Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓު
މަގޭ ރިޕޯޓް

އިންޑިއާ އަށް ބަރޯސާ ނުވުމާއި، މޯދީ ބަޣާވާތް ކުރާ ކަމަށް ގޮވާލި ޚަލީލަށް މިއަދު އިންޑިއާ އާއި މޯދީ އަކީ ރަނެއް މަލެއް ފަދަ ޖަވާހިރެއް؟

މިއަދު ވެސް ޚަލީލްގެ ރަސްމީ އެކްސް އެކައުންޓުގައި އެ ޕޯސްޓުތައް އެ ހުރީ ފެންނާށެވެ. ދެން މިއަދު އެ ޕޯސްޓުތައް ޑިލީޓު ކުރައްވާކަށް ވެސް ކެރިވަޑައި ނުގަންނަވާނެކަން ކަށަވަރެވެ. ބޮލުގައި ފޮށާ އެޅި، ދުނިޔޭގެ ލަދެއްގައި ބެދިފައި ހުންނެވި އެންމެ ބޮޑު އެއް ބޭފުޅަކަށް ޚަލީލް ވާނެ އެވެ.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް, ރާއްޖެ އެމްވީ | 23 ޖުލައި 2025 | ބުދަ 13:32
ޚާރިޖީ ވަޒީރު ޑޮކްޓަރު ޢަބްދުالله ޚަލީލް

ޚާރިޖީ ވަޒީރު ޑޮކްޓަރު ޢަބްދުالله ޚަލީލް

ދައްކަން މި އުޅެނީ އާދައިގެ މީހެއްގެ ވާހަކައެއް ނޫނެވެ. މި ރާއްޖޭގެ ޚާރިޖީ ވަޒީރުގެ މަގާމުގައި ހުންނެވި ޑޮކްޓަރު ޢަބްދުﷲ ޚަލީލްގެ ވާހަކަ އެވެ. މިއަދު، ރާއްޖޭގެ މިނިވަން ދުވަަސް ފާހަގަ ކުރަން އިންޑިއާގެ ބޮޑު ވަޒީރު ނަރެންދްރަ މޯދީ ރާއްޖެ ގެންނަވާއިރު، ޚަލީލް އަށް އިސް އުފުލާލައިގެން ހުންނަން ކެރޭތީ ވެސް އަޅުގަނޑު ހައިރާންވެ އެވެ. ޚަލީލް އަކީ އިންޑިއާ އާއި، މޯދީ އަށް އެވަރަށް އެއްޗެހި ކިޔުއްވާފައި ހުންނެވި ބޭފުޅެކެވެ.

މާ ދިގު ކުރުމުގެ ބޭނުމެއް ވެސް ނެތެވެ. ސީދާ ވާހަކަތަކުން ފަށާނަމެވެ. މިއަދު ވެސް ޚަލީލްގެ ރަސްމީ އެކްސް އެކައުންޓުގައި އެ ޕޯސްޓުތައް އެ ހުރީ ފެންނާށެވެ. ދެން މިއަދު އެ ޕޯސްޓުތައް ޑިލީޓު ކުރައްވާކަށް ވެސް ކެރިވަޑައި ނުގަންނަވާނެކަން ކަށަވަރެވެ. ބޮލުގައި ފޮށާ އެޅި، ދުނިޔޭގެ ލަދެއްގައި ބެދިފައި ހުންނެވި އެންމެ ބޮޑު އެއް ބޭފުޅަކަށް ޚަލީލް ވާނެ އެވެ.

2013 ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ އަށް ވަނަ ދުވަހު ޑޮކްޓަރު ޢަބްދުﷲ ޚަލީލް އެމަނިކުފާނުގެ އެކްސް އެކައުންޓުގައި ޕޯސްޓުކޮށްފައި އޮތެވެ. "ރާއްޖެ އިން އިންޑިއާ އަށް ބާރޯސާވުން ކުޑަ ކުރަން ދަސް ކުރަަން ޖެހޭ" މިހެންނެވެ. މިއީ ކުރީގެ ރައީސް ޑޮކްޓަރު މުޙައްމަދު ވަޙީދު ޙަސަން މަނިކުގެ ވެރިކަމުގައި ޚަލީލް ކުރެއްވި ޕޯސްޓެކެވެ. އަދި އެ އަހަރު އޮތް ރިޔާސީ އިންތިޚާބުގެ ދުވަސްކޮޅު ވެސްމެ އެވެ.

އިންޑިއާ އަށް ބަރޯސާ ވުން ކުޑަ ކުރަން ޖެހޭ ކަމަށް ވިދާޅުވެ ޚަލީލް ކުރައްވާފައިވާ ޕޯސްޓު
އިންޑިއާ އަށް ބަރޯސާ ވުން ކުޑަ ކުރަން ޖެހޭ ކަމަށް ވިދާޅުވެ ޚަލީލް ކުރައްވާފައިވާ ޕޯސްޓު

އޭގެ ފަހުން ރައީސް ޢަބްދުﷲ ޔާމީންގެ ވެރިކަމުގައި، 2018 ވަނަ އަހަރުގެ ފެބްރުއަރީ މަހުގެ ފަސް ވަނަ ދުވަހު ވަޒީރު ޚަލީލް އެމަނިކުފާނުގެ ރަސްމީ އެކްސް އެކައުންޓުގައި ލިޔުއްވާފައިވެ އެވެ. "ނަރެންދްރަ މޯދީ އުޅުއްވަނީ ރާއްޖޭގައި ބަޣާވާތެއް ހިންގަން ހެއްޔެވެ؟" މިއީ 18 ވަނަ ރައްޔިތުންގެ މަޖިލީހުގެ ނިލަންދޫ ދާއިރާގެ މެމްބަރަކަށް ޑޮކްޓަރު ޚަލީލް ހުންނެވިއިރު ކުރައްވާފައި އޮތް ޕޯސްޓެކެވެ.

އިންޑިއާގެ ބޮޑު ވަޒީރު ނަރެންދްރަ މޯދީ ރާއްޖޭގައި ބަޣާވާތް ހިންގަވަން އުޅުއްވަނީ ތޯ ސުވާލުކޮށް ޚަލީލް ކޮށްފައިވާ ޕޯސްޓު
އިންޑިއާގެ ބޮޑު ވަޒީރު ނަރެންދްރަ މޯދީ ރާއްޖޭގައި ބަޣާވާތް ހިންގަވަން އުޅުއްވަނީ ތޯ ސުވާލުކޮށް ޚަލީލް ކޮށްފައިވާ ޕޯސްޓު

2018 ވަނަ އަހަރު އޮތް ރިޔާސީ އިންތިޚާބުގައި ރައީސް ޔާމީންގެ މައްޗަށް ކުރި ހޯއްދަވައި، އިންތިޚާބު ކާމިޔާބު ކުރެއްވީ ކުރީގެ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙު (އިބޫ) އެވެ. ރައީސް ޞާލިޙު ހުވާކުރެއްވުމުގެ ރަސްމިއްޔާތަށް އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީ ރާއްޖެ ވަޑައިގެންނެވި އެވެ. އެކަމަށް ވެސް ފާޑު ވިދާޅުވެ ޚަލީލް ވަނީ ވާހަކަ ދައްކަވައިފަ އެވެ. ޚަލީލް ވިދާޅުވެފައި އޮތީ، "މޯދީ ރާއްޖެ ވަޑައިގަތީ ޑީލެއްގެ ދަށުން، ނުރައްކަލުގެ ރަނގަބީލުގެ އަޑު އިވެން ފަށައިފި" މިހެންނެވެ.

މޯދީ ރާއްޖެ ވަޑައިގެންނެވީ ޑީލެއްގެ ދަށުން ކަމަށް ވިދާޅުވެ، 2018 ވަނަ އަހަރު ޚަލީލް ކޮށްފައިވާ ޕޯސްޓު
މޯދީ ރާއްޖެ ވަޑައިގެންނެވީ ޑީލެއްގެ ދަށުން ކަމަށް ވިދާޅުވެ، 2018 ވަނަ އަހަރު ޚަލީލް ކޮށްފައިވާ ޕޯސްޓު

މިއީ ރާއްޖޭގެ ޚާރިޖީ ވަޒީރު ޚަލީލް ކޮށްފައިވާ ޕޯސްޓުތަކެވެ. ނަމަވެސް، މިހާރު ޚަލީލް ވިދާޅުވަމުން ގެންދަވަނީ މޯދީ ރާއްޖެ ވަޑައިގަންނަވަނީ ދިވެހި ޤައުމާއި، ދިވެހި ރައްޔިތުންގެ ލާބަ އާއި މަންފާ އަށް ކަމަށެވެ. އަދި އެއީ އިންޑިއާ އާއި، ރާއްޖެއާ ދެމެދު އޮތް ޒަމާންވީ ގާތް ގުޅުން ރަމްޒުކޮށްދޭ ކަމެއް ކަމަށް ވެސް ވިދާޅުވީ، މީގެ ކުރިން މޯދީ ބަޣާވަތް ކުރަން އުޅުނު ކަމަށް ވިދާޅުވި ޚަލީލް އެވެ.

ދައްކާނެ ވާހަކައެއް ނެތެވެ. ދައްކަވަން ހުރި ތަނެއް ދައްކަވާނެ އެވެ. މިފަހަރު މޯދީ ރާއްޖެ ވަޑައިގެންނެވުމުގެ ދައުވަތު ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރު މުޙައްމަދު މުޢިއްޒުގެ ފަރާތްޕުޅުން އިންޑިއާ ސަރުކާރަށް އެރުވީ، އިންޑިއާ އަށް ބަރޯސާވުން ކުޑަ ކުރަން ޖެހޭ ކަމަށާއި، މޯދީ ރާއްޖެ ވަޑައިގެންނެވީ ޑީލެއްގެ ދަށުން ކަމަށް އިހަށް ދުވަހު ވިދާޅުވި ޚަލީލް އެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

އިންޑިއާ: ނަމުން ބޮޑުބޭބެ، ކަމުން ދޮންދަރި!

އިންޑިއާ: ނަމުން ބޮޑުބޭބެ، ކަމުން ދޮންދަރި!

28 ޑިސެމްބަރު 2017
ޗައިނާ އަށް ރާއްޖެ "ވިއްކާލައިފި"، އިންޑިއާ ދެން ހަދާނީ ކިހިނެއް؟

ޗައިނާ އަށް ރާއްޖެ "ވިއްކާލައިފި"، އިންޑިއާ ދެން ހަދާނީ ކިހިނެއް؟

08 ޑިސެމްބަރު 2017
ތޫފާން އޮކި: ލަންކާއިން 7 މަރު، އިންޑިއާއިން 8 މަރު

ތޫފާން އޮކި: ލަންކާއިން 7 މަރު، އިންޑިއާއިން 8 މަރު

01 ޑިސެމްބަރު 2017
ޒިމްބާބްވޭގެ "ބަޣާވާތް" ނިއުޅެމުންދާ ގޮތައް ނަޒަރެއް!

ޒިމްބާބްވޭގެ "ބަޣާވާތް" ނިއުޅެމުންދާ ގޮތައް ނަޒަރެއް!

18 ނޮވެމްބަރު 2017
 ސީޝެލްސް: ޗައިނާއާއި އިންޑިއާގެ ކުރިމަތިލުމުގެ މައިދާން

ސީޝެލްސް: ޗައިނާއާއި އިންޑިއާގެ ކުރިމަތިލުމުގެ މައިދާން

14 އޮކްޓޯބަރު 2017

އަހަރުތަކުން މިއަދު

30 އެޕްރީލު
އެސްޓީއޯގެ އާމްދަނީ އާއި ފައިދާ ދަށަށް ހިނގައްޖެ
20251 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

އެސްޓީއޯގެ އާމްދަނީ އާއި ފައިދާ ދަށަށް ހިނގައްޖެ

އެމްޓީސީސީގެ މި އަހަރުގެ ފުރަތަމަ ކުއާޓަރގެ އާމްދަނީގެ ގޮތުގައި 644.44 މިލިއަން ރުފިޔާ
20242 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

އެމްޓީސީސީގެ މި އަހަރުގެ ފުރަތަމަ ކުއާޓަރގެ އާމްދަނީގެ ގޮތުގައި 644.44 މިލިއަން ރުފިޔާ

ރަންތާޖު ޤުރުއާން މުބާރާތުގެ އެއްވަނަ ސާއީއަށް - ދަރިފުޅަށް ލިބުނު ކާމިޔާބުން މަންމަ ރޮއްވާލައިފި
20233 އަހަރު ކުރިން
ރިޕޯޓު

ރަންތާޖު ޤުރުއާން މުބާރާތުގެ އެއްވަނަ ސާއީއަށް - ދަރިފުޅަށް ލިބުނު ކާމިޔާބުން މަންމަ ރޮއްވާލައިފި

ޢީދު ދުވަހު މެންދުރަށް ހައިދަރުއާބާދީ ޗިކަން ބިރިޔާނީ ކިހިނެއް ވާނެ؟
20224 އަހަރު ކުރިން
ލައިފް ސްޓައިލް

ޢީދު ދުވަހު މެންދުރަށް ހައިދަރުއާބާދީ ޗިކަން ބިރިޔާނީ ކިހިނެއް ވާނެ؟

ވޯޓުލާނެ ބަޔަކު ނެތިގެން ވޯޓުލުން ނުފެށިފައި
20215 އަހަރު ކުރިން
ރާއްޖެ

ވޯޓުލާނެ ބަޔަކު ނެތިގެން ވޯޓުލުން ނުފެށިފައި

އެންމެ ކުޑަ އުޖޫރައެއްގެ ގޮތުގައި 6000 ރުފިޔާއަކީ އެކަށީގެންވާ އުޖޫރައެއް: މައުރޫފް
20197 އަހަރު ކުރިން
ރާއްޖެ

އެންމެ ކުޑަ އުޖޫރައެއްގެ ގޮތުގައި 6000 ރުފިޔާއަކީ އެކަށީގެންވާ އުޖޫރައެއް: މައުރޫފް

މޭޑޭގެ ހަނދާނުން: ލަބާން އަކީ މިހާރު މާފުށީ ޖަލުގެ މުދިމު!
20188 އަހަރު ކުރިން
ރިޕޯޓު

މޭޑޭގެ ހަނދާނުން: ލަބާން އަކީ މިހާރު މާފުށީ ޖަލުގެ މުދިމު!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު