Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
ބާސެލޯނާ

އަހަރެންނަކީ ގޯސް މީހެއް ނޫން: ފެލިކްސް

ފެލިކްސް ބުނީ، ސަޕޯޓަރުންގެ އިޙުސާސްތައް އޭނާ އަށް ފުރިހަމަ އަށް އިނގޭ ކަމަށާއި، އެހެން ނަމަވެސް އޭނާ އަކީ ގޯސް މީހެއްގެ ގޮތުގައި ދެކިގެން ނުވާނެ ކަމަށް

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް, ރާއްޖެ އެމްވީ | 19 މާރިޗު 2024 | އަންގާރަ 00:44
ބާސެލޯނާ އިން ކުޅުނު މެެޗުގައި ޔާއޯ ފެލިކްސް

ބާސެލޯނާ އިން ކުޅުނު މެެޗުގައި ޔާއޯ ފެލިކްސް

އޭނާ އަކީ ގޯސް މީހެއް ގޮތަށް ދެކިގެން ނުވާނެ ކަމަށް، ބާސެލޯނާ އަށް ކުޅެމުން އަންނަ ޕޯޗުގަލްގެ ޔާއޯ ފެލިކްސް ބުނެފި އެވެ.

އޭނާ މިހެން ބުނީ ސްޕެނިޝް ލީގުގައި ބާސެލޯނާ އިން އެތުލެޓިކޯ މެޑްރިޑާ ދެކޮޅަށް ކުޅުނު މެޗަށްފަހު ވާހަަކަ ދައްކަމުންނެވެ. މިއީ އެތުލެޓިކޯގައި ހުރުމަށްފަހު ބާސެލޯނާ އަށް ބަދަލުވެ، އެތުލެޓިކޯއާ ދެކޮޅަށް ފެލިކްސް ކުޅުނު ދެ ވަނަ މެޗެވެ. ދެ މެޗުން ވެސް ބާސެލޯނާ މޮޅުވެފައިވާއިރު، ދެ މެޗުގައި ވެސް ފެލިކްސް ވަނީ ލަނޑު ޖަހައިފަ އެވެ. އޭނާ ބާސެލޯނާ އަށް ބަދަލުވީ އެއް އަހަރު ދުވަހުގެ ލޯނު އެއްބަސްވުމެއްގެ ދަށުންނެވެ.

އެ މެޗަށްފަހު ވާހަކަ ދައްކަމުން ފެލިކްސް ބުނީ، އޭނާ އެތުލެޓިކޯގައި ހުރި ދުވަސްވަރު ކަންތައް ހިނގައި ދިޔަ ގޮތް ކުލަބުގެ ސަޕޯޓަރުންނަށް ނޭނގޭނެ ކަމަށެވެ. އަދި ބާސެލޯނާ އަށް ބަދަލުވީ ފަހުން ބާސެލޯނާގައި ކަންތައް ހިނގަމުން ދާނެ ގޮތެއް ވެސް އެމީހުންނަށް ނޭނގޭނެ ކަމުގައި ފެލިކްސް ބުންޏެވެ. ފެލިކްސް މިހެން ބުނެފައިވާއިރު، އެތުލެޓިކޯއާ ދެކޮޅަށް ބާސެލޯނާ އިން ކުޅުނު މެޗުގައި ބައެއް ސަޕޯޓަރުން ވަނީ އޭނާއާ ދިމާކޮށްލައިފަ އެވެ.

އިތުރަށް ވާހަކަ ދައްކަމުން ފެލިކްސް ބުނީ، ސަޕޯޓަރުންގެ އިޙުސާސްތައް އޭނާ އަށް ފުރިހަމަ އަށް އިނގޭ ކަމަށާއި، އެހެން ނަމަވެސް އޭނާ އަކީ ގޯސް މީހެއްގެ ގޮތުގައި ދެކިގެން ނުވާނެ ކަމަށެވެ. ޚާއްސަކޮށް އެތުލެޓިކޯގައި ތިބި އެންމެހާ ކުޅުންތެރިންނާ، އޭނާއާ ދެމެދު އޮންނަނީ ވަރަށް ރަނގަޅު އަދި ވަރުގަދަ ގުޅުމެއް ކަމަަށް ވެސް އޭނާ ވަނީ ބުނެފަ އެވެ.

އެތުލެޓިކޯގައި ހުރުމަށްފަހު ބާސެލޯނާ އަށް ބަދަލުވެ ފެލިކްސް ވަނީ މިހާތަނަށް އެ ކުލަބަށް 34 މެޗު ކުޅެދީ އަށް ލަނޑު ޖަހައިފަ އެވެ. ބާސެލޯނާ ގައި އޭނާ އަންނަނީ މޮޅު ކުޅުމެއް ވެސް ދައްކަމުންނެވެ.

ބާސެލޯނާޔާއޯ ފެލިކްސް

ކޮމެންޓް

އިތުރަށް ކިޔާލަން

ފަހަތުން އަރައި ބާސެލޯނާ އިން ފްރޭންކްފާޓް ބަލިކޮށްފި

ފަހަތުން އަރައި ބާސެލޯނާ އިން ފްރޭންކްފާޓް ބަލިކޮށްފި

10 ޑިސެމްބަރު 2025
ބާސެލޯނާ އިން ލީޑު ފުޅާކުރި މެޗުގައި ޓޮރޭސް ހެޓްރިކް ހަދައިފި

ބާސެލޯނާ އިން ލީޑު ފުޅާކުރި މެޗުގައި ޓޮރޭސް ހެޓްރިކް ހަދައިފި

07 ޑިސެމްބަރު 2025
އެތުލެޓިކޯ ބަލިކޮށް، ބާސެލޯނާ އެއް ވަނައިގައި

އެތުލެޓިކޯ ބަލިކޮށް، ބާސެލޯނާ އެއް ވަނައިގައި

03 ޑިސެމްބަރު 2025
އަލަވޭސް ބަލިކޮށް ބާސެލޯނާ އެއް ވަނަ އަށް

އަލަވޭސް ބަލިކޮށް ބާސެލޯނާ އެއް ވަނަ އަށް

30 ނޮވެމްބަރު 2025
ފްލިކްގެ ޔަޤީންކަން، ކުރިއަށް އޮތް ތަނުގައި ފެންނާނީ ތަފާތު ބާސެލޯނާއެއް

ފްލިކްގެ ޔަޤީންކަން، ކުރިއަށް އޮތް ތަނުގައި ފެންނާނީ ތަފާތު ބާސެލޯނާއެއް

27 ނޮވެމްބަރު 2025

އަހަރުތަކުން މިއަދު

7 އެޕްރީލު
ފައިސަލްގެ ގެކޮޅަށް ރެއިޑްކުރަން އުޅުނުކަމަށް ދެކެވޭ ވާހަކަ ފުލުހުން ދޮގުކޮށްފި، ފައިސަލްގެ ކޮމެންޓެއް އަދި ނެތް
20251 އަހަރު ކުރިން
ރާއްޖެ

ފައިސަލްގެ ގެކޮޅަށް ރެއިޑްކުރަން އުޅުނުކަމަށް ދެކެވޭ ވާހަކަ ފުލުހުން ދޮގުކޮށްފި، ފައިސަލްގެ ކޮމެންޓެއް އަދި ނެތް

ސިމްޑީ ރަމަޟާން ޕްރޮމޯޝަންގެ ހަތަރުވަނަ ހަފުތާގެ ނަސީބުވެރިން ހޮވައިފި
20242 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ސިމްޑީ ރަމަޟާން ޕްރޮމޯޝަންގެ ހަތަރުވަނަ ހަފުތާގެ ނަސީބުވެރިން ހޮވައިފި

ނައީމާއްތަގެ މަރު: ފުލުހުން ދޮރު ވައްޓާލިއިރުވެސް ކޮޓަރި ތެރެއިން ކުނި ވަސް ދުވާ!
20233 އަހަރު ކުރިން
ރިޕޯޓު

ނައީމާއްތަގެ މަރު: ފުލުހުން ދޮރު ވައްޓާލިއިރުވެސް ކޮޓަރި ތެރެއިން ކުނި ވަސް ދުވާ!

އިންސާނުންގެ ހަށިގަނޑުން މައިކްރޯޕްލާސްޓިކް ފެނުން: ބޮޑު ނުރައްކަލެއްގެ ރަނގަބީލެއް
20224 އަހަރު ކުރިން
ރިޕޯޓު

އިންސާނުންގެ ހަށިގަނޑުން މައިކްރޯޕްލާސްޓިކް ފެނުން: ބޮޑު ނުރައްކަލެއްގެ ރަނގަބީލެއް

ވޯޓު ބާތިލްވާގޮތާއި ސައްހަވާގޮތް އަދި ކަރުދާސް ބާތިލްވާގޮތް މިއޮތީ
20215 އަހަރު ކުރިން
ރިޕޯޓު

ވޯޓު ބާތިލްވާގޮތާއި ސައްހަވާގޮތް އަދި ކަރުދާސް ބާތިލްވާގޮތް މިއޮތީ

އަލުން ގުނަނީ މާވަށު ދާއިރާގެ ތިން ވޯޓު ފޮށްޓެއް
20197 އަހަރު ކުރިން
ރާއްޖެ

އަލުން ގުނަނީ މާވަށު ދާއިރާގެ ތިން ވޯޓު ފޮށްޓެއް

އެއް ދުވަހުން ރެކޯޑު އަދަދަކަށް މަސް ބާނައިފި، އިއްޔެ އެކަނި ވެސް 700 ޓަނު!
20188 އަހަރު ކުރިން
ރާއްޖެ

އެއް ދުވަހުން ރެކޯޑު އަދަދަކަށް މަސް ބާނައިފި، އިއްޔެ އެކަނި ވެސް 700 ޓަނު!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު