Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
މުރަކަ ފަރު

މުރަކަ ފަރުތައް ހިމާޔަތް ކުރުމަށް 12 ބިލިއަން ޑޮލަރު ހޯދުމަށް އައިސީއާރުއައި އިން ވައުދުވެއްޖެ

މޫސުމަށް އަންނަ ބޮޑެތި ނުރައްކާތަކަށް ހައްލެއް ހޯދައި ނުދެވޭނަމަ އެއީ ބޭކާރުކަމެއް

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް, ރާއްޖެ އެމްވީ | 3 އޮކްޓޯބަރު 2023 | އަންގާރަ 08:43
މުރަކަ ފަރުތައް ދަނީ އަވަސް މިނެއްގައި މަރުވަމުން

މުރަކަ ފަރުތައް ދަނީ އަވަސް މިނެއްގައި މަރުވަމުން

ތަޣައްޔަރުވުމާއި މާގިނައިން މަސްވެރިކަން ކުރުން ފަދަ ނުރައްކާތަކުން މުރަކަ ފަރުތައް ރައްކާތެރި ކުރުމަށް ގިނަ ގައުމުތަކެއް އެކުވެގެން އުފައްދާފައިވާ އިއްތިހާދުން 12 ބިލިއަން ޑޮލަރު ހޯދާނެ ކަމަށް ބުނެފިއެވެ.

12 ބިލިއަން ޑޮލަރު ހޯދާނެކަމަށް އިންޓަނޭޝަނަލް ކޮރަލް ރީފް އިނީޝިއޭޓިވް (އައިސީއާރުއައި) އިން ބުނެފައިވީނަމަވެސް، މޫސުމަށް އަންނަ ބޮޑެތި ނުރައްކާތަކަށް ހައްލެއް ހޯދައި ނުދެވޭނަމަ އެ ފަންޑަކީ ކަނޑަށް ވައްޓާލާ ގާކޮޅެއް ފަދަކަމަށް ވެގެންދާނެ ކަމަށެވެ.

އައިސީއާރުއައި އިން ބުނެފައިވަނީ އެ އިއްތިހާދުން ޕްރައިވެޓް އައި ޕަބްލިކް އިންވެސްޓްމަންޓްތައް ހޯދާ ރައްކާކޮށް، މުރަކައިގެ އިކޯސިސްޓަމް ރައްކާތެރިކުރުމަށް މަސައްކަތް ކުރާނެ ކަމަށެވެ. އަދި މީގެ ތެރޭގައި ދުނިޔޭގެ ހަތަރުބައިކުޅަ އެއްބައި ކަނޑުގެ ދިރުންތަކާއި ބިލިއަނެއްހާ މީހުން ހިމެނޭ ކަމަށް ބުނެފައިވެއެވެ.

ކަނޑުތައް ތަޣައްޔަރުވުން އިތުރުވުމާއި، އައްސޭރިފަށުގައި ހިންގާ ތަރައްގީއާއި، މަސްވެރިކަމުގެ އުޅަނދުތަކުގެ ސަބަބުން މުރަކަ ފަރުތަކަށް އިތުރު ޕްރެޝަރު އަންނަކަމަށް ބުނެފައިވެއެވެ. މީގެ އިތުރުން ކަނޑުގެ ލޮނުގަނޑު އުފުލެމުންދިއުމުގެ ސަބަބުން މުރަކަ ހުދުމުވުގެ މައްސަލަތައް ވެސް ދިމާވެފައިވާ ކަމަށް ބުނެފައިވެއެވެ.

އޮސްޓްރޭލިއާގެ ޔުނިވާސިޓީ އޮފް ވޮލޮންގޮންގްގެ ސްކޫލް އޮފް އާރތް، އެޓްމޮސްފެރިކް އެންޑް ލައިފް ސައިންސަސްގެ ސީނިއާ ލެކްޗަރާ މަރިއަން ވޮންގް ވިދާޅުވީ ރައްކާތެރިކަމާއި އަލުން ކަންކަން ކުރުމަށް އިތުރު ފައިސާ ދިނުމަކީ "އުފާވެރި ޚަބަރެއް" ނަމަވެސް ފިނިހޫނުމިން މަތިވުމަކީ އެއަށްވުރެ ބޮޑު ނުރައްކަލެއް ކަމަށެވެ.

އައިސީއާރުއައި އިން ބުނީ އަމާޒަކީ 125،000 އަކަކިލޯމީޓަރުގެ ތިލަ ފަޅުގެ މުރަކައިގެ ފަރުތަކުގެ "މުސްތަގުބަލު ރައްކާތެރި" ކުރުމާއި، ދިހަ އަހަރު ނިމޭއިރު މުރަކަތަކަށް ހިމާޔަތް ބޮޑަށް ލިބޭ ސަރަހައްދުތައް ދެގުނައަށް އިތުރުކުރުމެވެ.

އަދި އާ ހައްލުތައް ބޭނުންކޮށްގެން ހަލާކުވެފައިވާ ފަރުތައް އަލުން އާލާކުރުމުގެ މަސައްކަތް "ހަލުވި" ކުރުމަށް ވެސް ވައުދުވެފައިވެއެވެ.

ޔުނިވާސިޓީ އޮފް ޓެކްނޮލޮޖީ ސިޑްނީގެ މެރިން އިކޯލޮޖިސްޓް ޑޭވިޑް ބޫތު ވަނީ އަލުން ފަރެއް ހެދުމަކީ ފަރުވާއެއް ނޫން ކަމަށް އިންޒާރު ދެއްވައި، މާނަހުރި މިންވަރަކަށް އެކަން ކުރުމަކީ "ވިސްނޭ ވަރަށް އަގުބޮޑު ކަމެއް" ކަމަށް ވިދާޅުވެފައެވެ.

އައިސީއާރުއައި އަކީ 1994 ވަނަ އަހަރު އޮސްޓްރޭލިއާ، ފްރާންސް، ޖަޕާން، ޖެމެއިކާ، ފިލިޕީންސް، ސްވިޑެން، އިނގިރޭސިވިލާތް އަދި އެމެރިކާއިން ހަދާފައިވާ އިއްތިހާދެކެވެ. އޭގެ މެމްބަރުންގެ ތެރޭގައި މިހާރު ހިމެނެނީ ދުނިޔޭގެ މުރަކަތަކުގެ ތިންބައިކުޅަ އެއްބައި ތަމްސީލުކުރާ 45 ގައުމެކެވެ.

މުރަކަ

ކޮމެންޓް

އިތުރަށް ކިޔާލަން

ދުޅަހެޔޮ ފަރެއްގެ އަޑުތަކުން، ދިރުން ނެތް ފަރުތަކުގެ ނިޒާމަށް އުންމީދުގެ އަލިކަން!

ދުޅަހެޔޮ ފަރެއްގެ އަޑުތަކުން، ދިރުން ނެތް ފަރުތަކުގެ ނިޒާމަށް އުންމީދުގެ އަލިކަން!

18 މާރިޗު 2024
ވޯލްޑް ބޭންކުން މޮރޮކޯއަށް 150 މިލިއަން ޑޮލަރު ދެނީ

ވޯލްޑް ބޭންކުން މޮރޮކޯއަށް 150 މިލިއަން ޑޮލަރު ދެނީ

12 މާރިޗު 2017
އަންނަ އަހަރު އެމެރިކާގެ ޑިފެންސް ބަޖެޓަށް 54 ބިލިއަން ޑޮލަރު ހުށަހަޅައިފި

އަންނަ އަހަރު އެމެރިކާގެ ޑިފެންސް ބަޖެޓަށް 54 ބިލިއަން ޑޮލަރު ހުށަހަޅައިފި

27 ފެބުރުއަރީ 2017
ސައުދީ އިން މެލޭޝިއާއާއި އެކު 27 ބިލިއަން ޑޮލަރުގެ އެއްބަސްވުމެއް ވަނީ

ސައުދީ އިން މެލޭޝިއާއާއި އެކު 27 ބިލިއަން ޑޮލަރުގެ އެއްބަސްވުމެއް ވަނީ

27 ފެބުރުއަރީ 2017
ކިމް ޖޮން ނަމް މަރާލީ އެންމެ 90 ޑޮލަރުގެ ޑީލަކަށް

ކިމް ޖޮން ނަމް މަރާލީ އެންމެ 90 ޑޮލަރުގެ ޑީލަކަށް

25 ފެބުރުއަރީ 2017

އަހަރުތަކުން މިއަދު

17 މެއި
ވިލާ ޓްރެވެލްސްގެ ޙިދުމަތްތައް އިތުރަށް ފުޅާކޮށް، ޗާންދަނީ މަގުގައި އައު އޮފީސް ހުޅުވައިފި
20251 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ވިލާ ޓްރެވެލްސްގެ ޙިދުމަތްތައް އިތުރަށް ފުޅާކޮށް، ޗާންދަނީ މަގުގައި އައު އޮފީސް ހުޅުވައިފި

އެންމެ ނާކާމިޔާބު ކެންޑިޑޭޓު، ފިސާރި ކާމިޔާބު!
20242 އަހަރު ކުރިން
ތަފާތު ޚަބަރު

އެންމެ ނާކާމިޔާބު ކެންޑިޑޭޓު، ފިސާރި ކާމިޔާބު!

މުސްކުޅި ބައްޕަގެ ހާލަތު ފެނިފައި އަސަރު ކުރީ ދުރު ހިލޭ މީހަކަށް!
20233 އަހަރު ކުރިން
ރިޕޯޓު

މުސްކުޅި ބައްޕަގެ ހާލަތު ފެނިފައި އަސަރު ކުރީ ދުރު ހިލޭ މީހަކަށް!

ޔޫރަޕްގެ ބަޔެއް ގައުމުތަކުގައި މަންކީ ޕޮކްސް ފެތުރެންފަށައިފި
20224 އަހަރު ކުރިން
ދުނިޔެ

ޔޫރަޕްގެ ބަޔެއް ގައުމުތަކުގައި މަންކީ ޕޮކްސް ފެތުރެންފަށައިފި

ފަތާފައި ސްޕެއިނަށް އެރި ގިނަ އަދަދެއްގެ ބަޔަކު އަނބުރާ ފޮނުވާލައިފި
20215 އަހަރު ކުރިން
ދުނިޔެ

ފަތާފައި ސްޕެއިނަށް އެރި ގިނަ އަދަދެއްގެ ބަޔަކު އަނބުރާ ފޮނުވާލައިފި

މަޖިލިސް ރައީސް ކަމަށް ގެނައުމަށް ރައީސް ޞާލިހް \"ލޮބީ\" ކުރައްވަނީ އަފީފް އަށް!
20197 އަހަރު ކުރިން
ރާއްޖެ

މަޖިލިސް ރައީސް ކަމަށް ގެނައުމަށް ރައީސް ޞާލިހް \"ލޮބީ\" ކުރައްވަނީ އަފީފް އަށް!

ލަފުޒު ވަކިކޮށް ލިޔުމުގެ ގަވާއިދު
20188 އަހަރު ކުރިން
ދިވެހި ބަސް

ލަފުޒު ވަކިކޮށް ލިޔުމުގެ ގަވާއިދު

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު