Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެ
ޑިފެންސް މިނިސްޓަރ މާރިޔާ

ނަރީޝް އަނެއްކާވެސް ހޫނުފެނަށް

މިނިސްޓަރ މާރިޔާ ހުންނެވީ ފެހި ކުލައިގެ ދިގު ހެދުމެއް ތުރުކުރައްވައިގެން

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު, ރާއްޖެ އެމްވީ | 28 ޖުލައި 2022 | ބުރާސްފަތި 08:11
މާލެ ސިޓީ ކައުންސިލުގެ ޑެޕިއުޓީ މޭޔަރު އަހުމަދު ނަރީޝް

މާލެ ސިޓީ ކައުންސިލުގެ ޑެޕިއުޓީ މޭޔަރު އަހުމަދު ނަރީޝް

މިނިވަން ދުވަހުގެ މުނާސަބަތުގައި ބޭއްވި ދިދަ ނެގުމުގެ ރަސްމިއްޔާތުގައި ޑިފެންސް މިނިސްޓަރު މާރިޔާ އަހްމަދު ދީދީ ތުރުކުރައްވައިގެން ހުންނެވި ހެދުމާއި ގުޅުވައި މާލެ ސިޓީ ކައުންސިލްގެ ޑެޕިއުޓީ މޭޔަރު އަހްމަދު ނަރީޝް ދެއްކެވި ވާހަކައާއި ގުޅިގެން ގިނަ ބައެއްގެ ފާޑުކިޔުން އޭނާއަށް އަމާޒުވެއްޖެއެވެ.

ދިދަ ނެގުމުގެ ރަސްމިއްޔާތުގައި މިނިސްޓަރ މާރިޔާ ހުންނެވީ ފެހި ކުލައިގެ ދިގު ހެދުމެއް ތުރުކުރައްވައިގެންނެވެ. އެ ހެދުމުގެ ފޮޓޯއެއް އެޑިޓްކޮށް ނަރީޝް ވަނީ ސޯޝަލް މީޑިއާގައި ހިއްސާކުރައްވާފައެވެ. ނަރީޝް ވިދާޅުވީ، ރާއްޖޭގެ މިނިވަން ދުވަހުގެ ރަސްމިއްޔާތުގައި ޑިފެންސް މިނިސްޓަރ މާރިޔާ ހުންނެވީ އިންޑިއާގެ ޤައުމީ ދިދަ ރަމްޒުކޮށްދޭ ހެދުމެއް ތުރުކުރައްވައިގެން ކަމަށެވެ.

Advertisement - newsAdvertisement

މާރިޔާ އެގޮތަށް ވަޑައިގެންނެވީ ދިވެހި ރައްޔިތުންނަށް ޖެއްސުމަށް ކަމަށްވެސް ނަރީޝް ވިދާޅުވިއެވެ.

ނަރީޝް ހިއްސާ ކުރެއްވި ފޮޓޯއަކީ އެޑިޓްކޮށްފައިވާ ފޮޓޯއަކަށްވާތީ ގިނަ ބަޔަކު ގެންދަނީ އޭނާއަށް ފާޑުކިޔަމުންނެވެ. ބައެއް ފަރާތްތަކުން ވަނީ ޒިންމާދާރު މަޤާމުތަކުގައި ތިއްބަވައި އެފަދަ ވާހަކަތައް ފަތުުރާތީ އެކަން ބަލަންޖެހޭނެކަމަށްވެސް ބުނެފައެވެ.

ސޯޝަލް މީޑިއާގައި ފިތުނަވެރި ވާހަކަތައް ފެތުރުމުގެ ސަބަބުން މީގެ ކުރިންވެސް ނަރީޝްއަށް ފާޑުކިޔުން އަމާޒުވެފައިވެއެވެ.

ރައީސުލްޖުމްހޫރިއްޔާ އިބްރާޙިމް މުޙައްމަދު ޞާލިޙު ވެކްސިން ޖެއްސެވުމާ ގުޅިގެން ނަރީޝް ޓްވިޓަރގައި ޙިއްޞާ ކުރެއްވި ޕޯސްޓަކަށް ގިނަ ބައެއްގެ ސަމާލުކަން ލިބުނުއިރު، އެ ޕޯސްޓުގައި ދައްކުވައިދެނީ ފައިޒަރ ވެކްސިންގެ ޑޯޒްތަކަކާއި ކޮވިޝީލްޑް ވެކްސިންގެ ޑޯޒްތަކެކެވެ. އެގޮތުން ރައީސް ޞާލިޙު ޖެއްސެވި ވެކްސިން ކަމަށް ނަރީޝް ޙިއްޞާކުރެއްވި ފޮޓޯއާއެކު ވިދާޅުވެފައިވަނީ، އެއީ ޙަޤީޤަތުގައި ފައިޒަރ ވެކްސިން ފުޅިއެއް ކަމަށާއި، އޭގައި ކޮވިޝީލްޑް ލޭބަލްކޮށްގެން އޮޅުވައިލާފައިވާ ކަމަށެވެ. 

ނަރީޝްގެ މި ޓްވީޓު ރިޓްވީޓުކޮށް 100ށް ވުރެ ގިނަ މީހުން ކޮމެންޓުކުރިއެވެ. އޭގެ ތެރޭގައި ހައްތަހާވެސް ހިމެނެނީ ނަރީޝްއަށް ފާޑުކިއުންތައް ބަންޑުން ކުރަމުންދިޔަ މީހުންނެވެ.

ރައީސް ޞާލިޙު ޖެއްސެވި ވެކްސިން ކަމަށް ތުހުމަތުކުރައްވާ ޙިއްޞާކުރެއްވި އެ ފޮޓޯއަކީ ޙަޤީޤަތުގައި އައިޖީއެމްއެޗްގެ ނޭޝަނަލް ސެންޓަރ ފޮރ ރެސްޕިރޭޓަރީ މެޑިސިންގެ ފިޒީޝަން، ޑރ. މުޙައްމަދު އަލީ ނެންގެވި ފޮޓޯއެކެވެ. ޑރ މުޙައްމަދު އަލީ ވަނީ އެކަން "ރާއްޖެއެމްވީ"އަށް ކަށަވަރު ވެސް ކޮށްދެއްވާފައެވެ.

މާލެ ސިޓީގެ ޑެޕިއުޓީ މޭޔަރ އަހުމަދު ނަރީޝްމިނިސްޓަރ އޮފް ޑިފެންސް, މާރިޔާ އަހުމަދު ދީދީ

ކޮމެންޓް

އިތުރަށް ކިޔާލަން

މާލޭގެ އާސަހަރާ މިސްކިތް މަރާމާތަށް ފަހު ހުޅުވައިފި

މާލޭގެ އާސަހަރާ މިސްކިތް މަރާމާތަށް ފަހު ހުޅުވައިފި

04 އޮކްޓޯބަރު 2024
ފާޑުކިޔުންތަކުން އަޑުކަނޑުވައެއް ނުލެވޭނެ: މާރިޔާ

ފާޑުކިޔުންތަކުން އަޑުކަނޑުވައެއް ނުލެވޭނެ: މާރިޔާ

11 މެއި 2024
ކެމްޕެއިނަށް ހުރަސް އެޅުން ކުށްވެރިކޮށް ނަރީޝްގެ މައްސަލަ ބަލަން ފުލުހުންނަށް ހުށަހަޅައިފި

ކެމްޕެއިނަށް ހުރަސް އެޅުން ކުށްވެރިކޮށް ނަރީޝްގެ މައްސަލަ ބަލަން ފުލުހުންނަށް ހުށަހަޅައިފި

24 މާރިޗު 2024
ނަރީޝް އަށް ހަމަލާދިން ކަމަށް ބުނުން - އަސްލު ކަން ހިނގީ ކިހިނެތް؟

ނަރީޝް އަށް ހަމަލާދިން ކަމަށް ބުނުން - އަސްލު ކަން ހިނގީ ކިހިނެތް؟

24 މާރިޗު 2024
ޔާމީން ދިފާއުކުރަން ނަރީޝް ދޮގު ހެކި ދިން މައްސަލައިގެ ތަހުގީގު އަދިވެސް ނުނިމޭ: ފުލުހުން

ޔާމީން ދިފާއުކުރަން ނަރީޝް ދޮގު ހެކި ދިން މައްސަލައިގެ ތަހުގީގު އަދިވެސް ނުނިމޭ: ފުލުހުން

03 ޑިސެމްބަރު 2023

އަހަރުތަކުން މިއަދު

17 ޖޫން
އިރާނާ ދެކޮޅަށް އިސްރާއީލަށް އަސްކަރީ އެހީތެރިކަން ނުދިނުމަށް އެމެރިކާ އަށް ރަޝިޔާ އިން އިންޒާރު ދީފި
20251 އަހަރު ކުރިން
ދުނިޔެ

އިރާނާ ދެކޮޅަށް އިސްރާއީލަށް އަސްކަރީ އެހީތެރިކަން ނުދިނުމަށް އެމެރިކާ އަށް ރަޝިޔާ އިން އިންޒާރު ދީފި

އަގު ބޮޑު ވެލާ ރިސޯޓުގައި ރައީސްގެ ދެކަނބަލުން ޗުއްޓީ ހޭދަ ކުރެއްވުމާ ބެހޭ ގޮތުން ސަރުކާރުގެ އަދި ރިސޯޓުގެ ބަހެއްވެސް ނެތް
20242 އަހަރު ކުރިން
ރާއްޖެ

އަގު ބޮޑު ވެލާ ރިސޯޓުގައި ރައީސްގެ ދެކަނބަލުން ޗުއްޓީ ހޭދަ ކުރެއްވުމާ ބެހޭ ގޮތުން ސަރުކާރުގެ އަދި ރިސޯޓުގެ ބަހެއްވެސް ނެތް

ނޮވެމްބަރު ތިނެއްގެ އުދުވާނީ ހަމަލާގެ މޭސްތިރިޔާ ލުތުފީއަށް އިއްވި ހުކުމް ތަންފީޒުކޮށް ނިމިއްޖެ
20233 އަހަރު ކުރިން
ރާއްޖެ

ނޮވެމްބަރު ތިނެއްގެ އުދުވާނީ ހަމަލާގެ މޭސްތިރިޔާ ލުތުފީއަށް އިއްވި ހުކުމް ތަންފީޒުކޮށް ނިމިއްޖެ

 މަޝްހޫރު ލަވަކިއުންތެރިޔާ ބިއޮންސޭ އައު އަލްބަމެއް ނެރެނީ
20224 އަހަރު ކުރިން
ތަފާތު ޚަބަރު

މަޝްހޫރު ލަވަކިއުންތެރިޔާ ބިއޮންސޭ އައު އަލްބަމެއް ނެރެނީ

 ނަފްރަތުގެ އަމަލުތަކުގެ ބިލު ދީނާ ޚިލާފެއްނޫން
20215 އަހަރު ކުރިން
ރިޕޯޓު

ނަފްރަތުގެ އަމަލުތަކުގެ ބިލު ދީނާ ޚިލާފެއްނޫން

ރައީސް ޔާމީން ދެކެ ލޯބިވާ މިންވަރު ބެލުމުގެ ބައްދަލުވުމުގައި ފަނޑިޔާރު އަބްދުﷲ ދީދީ!
20197 އަހަރު ކުރިން
ރިޕޯޓު

ރައީސް ޔާމީން ދެކެ ލޯބިވާ މިންވަރު ބެލުމުގެ ބައްދަލުވުމުގައި ފަނޑިޔާރު އަބްދުﷲ ދީދީ!

ޔާމީނުގެ މައްޗަށް މައުމޫން މުޖައްރިބު ނަތީޖާއެއް ނެރޭނެ
20188 އަހަރު ކުރިން
ރިޕޯޓު

ޔާމީނުގެ މައްޗަށް މައުމޫން މުޖައްރިބު ނަތީޖާއެއް ނެރޭނެ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު