Raajje.mv
Raajje.mv
  • ރާއްޖެ
  • ކުޅިވަރު
  • ދުނިޔެ
  • ވިޔަފާރި - އިގްތިސާދު
  • ރިޕޯޓު
  • ފޮޓޯ
  • ވާހަކަ
  • ސިއްހަތު
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ރިޕޯޓު
ރައީސް ޔާމީން ހިންގެވި އާރަށުގެ ހިޔާނާތް

ރައީސް ޔާމީން ހިންގެވި އާރަށުގެ ހިޔާނާތް – ރައީސް ޔާމީންގެ ފަރާތުން ހުށަހެޅި ހެކިންގެ ހެކިބަހުގައި ސުވާލު އުފެދޭ ގިނަ ކަންތައްތަކެއް

ފައިސާ ހަމައަށް ހުންނާނެ ކަމަށް ޔާމީން ވިދާޅުވުމުން އެހާ ބޮޑަށް އެ ފައިސާ ގުނަން މަސައްކަތް ނުކުރާ ކަމަށް އަބްދުﷲ ރަޝީދު ބުނެފައިވޭ

ރާއްޖެ އެމްވީ | 14 ސެޕްޓެމްބަރު 2022 | ބުދަ 06:08
ކުރީގެ ރައީސް އަބްދުﷲ ޔާމީން އާއި އަހުމަދު ނަރީޝް -  ޔާމިންގެ ހެކިންގެ ގޮތުގައި ހުށަހެޅި ދެ ފަރާތެއްގެ ހެކިބަހުގައި ފުށު އެރުންތަކެއް އެބަހުރި

ކުރީގެ ރައީސް އަބްދުﷲ ޔާމީން އާއި އަހުމަދު ނަރީޝް - ޔާމިންގެ ހެކިންގެ ގޮތުގައި ހުށަހެޅި ދެ ފަރާތެއްގެ ހެކިބަހުގައި ފުށު އެރުންތަކެއް އެބަހުރި

އެމް.އެމް.ޕީ.އާރު.ސީގެ ކޮރަޕްޝަން މައްސަލައާ ގުޅުންހުރި ވ.އާރަށް ވިއްކުމުގައި ހިންގި ހިޔާނާތުގެ މައްސަލާގައި ރައީސް ޔާމީނާއި ރައްޔިތުންގެ މަޖިލީހުގެ ފެލިދޫ ދާއިރާގެ ކުރީގެ މެމްބަރު ޔޫސުފް ނައީމަށް ކުރާ ރިޝްވަތު ހިފުމާއި މަނީލޯންޑަރިންގެ ދައުވާތައް ސާބިތުކުރުމަށް ދައުލަތުގެ ފަރާތުން ގިނަ ހެކިތަކެއް ހުށަހަޅާއި، ގިނަ ފަރާތްތަކެއްގެ ހެކިބަސް ނަގާފައިވާއިރު، ރައީސް ޔާމީންގެ ފަރާތުން ހުށަހެޅި ހެކިންގެ ހެކިބަހުގައި ސުވާލު އުފެދޭ ގިނަ ކަންތައްތަކެއް ވަނީ ފާހަގަކުރެވިފައެވެ.   

މީގެ ކުރިން ދައުލަތުން ހުށަހެޅި ހެކިންގެ ތެރޭގައި ހިމެނޭ އެމްއެމްޕީއާރުސީގެ އޭރުގެ މެނޭޖިންގ ޑިރެކްޓަރު އަބްދުﷲ ޒިޔަތު ހެކިބަސްދެމުން ވ.އާރަށުގެ އެއްބަސްވުމުގައި ސޮއިކުރުމުން ޔާމީނަށް އެއް މިލިއަން ޑޮލަރު ލިބޭނެ ކަމަށް ޔޫސުފް ނައީމް ބުނެފައިވާކަމަށާއި، ވ.އާރަށުގެ އެގްރިމެންޓް ކަންތައް ނިމުމުން ރައީސް ޔާމީން ހިތްހަމަޖެހިވަޑައިގަންނަވާނެ ކަމަށް ޔޫސުފް ނައީމް ބުނިކަމަށާއި އެއީ އެ މުޢާމަލާތާ ގުޅިގެން 1 މިލިއަން ޑޮލަރު ރައީސް ޔާމީނަށް ދީފައިވާނެތީކަމަށް ޔޫސުފް ނައީމް ބުނެފައިވާކަމަށްވެސް ޒިޔަތު ބުނެފައިވެއެވެ. އެރަށުގެ އެއްބަސްވުމުގައި ސޮއިކުރުމަށް ފަހު ރައީސް ޔާމީނަށް އެއް މިލިއަން ޑޮލަރު ދިންކަމަށް ޔޫސުފް ނައީމް، އަހުމަދު އަދީބު އަރިހުގައި ދެންނެވިކަމަށް އަހުމަދު އަދީބުވެސް ކްރިމިނަލް ކޯޓުގައި ހެކިބަސްދެއްވާފައިވެއެވެ. 

ކްރިމިނަލް ކޯޓުގައި ކުރިޔަށްދާ ޝަރީއަތުގެ މަޖިލީހުގައި ޔާމީން ހެކިންގެ ގޮތުގައި ހުށަހެޅި އެއް ފަރާތަކީ ޕީޕީއެމްގެ އެކްޓިވިސްޓެއްގެ ގޮތުގައި ހަރަކާތްތެރިވާ އަދި މިހާރުގެ މާލޭ ސިޓީ ކައުންސިލްގެ ޑެޕިއުޓީ މޭޔަރު އަޙުމަދު ނަރީޝްއެވެ. ނަރީޝް ހެކިބަސްދެމުން އޭނާއަކީ ރައީސް ޔާމީންއާ ވަރަށް ގާތް މީހެއްކަމަށާއި ޔާމީންގެ ޕާރސަނަލް ގިނަ ކަންތައްތަކެއް އޭނާއާ ހިއްސާކުރާކަމަށް ބުނެފައިވެއެވެ. ޔާމީން ވިދާޅުވެގެން ޔޫސުފް ނަޢީމަށް އެއްމިލިއަން ޑޮލަރަށްވާ ދިވެހި ފައިސާ ހަވާލުކުރުމަށް އޭނާ ދިޔަކަމަށާއި އެ ފައިސާ ހުރީ ކަޅު 2 ދަބަހެއްގައި ކަމަށާއި ނަރީޝް އެގެޔަށް ދިޔައިރު އެގޭގައި ޔާމީންގެ ކުރީގެ ޑްރައިވަރު އަބްދުﷲ ކިޔާ މީހަކުވެސް އިންކަމަށާއި އެފައިސާ ޔޫސުފް ނައީމްއާ ހަވާލުކުރުމަށް ގެންދިއުމުގެ ކުރިން ރައީސް ޔާމިން ދިރިއުޅުއްވާ ގެ ދޫވެހީގައި ޔާމީންގެ ހާޒިރުގައި އެފައިސާ ގުނިކަމަށް ބުނެފައިވާއިރު، އެފައިސާ ހުރީ 500 ރުފިޔާގެ ނޫޓްތައް ހިމެނޭ ބޮނޑިތަކެއްގައި ކަމަށާއި ނަމަވެސް އެތަނުގައި ހުރީ ކިތައް ބޮނޑިކަމެއް ހަދާނެއް ނެތްކަމަށް ބުނެފައިވެއެވެ. އަދި އެކަން ކުރީ ކޮން ދުވަހެއްގައި ކަމެއް އަދި އެއީ ރޭގަނޑުގެ ވަގުތެއްކަމެއް ނުވަތަ ދުވާލުގެ ވަގުތެއްކަމެއް ބުނެދޭކަން ނޭންގުނުއިރު، އެކަމަށް ހޭދަވިވަގުތެއް ބުނުމަށްވެސް އިއުތިރާޒްކޮށްފައިވެއެވެ. އެފައިސާ ގުނީ ކުރިން ބުނެވުނު އަބްދުﷲ ދެމީހުން ވެގެންކަމަށާއި ފައިސާ ހަވާލުކުރަން ޔޫސުފް ނައީމުގެ ގެއަށް ދިޔައީވެސް 2 މީހުންކަމަށް ނަރީޝް ބުނެފައިވާއިރު، އެފައިސާ ހަވާލުކުރުމުން ޔޫސުފް ނައީމް، އެމީހުން ކުރިމަތީގައި ފައިސާ ގުނިކަމަށާއި އަދި ސްލިޕެއްގައި ސޮއިކުރިކަމަށް ބުނެފައިވާއިރު، އެގެޔަށް ދިޔައީ އެދުވަހުގެ ކޮންވަގުތެއްގައިކަން ވެސް ހަނދާނެއްނެތެވެ. 

މި ވީޑިއޯއަކީ، ވ. އާރަށު ހިޔާނާތާ ގުޅިގެން، ރައީސް ޔާމިންގެ ފަރާތުން ހުށަހެޅި ހެކިންގެ ތެރެއިން މާލޭ ސިޓީ ކައުންސިލްގެ ޑެޕިއުޓީ މޭޔަރ އަޙުމަދު ނަރީޝްގެ ހެކިބަސް ނެގުމަށް، ސެޕްޓެމްބަރު މަހުގެ 9 ވަނަ ދުވަހު ބޭއްވި ޝަރީއަތުގެ މަޖިލީހުގެ ވީޑިއޯއެވެ.

ނަރީޝްގެ ހެކިބަސް ދިންތާ 2 ދުވަސްފަހުން ޔާމިންގެ ފަރާތުން ހެކިބަސްދިން އަބްދުﷲ ރަޝީދުގެ ހެކިބަހުގައި ވެސް ސުވާލު އުފެދޭ ގިނަ ކަންތައްތަކެއް ފާހަގަކުރެވިފައިވެއެވެ. އަބްދުﷲ ރަޝީދު ކިޔާ ފަރާތަކުން ދިން ހެކިބަހުގައި ޔާމިން ވިދާޅުވެގެން ޑޮލަރު ގަތުމަށް ދިވެހި ފައިސާ ހިފައިގެން ގޮސް ޔޫސުފް ނައީމާ ހަވާލުކުރި ކަމަށް ބުނެ ހެކިބަސް ދީފައިވާއިރު، 2015 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ ދުވަހެއްގައި ޔާމީނާ ބައްދަލުކުރަން ޔާމީން އެދިވަޑައިގެން އެގެއަށް ދިއަކަމަށާއި އެގެއަށް ދިޔައީ މާލޭ ސިޓީ ކައުންސިލްގެ މިހާރު ޑެޕިއުޓީ މޭޔަރު އަހުމަދު ނަރީޝްއާ އެކު ކަމަށް އޭނާ ބުނެފައިވާއިރު، ނަރީޝް ހެކިބަސްދެމުން ބުނީ އޭނާ އެގެއަށް ދިއައިރު އަބްދުﷲ ރަޝީދު އެގޭގައި ހުރިކަމަށެވެ. އެހެންކަމުން މި ދެފަރާތުގެ ބަހުގައި ބޮޑު ފުށުއެރުންތަކެއް ހުރިކަން ފާހަގަކުރެވެއެވެ. 

އަބްދުﷲ ރަޝީދު ކްރިމިނަލް ކޯޓުގައި ހެކިބަސްދެމުން ބުނެފައިވަނީ ޔާމީން އޭރު ދިރިއުޅުއްވި ގ.ދޫވެހިގޭގައި ތިބެގެން އެ ފައިސާ އެ މީހުން ގުނިއިރު އޭގައި 15 މިލިއަން ރުފިޔާ ހުރި ކަމަށް ފުރަތަނަ ބުނިނަމަވެސް ފަހުން ބުނެފައިވަނީ ފައިސާ ގުނީ ފައިސާގެ ބޮނޑިތަކުން ކަމަށާއި އެކަމަކު އޮތީ ފައިސާގެ ކިތައް ބޮނޑިކަން ހަނދާން ނެތް ކަމަށެވެ. އަދި ފައިސާ ހަމައަށް ހުންނާނެ ކަމަށް ޔާމީން ވިދާޅުވުމުން އެހާ ބޮޑަށް އެ ފައިސާ ގުނަން މަސައްކަތް ނުކުރާ ކަމަށެވެ. އެހެންކަމުން އެބުނާ ފައިސާ އެކީގައި ގުނިކަމާމެދު ސުވާލު އުފެދެއެވެ. 

ފައިސާގެ ނޫޓުތައް 2015 ވަނަ އަހަރު ބަދަލު ކޮށްފައިވާތީ، ޔޫސުފް ނައީމާ ހަވާލުކުރި ފައިސާ ހުރީ ކުރީގެ ނޫޓުންތޯ ނުވަތަ މިހާރު ބޭނުންކުރާ ފަހުގެ ނޫޓުންތޯ ސުވާލު ކުރުމުން އަބްދުﷲ ރަޝީދު ބުނެފައިވަނީ އެކަން މިހާރު ހަނދާން ނެތް ކަމަށެވެ. ފައިސާ ބޮނޑީގައި ގުނިއިރު އެކަން ފާހަގަވެފައި ނެތުމަކީވެސް ސުވާލު އުފެދޭކަމެކެވެ. 

ޔޫސުފް ނައީމްއާ ފައިސާ ހަވާލުކުރުމަށް އެގެއަށް ވަތްގޮތެއް އަދި ފައިސާ ހަވާލު ކުރީ އެގޭގެ ކޮންތަނެއްގައި ކަމެއް ވެސް އަބްދުﷲ ރަޝީދު ހަދާނެއް ނެތެވެ. އަބްދުﷲ ރަޝީދު ހެކިބަސް ދެމުން ޔޫސުފް ނައީމުއާ ހަވާލުކުރި ފައިސާ އޭނާ ނުގުނާ ކަމަށާއި ޔާމީން ފޮނުވުމުން ހަމަޔަށް ހުންނާނެކަމަށް ޔޫސުފް ނައީމް ބުނިކަމަށް ބުނެފައިވާއިރު، ނަރީޝް ހެކިބަސްދެމުން ބުނެފައިވަނީ ޔޫސުފް ނައީމް އެމީހުންގެ ކުރިމަތީގައި އެފައިސާ ގުނިކަމަށެވެ.

ޔާމިން ދިރިއުޅުއްވާ ގެކޮޅުގައި ފައިސާ ގުނާ އެފައިސާ ހިފައިގެން ޔޫސުފް ނައީމު ދިރިއުޅޭ ގެއަށް ދިޔައީ ދުވާލުގެ ވަގުތެއްގައިކަމެއް ނުވަތަ ރޭގަނޑުގެ ވަގުތެއްގައިކަން ވެސް ހަދާންނެތްކަމަށް އަބްދުﷲ ރަޝީދު ބުނެފައިވައިރު، ހެކިބަސް ދިން ފަރާތްތަކުން ހެކިބަސްދިންއިރު، އެހެކިބަހާ ގުޅޭ އަސާސީ ގިނަ ކަންތައްތަކެއް ހަދާން ނެތުމަކީ އެފަރާތުގެ ހެކިބަހުގެ ސައްހަކަމާމެދު ސުވާލު އުފެދޭ އަދި ޤާނޫނީގޮތުން އެފަދަ ހެކިބަހަކަށް ބުރަދަނެއް ދެވިދާނެކަމެއް ކަމާމެދު ޤާނޫނީ ފަރާތްތަކުން ސުވާލު އުފައްދާކަމެކެވެ.

މިމައްސަލައިގައި ދަޢުވާކުރަމުން ޝަރީއަތުގައި ދައުލަތުން ކުރިން ފާހަގަކޮށްފައިވަނީ ރައްޔިތުންގެ މަޖިލީހުގެ ފެލިދޫ ދާއިރާގެ ކުރީގެ މެމްބަރު  ޔޫސުފް ނައީމް ހިއްސާ އޮތް ކުންފުނީގެ ހިއްސާތައް 2015 ވަނަ އަހަރު ސެޕްޓެމްބަރު މަހު އެހެން ކުންފުންޏަކަށް އޭނާ ވިއްކާލުމާއެކު ޖެހިގެން އައި ދުވަހު އެ ކުންފުންޏަށް އާރަށް ދިނުމަށް އެމްއެމްޕީއާރުސީން ނިންމާ އެރަށް އެކުންފުޏަށް ހަވާލުކޮށްފައިވާކަމަށެވެ. އަދި އެކުންފުނީގެ ފަރާތުން 1 (އެކެއް) މިލިއަން ޑޮލަރ އެމް.އެމް.ޕީ.އާރު.ސީ.އަށް ދެއްކުމަށް ޗެކެއް ހަވާލުކުރިއިރު، އިތުރު 1 (އެކެއް) މިލިއަން ޑޮލަރު ހިމެނޭ ޗެކެއް ޔޫސުފް ނައީމަށްވެސް އެދުވަހު ހަވާލުކޮށްފައިވާކަން ލިޔުންތަކުން އެނގޭކަމަށް ދައުލަތުން ބުނެފައިވެއެވެ. އޭގެ 3 ދުވަސް ފަހުން އެ ޗެކް ޔޫސުފް ނައީމުގެ އެކައުންޓަށް ޖަމާކުރުމަށްފަހު، އޭގެ 2 ދުވަސްފަހުން ޔޫސުފް ނައީމުގެ އެ އެކައުންޓުން ރައީސް ޔާމީނަށް 1 (އެކެއް) މިލިއަން ޑޮލަރުގެ ޗެކެއް ދޫކޮށްފައިވާކަމަށާއި އަދި އޭގެ 2 ދުވަސް ފަހުން ޔާމީންގެ އެކައުންޓަށް ޔޫސުފް ނައީމް ދިން 1 (އެކެއް) މިލިއަން ޑޮލަރުގެ ޗެކް ޖަމާކޮށްފައިވާ ކަމަށް ދައުލަތުން ބުނެފައިވެއެވެ. ދައުލަތުން ބުނިގޮތުގައި އެޗް.އެސް.ބީ.ސީގައި ހުޅުވާފައި ޔާމީންގެ އެކައުންޓަކަށް ޔޫސުފް ނައީމް ދިން ޗެކް ޖަމާކުރިއިރު، ޗެކާއެކު ފޮނުވި ސިޓީގައި ވަނީ އެއީ "ޕޮލިޓިކަލް ކެމްޕެއިނަށް" ދިން ފައިސާ ކަމަށެވެ. އަދި އެ ފައިސާ އާއި އިތުރު ފައިސާތަކެއް އެއްކުރުމަށް ފަހު، ޔާމީންގެ އެހެން އެކައުންޓްތަކަކަށް ފައިސާ ޖަމާކުރިކުރުމަކީ މަނީ ލޯންޑަރިންގެ އަމަލެއްކަމަށް ދައުލަތުން ބުނެފައިވެއެވެ.

ކުރީގެ ރައީސް ޢަބްދުﷲ ޔާމީންއާރަށު ޚިޔާނާތްމާލެ ސިޓީގެ ޑެޕިއުޓީ މޭޔަރ އަހުމަދު ނަރީޝްއަބްދުﷲ ރަޝީދު ( ރައީސް ޔާމީންގެ ޑްރައިވަރ)ޔޫސުފް ނައީމް

ކޮމެންޓް

އިތުރަށް ކިޔާލަން

ވ. އާރަށުގެ ޚިޔާނާތުގެ މައްސަލައިގައި ޔާމީނަށް ކުރާ ދައުވާގެ އަޑުއެހުމެއް މިމަހުގެ 29 ގައި

ވ. އާރަށުގެ ޚިޔާނާތުގެ މައްސަލައިގައި ޔާމީނަށް ކުރާ ދައުވާގެ އަޑުއެހުމެއް މިމަހުގެ 29 ގައި

17 ސެޕްޓެމްބަރު 2025
ރާއްޖެ ޓީވީގެ ޙާލު ކިހިނެއް ޕްރޮގްރާމްގައި ދައްކަނީ ރައީސް މުޢިއްޒު އަށް އަޑު އަހަން ފަސޭހަ ވާހަކަ ތަކެއް ނޫން: ރައީސް ޔާމީން

ރާއްޖެ ޓީވީގެ ޙާލު ކިހިނެއް ޕްރޮގްރާމްގައި ދައްކަނީ ރައީސް މުޢިއްޒު އަށް އަޑު އަހަން ފަސޭހަ ވާހަކަ ތަކެއް ނޫން: ރައީސް ޔާމީން

31 އޯގަސްޓު 2025
ފުދިއްޖެ-ފުނޑިއްޖެ ހިނގާލުން ކުރިއަށް ގެންދިއުމަށް ކުރި މަސައްކަތަށް ތައުރީފް ހައްގު، ނަމަވެސް އެ ހިނގާލުމާއި ޕެރޭޑަކާއި ތަފާތެއް ނެތް: ޔާމީން

ފުދިއްޖެ-ފުނޑިއްޖެ ހިނގާލުން ކުރިއަށް ގެންދިއުމަށް ކުރި މަސައްކަތަށް ތައުރީފް ހައްގު، ނަމަވެސް އެ ހިނގާލުމާއި ޕެރޭޑަކާއި ތަފާތެއް ނެތް: ޔާމީން

03 ފެބުރުއަރީ 2025
ނޫސްވެރިން ވަނީ ހީނާގެ މައްސަލަ ރައީސް މުއިއްޒުގެ ސަމާލުކަމަށް ގެނެސްދީފައި، އަދިވެސް ފިޔަވަޅު ނާޅާ ސަބަބާއި ގުޅޭގޮތުން ޔާމީން ސުވާލު އުފައްދަވައިފި

ނޫސްވެރިން ވަނީ ހީނާގެ މައްސަލަ ރައީސް މުއިއްޒުގެ ސަމާލުކަމަށް ގެނެސްދީފައި، އަދިވެސް ފިޔަވަޅު ނާޅާ ސަބަބާއި ގުޅޭގޮތުން ޔާމީން ސުވާލު އުފައްދަވައިފި

23 ޑިސެމްބަރު 2024
ހައުސިންގ މިނިސްޓްރީ ހިންގަމުންދިޔަ ޓިނު އިމާރާތުގައި ރޯވެ އަނދާ ހުލިވެގެން ދިޔައީ އިއްތިފާގަކުން ނޫން: ޔާމީން

ހައުސިންގ މިނިސްޓްރީ ހިންގަމުންދިޔަ ޓިނު އިމާރާތުގައި ރޯވެ އަނދާ ހުލިވެގެން ދިޔައީ އިއްތިފާގަކުން ނޫން: ޔާމީން

22 ޑިސެމްބަރު 2024

އަހަރުތަކުން މިއަދު

11 ޖެނުއަރީ
ޝިފާޒް އާއި ހަސަން ލަތީފް އެމްޑީޕީ ގެ މެމްބަރޝިޕް ފޯމް ހުށަހަޅައިފި
20251 އަހަރު ކުރިން
ރާއްޖެ

ޝިފާޒް އާއި ހަސަން ލަތީފް އެމްޑީޕީ ގެ މެމްބަރޝިޕް ފޯމް ހުށަހަޅައިފި

ޗައިނާއާއެކު 30 އެއްބަސްވުންވި، އޭގެތެރޭގައި މަކުނުދޫއާއި ގުޅޭ އެއްބަސްވުމެއް އެބައޮތް، އެކަން ހާމަކުރޭ - ފައްޔާޒް
20242 އަހަރު ކުރިން
ރާއްޖެ

ޗައިނާއާއެކު 30 އެއްބަސްވުންވި، އޭގެތެރޭގައި މަކުނުދޫއާއި ގުޅޭ އެއްބަސްވުމެއް އެބައޮތް، އެކަން ހާމަކުރޭ - ފައްޔާޒް

ބޭސްފަރުވާ ދީގެންވެސް އަލީ މުނީޒުގެ ސިއްހީ ހާލަތު ރަނގަޅު ނުވާތީ، ބަންދަށް ލުޔެއް
20233 އަހަރު ކުރިން
ރާއްޖެ

ބޭސްފަރުވާ ދީގެންވެސް އަލީ މުނީޒުގެ ސިއްހީ ހާލަތު ރަނގަޅު ނުވާތީ، ބަންދަށް ލުޔެއް

ގަލޮޅު ދަނޑު އެއްކޮށް ތަޅާލަންޖެހޭ: މަޚްލޫފް
20224 އަހަރު ކުރިން
ކުޅިވަރު

ގަލޮޅު ދަނޑު އެއްކޮށް ތަޅާލަންޖެހޭ: މަޚްލޫފް

ވެމްކޯއަށް ފައިސާ ނުދައްކާ މައްސަލަ ހައްލުކުރުމަށް ޔުޓިލިޓީ ބިލަކަށް ކުނީގެ ފީ އިތުރު ކުރަނީ!
20215 އަހަރު ކުރިން
ރާއްޖެ

ވެމްކޯއަށް ފައިސާ ނުދައްކާ މައްސަލަ ހައްލުކުރުމަށް ޔުޓިލިޓީ ބިލަކަށް ކުނީގެ ފީ އިތުރު ކުރަނީ!

ސިއްހަތަށް ފައިދާ ހުރި ފައިބާ އެކުލެވޭ ކާނާ ގިނަ މީހުންނަށް ނުކެވޭ
20197 އަހަރު ކުރިން
ސިއްހަތު

ސިއްހަތަށް ފައިދާ ހުރި ފައިބާ އެކުލެވޭ ކާނާ ގިނަ މީހުންނަށް ނުކެވޭ

މާބަނޑު މީހެއްގެ ބަނޑަށް ދަރިފުޅު މަރުވެ، ނައިފަރު ހޮސްޕިޓަލަށް އިހުމާލުގެ ތުހުމަތު!
20188 އަހަރު ކުރިން
ރާއްޖެ

މާބަނޑު މީހެއްގެ ބަނޑަށް ދަރިފުޅު މަރުވެ، ނައިފަރު ހޮސްޕިޓަލަށް އިހުމާލުގެ ތުހުމަތު!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު