Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ރިޕޯޓު
ފަލަސްތިން އިސްރާއީލް ހަނގުރާމަ

ސުންނާފަތިކޮށްފައިވާ ގޭގައި ރޯދަވީއްލަން ތިބުން ނޫން ގޮތެއް ނެތެވެ. އިމާރާތުގެ ބައިތަކުގެ ދަށުގައި ޤަބުރުތަކެވެ!

ދަރިންނަށް ދޭނެ އެކައްޗެއްވެސް އެމީހުން އަތަކު ނެތް، ކާނެ އެއްޗެއް، އެއްގަމު މަސްކޮޅެއް، ނެތް އިރު ކައިބޮއި އުޅެނީ ސޫޕާއި، ދަޅުކާނާ

ޢާއިޝާ ރީމާ ވަޙީދު
ޢާއިޝާ ރީމާ ވަޙީދު, ރާއްޖެ އެމްވީ | 19 މާރިޗު 2024 | އަންގާރަ 04:44
ނިރުބަވެރި ޔަހޫދީ އަސްކަރިއްޔާގެ ޝިކާރައަކަށް ވެފައިވާ ޣައްޒާގެ ރަށްވެހިންނަށް ކުރިއަށް އޮތީ އަދި ކޮންފަދަ ދަތި ދުވަސްތަކެއް ކަން ޚިޔާލަށް ގެންނަންވެސް ދަތި

ނިރުބަވެރި ޔަހޫދީ އަސްކަރިއްޔާގެ ޝިކާރައަކަށް ވެފައިވާ ޣައްޒާގެ ރަށްވެހިންނަށް ކުރިއަށް އޮތީ އަދި ކޮންފަދަ ދަތި ދުވަސްތަކެއް ކަން ޚިޔާލަށް ގެންނަންވެސް ދަތި

އީމާންތެރިކަމާއި ކެތްތެރިކަމަކީ އިންސާނަކަށް ލިބޭނެ އެންމެ މަތިވެރި ސިފަތަކުގެ ތެރެއިން ވާ ކަމެއްކަން އަދުގެ ދުނިޔޭގައި ސާބިތުކޮށްދެމުންދަނީ ޣައްޒާގެ މުސްލިމު އަޚުންނާއި އުޚުތުންނޭ ދެންނެވުމުން، ދެބާސްވާނެ މީހަކު މަދުވާނެއެވެ. ނިރުބަވެރި ޔަހޫދީންގެ ރަޙުމެއް ނެތް ޤަތުލުޢާންމުގެ ތެރޭގައި 5 މަހަށް ވުރެ ގިނަ ދުވަސް ހޭދަކޮށް، 1445 ވަނަ އަހަރުގެ ރަމަޟާން މަހާ ބައްދަލުކޮށް، އަޅުކަމުގައި މަޝްހޫލުވެ އުޅެނީ ފިސާރި ހިތްވަރާއި ސާބިތުކަމާއެކުގައެވެ.

މަގުމަތީގެ ކާރޫބާރޫ ބޮޑުވެގެން، ނޫނީ ވަކި ބްރޭންޑެއްގެ އެއްޗެއް ބާޒާރުން ހުސްވެފައި ހުރެގެން، ނޫނީ އާދަޔާ ޚިލާފަށް ކަރަންޓު ބިލު ބޮޑުވާނެތީ އެކަމަކު ޝަކުވާ އަހަރެމެން ކުރަމުން ދާ އިރު، މި ޝަކުވާ ކުރެވެނީ އެ ނިޢުމަތްތަކަކަށް އެތައް ބަޔަކު ބޭނުން ވެފައި ވާ ކަންކަމުގެ ވާހަކަ ކަމާ މެދު ވިސްނާލެވުނު ހެއްޔެވެ؟ ޣައްޒާގެ މުސްލިމު އަޚުންނާއި އުޚުތުން މި ރަމަޟާން މަހުގެ ރޯދަތައް ހިފަމުން ދަނީ ކޮން ފަދަ ޙާލެއްގައި ކަމާ މެދު ވިސްނާ، ފިކުރުކޮށްލުން ފިޔަވާ އަހަރެމެންގެ ދިރިއުޅުމަށް ހެޔޮ ބަދަލެއް ގެނެވުނު ހެއްޔެވެ؟

އިންސާނަކަށް ވީތީ ލިބިދޭ ދިރިހުރުމުގެ ޙައްޤާއި ދިރިއުޅުމުގެ އެންމެ އަސާސީ ޙައްޤުތަކުންވެސް މަޚްރޫމު ކޮށްފައި ވާ ޙާލުގައި ޣައްޒާގެ ޢާބާދީ "ދިރިއުޅެމުން" ދާ ނިކަމެތި ޙާލު، އަހަރެމެންނަށް ވަޒަންވެސް ނުކުރެވޭނެއެވެ. ހާރުކާނެ އެއްޗެއް ނުހުރެއެވެ. ރޯދަ ވީއްލޭނެ ގޮތެއް ނޯވެއެވެ. ކޮންމެ މީހަކުވެސް އެމީހަކަށް ވީ އެންމެ ފުރިހަމައަކަށް ކަންކަން ކުރެވޭތޯ ބަލަމުން ދަނީއެވެ.

ދުވަހަކީ ރަމަޟާން މަހުގެ 3 ވަނަ ދުވަހެވެ. މަރޗް މަހުން 13 ވަނަ ދުވަހެވެ. ސުންނާފަތިކޮށްލާފައިވާ ގޭގެ ފާރުތަކާއި ގައުކުނޑިތަކުގެ ތެރޭގައި އެ ޢާއިލާއިން އެ ދަނީ ރޯދަ ވީއްލޭތޯ ބަލަމުންނެވެ. ޢުމުރުން 41 އަހަރުގެ އުއްމު މަޙްމޫދު އަބޫ ރިޒްޤުއާއި އޭނާގެ ފިރިމީހާގެ އިތުރުން ދަރިންނާއި ޢާއިލާގެ އެހެންވެސް ބައެއް މެންބަރުން އަނބުރާ، ރަފަޙުގައި ހުންނަ އެމީހުންގެ ގެއަށް ބަދަލުވީއެވެ. ގެއެކޭ ބުނާނެ ހަމަ އެންމެ ތަންފުކެއްވެސް އެތާކު ނެތެވެ. ފުނިފުންޏަށް ޖަހާފައި އޮތީ ފުނޑުފުނޑުކޮށްފައިވާ ގޭގެ އެކި ބައިތަކެވެ.

ރޯދަ ވީއްލާ ގަޑިއަކީ ކޮންމެ މީހަކުވެސް، އެމީހަކަށް ވީ އެންމެ ފުރިހަމައަކަށް ސުފުރާ މަތި ތައްޔާރުކޮށް، ޢާއިލާއާއެކު އުފާވެރި ވަގުތުތަކެއް ހޭދަ ކުރާ ގަޑިއެކެވެ. ޣައްޒާއަކީވެސް އެ ޘަޤާފަތް އޮތް ރަށެކެވެ. މިއަދުވެސް އެ މީހުން އެ ދަނީ އެ އާދަކާދަ ދަމަހައްޓަމުންނެވެ. އަތުގައި ހުރި އެއްޗެއް ބޭނުންކޮށްގެން ޢާއިލީ އިފްތާރަކަށް އިންސާފު ކުރަނީއެވެ. ނަމަވެސް އެ ސުފުރާ މަތީގައި މާ ގިނަ އެއްޗެއްސެއް ނެތެވެ. ހުރީ  ބަތްކޮޅަކާއި، ދަޅުގައި ބަންދުކޮށްފައި ހުރި ސޫޕް ފޮދަކާއި ޕާންކޮޅެކެވެ.

ނިރުބަވެރި ޔަހޫދީ އަސްކަރިއްޔާގެ ޝިކާރައަކަށް ވެފައިވާ ޣައްޒާގެ ރަށްވެހިންނަށް ކުރިއަށް އޮތީ އަދި ކޮންފަދަ ދަތި ދުވަސްތަކެއް ކަން ޚިޔާލަށް ގެންނަންވެސް ދައްޗެވެ.

ރަމަޟާން މަހަކީ މުސްލިމު ގެތަކުގައި އިންތިހާ އުފާވެރި މާޙައުލެއްގައި ހޭދަކުރާ މައްސަރަކަށް ވީ ނަމަވެސް، ރިޒްޤުގެ ޢާއިލާއިން މި ރަމަޟާން މަސް ހޭދަ ކުރަނީ އޮކްޓޯބަރ 7 ވަނަ ދުވަހު އިޒްރޭލުން ހިންގަން ފެށި ޤަތުލުޢާންމަށް ފަހު އެ ޢާއިލާއިން ޝަހީދުވެދިޔަ މީހުންގެ ހަނދާންތައް އައު ކުރުމުގައެވެ.

6 ވަނަ މަހަކަށް ޤަތުލުޢާންމު ދިގުލައިދިމާއަށް މިޞްރާބު ޖަހާފައި ވާ އިރު، ޣައްޒާގެ ޢާބާދީ އޮތީ އިންތިހާއަށް ބިކަވެފައެވެ. އެހީ ދިނުމުގައި ހަރަކާތްތެރިވާ ބައިނަލްއަޤުވާމީ އޮފިޝަލުން ފާހަގަ ކުރި ގޮތުގައި ބަނޑުހައިހޫނުކަމުގައި ޣައްޒާއިން އެތައް ކުދިންނެއް ދަނީ މި ދުނިޔެއަށް ފަހު ނޭވާ ދޫކުރަމުންނެވެ. ޣައްޒާއަށް ބޭނުންވާ ޟަރޫރީ ސާމާނުވެސް އެކަށީގެންވާ މިންވަރަށް އެތެރެ ކުރެވޭނެ ގޮތެއް ނެތި، ބާޒާރުތަކުގައި ހުރި ހުރިހާ އެއްޗެއްގެ އަގު އަތް ނުފޯރާ ފަށަށް އުފުލި، މުޅި ޣައްޒާ ބަނޑަށް ޖެހުމުގެ އިންޒާރުގެ ރަނގަބީލުގެ އަޑުފަށްގަނޑު ކަނޑައިގެން ނުދެއެވެ.

އަމިއްލަ ނަފުސުގެ ދިފާޢުގައި ކަމަށް ބުނެ ޔަހޫދީން ހިންގަމުން ގެންދާ ޤަތުލުޢާންމުގައި ޣައްޒާއިން މަރުވި ފަލަސްޠީނު ރައްޔިތުންގެ ޢަދަދު މިހާރު ވަނީ 71000 އަށް ވުރެ މައްޗަށް އަރާފައެވެ. އޭގެ ތެރޭގައި 12000 އަށް ވުރެ ގިނަ ކުޑަކުދިން ހިމެނެއެވެ. މި ދައްކަނީ 16، 17 އަހަރުގެ ކުދިންގެ ވާހަކައެއް ނޫނެވެ. 7 އަހަރުވެސް ނުފުރި އުޅެނިކޮށް މި ދުނިޔެއާ ވަކިވި ކުދިންގެ ވާހަކައެވެ. ޣައްޒާ ކޮންޓްރޯލް ކުރާ ޙަމާސް ޖަމާޢަތުން، އޮކްޓޯބަރ 7 ވަނަ ދުވަހު އިޒްރޭލަށް ދިން ޙަމަލާގައި އިޒްރޭލުން 30 އަކަށް ކުދިންގެ ފުރާނަ ގެއްލިދިޔައެވެ. އެއީވެސް ދެރަކަމެކެވެ. ނަމަވެސް، 30 އަކަށް ކުދިންގެ ބަދަލުގައި 12000 އަށް ވުރެ ގިނަ ކުދިންގެ ފުރާނަ ދުއްވާލުމަށް، ޔަހޫދީންނަށް އޮތީ ކޮން ޙައްޤެއް ހެއްޔެވެ؟

ރަމަޟާން މަހުގެ ސުފުރާތަކާއި، ޢާއިލީ އިފްތާރުތަކުގެ މަންޒަރުތައް ސޯޝަލް މީޑިއާއަށް ދޫކުރަމުން، ޣައްޒާގެ އަޚުންނާއި އުޚުތުންނަށްޓަކައި ހިތާމަ ކުރަމޭ ބުނާ މީހުންވެސް ދެވަނަ ވިސްނުމަކަށް ދާކަށް ނުވޭހެއްޔެވެ؟

ފަލަސްތީން - އިސްރާއީލް ހަމަނުޖެހުންދުނިޔެ

ކޮމެންޓް

އިތުރަށް ކިޔާލަން

ޣައްޒާގެ ސުލްހައިގެ ޕްލޭން ގަބޫލުކުރުމަށް ޔޫއެން ކައުންސިލަށް ޓްރަމްޕް ގޮވާލައިފި

ޣައްޒާގެ ސުލްހައިގެ ޕްލޭން ގަބޫލުކުރުމަށް ޔޫއެން ކައުންސިލަށް ޓްރަމްޕް ގޮވާލައިފި

14 ނޮވެމްބަރު 2025
ސިފައިންނަށް އަމުރުކޮށްފައި އޮންނަނީ އަރަބިންނަށް އެނބުރި ނާދެވޭ ގޮތައް މުޅި ތަން ފަނާ ކޮށްލަން: އިސްރާއީލުގެ ސިފައިންގެ މީހެއް

ސިފައިންނަށް އަމުރުކޮށްފައި އޮންނަނީ އަރަބިންނަށް އެނބުރި ނާދެވޭ ގޮތައް މުޅި ތަން ފަނާ ކޮށްލަން: އިސްރާއީލުގެ ސިފައިންގެ މީހެއް

07 ޖޫން 2025
ހުކުރު ދުވަހު ހެނދުނު ޣައްޒާ ގައި 20 މީހުން ޝަހީދު ކޮށްލައިފި

ހުކުރު ދުވަހު ހެނދުނު ޣައްޒާ ގައި 20 މީހުން ޝަހީދު ކޮށްލައިފި

16 މެއި 2025
ބުރާސްފަތި ދުވަހު ޣައްޒާ ގައި 100 ށް ވުރެ ގިނަ މީހުން ޝަހީދު ކޮށްލައިފި

ބުރާސްފަތި ދުވަހު ޣައްޒާ ގައި 100 ށް ވުރެ ގިނަ މީހުން ޝަހީދު ކޮށްލައިފި

15 މެއި 2025
އަލުން ހަމަލާ ދޭން ފެށި ފަހުން، އިސްރާއީލުން ޣައްޒާގެ 400 އަށް ވުރެ ގިނަ މީހުން ޝަހީދު ކޮށްލައިފި 

އަލުން ހަމަލާ ދޭން ފެށި ފަހުން، އިސްރާއީލުން ޣައްޒާގެ 400 އަށް ވުރެ ގިނަ މީހުން ޝަހީދު ކޮށްލައިފި 

20 މާރިޗު 2025

އަހަރުތަކުން މިއަދު

12 ފެބުރުއަރީ
ހިތަދޫ އުުތުރު ދާއިރާގެ މެމްބަރު ސިނާންގެ ގޮނޑި ގެއްލިއްޖެ ކަމަށް ކަނޑައަޅައި ދިނުމަށް ސުޕްރީމް ކޯޓަށް ހުށަހަޅައިފި
20251 އަހަރު ކުރިން
ރާއްޖެ

ހިތަދޫ އުުތުރު ދާއިރާގެ މެމްބަރު ސިނާންގެ ގޮނޑި ގެއްލިއްޖެ ކަމަށް ކަނޑައަޅައި ދިނުމަށް ސުޕްރީމް ކޯޓަށް ހުށަހަޅައިފި

އެންމެވެސް ބުނީ އޭނާ ހުރެގެން ރަށަށް ތަށި ނުލިބޭނެ ކަމަށް!
20242 އަހަރު ކުރިން
މީހުން

އެންމެވެސް ބުނީ އޭނާ ހުރެގެން ރަށަށް ތަށި ނުލިބޭނެ ކަމަށް!

ޑރ. މުހައްމަދު އަލީގެ ދުލުން: އެންމެ ހަށިގަނޑެއް ނަގަން ވެސް 7 ގަޑިއިރު މަސައްކަތް ކުރި ވާހަކަ އެމީހުން ބުނި!
20233 އަހަރު ކުރިން
ރިޕޯޓު

ޑރ. މުހައްމަދު އަލީގެ ދުލުން: އެންމެ ހަށިގަނޑެއް ނަގަން ވެސް 7 ގަޑިއިރު މަސައްކަތް ކުރި ވާހަކަ އެމީހުން ބުނި!

ހިތްހަލާކުވަނީ ހަމައެކަނި ލޯބީގެ ސަބަބަކުން ނޫން
20224 އަހަރު ކުރިން
ސިއްހަތު

ހިތްހަލާކުވަނީ ހަމައެކަނި ލޯބީގެ ސަބަބަކުން ނޫން

އިންޑިއާގައި ވެކްސިންގެ ފުރަތަމަ ޑޯޒް ޖެހި ތިން ޑޮކްޓަރުން ކޮވިޑަށް ޕޮޒިޓިވް ވެއްޖެ
20215 އަހަރު ކުރިން
ދުނިޔެ

އިންޑިއާގައި ވެކްސިންގެ ފުރަތަމަ ޑޯޒް ޖެހި ތިން ޑޮކްޓަރުން ކޮވިޑަށް ޕޮޒިޓިވް ވެއްޖެ

އެސްއޯއެފްގެ ބޭންކް ސްޓޭޓްމަންޓެއް ލީކު ކޮށްލައިފި
20197 އަހަރު ކުރިން
ރާއްޖެ

އެސްއޯއެފްގެ ބޭންކް ސްޓޭޓްމަންޓެއް ލީކު ކޮށްލައިފި

ދޫނި ރާއްޖެއިން ފޮނުވި ވަފުދަށް ޤައުމުތަކުން ދިން ޖަވާބު
20188 އަހަރު ކުރިން
ރިޕޯޓު

ދޫނި ރާއްޖެއިން ފޮނުވި ވަފުދަށް ޤައުމުތަކުން ދިން ޖަވާބު

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު