Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ފުވައްމުލަކުގެ ޓާޝަރީ ހޮސްޕިޓަލްގެ މަސައްކަތް

ފުވައްމުލަކުގެ 50 އެނދުގެ ޓާޝަރީ ހޮސްޕިޓަލުގެ އަމަލީ މަސައްކަތް މިއަހަރުގެ ތެރޭގައި ފެށޭނެ: މިނިސްޓަރު

ސަރުކާރުން ވަރަށް އިސްކަމެއްދީގެން ސިއްހީ ޚިދުމަތްތައް އެރަށުގައި ތަރައްގީ ކުރަން ބޭނުންވޭ

އަމްނާ އިމާދު
އަމްނާ އިމާދު, ރާއްޖެ އެމްވީ | 23 މާރިޗު 2024 | ހޮނިހިރު 08:27
ހެލްތް މިނިސްޓަރު ޑރ. އަބްދުﷲ ހަލީލު

ހެލްތް މިނިސްޓަރު ޑރ. އަބްދުﷲ ހަލީލު

ފުވައްމުލަކުގެ 50 އެނދުގެ ޓާޝަރީ އައު ހޮސްޕިޓަލުގެ އަމަލީ މަސައްކަތް މިއަހަރުގެ ތެރޭގައި ފެށޭނެ ކަމަށް ހެލްތް މިނިސްޓަރު ޑރ. އަބްދުﷲ ހަލީލު ވިދާޅުވެއްޖެއެވެ.

ހޯމަ ދުވަހުގެ ރައްޔިތުން މަޖިލީހުގެ ޖަލްސާގައި ފުވައްމުލަކު މެދު ދާއިރާގެ ހުސެއިން މުހައްމަދު ދީދީ ކުރެއްވި ސުވާލަށް ޖަވާބު ދެއްވަމުން މިނިސްޓަރު ހަލީލު ވިދާޅުވީ ފުވައްމުލަކީ އާބާދީ ބޮޑު ރަށެއް ކަމަށާއި، ސަރުކާރުން ވަރަށް އިސްކަމެއްދީގެން ސިއްހީ ޚިދުމަތްތައް އެރަށުގައި ތަރައްގީ ކުރަން ބޭނުންވާ ކަމަށެވެ. އަދި ސަރަހައްދީ ތަރައްގީއަށް ބަލާއިރު ވެސް ވަރަށް މުހިންމު ރަށަކަށްވާތީ، އެ ޚާއްސަ ސަމާލުދޭ ކަމަށް މިނިސްޓަރު ހަލީލު ވިދާޅުވިއެވެ.

ފުވައްމުލަކުގެ 50 އެނދުގެ ޓާޝަރީ ހޮސްޕިޓަލްގެ އައު އިމާރާތަށް އިޝާރާތް ކުރައްވައި މިނިސްޓަރު ހަލީލު ވިދާޅުވީ މި ހޮސްޕިޓަލް އެޅުމަށް ބަޖެޓު ކުރެވިފައިވަނީ 6.9 މިލިއަން ރުފިޔާ ކަމަށާއި، މިއީ އެކަށީގެންވާ އަދަދެއް ނޫން ކަމަށެވެ. އެހެންކަމުން ހޮސްޕިޓަލް އެޅުމަށް އައު ފަންޑެއް ހޯދުމުގެ މަސައްކަތް ކުރަމުންދާ ކަމަށް މިނިސްޓަރު ހަލީލު ވިދާޅުވިއެވެ. އަދި ވިދާޅުވީ މިހާރު ޓައިމްލައިނަށް ބަލާއިރު، ހޮސްޕިޓަލް އެޅުމުގެ އަމަލީ މަސައްކަތް މިއަހަރުގެ ތެރޭގައި ފެށިގެންދާނެ ކަމަށެވެ.

ފުވައްމުލައް ސިޓީގެ އާބާދީގައި 12000 އެއްހާ މީހުން ދިރިއުޅެމުން ގެންދާއިރު، އެކަށީގެންވާ ސިއްހީ ޚިދުމަތް ނުލިބޭ މައްސަލަ ބޮޑެވެ. ސިއްހީ ޚިދުމަތް ފުޅާކުރުމަށް ކުރި މަސައްކަތުގެ ދަށުން 2021 ވަނަ އަހަރުގެ ތެރޭގައި ފުވައްމުލަކު ހޮސްޕިޓަލްގެ ޖާގައިގެ ދަތިކަން ހައްލު ކުރުމުގެ ގޮތުން އައު އިމާރާތުގެ މަސައްކަތް ވަނީ ފަށާފައެވެ. އަދި އެ އިމާރާތުގެ މަސައްކަތް 2022 އަހަރު ނިންމާ އެތަނުން ލެބޯޓްރީގެ ޚިދުމަތާއި، ޑެންޓަލް ޚިދުމަތާއި، ފިޒިއޮތެރަޕީގެ ޚިދުމަތްތައް ދަނީ ދެމުންނެވެ. އޭރު ސަރުކާރުން ވަނީ އެރަށުގައި 5 ފަންގިފިލާގެ މުޅިން އައު ހޮސްޕިޓަލެއް އެޅުމަށް ނިންމާފައެވެ. އަދި މި ހޮސްޕިޓަލް ތަރައްގީ ކުރެވިގެންދަނީ ކުޑަކުދިންނާއި އަންހެނުންނަށް ޚާއްސަ ސްޕްޝެލިޓީ ޚިދުމަތްތައް ލިބޭ ގޮތަށް އެންމެ ޒަމާނީ ފެންވަރަށް ކަމަށް އޭރުގެ ސަރުކާރުން ބުނެފައިވެއެވެ.

50 އެނދުގެ ޖާގައިގެ މިހޮސްޕިޓަލް އިމާރަތްކުރުމަށް ހަމަޖެހިފައިވަނީ މިހާރުވެސް ފުވައްމުލަކު ހޮސްޕިޓަލް ހިންގަމުން އަންނަ އިމާރާތާއި އިންވެގެންނެވެ.

ފުވައްމުލައް ސިޓީޓާޝަރީ ހޮސްޕިޓަލް ފޮރިން މިނިސްޓަރު ޑރ. އަބްދުﷲ ޚަލީލް

ކޮމެންޓް

އިތުރަށް ކިޔާލަން

ރައީސް ސާލިހް ގެ ސަރުކާރުން ފަށާފައިވާ ފެނަކަ އިމާރާތް މިސަރުކާރު އައިސް ހޮޅި ގެއަކަށް ހަދައިފި: ހުސައިން

ރައީސް ސާލިހް ގެ ސަރުކާރުން ފަށާފައިވާ ފެނަކަ އިމާރާތް މިސަރުކާރު އައިސް ހޮޅި ގެއަކަށް ހަދައިފި: ހުސައިން

23 ނޮވެމްބަރު 2025
ބަހާލި ޕްރޮޖެކްޓްތަކުގެ މައްސަލަ އާއި ފުވައްމުލައް ސިޓީގެ ފެނުގެ މައްސަލަ ބަލައިދޭން އިދާރާތަކަށް ހުށަހެޅުމުން ރައީސް ރުޅިގަދަވެއްޖެ

ބަހާލި ޕްރޮޖެކްޓްތަކުގެ މައްސަލަ އާއި ފުވައްމުލައް ސިޓީގެ ފެނުގެ މައްސަލަ ބަލައިދޭން އިދާރާތަކަށް ހުށަހެޅުމުން ރައީސް ރުޅިގަދަވެއްޖެ

18 ނޮވެމްބަރު 2025
"ރައީސް ބޭކާރު ކަންތައްތައް ކުރައްވާއިރު ޅިޔަނުން ނަސޭހަތް ނުދެއްވަނީތޯ؟": ޑރ އިޔާޒް

"ރައީސް ބޭކާރު ކަންތައްތައް ކުރައްވާއިރު ޅިޔަނުން ނަސޭހަތް ނުދެއްވަނީތޯ؟": ޑރ އިޔާޒް

14 ނޮވެމްބަރު 2025
ފެނުގެ މައްސަލަ ވީހާ ވެސް އަވަހަކަށް ހައްލުކޮށް ދޭން އެމްޑީޕީ އިން ސަރުކާރަށް ގޮވާލައިފި

ފެނުގެ މައްސަލަ ވީހާ ވެސް އަވަހަކަށް ހައްލުކޮށް ދޭން އެމްޑީޕީ އިން ސަރުކާރަށް ގޮވާލައިފި

13 ނޮވެމްބަރު 2025
އަސާސީ ހިދުމަތެއް ވެސް ދޭން ނުކުޅެދިފައި

އަސާސީ ހިދުމަތެއް ވެސް ދޭން ނުކުޅެދިފައި

12 ނޮވެމްބަރު 2025

އަހަރުތަކުން މިއަދު

13 އެޕްރީލު
ސަން ސިޔާމް އިރު ފުށީގައި އައު ޖެޓް ކާރު ތަޢާރަފްކޮށްފި
20251 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ސަން ސިޔާމް އިރު ފުށީގައި އައު ޖެޓް ކާރު ތަޢާރަފްކޮށްފި

މަރުގެ އިންޒާރު އެތައްފަހަރެއްގެ މަތިން ދީފައިވާ ސަލްމާން ޚާން ދިރިއުޅޭ ގެއަށް ބަޑީގެ ހަމަލާތަކެއް ދީފި
20242 އަހަރު ކުރިން
ދުނިޔެ

މަރުގެ އިންޒާރު އެތައްފަހަރެއްގެ މަތިން ދީފައިވާ ސަލްމާން ޚާން ދިރިއުޅޭ ގެއަށް ބަޑީގެ ހަމަލާތަކެއް ދީފި

ރަންތާޖު ޤުރުއާން މުބާރާތުން ވަކިވެގެންދާ ދެ ބައިވެރިން އިއުލާންކޮށްފި
20233 އަހަރު ކުރިން
ރާއްޖެ

ރަންތާޖު ޤުރުއާން މުބާރާތުން ވަކިވެގެންދާ ދެ ބައިވެރިން އިއުލާންކޮށްފި

ވިނަރެސް ފްލެޓަށް އެދެވޭނީ ޕޯޓަލް މެދުވެރިކޮށް، މަދުވެގެން ފަސް ފްލެޓް އިޚުތިޔާރުކުރުމުގެ ފުރުސަތު ލިބޭނެ
20224 އަހަރު ކުރިން
ރާއްޖެ

ވިނަރެސް ފްލެޓަށް އެދެވޭނީ ޕޯޓަލް މެދުވެރިކޮށް، މަދުވެގެން ފަސް ފްލެޓް އިޚުތިޔާރުކުރުމުގެ ފުރުސަތު ލިބޭނެ

އަރަބި ސްޓައިލް ޗިކަން ޝަވަރުމާ
20215 އަހަރު ކުރިން
ލައިފް ސްޓައިލް

އަރަބި ސްޓައިލް ޗިކަން ޝަވަރުމާ

ތުޅާދޫ ދާއިރާގެ ގޮނޑި ބާތިލް ކުރަން ސުޕްރީމް ކޯޓަށް ދާން އުޅޭ ކަން ހާމަވާ އޯޑިއޯއެއް ލީކްވެއްޖެ
20197 އަހަރު ކުރިން
ރާއްޖެ

ތުޅާދޫ ދާއިރާގެ ގޮނޑި ބާތިލް ކުރަން ސުޕްރީމް ކޯޓަށް ދާން އުޅޭ ކަން ހާމަވާ އޯޑިއޯއެއް ލީކްވެއްޖެ

ވިލިމާލެ އިން ގެއްލިގެން ހޯދާ މީހާ ހުރީ މާލޭގައި، އޭނާގެ ހާލު ރަނގަޅު
20188 އަހަރު ކުރިން
ރާއްޖެ

ވިލިމާލެ އިން ގެއްލިގެން ހޯދާ މީހާ ހުރީ މާލޭގައި، އޭނާގެ ހާލު ރަނގަޅު

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު