Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ރިޕޯޓު
ފަލަސްތީން އިސްރާއީލް ހަނގުރާމަ

ދުނިޔޭގެ އެންމެ ބޮޑު "އޯޕަން އެއަރ ޖަލު"، ދުނިޔޭގެ އެންމެ ބޮޑު "އޯޕަން އެއަރ ޤަބުރުސްތާނަށް": އިންސާނިއްޔަތުކަން ކޮބާ؟

ބައިނަލްއަޤުވާމީ ރެޑް ކްރޮސް ޖަމިއްޔާގެ ރައީސް މިރްޔާނާ ވިދާޅުވީ، އެއްގަމު މަގުން އެހީ އެތެރެ ކުރުމުގެ އިޚްތިޔާރެއް ކަމުގައި ވަޔާއި ކަނޑުމަގުން އެހީ ފޯރުކޮށްދިނުމުގެ މިޝަންތައް ހެދެން ނެތް ކަމަށް

ޢާއިޝާ ރީމާ ވަޙީދު
ޢާއިޝާ ރީމާ ވަޙީދު, ރާއްޖެ އެމްވީ | 23 މާރިޗު 2024 | ހޮނިހިރު 09:54
ޣައްޒާގައި އިންތިހާއަށް ގޮސްފައިވާ ކާރިސާވެރި އިންސާނީ ހާލަތަށް ހައްލެއް ހޯދައިދެވޭނީ ހަނގުރާމަ ކުރަމުންދާ ސަރަޙައްދަށް އިތުރު އެހީތަކެއް، އެއްގަމު މަގުން ފޯރުކޮށްދީގެން

ޣައްޒާގައި އިންތިހާއަށް ގޮސްފައިވާ ކާރިސާވެރި އިންސާނީ ހާލަތަށް ހައްލެއް ހޯދައިދެވޭނީ ހަނގުރާމަ ކުރަމުންދާ ސަރަޙައްދަށް އިތުރު އެހީތަކެއް، އެއްގަމު މަގުން ފޯރުކޮށްދީގެން

އައު ސާސްކަފަކަށް ފެށި، މާ ގިނަ ދުވަސްތަކެއް ނުވެ، ފަލަސްޠީނުގައި އުފެދުނު ދާޚިލީ ކޯޅުންގަނޑަކަށް ފަހު ފަލަސްޠީނުގެ މައި ސަރުކާރާ ޣައްޒާ ވަކިވިއެވެ. ޣައްޒާގެ ކޮންޓްރޯލް ނެގީ ޙަމާސް ޖަމާޢަތުންނެވެ. އެއީ އެމެރިކާއާއި ހުޅަނގުގެ ޤައުމުތަކުން ޓެރަރިސްޓުންގެ ޓެގު އަޅުވާފައި އޮތް ޖަމާޢަތެކެވެ. މީގެ އެތައް އަހަރެއް ކުރިން ފަލަސްޠީނުގެ ބިންތައް ފޭރެން ފެށި ޔަހޫދީ އިޒްރޭލުން އެކަމުގެ ނާޖާއިޒު ފައިދާ ނަގަން ފެށިއެވެ. އެކި ގޮތް ގޮތުން ޣައްޒާއަށް ނުފޫޒު ފޯރުވާ، ޖެއްސުންކޮށް، ފިއްތަމުން ދިޔައެވެ. ޣައްޒާއާ އިންވެގެން އޮންނަ މިޞްރުންވެސް ޣައްޒާއަށް ދުލުއް ނުދެއެވެ. ފަލަސްޠީނުގެ މައި ސަރުކާރުންވެސް ޣައްޒާއަށް އެކި ކަހަލަ ދަތިތައް ކުރިމަތިކުރުވައެވެ. ނަތީޖާއެއްގެ ގޮތުން، 2.3 މިލިއަނެއްހާ މީހުން މިދިޔަ އަހަރުތައް ހޭދަ ކުރީ އިންތިހާ ދަތި، ނިކަމެތި ޙާލެއްގައެވެ. ދުނިޔޭގެ އެންމެ ބޮޑު "އޯޕަން އެއަރ ޖަލު"ގައި، ކުށެއް ނެތި ކަސްތޮޅު އެޅިފައި ތިބި ޤައިދީންތަކެއްގެ ގޮތުގައެވެ.

މިދިޔަ އޮކްޓޯބަރ މަހުގެ 7 ވަނަ ދުވަހު، ޙަމާސް ޖަމާއަތުން އިޒްރޭލަށް ދިން ކުއްލި ޙަމަލާގެ ބަދަލުގައި ކަމަށް ބުނެ އިޒްރޭލުން ހިންގަން ފެށި ޤަތުލުޢާންމާއެކު، ދުނިޔޭގެ އެންމެ ބޮޑު "އޯޕަން އެއަރ ޖަލު" މިއަދު ވަނީ ދުނިޔޭގެ އެންމެ ބޮޑު "އޯޕަން އެއަރ ޤަބުރުސްތާނަށް" ބަދަލުވެފައެވެ. އެއީ ޔޫރަޕިއަން ޔޫނިއަން (އީޔޫ) ނުވަތަ ވިލާތުގެ އިއްތިހާދުގެ ފޮރިން ޕޮލިސީ ޗީފް ޖޫޒެޕް ބުރޭލް، ޣައްޒާޣެ އަދުގެ ޙާލަތު ސިފަކޮށްދެއްވި ގޮތެވެ. ނުވިތާކަށް، ޣައްޒާއަށް ބޭނުންވާ އެހީގެ ސާމާނު އެތެރެ ކުރުމަށް އިޒްރޭލުން ހުރަސް އަޅާ، ޣައްޒާ ބަނޑަށް ޖައްސަމުން ދާ ދިއުމަކީ ހަނގުރާމައިގެ ހަތިޔާރެއްގެ ގޮތުގައި ބަނޑުހައިހޫނުކަން ބޭނުން ކުރުން ކަމަށްވެސް ބުރޭލް ވަނީ ތުހުމަތު ކުރައްވާފައެވެ. ބުރޭލް މިފަދަ މޭރުމަކުން ވާހަކަދައްކަވާފައި ވަނީ، ބްރަސަލްސްގައި ކުރިއަށް ދިޔަ އިންސާނިއްޔަތުކަމާ ބެހޭ ކޮންފަރެންސް ހުޅުވުމުގެ ރަސްމިއްޔާތުގައެވެ.

5 މަހަށް ވުރެ ގިނަ ދުވަހަށް ދިގުލާފައި ވާ ޤަތުލުއާންމުގައި، އެއްގަމާއި ކަނޑާއި ވައިގެ މަގުން ޣައްޒާ ބަންދުކޮށްފައި ވާ އިރު، ޣައްޒާއަށް ވަދެ ނުކުމެ އުޅެވޭނެ ހުރިހާ މަގެއްހެން ކޮންޓްރޯލް ކުރަނީ ޔަހޫދީ ނިރުބަވެރިންނެވެ. ހަނގުރާމައިގެ ޖަރީމައަކަށް ވަނީ ފަހަރެއްގައިވެސް ބޮމާއި ބަޑިއާއި ކަނޑިއާއި މިސައިލް އެކަންޏެއް ނޫނެވެ. ހަނގުރާމައިގެ ޖަރީމާތަކަކީ އެތައް ގޮތަކަށް މާނަ ކުރެވިދާނެ ޖަރީމާތަކެކެވެ.

ކުޑަކުދިންނާ ބެހޭ އދގެ އިދާރާ (ޔުނިސެފް)ގެ އެގްޒެކެޓިވް ޑައިރެކްޓަރ ކެތެރީން ރަސަލް ވިދާޅުވީ، ޣައްޒާގެ ގިނަ ޢަދަދެއްގެ ކުޑަކުދިން މިއަދު ތިބީ ހަށިގަނޑަށް ބޭނުންވާ މުހިންމު ބައިތައް ނުލިބި، އަނަރޫފަވެފައެވެ. ނުވަތަ އިންތިހާއަށް 'މެލްނޮރިޝްޑް' ވެފައެވެ. ޣައްޒާއަށް މިހާރު އެހީގެ ސަޕްލައި އެތެރެ ކުރެވެމުން ދަނީ، ޤަތުލުއާންމުގެ ކުރިއާ އަޅާ ބަލާއިރު އިންތިހާ މަދު މިންވަރަކަށް ކަމުން، އެހީ އިތުރު ކުރެވޭނެ މަގުތައް ފަހި ކުރުމަށް ކެތެރީން ވަނީ ގޮވާލައްވާފައެވެ.

ބައިނަލްއަޤުވާމީ ރެޑް ކްރޮސް ޖަމިއްޔާގެ ރައީސް މިރްޔާނާ ޝޮޕްލްޔަރިޗް އެގަރ ވިދާޅުވީ، އެއްގަމު މަގުން އެހީ އެތެރެ ކުރުމުގެ އިޚްތިޔާރެއް ކަމުގައި ވަޔާއި ކަނޑުމަގުން އެހީ ފޯރުކޮށްދިނުމުގެ މިޝަންތައް ހެދެން ނެތް ކަމަށެވެ. ވަޔާއި ކަނޑުމަގުން އެހީގެ ގޮތުގައި ޣައްޒާއަށް ފޯރުކޮށްދެވެނީ، މިހާރުން މިހާރަށް ބޭނުން ޖެހިފައި ވާ މިންވަރުގެ އެންމެ 4 ބައިކުޅަ 1 ބައި ހާ މިންވަރެއް ކަމަށް މިރްޔާނާ ވިދާޅުވިއެވެ. އޭނާ އިތުރަށް ވިދާޅުވީ، ޣައްޒާގައި އިންތިހާއަށް ގޮސްފައިވާ ކާރިސާވެރި އިންސާނީ ހާލަތަށް ހައްލެއް ހޯދައިދެވޭނީ ހަނގުރާމަ ކުރަމުންދާ ސަރަޙައްދަށް އިތުރު އެހީތަކެއް، އެއްގަމު މަގުން ފޯރުކޮށްދީގެން ކަމަށެވެ.

ކާބޯތަކެއްޗާއި ދަނޑުވެރިކަމާ ބެހޭ އދގެ އިދާރާ (އެފްއޭއޯ) އިން ހޯމަ ދުވަހު އާންމު ކުރި ރިޕޯޓެއްގައި، އަދާއި މެއި މަހާ ދެމެދުން ހަމަ ކޮންމެ ވަގުތެއްގައިވެސް މުޅި ޣައްޒާ ބަނޑަށް ޖެހިދާނެ ކަމުގެ އިންޒާރު ވަނީ ދީފައެވެ. މި ހުރިހާ ކަމެއް މިހެން ހުރި އިރު، އިންސާނިއްޔަތުކަން ކޮބައި ހެއްޔެވެ؟ އިންސާނިއްޔަތުކަމުގެ ނަމުގައި ބޮޑެތި ޚަރަދުތައް ކޮށްގެން ބައްދަލުވުންތައް ބާއްވަމުން ދިއުމުގެ ބޭނުމެއް ކޮބައިހެއްޔެވެ؟ ބަހަށް ވުރެ ޢަމަލު ގިނަ ކުރަން ކެރުނު ލީޑަރަކު ކޮބައި ހެއްޔެވެ؟

ފަލަސްތީން - އިސްރާއީލް ހަމަނުޖެހުންދުނިޔެ

ކޮމެންޓް

އިތުރަށް ކިޔާލަން

ޣައްޒާގެ ސުލްހައިގެ ޕްލޭން ގަބޫލުކުރުމަށް ޔޫއެން ކައުންސިލަށް ޓްރަމްޕް ގޮވާލައިފި

ޣައްޒާގެ ސުލްހައިގެ ޕްލޭން ގަބޫލުކުރުމަށް ޔޫއެން ކައުންސިލަށް ޓްރަމްޕް ގޮވާލައިފި

14 ނޮވެމްބަރު 2025
ސިފައިންނަށް އަމުރުކޮށްފައި އޮންނަނީ އަރަބިންނަށް އެނބުރި ނާދެވޭ ގޮތައް މުޅި ތަން ފަނާ ކޮށްލަން: އިސްރާއީލުގެ ސިފައިންގެ މީހެއް

ސިފައިންނަށް އަމުރުކޮށްފައި އޮންނަނީ އަރަބިންނަށް އެނބުރި ނާދެވޭ ގޮތައް މުޅި ތަން ފަނާ ކޮށްލަން: އިސްރާއީލުގެ ސިފައިންގެ މީހެއް

07 ޖޫން 2025
ހުކުރު ދުވަހު ހެނދުނު ޣައްޒާ ގައި 20 މީހުން ޝަހީދު ކޮށްލައިފި

ހުކުރު ދުވަހު ހެނދުނު ޣައްޒާ ގައި 20 މީހުން ޝަހީދު ކޮށްލައިފި

16 މެއި 2025
ބުރާސްފަތި ދުވަހު ޣައްޒާ ގައި 100 ށް ވުރެ ގިނަ މީހުން ޝަހީދު ކޮށްލައިފި

ބުރާސްފަތި ދުވަހު ޣައްޒާ ގައި 100 ށް ވުރެ ގިނަ މީހުން ޝަހީދު ކޮށްލައިފި

15 މެއި 2025
އަލުން ހަމަލާ ދޭން ފެށި ފަހުން، އިސްރާއީލުން ޣައްޒާގެ 400 އަށް ވުރެ ގިނަ މީހުން ޝަހީދު ކޮށްލައިފި 

އަލުން ހަމަލާ ދޭން ފެށި ފަހުން، އިސްރާއީލުން ޣައްޒާގެ 400 އަށް ވުރެ ގިނަ މީހުން ޝަހީދު ކޮށްލައިފި 

20 މާރިޗު 2025

އަހަރުތަކުން މިއަދު

12 ފެބުރުއަރީ
ހިތަދޫ އުުތުރު ދާއިރާގެ މެމްބަރު ސިނާންގެ ގޮނޑި ގެއްލިއްޖެ ކަމަށް ކަނޑައަޅައި ދިނުމަށް ސުޕްރީމް ކޯޓަށް ހުށަހަޅައިފި
20251 އަހަރު ކުރިން
ރާއްޖެ

ހިތަދޫ އުުތުރު ދާއިރާގެ މެމްބަރު ސިނާންގެ ގޮނޑި ގެއްލިއްޖެ ކަމަށް ކަނޑައަޅައި ދިނުމަށް ސުޕްރީމް ކޯޓަށް ހުށަހަޅައިފި

އެންމެވެސް ބުނީ އޭނާ ހުރެގެން ރަށަށް ތަށި ނުލިބޭނެ ކަމަށް!
20242 އަހަރު ކުރިން
މީހުން

އެންމެވެސް ބުނީ އޭނާ ހުރެގެން ރަށަށް ތަށި ނުލިބޭނެ ކަމަށް!

ޑރ. މުހައްމަދު އަލީގެ ދުލުން: އެންމެ ހަށިގަނޑެއް ނަގަން ވެސް 7 ގަޑިއިރު މަސައްކަތް ކުރި ވާހަކަ އެމީހުން ބުނި!
20233 އަހަރު ކުރިން
ރިޕޯޓު

ޑރ. މުހައްމަދު އަލީގެ ދުލުން: އެންމެ ހަށިގަނޑެއް ނަގަން ވެސް 7 ގަޑިއިރު މަސައްކަތް ކުރި ވާހަކަ އެމީހުން ބުނި!

ހިތްހަލާކުވަނީ ހަމައެކަނި ލޯބީގެ ސަބަބަކުން ނޫން
20224 އަހަރު ކުރިން
ސިއްހަތު

ހިތްހަލާކުވަނީ ހަމައެކަނި ލޯބީގެ ސަބަބަކުން ނޫން

އިންޑިއާގައި ވެކްސިންގެ ފުރަތަމަ ޑޯޒް ޖެހި ތިން ޑޮކްޓަރުން ކޮވިޑަށް ޕޮޒިޓިވް ވެއްޖެ
20215 އަހަރު ކުރިން
ދުނިޔެ

އިންޑިއާގައި ވެކްސިންގެ ފުރަތަމަ ޑޯޒް ޖެހި ތިން ޑޮކްޓަރުން ކޮވިޑަށް ޕޮޒިޓިވް ވެއްޖެ

އެސްއޯއެފްގެ ބޭންކް ސްޓޭޓްމަންޓެއް ލީކު ކޮށްލައިފި
20197 އަހަރު ކުރިން
ރާއްޖެ

އެސްއޯއެފްގެ ބޭންކް ސްޓޭޓްމަންޓެއް ލީކު ކޮށްލައިފި

ދޫނި ރާއްޖެއިން ފޮނުވި ވަފުދަށް ޤައުމުތަކުން ދިން ޖަވާބު
20188 އަހަރު ކުރިން
ރިޕޯޓު

ދޫނި ރާއްޖެއިން ފޮނުވި ވަފުދަށް ޤައުމުތަކުން ދިން ޖަވާބު

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު