Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
މާލޭ ސިޓީ ކައުންސިލުން ހިންގާ ޖަރީމާ

މާލެއިން ބިމެއް ބޭނުންތަ؟ 2 މިލިއަން ރުފިޔާގެ ކަޓެއް ދީ

2000 އަކަފޫޓުގެ ބޮޑު ބިމެއް 30 އަހަރަށް

ރާއްޖެ އެމްވީ | 1 ޖޫން 2022 | ބުދަ 05:33
މާލޭ ސިޓީ ކައުންސިލުން ގަވައިދާ ޚިލާފަށް ރިޝްވަތު ނެގުމަށްފަހު ބިންތައް ނުއަގުގައި އެކި ފަރާތްތަކަށް ކުއްޔަށް ދިނުމުގެ ވާހަކަތަކުގެ އަޑު ވަނީ ގަދަވެފައި

މާލޭ ސިޓީ ކައުންސިލުން ގަވައިދާ ޚިލާފަށް ރިޝްވަތު ނެގުމަށްފަހު ބިންތައް ނުއަގުގައި އެކި ފަރާތްތަކަށް ކުއްޔަށް ދިނުމުގެ ވާހަކަތަކުގެ އަޑު ވަނީ ގަދަވެފައި

ޕީޕީއެމްގެ މެޖޯރިޓީ އޮންނަ މާލޭ ސިޓީ ކައުންސިލްގެ ބެލުމުގެ ދަށުގައި ހުރި ބައެއް ވިޔަފާރި ބިންތައް އިއުލާން ކުރުމެއްނެތި އާންމު ފަރާތްތަކަށް ކުއްޔަށް ދިނުމަށް ހުށައަޅަމުންދާ ކަމުގެ މައުލޫމާތު ރާއްޖެއެމްވީ އަށް ލިބިއްޖެއެވެ.

ކައުންސިލްގެ މަސައްކަތުގެ ތެރެއިން ނާޖާއިޒް ފައިދާތައް މާލޭ ސިޓީ ކައުންސިލުގެ ބައެއް މެމްބަރުން ނަގަމުންދާ ކަމުގެ އަޑުގަދަވެފައިވާ މި ދަނޑިވަޅުގައި މިހާރު މިވަނީ ވިޔަފާރި ކުރުމަށް ބިން ދޫކުރާއިރު ކަޓުގެ ގޮތުގައި އެތައް މިލިއަން ރުފިޔާއެއް ހޯދަމުންދާ ކަމުގެ ވާހަކަތައް ފެންމަތިވެފައެވެ. 

އެގޮތުން އިތުބާރު ހުރި ވިޔަފާރި ވެރިއެއްގެ ފަރާތުން ރާއްޖެއެމްވީއަށް އެނގިފައިވާ ގޮތުގައި ސިޓީ ކައުންސިލްގެ އިސް ބައެއް ފަރާތްތައް އަޑީގައި ތިބެ މާލޭ ސިޓީ ކައުންސިލްގެ ބެލުމުގެ ދަށުގައި ހުރި ބިންތައް ކުޑަ އަގަކަށް ދިގު މުއްދަތައް ކުއްޔަށް ދީގެން ބޮޑެތި މަންފާތައް ގެންދަނީ ހޯދަމުންނެވެ. މިގޮތުން ވިޔަފާރި ކުރާ ބައެއް ފަރާތްތަކާ ގުޅާ މާލޭގެ ރަނގަޅު ސަރަހައްދަކުން ވިޔަފާރި ކުރަން ބިން ހަމަޖައްސައިދިނުމުގެ އޮފަރތައް އަންނަނީ ދެމުންނެވެ. 

މިކަންތައް ހިންގަނީ ކިހިނެއްތޯ ސުވާލު ކުރުމުން ނަން ނުޖެހުމަށް ޝަރުތުކޮށް ވިޔަފާރިވެރިޔާ ބުނީ ގުޅަނީ އޭޖެންޓެއް ކަމުގައެވެ. އޭޖެންޓްގެ ގޮތުގައި ގުޅަނީ ސިއްރުން ނޫން ކަމަށާއި، ގުޅަނީ ކާކުކަންވެސް އެނގޭ ގޮތައް ކަމަށެވެ.

އެހެން ފަރާތަކުން ރާއްޖެއެމްވީ އަށް ލިބިފައިވާ މައުލޫމާތައް ބަލާއިރު ސްޓެލްކޯ ސަރަހައްދުންވެސް ބިމެއް އެގޮތައް ކަޓު ނަގާފައި ދޫކުރަން ހަމަ މިގޮތަށް އެކި ފަރާތްތަކަށް ވަނީ ހުށަހަޅާފައެވެ. އެއީވެސް 2000 އަކަފޫޓަށް ވުރެ ބޮޑު ބިމެއް ކަމަށް މައުލޫމާތު ލިބިފައިވެއެވެ. ސްޓެލްކޯ ސަރަހައްދުގައި އޮތް ބިމަށް 3 މިލިއަން ރުފިޔާ ދޭންވެސް ބައެއް މީހުން ހުށަހެޅިކަމަށް މި ޑީލް ހެދުމަށް ގުޅި ފަރާތުން ބުނި ކަމަށްވެސް މައުލޫމާތު ލިބިފައިވެއެވެ.

މާލެ ސިޓީ ކައުންސިލްގެ މެމްބަރަކާ މިކަމާ ގުޅޭ ގޮތުން ވާހަކަ ދައްކާލުމުން އޭނާ ވިދާޅުވީ، އެފަދަ އަޑުތައް އިވޭ ކަމަށާއި އެކަމާ ވަރަށް ކަންބޮޑުވާ ކައުންސިލަރުންވެސް ކައުންސިލްގައި ހިމެނޭ ކަމުގައެވެ. އިތުރު ތަފްސީލެއް ދެއްވާކަށް އެނާ ބޭނުންފުޅެއް ނުވިއެވެ. 

ގަވާއިދާ ޚިލާފަށް ރިޝްވަތު ނެގުމަށްފަހު ބިންތައް ނުއަގުގައި އެކި ފަރާތްތަކަށް ކުއްޔަށް ދިނުމުގެ ވާހަކަތައް މާލެ ސިޓީއާ ގުޅޭ ގޮތުން ފެންމަތިވެފައިވާއިރު، ޕާކިންގް ސްލޮޓްތައް 20ހާހާއި 30ހާހާ ދެމެދުގެ އަދަދަކަށް ފައިސާ ދިނުމުން ހަމަޖައްސަމުންދާ ކަމުގެ ވާހަކަތައްވެސް ވަނީ ފެންމަތިވެފައެވެ.  

މާލޭ ސިޓީ ކައުންސިލްޑރ. މުހައްމަދު މުއިއްޒުމާލެ ސިޓީގެ ޑެޕިއުޓީ މޭޔަރ އަހުމަދު ނަރީޝްބިންތައް ކުޑަ އަގަކަށް ދިގު މުއްދަތައް ކުއްޔަށް ދިނުމުގެ ޖަރީމާ

ކޮމެންޓް

އިތުރަށް ކިޔާލަން

މާލެ ސަރަހައްދުގެ ބަނދަރުތައް އެޗްޑީސީ އާއި ޓްރާންސްޕޯޓް މިނިސްޓްރީން ބަލަހައްޓަނީ ޤާނޫނާއި ޚިލާފަށް: މޭޔަރ އާޒިމް

މާލެ ސަރަހައްދުގެ ބަނދަރުތައް އެޗްޑީސީ އާއި ޓްރާންސްޕޯޓް މިނިސްޓްރީން ބަލަހައްޓަނީ ޤާނޫނާއި ޚިލާފަށް: މޭޔަރ އާޒިމް

14 ޑިސެމްބަރު 2025
މިސަރުކާރުގެ ދޮގާއި މަކަރުގެ ސްކޭމް ގައި ތިން ވަނަ ފަހަރަށް ރައްޔިތުން ޖެއްސުމަށް ދަނީ މަސައްކަތް ކުރަމުން: މެންބަރު އަހުމަދު ދީދީ

މިސަރުކާރުގެ ދޮގާއި މަކަރުގެ ސްކޭމް ގައި ތިން ވަނަ ފަހަރަށް ރައްޔިތުން ޖެއްސުމަށް ދަނީ މަސައްކަތް ކުރަމުން: މެންބަރު އަހުމަދު ދީދީ

11 ޑިސެމްބަރު 2025
ވައުދުތައް ނުފުއްދާތީ މަސްވެރިން އިހުތިޖާޖަށް، ރައީސް ވިދާޅުވަނީ އެންމެ ބޮޑު އަމާޒަކީ މަސްވެރި އާއިލާތަކަށް ލިބޭ އާމުދަނީ އިތުރު ކުރުން ކަމަށް!

ވައުދުތައް ނުފުއްދާތީ މަސްވެރިން އިހުތިޖާޖަށް، ރައީސް ވިދާޅުވަނީ އެންމެ ބޮޑު އަމާޒަކީ މަސްވެރި އާއިލާތަކަށް ލިބޭ އާމުދަނީ އިތުރު ކުރުން ކަމަށް!

10 ޑިސެމްބަރު 2025
މިސަރުކާރު ގައި ރައްޔިތުންނަށް އަބަދުވެސް ލިބެނީ ''އައު މުހުލަތު''، އެ ނޫން އެއްޗެއް ނުލިބޭނެ: މެންބަރު މީކާއީލް

މިސަރުކާރު ގައި ރައްޔިތުންނަށް އަބަދުވެސް ލިބެނީ ''އައު މުހުލަތު''، އެ ނޫން އެއްޗެއް ނުލިބޭނެ: މެންބަރު މީކާއީލް

10 ޑިސެމްބަރު 2025
ދައުލަތުގެ ބަޖެޓުގެ 96 އިންސައްތަ އަށް ވާގޮތެއް ރައްޔިތުންނަކަށް ނޭނގެ: މޭޔަރު އާޒިމް

ދައުލަތުގެ ބަޖެޓުގެ 96 އިންސައްތަ އަށް ވާގޮތެއް ރައްޔިތުންނަކަށް ނޭނގެ: މޭޔަރު އާޒިމް

09 ޑިސެމްބަރު 2025

އަހަރުތަކުން މިއަދު

13 އެޕްރީލު
ސަން ސިޔާމް އިރު ފުށީގައި އައު ޖެޓް ކާރު ތަޢާރަފްކޮށްފި
20251 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ސަން ސިޔާމް އިރު ފުށީގައި އައު ޖެޓް ކާރު ތަޢާރަފްކޮށްފި

މަރުގެ އިންޒާރު އެތައްފަހަރެއްގެ މަތިން ދީފައިވާ ސަލްމާން ޚާން ދިރިއުޅޭ ގެއަށް ބަޑީގެ ހަމަލާތަކެއް ދީފި
20242 އަހަރު ކުރިން
ދުނިޔެ

މަރުގެ އިންޒާރު އެތައްފަހަރެއްގެ މަތިން ދީފައިވާ ސަލްމާން ޚާން ދިރިއުޅޭ ގެއަށް ބަޑީގެ ހަމަލާތަކެއް ދީފި

ރަންތާޖު ޤުރުއާން މުބާރާތުން ވަކިވެގެންދާ ދެ ބައިވެރިން އިއުލާންކޮށްފި
20233 އަހަރު ކުރިން
ރާއްޖެ

ރަންތާޖު ޤުރުއާން މުބާރާތުން ވަކިވެގެންދާ ދެ ބައިވެރިން އިއުލާންކޮށްފި

ވިނަރެސް ފްލެޓަށް އެދެވޭނީ ޕޯޓަލް މެދުވެރިކޮށް، މަދުވެގެން ފަސް ފްލެޓް އިޚުތިޔާރުކުރުމުގެ ފުރުސަތު ލިބޭނެ
20224 އަހަރު ކުރިން
ރާއްޖެ

ވިނަރެސް ފްލެޓަށް އެދެވޭނީ ޕޯޓަލް މެދުވެރިކޮށް، މަދުވެގެން ފަސް ފްލެޓް އިޚުތިޔާރުކުރުމުގެ ފުރުސަތު ލިބޭނެ

އަރަބި ސްޓައިލް ޗިކަން ޝަވަރުމާ
20215 އަހަރު ކުރިން
ލައިފް ސްޓައިލް

އަރަބި ސްޓައިލް ޗިކަން ޝަވަރުމާ

ތުޅާދޫ ދާއިރާގެ ގޮނޑި ބާތިލް ކުރަން ސުޕްރީމް ކޯޓަށް ދާން އުޅޭ ކަން ހާމަވާ އޯޑިއޯއެއް ލީކްވެއްޖެ
20197 އަހަރު ކުރިން
ރާއްޖެ

ތުޅާދޫ ދާއިރާގެ ގޮނޑި ބާތިލް ކުރަން ސުޕްރީމް ކޯޓަށް ދާން އުޅޭ ކަން ހާމަވާ އޯޑިއޯއެއް ލީކްވެއްޖެ

ވިލިމާލެ އިން ގެއްލިގެން ހޯދާ މީހާ ހުރީ މާލޭގައި، އޭނާގެ ހާލު ރަނގަޅު
20188 އަހަރު ކުރިން
ރާއްޖެ

ވިލިމާލެ އިން ގެއްލިގެން ހޯދާ މީހާ ހުރީ މާލޭގައި، އޭނާގެ ހާލު ރަނގަޅު

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު