކުރަން ނަރީޝް ދޮގު ހެކި ދިން މައްސަލައިގެ ތަހުގީގު އަދިވެސް ނުނިމޭ: ފުލުހުން

ނަރީޝް ހެކިބަސް ދީފައިވަނީ ނުހިނގާ ކަމެއް ހިނގިކަމަށް ބުނެ، ވަކި ގޮތަކަށް ހެކިބަސް ދިނުމަށް ތައްޔާރުވެގެން

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު, ރާއްޖެ އެމްވީ | 3 ޑިސެމްބަރު 2023 | އާދީއްތަ 07:46
މާލެ ސިޓީ ކައުންސިލްގެ ޑެޕިއުޓީ މޭޔަރު އަދި  ޕީޕީއެމްގެ ކައުންސިލް މެންބަރު އަހުމަދު ނަރީޝް ވަނީ މި މައްސަލައިގައި ހެކިބަސް ދީފައި

މާލެ ސިޓީ ކައުންސިލްގެ ޑެޕިއުޓީ މޭޔަރު އަދި ޕީޕީއެމްގެ ކައުންސިލް މެންބަރު އަހުމަދު ނަރީޝް ވަނީ މި މައްސަލައިގައި ހެކިބަސް ދީފައި

ޕީޕީއެމްގެ ކައުންސިލް މެންބަރު އަހުމަދު ނަރީޝް ވ. އާރަށު ހިޔާނާތުގެ މައްސަލައިގައި ރައީސް އަބްދުﷲ ޔާމީނުގެ ދިފާއީ ހެއްކެއްގެ ގޮތުގައި ކްރިމިނަލް ކޯޓަށް ގޮސް ދީފައިވަނީ ދޮގު ހެކިބަހެއްކަން ހާމަވެފައިވާއިރު، އެ މައްސަލައިގެ ތަހުގީގު އަދިވެސް ކުރިއަށްދާކަމަށް ފުލުހުން ބުނެފިއެވެ.

މި މައްސަލައާ ގުޅިގެން އޭނާ ފުލުހަށްވެސް ހާޒިރުކޮށްފައިވެއެވެ. އެއީ މިއަހަރުގެ ޖެނުއަރީ މަހުގެ ކުރީކޮޅުއެވެ.

Advertisement - newsAdvertisement

ރާއްޖެއެމްވީން އާދީއްތަ ދުވަހު ސުވާލުކުރުމުން ފުލުހުން ބުނީ، މި މައްސަލައިގެ ތަހުގީގު އަދިވެސް ކުރިއަށްދާކަމަށެވެ.

ފުލުހުން ބުނީ، މިހާރު ކުރިއަށްދަނީ ބައެއް ލިއެކިއުންތައް ހޯދުމުގެ މަސައްކަތް ކަމަށެވެ. އެކަމުގެ އިތުރު ތަފްސީލެއް ފުލުހުން ހާމަކޮށްފައެއް ނުވެއެވެ.

ދޮގު ހެކި ދިނުމަކީ ކުށެއްކަމަށް ޤާނޫނުލްއުޤޫބާތުގެ 520 ވަނަ މާއްދާގައި ބަޔާންކޮށްފައިވާއިރު، ޙުކުމް ދިރާސާ ކުރުމަށްފަހު، ޖިނާއީ ކުށެއް އެކުލެވޭ ކަމެއް ހިނގާފައިވާނަމަ، އެކަމާ ގުޅިގެން ދެން އަޅަންޖެހޭ ފިޔަވަޅުތައް ފުލުހުން އަޅާނެކަމަށް ފުލުހުން މީގެ ކުރިން ބުނެފައިވެއެވެ.

މައްސަލައިގެ ފަސްފަހަތް:

ކްރިމިނަލް ކޯޓުގައި ގާތްގަނޑަކަށް 45 މިނެޓަށް ދިގުދެމިގެން ދިޔަ މި ހެކިބަހާއި ގުޅޭގޮތުން މި މައްސަލައިގެ ޙުކުމުގައި ފާހަގަކޮށްފައިވާ ގޮތުގައި، ކާރުގައި އަހުމަދު ނަރީޝް އިށީނދެގެން އިން ތަނާއި އަބްދުﷲ ރަޝީދު އިން ތަނާއި ފައިސާ ދަބަސްތައް ބަހައްޓާފައި ހުރީ ކާރުގެ ކޮންތަނެއްގައި ކަން ފަދަ އެތައް ކަމެއް ނަރީޝަށް އެއްވެސް އުނދަގުލެއް ނެތި ވަނީ ބުނެދެވިފައެވެ.

އެހައި ކުދިކުދި ތަފްސީލުތަކާ ގުޅިގެން ސުވާލު ކުރުމުން ވަގުތުން ޖަވާބު ދީފައިވާކަން އެނގެން އޮންނައިރު، މި މުއާމަލާތް ހިނގީ ދުވަހުގެ ކޮން ވަގުތެއްގައިކަން ބުނެދޭން އަހުމަދު ނަރީޝަށް ނޭނގުމަކީ ސަބަބުވެރި އިންސާނެއްގެ ވިސްނުމުން ވިސްނާއިރު އަޖައިބު ކުރުވަނިވި، ހައިރާން ކުރުވާ ވަރުގެ ކަމެއްކަން ޙުކުމުގައި ފާހަގަކޮށްފައިވެއެވެ.

ޔާމީނުގެ ވަކީލުން ކުރެއްވި ހުރިހާ ސުވާލަކަށް ނަރީޝް މަޑުޖެހުމެއްނެތި ޖަވާބު ދީފައިވާއިރު، ގ. ދޫވެހިން އެ ފައިސާ ގެންދިއުމުގެ ކުރިން ރައީސް ޔާމީނުގެ ހާޒިރުގައި އެ ފައިސާ ގުނިކަމާއި، އެ ފައިސާހުރީ 2 ދަބަހެއްގައި ކަމަށްވެސް ނަރީޝް ބުނެފައިވެއެވެ.

އެހެންނަމަވެސް، އެއަށްފަހު ދައުލަތުން ކުރި ސުވާލުތަކާއި ގުޅޭ ގިނަ ކަންކަން ނަރީޝްގެ ހަނދާނުގައިވެސް ނެތެވެ.

ބައެއް ކަންކަމަށް ބަލާއިރު، އޭނާ އޭރު ގެންގުޅުނު ފޯނު ނަންބަރު ހަނދާނުގައި ނެތް ކަމަށާއި، ފައިސާ ޙަވާލުކުރަން ދިޔައީ ކޮން ބްރޭންޑެއްގެ ކާރެއްކަން ހަނދާނުގައި ނެތްކަމަށާއި، 1 މިލިއަން ޑޮލަރަށްވާ ފައިސާ ގުނީ އަތުން ކަމަށާއި، ނަމަވެސް އެކަމަށް ހޭދަވި ސީދާ ވަގުތެއް ހަނދާނުގައި ނެތްކަމަށްވެސް ދައުލަތުގެ ސުވާލުތަކުގެ ޖަވާބުގައި ނަރީޝް ބުނެފައިވެއެވެ.

އެ ނޫން ދުވަހެއްގައި އެއް މިލިއަން ޑޮލަރަށްވާ ފައިސާ ގުނާފައިވާނެކަން ނުވަތަ ނޫންކަންވެސް މިވަގުތު ހަނދާނުގައި ނެތްކަމަށް ނަރީޝް ބުނެފައިވެއެވެ.

ރައީސް ޔާމީނު އެދިވަޑައިގަތުމުގެ މަތިން ގ. ދޫވެއްސަށް ދިޔައީ ދުވަހުގެ ކޮން ވަގުތެއްގައިކަންވެސް ހަނދާނުގައި ނެތްކަމަށް ނަރީޝް ބުނެފައިވެއެވެ.

ޙުކުމުގައި ބަޔާންކޮށްފައިވާ ގޮތުގައި ޔާމީނުގެ ފަރާތުން ހުށަހަޅާފައިވާ ހެކިތަކަށް ބަލާއިރު، ޝައްކު އުފެދޭ އަދި ސުވާލު އުފެދޭ މިންވަރަށް ވާހަކަތައް ބައްޓަންވެފައިވެއެވެ.

ކްރިމިނަލް ކޯޓުގެ ޙުކުމުގައި ވަނީ ނަރީޝްގެ ހެކިބަހުގައި ކުދި ކުދި ތަފްސީލުތައް ހަނދާނުގައި ނެތްކަމަށް ބުނެ، ދިފާއުގެ ސުވާލުތަކުގެ ޖަވާބު ތަފްސީލުކަމާއެކު ދީފައިވާތީ، ސަބަބުވެެރި އިންސާނެއްގެ ވިސްނުމުން ބަލާއިރު އެއީ އަޖައިބު ކުރުވަނިވި، ހައިރާން ކުރުވަނިވި ކަމެއްކަމަށް ބަޔާންކޮށްފައެވެ.

ޙުކުމުގައި ބަޔާން ކޮށްފައިވާ ގޮތުގައި ނަރީޝް ހެކިބަސް ދީފައިވަނީ ނުހިނގާ ކަމެއް ހިނގިކަމަށް ބުނެ، ވަކި ގޮތަކަށް ހެކިބަސް ދިނުމަށް ތައްޔާރުވެގެންނެވެ. އޭގެ ބޭރުން ސުވާލެއް އަމާޒުވުމުން ނަރީޝްއަށް ޖަވާބު ނުދެވުނުކަން ޙުކުމުގައި ބަޔާން ކުރައްވާފައިވެއެވެ.

އޭގެ އިތުރުން، އަހުމަދު ނަރީޝްގެ ހެކިބަހުގައި 1 މިލިއަން ޑޮލަރަށްވާ 15،420،000 ދިވެހި ރުފިޔާ އަތުން ގުނިކަމަށް ބުނެ، އެ ގުނުމަށް ހޭދަވި ވަގުތު ބުނެދޭން ނޭނގުމުން، ނަރީޝްގެ ހެކިބަހަކީ އުފައްދައިގެން ދިން، ހަގީގަތެއް ނެތް ހެކިބަހެއްކަން ހާމަވާކަމަށްވެސް ޙުކުމުގައި ބުނެއެވެ.

ނަރީޝް އެ ފައިސާ ގުނީ އަތުންކަމަށް ބުނުމާއެކު، އެތައް ބަޔަކު ވަނީ ފަހުން އެކަމާ ސުވާލު އުފައްދާފައެވެ. ވުމާއެކު ފަހުން ޔާމީނުގެ ފަރާތުން އައި ހެކިވެރިއަކު ވަނީ ވަކި ވަކި ނޫޓޫތައް ގުނާފައި ނުވާނެ ކަމަށާއި، ގުނީ ފައިސާ ބޮނޑިތައް ކަމަށް ބުނެފައެވެ.

އެހެންނަމަވެސް މިއީ ނަރީޝްގެ ހެކިބަހުގައި ހުރި ބުއްދި ޤަބޫލު ނުކުރެވޭ ވާހަކަތައް ފޫބައްދައި ހަމަޖެއްސުމަށް އިތުރަށް އުފައްދައިގެން ދެއްކި ވާހަކައެއްކަން ސަބަބުވެރި އިންސާނެއްގެ ވިސްނުމުން ވިސްނާއިރު އެނގެން އޮންނަކަމަށްވެސް ޙުކުމުގައި ވަނީ ބަޔާންކޮށްފައެވެ.

މާލެ ސިޓީގެ ޑެޕިއުޓީ މޭޔަރ އަހުމަދު ނަރީޝްކްރިމިނަލް ކޯޓް

ކޮމެންޓް

އިތުރަށް ކިޔާލަން

ދިފާޢީ ވަކީލުންގެ ގޮތުގައި މަސައްކަތް ކުރާ ފަރާތްތަކަށް ނިސްބަތް ކޮށް އަސާސެއް ނެތް ތުހުމަތުތައް ނުކުރުމަށް ބާރ ކައުންސިލުން އިލްތިމާސްކޮށްފި

ދިފާޢީ ވަކީލުންގެ ގޮތުގައި މަސައްކަތް ކުރާ ފަރާތްތަކަށް ނިސްބަތް ކޮށް އަސާސެއް ނެތް ތުހުމަތުތައް ނުކުރުމަށް ބާރ ކައުންސިލުން އިލްތިމާސްކޮށްފި

12 ޑިސެމްބަރު 2025
ދިގަލި އާއި އާއްޓެ، ސިނގިރެޓް ވަގަށް ނެގުމުގައި އަމަލީ ގޮތުން ބައިވެރިވެފައި ނުވާ ކަމަށް ބުނެ ޝަރުތުކޮށްފައި ބަންދުން ދޫކޮށްލައިފި

ދިގަލި އާއި އާއްޓެ، ސިނގިރެޓް ވަގަށް ނެގުމުގައި އަމަލީ ގޮތުން ބައިވެރިވެފައި ނުވާ ކަމަށް ބުނެ ޝަރުތުކޮށްފައި ބަންދުން ދޫކޮށްލައިފި

11 ޑިސެމްބަރު 2025
ދެ ލޯބިވެރިން ގެ މާރާމާރީ ގައި އަންހެން މީހާ ހައްޔަރުކޮށް 30 ދުވަހަށް ބަންދުގެ މުއްދަތު ޖަހައިފި

ދެ ލޯބިވެރިން ގެ މާރާމާރީ ގައި އަންހެން މީހާ ހައްޔަރުކޮށް 30 ދުވަހަށް ބަންދުގެ މުއްދަތު ޖަހައިފި

10 ޑިސެމްބަރު 2025
އާގިލް މަރާލި ކަމަށް ސާބިތުވެ ހަމްދޫން މަރަން ހުކުމް ކޮށްފި

އާގިލް މަރާލި ކަމަށް ސާބިތުވެ ހަމްދޫން މަރަން ހުކުމް ކޮށްފި

08 ޑިސެމްބަރު 2025
ފީފާގެ ބަހެއް ނެތި މައްސަލަ ނުބެލޭނެކަމަށް ބުނެ ބައްސާމް ހުށަހެޅި މައްސަލަ ހައިކޯޓުން ބަލައި ނުގަތް

ފީފާގެ ބަހެއް ނެތި މައްސަލަ ނުބެލޭނެކަމަށް ބުނެ ބައްސާމް ހުށަހެޅި މައްސަލަ ހައިކޯޓުން ބަލައި ނުގަތް

07 ޑިސެމްބަރު 2025

އަހަރުތަކުން މިއަދު

10 ޖެނުއަރީ
ދަ ޑިމޮކްރެޓްސްގެ އިސް ބައެއް މީހުން އެމްޑީޕީ އަށް، މި ހަފްތާގައި އިތުރު ބަޔަކު ސޮއިކުރަނީ
20251 އަހަރު ކުރިން
ރާއްޖެ

ދަ ޑިމޮކްރެޓްސްގެ އިސް ބައެއް މީހުން އެމްޑީޕީ އަށް، މި ހަފްތާގައި އިތުރު ބަޔަކު ސޮއިކުރަނީ

ރައީސްގެ ވައުދާއެއްގޮތަށް ފުލެޓް ހަވާލު ނުކުރެވޭނެ ކަމަށް ހައުސިންގ މިނިސްޓްރީން ބުނެފި
20242 އަހަރު ކުރިން
ރާއްޖެ

ރައީސްގެ ވައުދާއެއްގޮތަށް ފުލެޓް ހަވާލު ނުކުރެވޭނެ ކަމަށް ހައުސިންގ މިނިސްޓްރީން ބުނެފި

ހެރީގެ ކަންތައް މިހާރު "ހައްދުން މައްޗަށް" ހިނގައްޖެ؟
20233 އަހަރު ކުރިން
ތަފާތު ޚަބަރު

ހެރީގެ ކަންތައް މިހާރު "ހައްދުން މައްޗަށް" ހިނގައްޖެ؟

ދެން ސައިކަލް ލައިސަންސަށް އެދި ހުށަހެޅޭނީ 40 ގަޑިއިރު ދުއްވުމަށްފަހު
20224 އަހަރު ކުރިން
ރާއްޖެ

ދެން ސައިކަލް ލައިސަންސަށް އެދި ހުށަހެޅޭނީ 40 ގަޑިއިރު ދުއްވުމަށްފަހު

މިމަހުގެ ފަހުކޮޅު ރާއްޖެއަށް ވެކްސިން ލިބޭނެ!
20215 އަހަރު ކުރިން
ރާއްޖެ

މިމަހުގެ ފަހުކޮޅު ރާއްޖެއަށް ވެކްސިން ލިބޭނެ!

ލަކީ ހިޔާ ކޮންޑަމީނިއަމްގެ ފްލެޓްތައް ވިއްކަން ފަށަނީ
20197 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ލަކީ ހިޔާ ކޮންޑަމީނިއަމްގެ ފްލެޓްތައް ވިއްކަން ފަށަނީ

މެޑަމް ފާތުން ކުރައްވާ ދަތުރުތައް: ސެލްފީ ނަގަން 10 މީހުން، ބައްދާލަން 5 މީހުން، އުޖޫރަ 500ރ!
20188 އަހަރު ކުރިން
ރާއްޖެ

މެޑަމް ފާތުން ކުރައްވާ ދަތުރުތައް: ސެލްފީ ނަގަން 10 މީހުން، ބައްދާލަން 5 މީހުން، އުޖޫރަ 500ރ!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު