Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެގައު ހުދުވުމުގެ މައްސަލަ

ގައު ހުދުވުމުގެ ސަބަބުން މަޑުޖެހުނު މަޝްރޫޢުތައް ކުރިއަށް ގެންދިއުމަށް ހުއްދަ ދީފި

އެލަރޓް 1 އަދި 2ން، ވޮޗް ސްޓޭޖަށް ވަނީ ބަދަލުވެފައި

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް | 11 ޖޫން 2024 | އަންގާރަ 11:05
ގާ ހުދުވުމުގެ މައްސަލައިގައި ހުއްޓާލާފައިވާ މަޝްރޫއުތައް އަލުން ފަށަން ހުއްދަ ދީފި

ގާ ހުދުވުމުގެ މައްސަލައިގައި ހުއްޓާލާފައިވާ މަޝްރޫއުތައް އަލުން ފަށަން ހުއްދަ ދީފި

ގައު ހުދުވުމުގެ ސަބަބުން މަޑުޖެހުނު މަޝްރޫޢުތައް ކުރިޔަށް ގެންދިޔުމަށް ހުއްދަ ދީފިއެވެ.

މިނިސްޓްރީ އޮފް ކްލައިމެޓް ޗޭންޖް، އެންވަޔަރަންމަންޓް އެންޑް އެނަރޖީން ބުނީ މިދިޔަ މަހު ކޮރަލް ރީފް ވޮޗްއިން އިއުލާންކުރި އެލަރޓްގައި ވަނީ ކަނޑުގެ ލޮނުގަނޑުގެ ފިނިހޫނުމިނަށް ބަލާފައި، ގައު ހުދުވުން އެކަށީގެންވާކަމަށް ލަފާކޮށް، އެލަރޓް ލެވެލް 2 އިން 1 އަށް މަތިކުރެވިފައި ކަމަށެވެ. އެންވާރަމަންޓް ޕްރޮޓެކްޝަން އޭޖެންސީ (އީޕީއޭ) އިން މައްސަލަ ފާހަގަވުމާއެކީ ގަރާރެއް ނެރި، ބިން ހިއްކުމާއި ފަޅުފުންކުރުން ވަގުތީ ގޮތުން ހުއްޓުވި ކަމަށެވެ.

Advertisement - newsAdvertisement

މީގެ ތެރޭގައި ރަށްރަށުގެ ބިން ހިއްކުމުގެ މަސައްކަތްތަކާއި ފަޅު ފުންކުރުމުގެ މަސައްކަތްތަކާއި ފަޅުކޮނުމާއި ގޮނޑުދޮށުން ވެލިއެޅުމާއި ޕަމްޕު ބޭނުންކޮށްގެން ވެލި ނެގުމާއި ފަރުމަތީ ހޮޅި އަދި ކޭބަލް އެޅުންފަދަ މަސައްކަތްތައް ހިމެނެއެވެ. އެއް މަސްދުވަހަށް މިފަދަ މަސައްކަތްތައް މަޑު ޖައްސާލަފައިވަނީ ލިބޭ ގެއްލުންތައް ކުޑަކުރުމަށް، މިޓިގޭޝަން ފިޔަވަޅެއްގެ ގޮތުންނެވެ.

މިނިސްޓްރީން ބުނީ މިހާރު ކަނޑުގެ ލޮނުގަނޑުގައި ހުރި ހޫނުމިން ދަށްވަމުންދާ ކަމަށާއި ގާތަށް ހުދުވުންވެސް މަޑުޖެހެމުން އަންނަ ކަމަށް އީޕީއޭއިން މައުލޫމާތުދޭ ކަމަށެވެ. އަދި ގައު ހުދުވުމުގެ މިހާރުގެ ހާލަތަށް ބަލައި އެލަރޓް 1 އަދި 2 ން، ވޮޗް ސްޓޭޖަށް ބަދަލުވެފައިވާ ކަމަށެވެ.

ގައު ހުދުވުމުގެ މިހާރުގެ ހާލަތަށް ބަލައި އެލަރޓް 1 އަދި 2 ން، ވޮޗް ސްޓޭޖަށް ބަދަލުވެ ވޮޗް އަދި މޮނިޓަރިންގ ހާލަތަށް ބަދަލުވެފައިވީ ނަމަވެސް، މުރަކަތަކުގެ ހާލަތު އަދިވެސް ވަރަށް ނާޒުކު ކަމަށް މިނިސްޓްރީން ބުނެއެވެ. އެހެންކަމުން، މަޝްރޫއުތައް ކުރިއަށް ގެންދާއިރު، އެންވާރަމަންޓް އިމްޕެކްޓް އެސެސްމަންޓް ރިޕޯޓްތަކުގައި ހުރި ކަންކަމަށް ރިއާޔަތްކޮށްގެން މަސައްކަތް ކުރިއަށް ގެންދިއުމާއި، ލިބިފައިވާ ގެއްލުމުގެ ދިރާސާއެއް ހަދަން ޖެހޭ ކަމަށް މިނިސްޓްރީން ބުނެއެވެ.

އަދި ކުރިއަށް އޮތް ދުވަސްތަކުގެ ތެރޭގައި އެކަން ކުރެވިގެންދާނެ ކަމަށާއި ލިބިފައިވާ ގެއްލުމުގެ ފުރިހަމަ ތަސްވީރެއް އެނގެން ދުވަސްކޮޅެއް ނެގުން އެކަށީގެން ވާކަމަށް މިނިސްޓްރީން ބުނެއެވެ.

ގައު ހުދުވުމުގެ ސަބަބުން ޖޫން 10 އާ ހަމައަށް ގާތްގަނޑަކަށް 200 މަޝްރޫއެއްގެ ބިން ހިއްކުމާއި ފަޅު ފުންކުރުމުގެ ކޮމްޕޯނެންޓްތައް އޮތީ ހުއްޓުވާފައެވެ. އަދި އެއާއެކު މި މުއްދަތު ހަމަވެފައިވީ ނަމަވެސް، އީޕީއޭ އަދި މިނިސްޓްރީ އިން ދަނީ މޮނިޓަރިންގ މަސައްކަތް ކުރަމުންނެވެ.

މިހާތަނަށް ލިބިފައިވާ ފޮޓޯ އަދި ފީލްޑް އޮބްޒަވޭޝަންތަކުން، ރާއްޖޭގެ ފަރުތަކުގެ ބޮޑު ބަޔަކަށް ގައު ހުދުވުމުގެ އަސަރުކޮށްފައިވާކަން ފާހަގަވެއެވެ. އަދި ބައެއް މުރަކައިގެ ވައްތަރުތަކަށް ލިބިފައިވާ ގެއްލުންތައް ކުޑައެވެ. މިކަން ފާހަގަވެފައިވަނީ އެކްރޮޕޯރާ އަދި ޕޮކިލޮޕްރާ ވައްތަރުގެ މުރަކައިގައެވެ.  އޭގެ ސަބަބެއްކަމުގައި ބެލެވިފައިވަނީ މޫސުމީ ބަދަލަށް ހޭނުމާއި މުރަކަ ހެދޭ ރޭޓަށް ބަދަލުއައުމެވެ.

އިތުރަށް ކިޔާލަން

07 ފެބުރުއަރީ 2017

ވިޔަފާރިކުރުމަށް އެންމެ ފަސޭހަ 50 ގައުމުގެ ލިސްޓުގައި ރާއްޖެ ހިމެނުމުގެ މަސައްކަތް ކުރަނީ

07 ފެބުރުއަރީ 2017
ވިޔަފާރިކުރުމަށް އެންމެ ފަސޭހަ 50 ގައުމުގެ ލިސްޓުގައި ރާއްޖެ ހިމެނުމުގެ މަސައްކަތް ކުރަނީ
04 ފެބުރުއަރީ 2017

އެމްޑީޕީގެ ގައުމީ މަޖިލީހުގެ މެންބަރު ވަހީދު ޕޮލިހަށް ހާޒިރުކުރަނީ

04 ފެބުރުއަރީ 2017
އެމްޑީޕީގެ ގައުމީ މަޖިލީހުގެ މެންބަރު ވަހީދު ޕޮލިހަށް ހާޒިރުކުރަނީ
02 ފެބުރުއަރީ 2017

ގައުމު ސަލާމަތް ކުރުމަށް ނިކުތުމަށް ފާރިސް މައުމޫން ގޮވާލައްވައިފި

02 ފެބުރުއަރީ 2017
ގައުމު ސަލާމަތް ކުރުމަށް ނިކުތުމަށް ފާރިސް މައުމޫން ގޮވާލައްވައިފި
02 ފެބުރުއަރީ 2017

ރިޔާސީ ކެންޑިޑޭޓް ކަމަށް ރައީސް ނަޝީދު ކުރިމަތިލެއްވުމަށް ގައުމީ މަޖިލީހުން ލަފާދީފި

02 ފެބުރުއަރީ 2017
ރިޔާސީ ކެންޑިޑޭޓް ކަމަށް ރައީސް ނަޝީދު ކުރިމަތިލެއްވުމަށް ގައުމީ މަޖިލީހުން ލަފާދީފި
01 ފެބުރުއަރީ 2017

ދެ އަހަރެއްހާ ދުވަސް ފަހުން ރައީސް ނަޝީދާ އެކު އެމްޑީޕީގެ ގައުމީ މަޖިލީހުގެ ބައްދަލުވުމެއް ބާއްވާއިފި

01 ފެބުރުއަރީ 2017
ދެ އަހަރެއްހާ ދުވަސް ފަހުން ރައީސް ނަޝީދާ އެކު އެމްޑީޕީގެ ގައުމީ މަޖިލީހުގެ ބައްދަލުވުމެއް ބާއްވާއިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު