Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ތަފާތު ޚަބަރުފަރުތަކުން އިވޭ އަޑުތައް ރިކޯޑްކުރުން

މުރަކައިގެ ފަރުތަކުގެ އަޑު ކަންފަތަށް: އަހާލަން ބޭނުންތަ؟

ގޫގްލް އަރޓްސްއެންޑް ކަލްޗަރއިން އަމާޒު ހިފާފައި ވަނީ، ދުނިޔޭގެ ކޮންމެ ހިސާބެއްގައި ހުރެގެންވެސް ކަނޑުގެ ދިރުންތަކުގެ ތަފާތު އަޑުތައް އަހާލެވޭނެ ފަދަ އޯޑިއޯ ޑޭޓާބޭސްއެއް ތަޢާރަފު ކުރުމަށް

ޢާއިޝާ ރީމާ ވަޙީދު
ޢާއިޝާ ރީމާ ވަޙީދު | 14 ނޮވެމްބަރު 2022 | ހޯމަ 18:38
ސައެންސްވެރިން ވަނީ ފަރުތަކުން އިވެމުންދާ މިފަދަ އަޑުތައް ރެކޯޑް ކޮށްފައި، މި އަޑުތައް ފުރޭނުމުގެ މަސައްކަތުގައި ސައެންސްވެރިންނާ އެންމެ ގާތުން މަސައްކަތް ކުރަމުން ދަނީ ގޫގްލް

ސައެންސްވެރިން ވަނީ ފަރުތަކުން އިވެމުންދާ މިފަދަ އަޑުތައް ރެކޯޑް ކޮށްފައި، މި އަޑުތައް ފުރޭނުމުގެ މަސައްކަތުގައި ސައެންސްވެރިންނާ އެންމެ ގާތުން މަސައްކަތް ކުރަމުން ދަނީ ގޫގްލް

ސީދާ ކަންފަތަށް މާ ސާފު ނުވި ކަމުގައި ވީ ނަމަވެސް، ކޮންމެ އެއްޗެއްގައިވެސް ކޮންމެވެސް ކަހަލަ އަޑެއް ހުރެއެވެ. ބައެއް އަޑުތަކަކީ މާ ގަދަވުމުގެ ސަބަބުން ކަންފަތަށް ސާފު ނުވާ އަޑުތަކަކަށް ވާ އިރު، އަނެއް ބައި އަޑުތަކަކީ މާ މަޑުވުމުގެ ސަބަބުން ނީވިދާ އަޑުތަކެކެވެ. އަނެއް ބައި އަޑުތަކަކީ މާ ބޮޑު ސަމާލުކަމެއް ނުދެވި އޮތުމުގެ ސަބަބުން، އިވެއޭވެސް ހީވެފައި ނުވާ އަޑުތަކެކެވެ. ފަހަރުގައި، މިއީވެސް އެފަދަ އަޑަކަށް ވެދާނެއެވެ.

އެއީ މިޞްރުގެ ޝަރަމްއަލް ޝައިޚްގެ ދުޅަހެޔޮ ފަރަކުން އިވެމުން ދިޔަ ހިތްގައިމު އަޑެވެ. ސައެންސްވެރިން ވަނީ ފަރުތަކުން އިވެމުންދާ މިފަދަ އަޑުތައް ރެކޯޑް ކޮށްފައެވެ. އެތައް ސަތޭކަ ގަޑިއިރަކަށް ދެމިގެންދާ އެ އަޑުތަކުގެ ތެރޭގައި، ނެތި މަރުވަމުންދާ ފަރުތަކުން އިވޭ އަޑުތައްވެސް ހިމެނެއެވެ.

މި އަޑުތައް ފުރޭނުމުގެ މަސައްކަތުގައި ސައެންސްވެރިންނާ އެންމެ ގާތުން މަސައްކަތް ކުރަމުން ދަނީ ގޫގްލްއެވެ. ގޫގްލްއިން އެ މަސައްކަތް ކުރިއަށް ގެންދަނީ މަސްނޫއީ ތޫނުފިލިކަން ނުވަތަ އޭއައި ޓެކްނޮލޮޖީގެ އެހީއާ އެކުގައެވެ. އަޑުތައް ރެކޯޑް ކޮށްފައިވާ ބައެއް ސަރަޙައްދުތަކަށް ބަލާއިރު، އާދަޔާ ޚިލާފު ގަދައަށް މަސްވެރިކަން ކުރާ ސަރަޙައްދުތަކާއި، ހިމާޔަތް ކޮށްފައި ވާ ކަނޑުގެ ސަރަޙައްދުތައްވެސް ހިމެނެއެވެ. މި މަޝްރޫޢަކީ ދުނިޔޭގައިވާ މުރަކައިގެ ދުޅަހެޔޮކަން ވިލަރެސް ކުރުމުގެ އަމާޒުގައި ހިންގާ މަޝްރޫއެކެވެ.

މުރަކައިގެ ފަރުތަކުގެ އަޑުތައް ރެކޯޑް ކުރުމުގެ މަސައްކަތް ކުރިއަށް ގެންދިޔައީ މިއުޒިކް ޓެކްނޮލޮޖީގެ ތަޖުރިބާ ލިބިފައިވާ މެރީން ބައޮލޮޖިސްޓެއް ކަމަށް ވާ، ސައެންސްވެރިޔާ މޭރީ ސްކޮޑީޕޯއާއި ޑޭވް އިރަސްމަސް، ކަނޑުމަގުން، ކޮޕް ބައްދަލުވުމަށް ކުރި ދަތުރުގެ ތެރޭގައެވެ. ގޫގްލް އަރޓްސްއެންޑް ކަލްޗަރއިން އަމާޒު ހިފާފައި ވަނީ، ދުނިޔޭގެ ކޮންމެ ހިސާބެއްގައި ހުރެގެންވެސް ކަނޑުގެ ދިރުންތަކުގެ ތަފާތު އަޑުތައް އަހާލެވޭނެ ފަދަ އޯޑިއޯ ޑޭޓާބޭސްއެއް ތަޢާރަފު ކުރުމަށެވެ. އޭގެ ތެރޭގައި ސިއްޙަތު ރަނގަޅު ފަރުތަކާއި ދުޅަހެޔޮކަމެއް ނެތް ފަރުތައްވެސް ހިމެނެއެވެ.

ފިލިޕީންސްއިން ފެށިގެން އެންމެ ފަހުން މިޞްރުގެ ޝަރަމްއަލް ޝައިޚްގައި ހަދާފައިވާ ރެކޯޑިންގްތަކަކީ، ޤަވައިދާ ޚިލާފަށް ކަނޑުގެ ދިރުންތައް ނަގަމުންދާ ދިއުން ފަދަ ހަރަކާތްތައް ޓްރެކްކޮށް، އާރޯކަމާއި ތާޒާކަން ގެނެސްދޭން ޖެހޭ ސަރަޙައްދުތައް ފާހަގަކޮށް، އިޔާދަކޮށްފައިވާ ސައިޓްތަކަށް ލިބެމުންދާ ކުރިއެރުންތައް ޓްރެކް ކުރުމަށް އެހީވެދޭނެ އަޑުތަކެއް ކަމަށް މަޢުލޫމާތު ލިބެއެވެ.

އާދަޔާ ޚިލާފު ގަދައަށް މަސްވެރިކަން ކުރުމާއި، މޫސުމީ ނޭދެވޭ ބަދަލުތަކުގެ ސަބަބުން ދުނިޔެ ހޫނުވަމުން ދާ ދިއުމުގެ ސަބަބުން، ޤުދުރަތީ ވެށީގެ ނިޒާމުގައި އޮތް ބެލަންސް ގެއްލި، ފަރުތަކުގެ ކޮލިޓީއަށް ބަދަލު އައުން އެކަށީގެންވާ ކަމަށާ، ދުޅަހެޔޮ ވެށީގެ ނިޒާމެއް ބަރޯސާ ވަނީ ބެލަންސްގެ މައްޗަށް ކަން ސްކޮޑީޕޯ ވަނީ ފާހަގަ ކޮށްފައެވެ.

ވައިލްޑްލައިފް ކޮންޒަރވޭޝަން ސޮސައިޓީގެ ދިރާސާއެއް ބުނާ ގޮތުގައި، ދުނިޔޭގެ އެކި ކަންކޮޅުތަކަށް ފެތުރިފައިވާ ފަރުތަކުގެ ތެރެއިން، ފުރިހަމައަށް ހިމާޔަތް ކޮށްފައި ވަނީ އެންމެ 2.5 ޕަސެންޓްގެ ސަރަޙައްދެކެވެ. ނަމަވެސް ފަރުތަކަކީ އިންސާނާގެ ދިރިހުރުމާ ގުޅިފައިވާ މުހިންމު ވެއްޓަކަށް ވާ ހިނދު، ފަރުތައް ހިމާޔަތް ނުކޮށްފިނަމަ އޭގެ ނަތީޖާއަކީ ގެއްލުން ދެނިވި ނަތީޖާއަކަށް ވެގެންދާނެ ކަމުގެ އިންޒާރުވެސް، ސްކޮޑީޕޯ ވަނީ ދެއްވާފައެވެ.

އިތުރަށް ކިޔާލަން

02 މާރިޗު 2020

"ބަގްސް ބަނީ" ކާޓޫންގެ ސްޕެނިޝް ވަރޝަންއަށް އަޑުއެޅި މީހާ މަރާލައިފި

02 މާރިޗު 2020
"ބަގްސް ބަނީ" ކާޓޫންގެ ސްޕެނިޝް ވަރޝަންއަށް އަޑުއެޅި މީހާ މަރާލައިފި
10 ފެބުރުއަރީ 2019

ޖެނިފާ ލޮރެންސް އާއި ކޫކްމެރޮނީއާއި އެންގޭޖް ކުރި ކަމުގެ އަޑުތަކެއް ފެތުރެން ފަށައިފި

10 ފެބުރުއަރީ 2019
ޖެނިފާ ލޮރެންސް އާއި ކޫކްމެރޮނީއާއި އެންގޭޖް ކުރި ކަމުގެ އަޑުތަކެއް ފެތުރެން ފަށައިފި
04 އޮކްޓޯބަރު 2018

ރިޝީއަށް ކެންސަރު ޖެހިފައިވާކަމުގެ އަޑު ނުފެތުރުމަށް އެދެފި

04 އޮކްޓޯބަރު 2018
ރިޝީއަށް ކެންސަރު ޖެހިފައިވާކަމުގެ އަޑު ނުފެތުރުމަށް އެދެފި
12 އޯގަސްޓު 2018

ހަރުފަ ނިންދަވާ މީހެއްގެ ވާހަކަ އަޑު އެހިންތަ؟

12 އޯގަސްޓު 2018
ހަރުފަ ނިންދަވާ މީހެއްގެ ވާހަކަ އަޑު އެހިންތަ؟
10 އޯގަސްޓު 2018

ޕާކިސްތާނުގައި ކުލަ ލުމުގެ މަސައްކަތްކުރާ މީހެއްގެ ރީތި އަޑުން އެންމެންގެ ހިތް އަތުލައިފި

10 އޯގަސްޓު 2018
ޕާކިސްތާނުގައި ކުލަ ލުމުގެ މަސައްކަތްކުރާ މީހެއްގެ ރީތި އަޑުން އެންމެންގެ ހިތް އަތުލައިފި
20 ޖޫން 2018

ކައިވެނި ބެއްލެވިތާ މަހެއް، މޭގަން މާކްލް އާލާސްވެ އިންނެވި ކަމުގެ އަޑު ފެތުރެން ފަށައިފި!

20 ޖޫން 2018
ކައިވެނި ބެއްލެވިތާ މަހެއް، މޭގަން މާކްލް އާލާސްވެ އިންނެވި ކަމުގެ އަޑު ފެތުރެން ފަށައިފި!
17 ޖޫން 2018

ޝަލަބީގެ އަޑުން ކިޔާފައިވާ ލޯބީގެ އައު ލަވައެއް ރިލީޒް ކޮށްފި

17 ޖޫން 2018
ޝަލަބީގެ އަޑުން ކިޔާފައިވާ ލޯބީގެ އައު ލަވައެއް ރިލީޒް ކޮށްފި
21 ޖޫން 2017

"ސްޕައިޑާމެން-ހޯމް ކަމިން" ގެ ހިންދީ ވާޝަންއަށް އަޑުއަޅަނީ ޓައިގާ ޝްރޮފް

21 ޖޫން 2017
"ސްޕައިޑާމެން-ހޯމް ކަމިން" ގެ ހިންދީ ވާޝަންއަށް އަޑުއަޅަނީ ޓައިގާ ޝްރޮފް
22 މެއި 2017

"އާދޭސް"އަކީ ގިނައިން އަޑުއެހިވަރަކަށް ރީތިވާ ކަހަލަ ލަވައެއް: ޝަލަބީ

22 މެއި 2017
"އާދޭސް"އަކީ ގިނައިން އަޑުއެހިވަރަކަށް ރީތިވާ ކަހަލަ ލަވައެއް: ޝަލަބީ
06 ފެބުރުއަރީ 2017

އަމަލް ކްލޫނީ ބަލިވެ އިންކަމަށް ބުނާ އަޑު އަނެއްކާވެސް ގަދަވެއްޖެ

06 ފެބުރުއަރީ 2017
އަމަލް ކްލޫނީ ބަލިވެ އިންކަމަށް ބުނާ އަޑު އަނެއްކާވެސް ގަދަވެއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު