Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ނަރީޝް ދޮގު ހެކި ދިނުން

ޔާމީނު ދިފާއުކުރަން ނަރީޝް ދޮގު ހެކި ދިީފައިވާތީ ފުލުހަށް ހާޒިރުކޮށްފި

ނަރީޝް ހެކިބަސް ދީފައިވަނީ ނުހިނގާ ކަމެއް ހިނގިކަމަށް ބުނެ، ވަކި ގޮތަކަށް ހެކިބަސް ދިނުމަށް ތައްޔާރުވެގެން

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު, ރާއްޖެ އެމްވީ | 10 ޖެނުއަރީ 2023 | އަންގާރަ 02:42
ކުރީގެ ރައީސް އަބްދުﷲ ޔާމީން އާއި އަހުމަދު ނަރީޝް

ކުރީގެ ރައީސް އަބްދުﷲ ޔާމީން އާއި އަހުމަދު ނަރީޝް

ޕީޕީއެމްގެ ކައުންސިލް މެންބަރު އަހުމަދު ނަރީޝް ވ. އާރަށު ހިޔާނާތުގެ މައްސަލައިގައި ރައީސް އަބްދުﷲ ޔާމީނުގެ ދިފާއީ ހެއްކެއްގެ ގޮތުގައި ކްރިމިނަލް ކޯޓަށް ގޮސް ދީފައިވަނީ ދޮގު ހެކިބަހެއްކަން ހާމަވެފައިވާތީ އޭނާ ފުލުހަށް ހާޒިރުކޮށްފިއެވެ.

އޭނާ ފުލުހަށް ހާޒިރުކޮށްފައިވަނީ ހޯމަ ދުވަހުގެރޭގެ ވަގުތެއްގައެވެ.

ނަރީޝްގެ ހެކިބަހަކީ ދޮގު ހެކިބަހެއްކަން ކްރިމިނަލް ކޯޓުގެ ޙުކުމުން ފާހަގަވެފައިވާއިރު، އެކަމާ ގުޅިގެން ރާއްޖެއެމްވީއާ ވާހަކަ ދައްކަވަމުން ފުލުހުންގެ މީޑިއާ އޮފިޝަލު ވިދާޅުވީ، އެކަން މިހާރު ފުލުހުން ބަލަމުންދާ ކަމަށެވެ.

އަދި ޙުކުމް ދިރާސާ ކުރުމަށްފަހު، ޖިނާއީ ކުށެއް އެކުލެވޭ ކަމެއް ހިނގާފައިވާނަމަ، އެކަމާ ގުޅިގެން ދެން އަޅަންޖެހޭ ފިޔަވަޅުތައް ފުލުހުން އަޅާނެކަމަށް އޭނާ ވިދާޅުވިއެވެ. ނަރީޝް ފުލުހަށް ހާޒިރުކުރީ އެ މައްސަލައާ ގުޅޭގޮތުންނެވެ. އެގޮތުން އޭނާއަށް ކުރާ ތުހުމަތު ފުލުހުން ވަނީ ސާފު ކޮށްދީފައެވެ.

ދޮގު ހެކި ދިނުމަކީ ކުށެއްކަމަށް ޤާނޫނުލްއުޤޫބާތުގެ 520 ވަނަ މާއްދާގައި ބަޔާންކޮށްފައިވެއެވެ.

ކްރިމިނަލް ކޯޓުގައި ގާތްގަނޑަކަށް 45 މިނެޓަށް ދިގުދެމިގެން ދިޔަ މި ހެކިބަހާއި ގުޅޭގޮތުން މި މައްސަލައިގެ ޙުކުމުގައި ފާހަގަކޮށްފައިވާ ގޮތުގައި، ކާރުގައި އަހުމަދު ނަރީޝް އިށީނދެގެން އިން ތަނާއި އަބްދުﷲ ރަޝީދު އިން ތަނާއި ފައިސާ ދަބަސްތައް ބަހައްޓާފައި ހުރީ ކާރުގެ ކޮންތަނެއްގައި ކަން ފަދަ އެތައް ކަމެއް ނަރީޝަށް އެއްވެސް އުނދަގުލެއް ނެތި ވަނީ ބުނެދެވިފައެވެ.

އެހައި ކުދިކުދި ތަފްސީލުތަކާ ގުޅިގެން ސުވާލު ކުރުމުން ވަގުތުން ޖަވާބު ދީފައިވާކަން އެނގެން އޮންނައިރު، މި މުއާމަލާތް ހިނގީ ދުވަހުގެ ކޮން ވަގުތެއްގައިކަން ބުނެދޭން އަހުމަދު ނަރީޝަށް ނޭނގުމަކީ ސަބަބުވެރި އިންސާނެއްގެ ވިސްނުމުން ވިސްނާއިރު އަޖައިބު ކުރުވަނިވި، ހައިރާން ކުރުވާ ވަރުގެ ކަމެއްކަން ޙުކުމުގައި ފާހަގަކޮށްފައިވެއެވެ.

ޔާމީނުގެ ވަކީލުން ކުރެއްވި ހުރިހާ ސުވާލަކަށް ނަރީޝް މަޑުޖެހުމެއްނެތި ޖަވާބު ދީފައިވާއިރު، ގ. ދޫވެހިން އެ ފައިސާ ގެންދިއުމުގެ ކުރިން ރައީސް ޔާމީނުގެ ހާޒިރުގައި އެ ފައިސާ ގުނިކަމާއި، އެ ފައިސާހުރީ 2 ދަބަހެއްގައި ކަމަށްވެސް ނަރީޝް ބުނެފައިވެއެވެ.

އެއްވެސް މަޑުޖެހުމެއް، ޝައްކެއް ނެތި ނަރީޝް ގެންދިޔައީ އެ ސުވާލުތަކަށް ޖަވާބުދެމުންނެވެ.

އެހެންނަމަވެސް، އެއަށްފަހު ދައުލަތުން ކުރި ސުވާލުތަކާއި ގުޅޭ ގިނަ ކަންކަން ނަރީޝްގެ ހަނދާނުގައިވެސް ނެތެވެ. އެގޮތުން ބައެއް ކަންކަމަށް ބަލާއިރު، އޭނާ އޭރު ގެންގުޅުނު ފޯނު ނަންބަރު ހަނދާނުގައި ނެތް ކަމަށާއި، ފައިސާ ޙަވާލުކުރަން ދިޔައީ ކޮން ބްރޭންޑެއްގެ ކާރެއްކަން ހަނދާނުގައި ނެތްކަމަށާއި، 1 މިލިއަން ޑޮލަރަށްވާ ފައިސާ ގުނީ އަތުން ކަމަށާއި، ނަމަވެސް އެކަމަށް ހޭދަވި ސީދާ ވަގުތެއް ހަނދާނުގައި ނެތްކަމަށްވެސް ދައުލަތުގެ ސުވާލުތަކުގެ ޖަވާބުގައި ނަރީޝް ބުނެފައިވެއެވެ.

ފައިސާ ގުނަން ހޭދަވި ވަގުތު އެކަންޏެއް ނޫނެވެ. އެ ނޫން ދުވަހެއްގައި އެއް މިލިއަން ޑޮލަރަށްވާ ފައިސާ ގުނާފައިވާނެކަން ނުވަތަ ނޫންކަންވެސް މިވަގުތު ހަނދާނުގައި ނެތްކަމަށް ނަރީޝް ބުނެފައިވެއެވެ.

ރައީސް ޔާމީނު އެދިވަޑައިގަތުމުގެ މަތިން ގ. ދޫވެއްސަށް ދިޔައީ ދުވަހުގެ ކޮން ވަގުތެއްގައިކަންވެސް ހަނދާނުގައި ނެތްކަމަށް ނަރީޝް ބުނެފައިވެއެވެ.

އިސްގާޒީ އަހުމަދު ޝަކީލު އިއްވެވި ޙުކުމުގައި ބަޔާންކޮށްފައިވާ ގޮތުގައި ޔާމީނުގެ ފަރާތުން ހުށަހަޅާފައިވާ ހެކިތަކަށް ބަލާއިރު، ޝައްކު އުފެދޭ އަދި ސުވާލު އުފެދޭ މިންވަރަށް ވާހަކަތައް ބައްޓަންވެފައިވެއެވެ.

ކްރިމިނަލް ކޯޓުގެ ޙުކުމުގައި ވަނީ ނަރީޝްގެ ހެކިބަހުގައި ކުދި ކުދި ތަފްސީލުތައް ހަނދާނުގައި ނެތްކަމަށް ބުނެ، ދިފާއުގެ ސުވާލުތަކުގެ ޖަވާބު ތަފްސީލުކަމާއެކު ދީފައިވާތީ، ސަބަބުވެެރި އިންސާނެއްގެ ވިސްނުމުން ބަލާއިރު އެއީ އަޖައިބު ކުރުވަނިވި، ހައިރާން ކުރުވަނިވި ކަމެއްކަމަށް ބަޔާންކޮށްފައެވެ.

ޙުކުމުގައި ބަޔާން ކޮށްފައިވާ ގޮތުގައި ނަރީޝް ހެކިބަސް ދީފައިވަނީ ނުހިނގާ ކަމެއް ހިނގިކަމަށް ބުނެ، ވަކި ގޮތަކަށް ހެކިބަސް ދިނުމަށް ތައްޔާރުވެގެންނެވެ. އޭގެ ބޭރުން ސުވާލެއް އަމާޒުވުމުން ނަރީޝްއަށް ޖަވާބު ނުދެވުނުކަން ޙުކުމުގައި ބަޔާން ކުރައްވާފައިވެއެވެ.

އޭގެ އިތުރުން، އަހުމަދު ނަރީޝްގެ ހެކިބަހުގައި 1 މިލިއަން ޑޮލަރަށްވާ 15،420،000 ދިވެހި ރުފިޔާ އަތުން ގުނިކަމަށް ބުނެ، އެ ގުނުމަށް ހޭދަވި ވަގުތު ބުނެދޭން ނޭންގުމުން، ނަރީޝްގެ ހެކިބަހަކީ އުފައްދައިގެން ދިން، ހަގީގަތެއް ނެތް ހެކިބަހެއްކަން ހާމަވާކަމަށްވެސް ޙުކުމުގައި ބުނެފައިވެއެވެ.

ނަރީޝް އެ ފައިސާ ގުނީ އަތުންކަމަށް ބުނުމާއެކު، އެތައް ބަޔަކު ވަނީ ފަހުން އެކަމާ ސުވާލު އުފައްދާފައެވެ. ވުމާއެކު ފަހުން ޔާމީނުގެ ފަރާތުން އައި ހެކިވެރިއަކު ވަނީ ވަކިވަކި ނޫޓޫތައް ގުނާފައި ނުވާނެ ކަމަށާއި، ގުނީ ފައިސާ ބޮނޑިތައް ކަމަށް ބުނެފައެވެ.

އެހެންނަމަވެސް މިއީ ނަރީޝްގެ ހެކިބަހުގައި ހުރި ބުއްދި ޤަބޫލު ނުކުރެވޭ ވާހަކަތައް ފޫބައްދައި ހަމަޖެއްސުމަށް އިތުރަށް އުފައްދައިގެން ދެއްކި ވާހަކައެއްކަން ސަބަބުވެރި އިންސާނެއްގެ ވިސްނުމުން ވިސްނާއިރު އެނގެން އޮންނަކަމަށްވެސް ޙުކުމުގައި ވަނީ ބަޔާންކޮށްފައެވެ.

މާލެ ސިޓީގެ ޑެޕިއުޓީ މޭޔަރ އަހުމަދު ނަރީޝްކްރިމިނަލް ކޯޓްއެމްއެމްޕީއާރްސީ ޚިޔާނާތް

ކޮމެންޓް

އިތުރަށް ކިޔާލަން

މަސްވެރިންގެ ސުލްހަވެރި އިހްތިޖާޖުން ހައްޔަރު ކުރި ފަރާތްތަކުގެ ބަންދުގެ މުއްދަތު އިތުރުކުރީ ސަރުކާރުގެ ނުފޫޒުން: އެމްޑީޕީ

މަސްވެރިންގެ ސުލްހަވެރި އިހްތިޖާޖުން ހައްޔަރު ކުރި ފަރާތްތަކުގެ ބަންދުގެ މުއްދަތު އިތުރުކުރީ ސަރުކާރުގެ ނުފޫޒުން: އެމްޑީޕީ

13 ޑިސެމްބަރު 2025
މެންބަރު މައުރޫފް ގެ ބަންދަށް 5 ދުވަސް ޖަހައިފި

މެންބަރު މައުރޫފް ގެ ބަންދަށް 5 ދުވަސް ޖަހައިފި

12 ޑިސެމްބަރު 2025
މަސްވެރިކަމުގެ ވަޒީރު ޝިޔާމް އިސްތިއުފާ އަށް ގޮވާލައިފި

މަސްވެރިކަމުގެ ވަޒީރު ޝިޔާމް އިސްތިއުފާ އަށް ގޮވާލައިފި

12 ޑިސެމްބަރު 2025
ދިފާޢީ ވަކީލުންގެ ގޮތުގައި މަސައްކަތް ކުރާ ފަރާތްތަކަށް ނިސްބަތް ކޮށް އަސާސެއް ނެތް ތުހުމަތުތައް ނުކުރުމަށް ބާރ ކައުންސިލުން އިލްތިމާސްކޮށްފި

ދިފާޢީ ވަކީލުންގެ ގޮތުގައި މަސައްކަތް ކުރާ ފަރާތްތަކަށް ނިސްބަތް ކޮށް އަސާސެއް ނެތް ތުހުމަތުތައް ނުކުރުމަށް ބާރ ކައުންސިލުން އިލްތިމާސްކޮށްފި

12 ޑިސެމްބަރު 2025
ދިގަލި އާއި އާއްޓެ، ސިނގިރެޓް ވަގަށް ނެގުމުގައި އަމަލީ ގޮތުން ބައިވެރިވެފައި ނުވާ ކަމަށް ބުނެ ޝަރުތުކޮށްފައި ބަންދުން ދޫކޮށްލައިފި

ދިގަލި އާއި އާއްޓެ، ސިނގިރެޓް ވަގަށް ނެގުމުގައި އަމަލީ ގޮތުން ބައިވެރިވެފައި ނުވާ ކަމަށް ބުނެ ޝަރުތުކޮށްފައި ބަންދުން ދޫކޮށްލައިފި

11 ޑިސެމްބަރު 2025

އަހަރުތަކުން މިއަދު

4 އެޕްރީލު
 ބޮލީވުޑްގެ މަގްބޫލުތަރި މަނޯޖް ކުމާރު އުމުރުން 87 އަހަރުގައި މަރުވެއްޖެ
20251 އަހަރު ކުރިން
ތަފާތު ޚަބަރު

ބޮލީވުޑްގެ މަގްބޫލުތަރި މަނޯޖް ކުމާރު އުމުރުން 87 އަހަރުގައި މަރުވެއްޖެ

ރައީސް ސާލިހު ރައީސް މުއިއްޒަށް - އެސްޑީއެފްގައި ހުންނަ ފައިސާއަކީ މޭޒުމަތީގައި ބަރިބަރިޖަހާފައި ހުންނަ އެއްޗެއް ނޫން
20242 އަހަރު ކުރިން
ރާއްޖެ

ރައީސް ސާލިހު ރައީސް މުއިއްޒަށް - އެސްޑީއެފްގައި ހުންނަ ފައިސާއަކީ މޭޒުމަތީގައި ބަރިބަރިޖަހާފައި ހުންނަ އެއްޗެއް ނޫން

ވަކި މީހަކަށް ބެލުމެއް ނެތި ވަލީދު ސޫޕް ބަހާތާ 10 އަހަރު!
20233 އަހަރު ކުރިން
ތަފާތު ޚަބަރު

ވަކި މީހަކަށް ބެލުމެއް ނެތި ވަލީދު ސޫޕް ބަހާތާ 10 އަހަރު!

ތިމަރަފުށީ ހަރުކަށި ފިކުރު: "ހެކިތައް ސިއްރު ނުކުރަން ނިންމީ، ޤައުމީ ސަލާމަތަށް ރިއާޔަތް ކުރުމެއް ނެތި"
20224 އަހަރު ކުރިން
ރާއްޖެ

ތިމަރަފުށީ ހަރުކަށި ފިކުރު: "ހެކިތައް ސިއްރު ނުކުރަން ނިންމީ، ޤައުމީ ސަލާމަތަށް ރިއާޔަތް ކުރުމެއް ނެތި"

ދެވަނަ ޑޯޒް ފުރިހަމަ ކުރުމުގެ ކުރިން ވެކްސިން ކާޑް ލެމިނޭޓް ނުކުރުމަށް އެދިއްޖެ!
20215 އަހަރު ކުރިން
ރާއްޖެ

ދެވަނަ ޑޯޒް ފުރިހަމަ ކުރުމުގެ ކުރިން ވެކްސިން ކާޑް ލެމިނޭޓް ނުކުރުމަށް އެދިއްޖެ!

ލޭބަރ ޕާޓީން 10 ކެނޑިޑޭޓަކު އެންޑޯސް ކޮށްފި
20197 އަހަރު ކުރިން
ރާއްޖެ

ލޭބަރ ޕާޓީން 10 ކެނޑިޑޭޓަކު އެންޑޯސް ކޮށްފި

އިންޑިއާގެ ޔަތީމްހާނާއެއްގައި ތިބި ދިވެހި ހުރިހާ ކުދިން ރާއްޖެ ގެނެސްފި
20188 އަހަރު ކުރިން
ރާއްޖެ

އިންޑިއާގެ ޔަތީމްހާނާއެއްގައި ތިބި ދިވެހި ހުރިހާ ކުދިން ރާއްޖެ ގެނެސްފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު