Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެމޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ

އޭޑީއެޗްޑީ ހުންނަ ކުދިންނަށް ދޭ ބޭހެއް ރާއްޖެ އެތެރެނުކުރެވޭތީ އެމްއެފްޑީއޭގެ ކަންބޮޑުވުން!

18 އޯގަސްޓު 2025 | ހޯމަ 13:46

އޭޑީއެޗްޑީ ކުދިންނަށް ދޭ ބޭހެއް މަސްތުވާތަކެތީގެ ބާވަތެއްގެ ގޮތުގައި ކަނޑައެޅިފައިވާތީ ރާއްޖެއަށް އެތެރެ ނުކުރެވޭ ކަމަށް ބުނެ އެމްއެފްޑީއޭ އިން ވަނީ ކަންބޮޑުވުން ފާޅުކޮށަފަ

އަބްދުލް ހަންނާން މުހައްމަދް
އަބްދުލް ހަންނާން މުހައްމަދް | 18 އޯގަސްޓު 2025 | ހޯމަ 13:46
ރައްޔިތުންގެ މަޖިލީހުގެ ޕެޓިޝަން ކޮމިޓީގައި އެމްއެފްޑީއޭގެ ޑިރެކްޓަރ އޮފް ފާމަސޫޓިކަލްސް، އައިޝަތު ޖަލީލާ ވާހަކަދައްކަވަނީ: ވިދާޅުވީ އޭޑީއެޗްޑީއަށް ފަރުވާ ދިނުމަށް ދޭ މެތައިލްފެނިޑޭޓް ބޭސް ނުލިބުމުގެ ޝަކުވާ އެ އޮތޯރިޓީއަށް ބަލިމީހުންގެ ފަރާތުންނާއި ޑޮކްޓަ

ރައްޔިތުންގެ މަޖިލީހުގެ ޕެޓިޝަން ކޮމިޓީގައި އެމްއެފްޑީއޭގެ ޑިރެކްޓަރ އޮފް ފާމަސޫޓިކަލްސް، އައިޝަތު ޖަލީލާ ވާހަކަދައްކަވަނީ: ވިދާޅުވީ އޭޑީއެޗްޑީއަށް ފަރުވާ ދިނުމަށް ދޭ މެތައިލްފެނިޑޭޓް ބޭސް ނުލިބުމުގެ ޝަކުވާ އެ އޮތޯރިޓީއަށް ބަލިމީހުންގެ ފަރާތުންނާއި ޑޮކްޓަ | ރާއްޖެއެމްވީ

އެޓެންޝަން ޑެފިސިޓް ހައިޕާއެކްޓިވިޓީ ޑިސްއޯޑާ (އޭޑީއެޗްޑީ) ހުންނަ ކުދިންނަށް ދޭ ބޭހެއް، މަސްތުވާތަކެތީގެ ބާވަތެއް ކަމަށް ގާނޫނުގައި ކަނޑައަޅާފައިވާތީ ރާއްޖެ އެތެރެ ނުކުރެވޭ ކަމަށް ބުނެ މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ) އިން ކަންބޮޑުވުން ފާޅުކޮށްފި އެވެ.

މި ބޭސް ނުލިބުމުގެ ކަންބޮޑުވުމަށް ހައްލު ހޯދަން މަޖިލީހުގެ ޕެޓިޝަން ކޮމިޓީއަށް ހެލްތު މިނިސްޓްރީ އާއި އެމްއެފްޑީއޭގެ ބޭފުޅުން ހޯމަ ދުވަހު ވަނީ ހާޒިރުކޮށްފަ އެވެ.

Advertisement - newsAdvertisement

ރައްޔިތުންގެ މަޖިލީހުގެ ޕެޓިޝަން ކޮމިޓީގައި އެމްއެފްޑީއޭގެ ޑިރެކްޓަ އޮފް ފާމަސޫޓިކަލްސް، އައިޝަތު ޖަލީލާ ވިދާޅުވީ އޭޑީއެޗްޑީއަށް ފަރުވާ ދިނުމަށް ދޭ މެތައިލްފެނިޑޭޓް ބޭސް ނުލިބުމުގެ ޝަކުވާ އެ އޮތޯރިޓީއަށް ބަލިމީހުންގެ ފަރާތުންނާއި ޑޮކްޓަރުންގެ ފަރާތުން ވެސް ލިބެމުންދާ ކަމަށެވެ.

ސިޓީގައި ފާހަގަކުރައްވާފައިވާ އެއް ބޭހެއް އެއީ މެތައިލްފެނިޑޭޓް. އެ ބޭސް ނުލިބޭކަމުގެ ޝަކުވާ ވަރަށް ބޮޑު. ޕޭޝަންޓުންގެ ސައިޑުން ވެސް އަދި ޑޮކްޓަރުންގެ ފަރާތުން ވެސް އަޅުގަނޑުމެންނަށް ލިބެމުންދާ ޝަކުވާއެއް އެ ބޭސް ނުލިބުން.
އެމްއެފްޑީއޭގެ ޑިރެކްޓަރ އޮފް ފާމަސޫޓިކަލްސް، އައިޝަތު ޖަލީލާ
މެތައިލްފެނިޑޭޓްއަކީ އޭޑީއެޗްޑީގެ ފަސްޓްލައިން ޓްރީޓްމަންޓެއް ގޮތުގައި ބޭނުންކުރަން ހަމަ ސައިންޓިފިކަލީ ޕްރޫވަން ހަމަ ރަނގަޅު މެޑިސިންއެއް. އެކަމަކު ރާއްޖޭގައި މިވަގުތު މި ބޭސް ޕޭޝަންޓުންނަށް ލިބުމުގައި އޮތް ދަތިކަމަކީ މަސްތުވާތަކެތީގެ ގާނޫނުގެ ޖަދުވަލު 1 ގައި ވެސް މި ބޭސް އެބަ ހިމެނޭ އަދި ޖަދުވަލު 2 ގައި ވެސް މި ބޭސް އެބަ ހިމެނޭ.
އެމްއެފްޑީއޭގެ ޑިރެކްޓާ އޮފް ފާމަސޫޓިކަލްސް، އައިޝަތު ޖަލީލާ

ޖަލީލާ ވިދާޅުވީ އެ ބޭހަކީ ރާއްޖެއަށް ބޭނުންވާ ޒަރޫރީ ބޭހުގެ ތެރޭގައި ހިމެނޭ ބޭހެއް ކަމަށާއި އެއީ އޭޑީއެޗްޑީގެ ފަސްޓްލައިން ޓްރީޓްމަންޓެއްގެ ގޮތުގައި ސައިންޓިފިކަލީ ވެސް ރަނގަޅު ބޭހެއް ކަމަށެވެ. އެހެން ނަމަވެސް ރާއްޖެއަށް އެ ބޭސް އެތެރެނުކުރެވެނީ މަސްތުވާތަކެތީގެ ގާނޫނު މިހާރު އޮތް ގޮތުން ކަމަށް އޭނާ ވިދާޅުވި އެވެ.

މަސްތުވާތަކެތީގެ ގާނޫނުގެ ޖަދުވަލު އެކެއްގައި އެ ބޭސް ހިމަނާފައި ވަނީ ރާއްޖެއަށް އެތެރެކުރުން މަނާ ތަކެތީގެ ލިސްޓުގަ އެވެ. ޖަދުވަލު ދޭއްގައި ހިމަނާފައި ވަނީ ބޭހުގެ ގޮތުގައި ބޭނުން ކުރެވޭ މަސްތުވާތަކެތީގެ ތެރޭގަ އެވެ.

އެމްއެފްޑީއޭގެ ސީނިއަރ ފާމަސިސްޓް އައިޝަތު ޖަލީލާ ވިދާޅުވީ އޭޑީއެޗްޑީ ހުންނަ ކުދިން ބޭނުންކުރާ މިތައިލްފެނިޑޭޓް ރާއްޖެ އިން ނުލިބޭ މައްސަލައެއް ފާހަގަވުމުން، އެ ބޭސް ލިބޭނެ ގޮތެއް ހޯދަން މިހާރު ވެސް މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

އޭޑީއެޗްޑީ ކުދިން ބޭނުންކުރާ މިތައިލްފެނިޑޭޓް ނުލިބުމުގެ ޝަކުވާ ވަރަށް ބޮޑަށް އޮތް ކަމަށާއި ޑޮކްޓަރުން ވެސް އެ ޝަކުވާ ކުރައްވާ ކަމަށް ޖަލީލާ ވެސް ވިދާޅުވި އެވެ. ޑޮކްޓަރުން އެ ބޭސް ލިޔެދިނަސް މައްސަލަ ދިމާވަނީ، ރާއްޖެއަށް ބޭސް އެތެރެކުރުމާ ހިސާބުން ކަމަށް އޭނާ ވިދާޅުވި އެވެ.

ޖަލީލާ ވިދާޅުވި ގޮތުގައި މި ބޭސް އެތެރެ ނުކުރެވޭ މައްސަލަ ދިމާވުމުން، މަސްތުވާތަކެތީގެ ގާނޫނު އިސްލާހްކުރަން އެމްއެފްޑީއޭ އިން ވާނީ ވަރަށް ގިނަ މަސައްކަތްތަކެއް ކޮށްފަ އެވެ.

އެގޮތުން ތަކުރާރުކޮށް ޝަކުވާތައް އެމްއެފްޑީއޭއަށް ލިބޭތީ ޖުލައި 13، ގައި ވެސް ގާނޫނު އިސްލާހު ކުރުމަށް މަޖިލީހަށް ސިޓީއެއް ފޮނުވި ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

އެ ބޭހަކީ ކްރިޓިކަލީ ވަރަށް މުހިންމު ބޭހެއްކަން ފާހަގަ ކުރައްވައި ޖަލީލާ ވިދާޅުވީ ރާއްޖޭގެ މުހިންމު މެޑިކަލް ލިސްޓުގައި ވެސް އެ ބޭސް ހިމަނާފައިވާނެ ކަމަށެވެ.

ޖަލީލާ ވިދާޅުވީ ހާއްސަ އެހީއަށް ބޭނުންވާ މީހުންނަށް ބޭނުންވާ ސައިކޭޓްރިކް އެހެން ބައެއް ބޭސްތަކެއް ވެސް ނުލިބޭ މައްސަލަ ފާހަގަވެފައިވާ ކަމަށެވެ. އެ ބޭސްތައް ވެސް ރާއްޖެ އެތެރެކޮށް ބަލި މީހުންނަށް ފަސޭހަ އިން ލިބޭނެ ގޮތް ހަމަޖައްސަން ޖެހޭ ކަމަށް ވިދާޅުވި އެވެ.

ނިއުރޮލޮޖިކަލް ޑިސްއޯޑަރސްގެ ތެރެއިން އޭޑީއެޗްޑީއަކީ ރާއްޖޭގައި އެންމެ ގިނަ އެއް ބައްޔެވެ. ޑިޕާޓްމަންޓް އޮފް އިންކްލޫސިވް އެޑިއުކޭޝަނުން އާންމު ކުރި ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި ކިޔެވުމުގެ ދަތިތައް ދިމާވާ ޒާތުގެ ކަންކަން ހުރި 3640 ކުދިންގެ ތެރެއިން ގާތްގަނޑަކަށް 1400 ކުދިންނަކީ އޭޑީއެޗްޑީއަށް ޑަޔަގްނޯޒްކޮށްފައިވާ ކުދިންނެވެ.

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ޕޯޓް ޓެކްނޮލޮޖީ އިންޓަނޭޝަނަލް ގެ އެޑްވައިޒަރީ ބޯޑުގެ ޗެއާމަންގެ މަގާމަށް ރައީސް ނަޝީދު

3

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

4

ދުނިޔޭގެ ބާރުގަދަ އެމެރިކާގެ ރައީސަށް ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިލައްވަން އީރާނުން ޖައްސުވައިފި

5

އެމެރިކާގެ އަސްކަރިއްޔާގެ އިންޒާރުތަކަށް އިޖާބަ ނުދީ އޮމާން ކަނޑުން ދަތުރުކުރި ބޯޓަކަށް ހަމަލާ ދީފި

އިތުރަށް ކިޔާލަން

17 ޖެނުއަރީ 2017

އުރީދޫގެ 4ޖީ ޕްލަސް މުޅި ރާއްޖެއަށް ފުޅާކޮށްފި

17 ޖެނުއަރީ 2017
އުރީދޫގެ 4ޖީ ޕްލަސް މުޅި ރާއްޖެއަށް ފުޅާކޮށްފި
16 ޖެނުއަރީ 2017

ރާއްޖެޓީވީގެ ޒަރީރަށް ހުކުމް ކުރުން މިއަދު

16 ޖެނުއަރީ 2017
ރާއްޖެޓީވީގެ ޒަރީރަށް ހުކުމް ކުރުން މިއަދު
14 ޖެނުއަރީ 2017

ރާއްޖެޓީވީގެ ކެމެރާމަން ޒަރީރަށް ހުކުމް ކުރުން ހޯމަ ދުވަހު

14 ޖެނުއަރީ 2017
ރާއްޖެޓީވީގެ ކެމެރާމަން ޒަރީރަށް ހުކުމް ކުރުން ހޯމަ ދުވަހު
11 ޖެނުއަރީ 2017

ރާއްޖެއެތެރެކުރި މަސް ހިފާ 21 ބަޑި އަތުލައިގަތްފި

11 ޖެނުއަރީ 2017
ރާއްޖެއެތެރެކުރި މަސް ހިފާ 21 ބަޑި އަތުލައިގަތްފި
10 ޖެނުއަރީ 2017

ފޭދޫ ފިނޮޅު ވިއްކާލުމުން ފުލުހުންނަށް މާލީ ފައިދާ ލިބޭނެ: ފުލުހުން

10 ޖެނުއަރީ 2017
ފޭދޫ ފިނޮޅު ވިއްކާލުމުން ފުލުހުންނަށް މާލީ ފައިދާ ލިބޭނެ: ފުލުހުން
07 ޖެނުއަރީ 2017

ލާމަރުކަޒީ ނިޒާމު އިޔާދަ ނުކޮށް "ދިވެހިރާއްޖެ ދެމިއޮންނާނެ ކަމަށް ޤަބޫލެއް ނުކުރެވޭ": ހަސަން ލަޠީފް

07 ޖެނުއަރީ 2017
ލާމަރުކަޒީ ނިޒާމު އިޔާދަ ނުކޮށް "ދިވެހިރާއްޖެ ދެމިއޮންނާނެ ކަމަށް ޤަބޫލެއް ނުކުރެވޭ": ހަސަން ލަޠީފް
07 ޖެނުއަރީ 2017

ރައީސް ދެއްވާ ޚާއްސަ ފުރުސަތުގައި ކުދިންނަށް މަފުދޭ ގަވާއިދު ނެފެރި

07 ޖެނުއަރީ 2017
ރައީސް ދެއްވާ ޚާއްސަ ފުރުސަތުގައި ކުދިންނަށް މަފުދޭ ގަވާއިދު ނެފެރި
07 ޖެނުއަރީ 2017

ޔުނިވާސިޓީން އާ ދެ ކޯހެއް ރާއްޖެއަށް ތައާރަފްކޮށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި

07 ޖެނުއަރީ 2017
ޔުނިވާސިޓީން އާ ދެ ކޯހެއް ރާއްޖެއަށް ތައާރަފްކޮށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި
07 ޖެނުއަރީ 2017

ބައްޕާފުޅުގެ އަރިހުގައި ސާބިތުކަމާއިއެކު ހުންނަވާނަން: ޔުމްނާ މައުމޫނު

07 ޖެނުއަރީ 2017
ބައްޕާފުޅުގެ އަރިހުގައި ސާބިތުކަމާއިއެކު ހުންނަވާނަން: ޔުމްނާ މައުމޫނު
06 ޖެނުއަރީ 2017

ޤާނޫނު އަސާސީއެއް ނެތް، އުފާވެރި ދިވެހިރާއްޖެއަށް އޮތް ހުރިހާ މަގެއް ބަންދުކޮށްފި: އިބްރާ

06 ޖެނުއަރީ 2017
ޤާނޫނު އަސާސީއެއް ނެތް، އުފާވެރި ދިވެހިރާއްޖެއަށް އޮތް ހުރިހާ މަގެއް ބަންދުކޮށްފި: އިބްރާ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް