Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ތަފާތު ޚަބަރުފަރުތަކުގެ ދިރުން

ދުޅަހެޔޮ ފަރެއްގެ އަޑުތަކުން، ދިރުން ނެތް ފަރުތަކުގެ ނިޒާމަށް އުންމީދުގެ އަލިކަން!

ވުޑްސް ހޯލް އޯޝެނޮގްރެފިކް އިންސްޓިޓިއުޝަންގެ ހޯދުންތަކުން ދައްކާ ގޮތުގައި، ދުޅަހެޔޮ މުރަކަތަކުން ބޭރުވާ އަޑުތައް ފޯރާ ހިސާބުގައި، ޕްލަނޫލާތައް ވަޒަންވެރިވެ، ޢާބާދުވުމުގެ ފުރުޞަތު ބޮޑު

ޢާއިޝާ ރީމާ ވަޙީދު
ޢާއިޝާ ރީމާ ވަޙީދު | 18 މާރިޗު 2024 | ހޯމަ 08:20
އިންސާނީ ޢަމަލުތަކުގެ ސަބަބުން މޫސުމަށް އަންނަމުންދާ ނޭދެވޭ ބޮޑެތި ބަދަލުތަކުގެ ސަބަބުން އެންމެ ބޮޑު ގެއްލުމެއް ލިބިގެންދާ އެއް ނިޒާމަކީވެސް ފަރުތައް

އިންސާނީ ޢަމަލުތަކުގެ ސަބަބުން މޫސުމަށް އަންނަމުންދާ ނޭދެވޭ ބޮޑެތި ބަދަލުތަކުގެ ސަބަބުން އެންމެ ބޮޑު ގެއްލުމެއް ލިބިގެންދާ އެއް ނިޒާމަކީވެސް ފަރުތައް

ދިވެހިރާއްޖެ ފަދަ ބިންތިރި ޖަޒީރާ ޤައުމުތަކަށް، ދުޅަހެޔޮ ފަރުތަކަކީ ކިހާ މުހިންމު ނިޒާމެއްކަން ގިނަ ފަހަރަށް އޮންނަނީ ވިސްނާނުލެވިފައެވެ. ތާ އަބަދު ލޯ ކުރިމަތީގައި ފެންނަން ނޯންނާތީ ކަމަށްވެސް ވެދާނެއެވެ. ނަމަވެސް ދުޅަހެޔޮ ފަރުތަކަކީ މާ ސިންގާ ބިޔަ ރާޅުތަކާއި، ތޫފާނީ އޮޔެގަނޑާއި އޮއެވަރުތަކުން ގޮނޑުދޮށްތައް ޙިމާޔަތް ކޮށްދޭ އެންމެ ވަރުގަދަ ދިފާޢީ ނިޒާމެވެ. ހަމަ އެހެންމެ، ކަނޑު އަޑީގެ އެކިއެކި ކުޅިވަރުތަކާއި ހިތްގައިމު މަންޒަރުތައް ދެކި، ތަޖުރިބާކޮށްލުމުގެ ބޭނުމުގައި އެތައް ފައިސާއެއް ޚަރަދުކުރާ ފަތުރުވެރިންގެ ސަބަބުން، ޤައުމުގެ ޚަޒާނާ މުއްސަނދިކޮށްދެނިވި މަސްދަރެއްވެސްމެއެވެ.

އިންސާނީ ޢަމަލުތަކުގެ ސަބަބުން މޫސުމަށް އަންނަމުންދާ ނޭދެވޭ ބޮޑެތި ބަދަލުތަކުގެ ސަބަބުން އެންމެ ބޮޑު ގެއްލުމެއް ލިބިގެންދާ އެއް ނިޒާމަކީވެސް މި ދެންނެވި ފަރުތަކެވެ. މުރަކަތައް މަރުވެ، ގައު ހުދުވުމުގެ މައްސަލަތަކަށް މި ފަހަކަށް އައިސް އިތުރު ވެފައި ވަނީ އޭގެ އިންތިހާއަށެވެ. ކަން އެހެން އޮތް އިރު، ތިމާވެށީގެ ދިފާޢުގައި ހަރަކާތްތެރިވާ އެކްޓިވިސްޓުންނާއި ދާއިރާގެ ތަޖުރިބާކާރުން ދަނީ، މި މައްސަލައަށް ޙައްލު ހޯދުމަށް ޒަމާނީ އީޖާދުތަކާއި އުކުޅުތައް ބޭނުންކޮށްގެން އެކި މަޝްރޫޢުތައް ހިންގަމުންނެވެ. އެފަދަ އެއް ޖަމިއްޔާއަކީ ވުޑްސް ހޯލް އޯޝެނޮގްރެފިކް އިންސްޓިޓިއުޝަން (ހޫއީ) އެވެ.  

މުރަކައަކީވެސް ޤުދުރަތީ ނިޒާމުގައި ހިމެނޭ ދިރޭ މަޚްލޫޤެކެވެ. މުރަކަ ބިހާއި ދަރިފަނި އެކުވެގެން އެމްބިރިޔޯއެއް އުފެއްދެއެވެ. އެ ބަދަލުވަނީ ޕްލަނޫލާއޭ ކިއާ މުރަކަ ފަންޏަކަށެވެ. ޕްލަނޫލާއަކީ ދުވަސްކޮޅެއް ނުވަތަ ހަފުތާތަކެއް ވަންދެން ކަނޑު ތެރޭގައި އޮޔާ ދަތުރުކުރާ އެއްޗެކެވެ. އެއަށްފަހު، ކަނޑުއަޑީގެ ސަތަހައަށް ވެއްޓި، ފަރުތަކުގައި އާލާވެ، ބޮޑުވާން ފަށައެވެ. ވުޑްސް ހޯލް އޯޝެނޮގްރެފިކް އިންސްޓިޓިއުޝަންއަކީ އަޑުގެ އެހީގައި، މި ދެންނެވި ޕްލަނޫލާ އާލާކޮށް، ފަރުތަކަށް އައު ދިރުމެއް ގެނެސްދިނުމުގެ ތަޖުރިބާތައް ކުރަމުންދާ ޖަމިއްޔާއެކެވެ. އެ ޖަމިއްޔާގެ ތަޖުރިބާތަކުގެ އަލީގައި އެކުލަވާލި ދިރާސާއެއްވެސް ދާދި ފަހުން ވަނީ ޢާންމު ކޮށްފައެވެ.

ވުޑްސް ހޯލް އޯޝެނޮގްރެފިކް އިންސްޓިޓިއުޝަންގެ ހޯދުންތަކުން ދައްކާ ގޮތުގައި، ދުޅަހެޔޮ މުރަކަތަކުން ބޭރުވާ އަޑުތައް ފޯރާ ހިސާބުގައި، ޕްލަނޫލާތައް ވަޒަންވެރިވެ، ޢާބާދުވުމުގެ ފުރުޞަތު ބޮޑެވެ.

ވުޑްސް ހޯލް އޯޝެނޮގްރެފިކް އިންސްޓިޓިއުޝަންގެ ސައިންސްވެރިން އާންމުކުރި ދިރާސާ ބިނާ ކޮށްފައި ވަނީ، ދުޅަހެޔޮ ފަރުތަކުން އިވޭ އަޑުތައް ޖަހާފައި ހުންނަ، ކަނޑުއަޑީގެ ސްޕީކަރ ސިސްޓަމްތަކެއް، ހަލާކުވެފައިވާ މުރަކަތަކުގެ ކައިރީގައި ބަހައްޓައިގެންނެވެ. ސައެންސްވެރިންގެ ދިރާސާގެ ނަތީޖާއިން ދައްކާ ގޮތުގައި، ޕްލަނޫލާތައް ވަޒަންވެރިވުމުގެ ފުރުޞަތު ބޮޑުވަނީ ދުޅަހެޔޮ ފަރުގެ އަޑުތަކާ ކައިރި ސަރަޙައްދުތަކުގައެވެ.

ދިރާސާ ކުރިއަށް ގެންގޮސްފައި ވަނީ އެމެރިކާގެ ވަރޖިން އައިލަންޑްސްގެ ސެއިންޓް ޖޯންގެ ދެކުނު އައްސޭރިފަށުގެ ސަރަޙައްދުގައެވެ.

މުރަކަ ފަރުތައް ހަލާކުވެދާ ސަބަބުތަކުގެ ތެރޭގައި ތަޣައްޔަރުވުމާއި، މަސްވެރިކަމާއި، އެކިއެކި ސިނާޢަތްތަކުން ލިބޭ ގެއްލުންތަކާއި، ފޮސިލް ފިއުލްގެ ތަކުލީފާއި، މޫސުމަށް އަންނަ ނޭދެވޭ ބަދަލުތަކުގެ ސަބަބުން މުރަކަ ބްލީޗްވެ، މަރުވުން ހިމެނެއެވެ.

މޫސުމަށް އަންނަ ނޭދެވޭ ބަދަލުތަކާއި އެލް ނީނޯގެ ސަބަބުން ރެކޯޑް މިންވަރަކަށް ކަނޑުގެ ފިނިހޫނުމިން އުފުލި، އެތައް މަހަކަށް އެކަން ދިގުލައި ދިއުމުގެ ސަބަބުން މި އަހަރަކީ 4 ވަނަ ފަހަރަށް މާސް ކޮރަލް ބްލީޗިންގް ނުވަތަ ގައު ހުދުވުމުގެ މައްސަލަ އޭގެ އެންމެ އިންތިހާއަށް ކުރިމަތިލާ އަހަރެވެ.

ދުނިޔޭގެ ފިނިހޫނުމިން މައްޗަށް ދާއިރު، މަރުވަމުންދާ ފަރުތައް ދިރުވާ އާލާ ކުރުމުގެ މަސައްކަތްތަކުންވެސް މާ ބޮޑު އެދެވޭ ނަތީޖާއެއް ނުލިބޭކަން ފާހަގަ ކުރަން ޖެހެއެވެ. ހޫނުވަމުން ދާ ކަނޑުގެ ލޮނުގަނޑުގެ ތެރޭގައި މުރަކަތައް މަރުވުން ހުއްޓުވުމަށް ކުރެވޭނެ އެއްވެސް ކަމެއް ނެތެވެ. ސައިންސްވެރިން ލަފާކުރާ ގޮތުގައި 2050 ވަނަ އަހަރުގެ ނިޔަލަށް ދުނިޔޭގެ މުރަކަތަކުގެ 90 ޕަސެންޓް، ނެތިހިނގައިދާނެއެވެ.

މުރަކަ

އިތުރަށް ކިޔާލަން

03 އޮކްޓޯބަރު 2023

މުރަކަ ފަރުތައް ހިމާޔަތް ކުރުމަށް 12 ބިލިއަން ޑޮލަރު ހޯދުމަށް އައިސީއާރުއައި އިން ވައުދުވެއްޖެ

03 އޮކްޓޯބަރު 2023
މުރަކަ ފަރުތައް ހިމާޔަތް ކުރުމަށް 12 ބިލިއަން ޑޮލަރު ހޯދުމަށް އައިސީއާރުއައި އިން ވައުދުވެއްޖެ
21 ޖޫން 2017

"ނާމްކަރަން" ދޫކޮށްލުމުގެ ވިސްނުމެއް ޒައިން އިމާމްގެ ނެތް

21 ޖޫން 2017
"ނާމްކަރަން" ދޫކޮށްލުމުގެ ވިސްނުމެއް ޒައިން އިމާމްގެ ނެތް
10 މެއި 2017

ރަނގަޅު ސްކްރިޕްޓެއް ނެތި "އާޝިގީ3" ނެރެވޭކަށް ނެތް: މޯހިތު

10 މެއި 2017
ރަނގަޅު ސްކްރިޕްޓެއް ނެތި "އާޝިގީ3" ނެރެވޭކަށް ނެތް: މޯހިތު
26 އެޕްރީލު 2017

ހޮލީވުޑަށް ދިއުމުގެ ވިސްނުމެއް ނެތް: ސަލްމާން

26 އެޕްރީލު 2017
ހޮލީވުޑަށް ދިއުމުގެ ވިސްނުމެއް ނެތް: ސަލްމާން
20 އެޕްރީލު 2017

ބޮލީވުޑްގެ ތެރޭގައި ޖިންސީ ތަފާތުކުރުމެއް ނެތް: ފަރާ ޚާން

20 އެޕްރީލު 2017
ބޮލީވުޑްގެ ތެރޭގައި ޖިންސީ ތަފާތުކުރުމެއް ނެތް: ފަރާ ޚާން
22 މާރިޗު 2017

ޖޫހީގެ ދަރިން ފިލްމް ކުޅެން ޝައުގުވެރިކަމެއް ނެތް

22 މާރިޗު 2017
ޖޫހީގެ ދަރިން ފިލްމް ކުޅެން ޝައުގުވެރިކަމެއް ނެތް
20 މާރިޗު 2017

ހަމަލާ ދިން މީހުން ރޭޕް ކޮށްފާނެކަމުގެ ބިރު ގަތް، ސަލާމަތްވާނެ ގޮތެއް ނެތް: ކިމް ކާޑޭޝިއަން

20 މާރިޗު 2017
ހަމަލާ ދިން މީހުން ރޭޕް ކޮށްފާނެކަމުގެ ބިރު ގަތް، ސަލާމަތްވާނެ ގޮތެއް ނެތް: ކިމް ކާޑޭޝިއަން
10 މާރިޗު 2017

" ބިކިނީ ބޭބީ" ކިޔަސް މައްސަލައެއް ނެތް: ޓައިގާ ޝްރޮފް

10 މާރިޗު 2017
" ބިކިނީ ބޭބީ" ކިޔަސް މައްސަލައެއް ނެތް: ޓައިގާ ޝްރޮފް
02 މާރިޗު 2017

ވިޝްކާގެ މައްސަލަ ފުލުހަށް ހުށަހަޅާފައެއް ނެތް: ޕޮލިސް

02 މާރިޗު 2017
ވިޝްކާގެ މައްސަލަ ފުލުހަށް ހުށަހަޅާފައެއް ނެތް: ޕޮލިސް
26 ފެބުރުއަރީ 2017

"އިއްތިފާގު" ރިމޭކް ހަދާއިރު ލީޑްރޯލް ކުޅެން ޝާހުރުކް ހާން ބޭނުން، އެކަމަކު އެކަން ވާކަށް ނެތް

26 ފެބުރުއަރީ 2017
"އިއްތިފާގު" ރިމޭކް ހަދާއިރު ލީޑްރޯލް ކުޅެން ޝާހުރުކް ހާން ބޭނުން، އެކަމަކު އެކަން ވާކަށް ނެތް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު