Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެމޮޅަދޫގެ ސިއްހީ މަރުކަޒުގެ މަސައްކަތް

މޮޅަދޫގެ ސިއްހީ މަރުކަޒުގެ މަސައްކަތް ހުއްޓިފައި އޮތީ ބަޖެޓު ނެތުމުން، ޚިދުމަތް ދިނުމުގައި ކުޑަބޮޑު ރަށެއް ނުބަލަން: މިނިސްޓަރު ހަލީލު

ސަރުކާރުން ބަޖެޓްގެ ކޯޑު އޮވެއްޖެނަމަ އެ މަޝްރޫއު ކުރިއަށް ގެންދޭ

އަމްނާ އިމާދު
އަމްނާ އިމާދު | 18 މާރިޗު 2024 | ހޯމަ 08:32
ހެލްތު މިނިސްޓަރު ޑރ. އަބްދުﷲ ޚަލީލް

ހެލްތު މިނިސްޓަރު ޑރ. އަބްދުﷲ ޚަލީލް

ހއ.އަތޮޅު މޮޅަދޫގައި އިމާރާތް ކުރާ ސިއްހީ މަރުކަޒުގެ މަސައްކަތް ހުއްޓިފައި އޮތީ ބަޖެޓު ނެތުމުން ކަމަށާއި، ޚިދުމަތް ދިނުމުގައި އާބާދީ ކުޑަރަށެއް ބޮޑު ރަށެއް ނުބަލާ ކަމަށް ހެލްތު މިނިސްޓަރު ޑރ. އަބްދުﷲ ހަލީލު ވިދާޅުވެއްޖެއެވެ.

ހޯމަ ދުވަހުގެ ރައްޔިތުން މަޖިލީހުގެ ޖަލްސާގައި އިހަވަންދޫ ދާއިރާގެ މެންބަރު މުޙައްމަދު ޝިފާއު ވަނީ މޮޅަދޫގައި އިމާރާތް ކުރުމަށް ސަރުކާރުން ނިންމާ އިއުލާންކޮށްފައިވާ މޮޅަދޫ ސިއްހީ މަރުކަޒުގެ މަސައްކަތް ބަޔަކާ ހަވާލުކުރާނީ ކިހައި ތާކުތޯއާއި، އަދި އެމަސައްކަތް ކުރިއަށް ގެންދިއުމަށް ރާވާފައިވާ ގޮތަކީ ކޮބައިތޯ ސުވާލުކުރައްވާފައެވެ.

މި ސުވާލަށް ޖަވާބު ދެއްވަމުން ހެލްތު މިނިސްޓަރު ހަލީލު ވިދާޅުވީ މޮޅަދޫ ސިއްހީ މަރުކަޒު ބިޑް ކުރެވިފައިވާ ކަމަށާއި، އިވެލުއޭޝަން މަރުހަލާ ނިމިފައިވާ ކަމަށެވެ. ނަމަވެސް މިއަހަރުގެ ބަޖެޓުގައި އެކަށީގެންވާ ވަރަށް ފައިސާ ނެތުމާއެކު އެ ކުރިއަށް ގެންދެވޭނެ ގޮތް އަދިނުވާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

މޮޅަދޫގައި އިމާރާތް ކުރާ ސިއްހީ މަރުކަޒުގެ މަސައްކަތް ހުއްޓިފައި އޮތީ ބަޖެޓު ނެތުމުން ކަމަށް މިނިސްޓަރު ހަލީލު ވިދާޅުވުމާއި ގުޅިގެން މެންބަރު ޝިފާއު ވިދާޅުވީ ރާއްޖޭގައި މަޝްރޫއުތައް ހިންގާއިރުގައި ބަޖެޓުގައި އޮންނަ އަދަދަށް ބަލައިގެން މަޝްރޫއުތައް އެވޯޑް ކުރުމުގެ ކަންކަން ސަރުކާރަކުން ނުހިންގާ ކަމަށެވެ. ސަރުކާރުން ބަޖެޓްގެ ކޯޑު އޮވެއްޖެނަމަ އެމަޝްރޫއު ކުރިއަށް ގެންދާ ކަމަށާއި، މިހާރު މިސަރުކާރުން ވެސް ބަޖެޓުގައި އެކަށީގެންވާ މިންވަރަށް ފައިސާ ނެތް މަޝްރޫއުތައް ކުރިއަށް ގެންދާ މަންޒަރު ފެންނަ ކަމަށް މެންބަރު ޝިފާއު ވިދާޅުވިއެވެ.

މީގެ އިތުރުން މެންބަރު ޝިފާއު ވަނީ މޮޅަދޫގެ އާބާދީ ކުޑަވުމުގެ ސަބަބުން ސަރުކާރުން އިސްކަން ދޭ މިންވަރު ކުޑައީތޯ ސުވާލު އުފައްދަވާފައެވެ. މިސުވާލަށް ރައްދުދެއްވައި މިނިސްޓަރު ހަލީލު ވިދާޅުވީ ޚިދުމަތް ދިނުމުގައި އާބާދީގެ ކުޑަ ބޮޑު ރަށެއް ނުބަލާ ކަމަށެވެ. މިނިސްޓަރު ހަލީލު ވިދާޅުވީ އެމަޝްރޫއު ކުރިއަށް ގެންދެވޭނެ ގޮތްތައް ބަލަމުންދާ ކަމަށާއި، މިހާރު ވެސް ޖާގައިގެ ދަތިކަމަށް ހައްލު ގެނައުމަށް މަސައްކަތް ކުރަމުންދާ ކަމަށެވެ. އަދި ވިދާޅުވީ ޚިދުމަތްތަކުގެ ފެންވަރު ރަނގަޅު ކުރުމުގެ މަސައްކަތްތައް ވެސް ކުރިއަށްދާ ކަމަށެވެ.

ހއ. މޮޅަދޫފޮރިން މިނިސްޓަރު ޑރ. އަބްދުﷲ ޚަލީލްހެލްތު މިނިސްޓްރީމަޖިލިސް

އިތުރަށް ކިޔާލަން

26 ނޮވެމްބަރު 2025

އަސާސީ ބޭސް ނުލިބޭ މައްސަލަ: މިނިސްޓަރު ވިދާޅުވީ ނުލިބެނީ ޑޮކްޓަރުން ލިޔާ ބްރޭންޑުގެ ބޭސް ކަމަށް

26 ނޮވެމްބަރު 2025
އަސާސީ ބޭސް ނުލިބޭ މައްސަލަ: މިނިސްޓަރު ވިދާޅުވީ ނުލިބެނީ ޑޮކްޓަރުން ލިޔާ ބްރޭންޑުގެ ބޭސް ކަމަށް
19 ނޮވެމްބަރު 2025

ސުލްހަވެރިކަމާއެކު އެއްވެއުޅުމުގެ މިނިވަންކަމުގެ ގާނޫނު 19 ވަނަ މަޖިލީހުން އުވާނުލެވުމަކީ ހެދުނު ވަރަށް ބޮޑު ގޯހެއް: މެންބަރު މީކާއީލް

19 ނޮވެމްބަރު 2025
ސުލްހަވެރިކަމާއެކު އެއްވެއުޅުމުގެ މިނިވަންކަމުގެ ގާނޫނު 19 ވަނަ މަޖިލީހުން އުވާނުލެވުމަކީ ހެދުނު ވަރަށް ބޮޑު ގޯހެއް: މެންބަރު މީކާއީލް
17 ނޮވެމްބަރު 2025

ގއ. އަތޮޅު ހޮސްޕިޓަލްގައި ވިހެއުމުގެ ތެރޭގައި ކުއްޖަކު މަރުވި މައްސަލަ ދަނީ ބަލަމުން: ހެލްތް މިނިސްޓްރީ

17 ނޮވެމްބަރު 2025
ގއ. އަތޮޅު ހޮސްޕިޓަލްގައި ވިހެއުމުގެ ތެރޭގައި ކުއްޖަކު މަރުވި މައްސަލަ ދަނީ ބަލަމުން: ހެލްތް މިނިސްޓްރީ
17 ނޮވެމްބަރު 2025

އެއް ފަހަރާ ތިން ދަތް ނެގި އަންހެނެއް، ފަރުވާ ދިން ކްލިނިކްގެ އިހުމާލުން މަރުވެއްޖެ ކަމަށް އާއިލާ އިން ތުހުމަތު ކޮށްފި

17 ނޮވެމްބަރު 2025
އެއް ފަހަރާ ތިން ދަތް ނެގި އަންހެނެއް، ފަރުވާ ދިން ކްލިނިކްގެ އިހުމާލުން މަރުވެއްޖެ ކަމަށް އާއިލާ އިން ތުހުމަތު ކޮށްފި
15 ނޮވެމްބަރު 2025

މާބަނޑުވީ 17 އަހަރު ފަހުން، ޑޮކްޓަރުގެ އިހުމާލުން ދަރިފުޅު ނިޔާވި އިރު ޖެހި އިންޖެކްޝަންތަކުގެ ސަބަބުން މަސް އޮތީ ގިރިފަ: އާއިލާ

15 ނޮވެމްބަރު 2025
މާބަނޑުވީ 17 އަހަރު ފަހުން، ޑޮކްޓަރުގެ އިހުމާލުން ދަރިފުޅު ނިޔާވި އިރު ޖެހި އިންޖެކްޝަންތަކުގެ ސަބަބުން މަސް އޮތީ ގިރިފަ: އާއިލާ
05 ނޮވެމްބަރު 2025

ދައުލަތް ހިނގަނީ އިންވެސްޓް ކޮށްފައި ތިބި އިންވެސްޓަރުންގެ މޮޅު ކަމުން، ސަރުކާރުގެ މޮޅު ކަމަކުން ނޫން: މެންބަރު އައްބާސް

05 ނޮވެމްބަރު 2025
ދައުލަތް ހިނގަނީ އިންވެސްޓް ކޮށްފައި ތިބި އިންވެސްޓަރުންގެ މޮޅު ކަމުން، ސަރުކާރުގެ މޮޅު ކަމަކުން ނޫން: މެންބަރު އައްބާސް
28 އޮކްޓޯބަރު 2025

އެމްޑީޕީގެ މެންބަރުން ހުށަހަޅާފައި ހުރި ގިނަ މަސައްކަތްތައް ހިމެނޭ ގޮތަށް މާދަމާގެ މަޖިލީހުގެ އެޖެންޑާ އާންމުކޮށްފި

28 އޮކްޓޯބަރު 2025
އެމްޑީޕީގެ މެންބަރުން ހުށަހަޅާފައި ހުރި ގިނަ މަސައްކަތްތައް ހިމެނޭ ގޮތަށް މާދަމާގެ މަޖިލީހުގެ އެޖެންޑާ އާންމުކޮށްފި
27 އޮކްޓޯބަރު 2025

2024 މާޗުގައި ފަށަން ބުނި ހެލިކޮޕްޓަރުގެ ޚިދުމަތް ދޭން ބޭނުންވާ ޑިޒައިން ކުރާނެ ފަރާތެއް އެއް އަހަރާ 7 މަސް ވީއިރު ވެސް ނުހޯދުނު

27 އޮކްޓޯބަރު 2025
2024 މާޗުގައި ފަށަން ބުނި ހެލިކޮޕްޓަރުގެ ޚިދުމަތް ދޭން ބޭނުންވާ ޑިޒައިން ކުރާނެ ފަރާތެއް އެއް އަހަރާ 7 މަސް ވީއިރު ވެސް ނުހޯދުނު
26 އޮކްޓޯބަރު 2025

މޮޅަދޫ ވަރަށް ބޮޑަށް ގިރައި ނުރައްކަލަކަށް ހުށަހެޅިފައި, ފޮނުވި އެއްވެސް ސިޓީ އަކަށް މުއިއްޒު ސަރުކާރުން ޖަވާބެއް ނުދޭ

26 އޮކްޓޯބަރު 2025
މޮޅަދޫ ވަރަށް ބޮޑަށް ގިރައި ނުރައްކަލަކަށް ހުށަހެޅިފައި, ފޮނުވި އެއްވެސް ސިޓީ އަކަށް މުއިއްޒު ސަރުކާރުން ޖަވާބެއް ނުދޭ
22 އޮކްޓޯބަރު 2025

ބަންގީގެ އަޑު މަޑުކުރަނީ ސިޓީ ކައުންސިލުން ކަމަށް ބުނުމަކީ ކަނޑައެޅިގެން ބޮޑު ދޮގެއް: އާޒިމް

22 އޮކްޓޯބަރު 2025
ބަންގީގެ އަޑު މަޑުކުރަނީ ސިޓީ ކައުންސިލުން ކަމަށް ބުނުމަކީ ކަނޑައެޅިގެން ބޮޑު ދޮގެއް: އާޒިމް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު