Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
އާރްޓީއެލް މިނީ ބަހުގެ ޚިދުމަތް

ބަސް ސްޓޮޕްތައް ކަނޑައެޅުން ލަސްވަނީ ޕާކިންއަށް ބަދަލު ގެންނަން ޖެހޭތީ: ނަރީޝް

ކަމާގުޅުންހުރި އިދާރާތަކާއެކު ބައްދަލުވުންތައް ބާއްވަމުންދޭ

ތޯހިރާ އަޒްހާރް
ތޯހިރާ އަޒްހާރް, ރާއްޖެ އެމްވީ | 25 ޖުލައި 2022 | ހޯމަ 06:27
ޑެޕިއުޓީ މޭޔަރު އަހުމަދު ނަރީޝް

ޑެޕިއުޓީ މޭޔަރު އަހުމަދު ނަރީޝް

މިނީ ބަހުގެ ޚިދުމަތް ފަށަން ބަސް ސްޓޮޕްތައް ބަހައްޓާނެ ތަންތަން ކަނޑައެޅުން ލަސްވެފައިވަނީ މާލޭގެ ޕާކިންއަށް ބަދަލު ގެންނަން ޖެހޭތީ ކަމަށް މާލެ ސިޓީ ކައުންސިލްގެ ޑެޕިއުޓީ މޭޔަރު އަހުމަދު ނަރީޝް ވިދާޅުވެއްޖެއެވެ.

ރާއްޖެ ޓްރާންސްޕޯޓް ލިންކް (އާރްޓީއެލް)ގެ ދަށުން މިނީ ބަހުގެ ޚިދުމަތް މާލެ ތެރޭގައި ދިނުމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އާއި ސަރުކާރާ ގުޅިގެން ދަނީ މަސައްކަތްކުރަމުންނެވެ. މި ޚިދުމަތް ފަށައިގަތުމަށް ބެނުންވާ ބަސްތައް މިހާރު ވަނީ ލިބިފައެވެ. މި މަސް ނިމުމުގެ ކުރިން މި ޚިދުމަތް ފެށުމަށް އެމްޓީސީސީން މަސައްކަތްކުރަމުންދާއިރު، އަދިވެސް ބަސް ސްޓޮޕްތައް ބަހައްޓަން މާލެ ސިޓީ ކައުންސިލްގެ ހުއްދަ ލިބިފައިނުވާކަމަށް އެމްޓީސީސީން ވަނީ ބުނެފައެވެ.

Advertisement - newsAdvertisement

މިކަމާއި ގުޅިގެން ސިޓީ ކައުންސިލްގެ ޑެޕިއުޓީ މޭޔަރު ރާއްޖެއެމްވީއަށް ވިދާޅުވީ ބަސް ސްޓޮޕްތައް ބަހައްޓާނެ ތަންތަން ފައިނަލްކުރުމުގެ މަސައްކަތް ރައީސް އޮފީހާއި، ޓްރާންސްޕޯޓް މިނިސްޓްރީއާއި، ޕްލޭނިން މިނިސްޓްރީ އަދި އެމްޓީސީސީއާ ގުޅިގެން ކުރަމުންދާކަމަށެވެ. މިކަމުގެ ބައްދަލުވުންތައްވެސް ބާއްވަމުންދާކަމަށާއި، މި ބައްދަލުވުންތަކުގައި ބަސް ސްޓޮޕްތައް ފައިނަލް ކުރުމުގެ މަސައްކަތް ކުރިއަށްދާކަމަށް ނަރީޝް ވިދާޅުވިއެވެ.

ނަރީޝް ވިދާޅުވީ މިހާރު ބަސް ސްޓޮޕްތައް ބަހައްޓަން ކަނޑައަޅާފައިވާ ބައެއް ތަންތަނަށްވެސް ބަދަލު ގެންނަމުންދާ ކަމަށެވެ. އެއީ މި މަސައްކަތް ކުރަންޖެހެނީ މާލޭގެ ޕާކިންއަށް އިތުރު މައްސަލައެއް ދިމާނުވާގޮތަށް ވާތީ ކަމަށް ނަރީޝް ވިދާޅުވިއެވެ. އައު ޕާކިން ސަރަހައްދު ހެދުމަށް ބޭނުންވާ ބިންތައް ހޯމަ ދުވަހުގެ ބައްދަލުވުމަށްފަހު ރައީސް އޮފީހުން ދޭނެ ކަމަށް ބެލެވޭ ކަމަށް ނަރީޝް ވިދާޅުވިއެވެ. އަދި ބިންތައް ދިންހާ އަވަހަކަށް ޕާކިން ސަރަހައްދު ބަދަލުކޮށް ބަސް ސްޓޮޕްތައް ފައިނަލް ކުރެވިގެންދާނެ ކަމަށް ނަރީޝް ވިދާޅުވިއެވެ.

ނަރީޝް ވިދާޅުވީ މިކަމާއި ގުޅޭގޮތުން މިހާތަނަށް ބޭއްވި ހުރިހާ ބައްދަލުވުމެއްގައި މާލެ ސިޓީ ކައުންސިލުން ބައިވެރިވެފައިވާކަމަށެވެ. އަދި ސިޓީ ކައުންސިލުން ދޭންވާ އެއްބާރުލުންވެސް ދެމުންދާކަމަށް ނަރީޝް ވިދާޅުވިއެވެ.

ރާއްޖެޓީވީގެ ފަލަސުރުޚީ ޕްރޮގްރާމެއްގައި ވާހަކަދައްކަވަމުން އެމްޓީސީސީގެ ސީއީއޯ އާދަމް އާޒިމް ވަނީ މި މަސައްކަތުގައި ސިޓީ ކައުންސިލްގެ އެއްބާރުލުން ނުލިބޭކަމަށް ވިދާޅުވެފައެވެ. ބަސް ސްޓޮޕްތައް ހެދުމަށް ބޭނުންވާ ހުއްދައަށް ސިޓީ ކައުންސިލުގައި އެދިފައިވާ ކަމަށާއި، ނަމަވެސް ސިޓީ ކައުންސިލުން މިހާތަނަށް އެމްޓީސީސީގެ އެއްވެސް ސިޓީއަކަށް ޖަވާބު ދީފައިނުވާކަމަށް އާޒިމް ވިދާޅުވިއެވެ.

އެމްޓީސީސީން ވަނީ ރާއްޖޭގެ 4 ސަރަހައްދެއްގައި އާރްޓީއެލް މީނީ ބަހުގެ ޚިދުމަތް ފަށަން ނިންމާފައެވެ. އެގޮތުން، މި ޚިދުމަތް ފަށަން ބޭނުންވާ 41 ބަހުގެ ތެރެއިން 36 ބަސް މިހާރު ވަނީ ރާއްޖެއަށް ގެނެސްފައެވެ. އެއީ މާލެ އާއި އައްޑޫ ސިޓީ އާއި ފުވައްމުލައް ސިޓީގެ އިތުރުން ލ. އަތޮޅުގައެވެ.

އެ ކުންފުނިން މައުލޫމާތުދޭ ގޮތުގައި މާލޭގައި އާރްޓީއެލް މިނީ ބަހުގެ ޚިދުމަތް ފެށުމުން ކޮންމެ 10 މިނެޓަކުން ބަސް ސްޓޮޕުތަކުން ދަތުރުތައް އޮންނާނެއެވެ. މި މަސައްކަތަށް ގެނެސްފައިވާ މިނީ ބަސްތަކަކީ 20-25 މީހުންގެ ޖާގައިގެ ބަސްތަކެކެވެ.

އާރްޓީއެލް މިނީ ބަސްމާލެ ސިޓީގެ ޑެޕިއުޓީ މޭޔަރ އަހުމަދު ނަރީޝްއެމްޓީސީސީ

ކޮމެންޓް

އިތުރަށް ކިޔާލަން

މިނިސްޓަރ އަމީން ވަނީ އަޚުލާގީ މިންގަނޑުން ބޭރުވެފައި، އިޚުލާސްތެރި ނިޔަތެއް އޮތް ނަމަ އިސްތިއުފާ ދެއްވާ: ޑީއޭއެމް

މިނިސްޓަރ އަމީން ވަނީ އަޚުލާގީ މިންގަނޑުން ބޭރުވެފައި، އިޚުލާސްތެރި ނިޔަތެއް އޮތް ނަމަ އިސްތިއުފާ ދެއްވާ: ޑީއޭއެމް

23 ނޮވެމްބަރު 2025
ސަރުކާރުގެ ޓެކްސީ ލައިންގައި ޓެކްސީ ކުރާނެ ޑްރައިވަރުން ހޯދަން އިއުލާން ކޮށްފި

ސަރުކާރުގެ ޓެކްސީ ލައިންގައި ޓެކްސީ ކުރާނެ ޑްރައިވަރުން ހޯދަން އިއުލާން ކޮށްފި

19 ނޮވެމްބަރު 2025
ލޯޑަރެއް ގެންގޮސްގެން އޮޅުވެލިފުށީ ބަނދަރު ތަރައްޤީކުރުމުގެ މަޝްރޫޢުގެ މަސައްކަތް ރައީސް ފައްޓަވައިދެއްވައިފި

ލޯޑަރެއް ގެންގޮސްގެން އޮޅުވެލިފުށީ ބަނދަރު ތަރައްޤީކުރުމުގެ މަޝްރޫޢުގެ މަސައްކަތް ރައީސް ފައްޓަވައިދެއްވައިފި

27 އޮކްޓޯބަރު 2025
ބޭބީ ހައިމާކު އަކުން ކުރެންދޫ ބަނދަރު ތަރައްޤީ ކުރުމުގެ ބޮޑު މަޝްރޫޢު ރައީސް ފައްޓަވައި ދެއްވައިފި

ބޭބީ ހައިމާކު އަކުން ކުރެންދޫ ބަނދަރު ތަރައްޤީ ކުރުމުގެ ބޮޑު މަޝްރޫޢު ރައީސް ފައްޓަވައި ދެއްވައިފި

27 އޮކްޓޯބަރު 2025
އެމްޓީސީސީ އޮތީ މިހާރު ބަނގުރޫޓުވެފައި، ސަރުކާރުން ދަނީ އެކަން ފޮރުވަމުން: އަމްރު

އެމްޓީސީސީ އޮތީ މިހާރު ބަނގުރޫޓުވެފައި، ސަރުކާރުން ދަނީ އެކަން ފޮރުވަމުން: އަމްރު

17 އޮކްޓޯބަރު 2025

އަހަރުތަކުން މިއަދު

23 މެއި
ދިވެހީންގެ އުފެއްދުންތެރިކަމުގެ މައުރަޒު 2025ގެ ވަނަތައް ވިއްކާފައިވާ ކަމަށް ތުހުމަތުކޮށްފި
20251 އަހަރު ކުރިން
ރާއްޖެ

ދިވެހީންގެ އުފެއްދުންތެރިކަމުގެ މައުރަޒު 2025ގެ ވަނަތައް ވިއްކާފައިވާ ކަމަށް ތުހުމަތުކޮށްފި

އީރާންގެ ރައީސް ދަތުރު ކުރެއްވި ހެލިކޮޕްޓަރ ވެއްޓުނު ހާދިސާގެ ތަހުގީގު ރިޕޯޓު ނެރެފި
20242 އަހަރު ކުރިން
ދުނިޔެ

އީރާންގެ ރައީސް ދަތުރު ކުރެއްވި ހެލިކޮޕްޓަރ ވެއްޓުނު ހާދިސާގެ ތަހުގީގު ރިޕޯޓު ނެރެފި

ލަމްހާ 100 ދުވަހަށް ޝަރުތުތަކާއެކު ބަންދުން ދޫކޮށްލަން އެދިއްޖެ
20233 އަހަރު ކުރިން
ރާއްޖެ

ލަމްހާ 100 ދުވަހަށް ޝަރުތުތަކާއެކު ބަންދުން ދޫކޮށްލަން އެދިއްޖެ

މޫދު އަޑިން ހޯދި ކަށިތަކުން ނަގާފައިވާ ޑީއެންއޭއާ ލުތުފަރުގެ ދަރިންގެ ޑީއެންއޭއާ ދިމާވޭ
20224 އަހަރު ކުރިން
ރާއްޖެ

މޫދު އަޑިން ހޯދި ކަށިތަކުން ނަގާފައިވާ ޑީއެންއޭއާ ލުތުފަރުގެ ދަރިންގެ ޑީއެންއޭއާ ދިމާވޭ

އޮބާމާއާއި އިންޓަވިއުކުރި "އެންމެ ހަގު ރިޕޯޓަރ" ދެން ނުފެންނާނެ
20215 އަހަރު ކުރިން
ރިޕޯޓު

އޮބާމާއާއި އިންޓަވިއުކުރި "އެންމެ ހަގު ރިޕޯޓަރ" ދެން ނުފެންނާނެ

ޖިންސީ ވިޔަފާރި ކުރާ ނެޓް ވޯކެއްގެ އަތްދަށުން 50 ކުދިން ސަލާމަތް ވެއްޖެ
20197 އަހަރު ކުރިން
ރާއްޖެ

ޖިންސީ ވިޔަފާރި ކުރާ ނެޓް ވޯކެއްގެ އަތްދަށުން 50 ކުދިން ސަލާމަތް ވެއްޖެ

އެމެޓީ ސޭޓް ނިޔާވެއްޖެ
20188 އަހަރު ކުރިން
ރާއްޖެ

އެމެޓީ ސޭޓް ނިޔާވެއްޖެ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު