Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ރިޕޯޓު
ފަލަސްތީނު އިސްރާއީލް ހަނގުރާމަ

ރަމަޟާން މަހާ ބައްދަލުވިއިރު ޢާއިލާ އެއްކޮށް ޝަހީދުކޮށް ޤަބުރުސްތާނުގައި: "ބޭނުމީ މަންމަގެ އަޑު އަހާލަން"

އިޒްރޭލުގެ އަނިޔާވެރިކަމުގެ ޝިކާރައަކަށް ވުމުގެ ކުރިން އިބްރާހީމްގެ ޢާއިލާއަކީ އުފާވެރި ޢާއިލާއެއް

ޢާއިޝާ ރީމާ ވަޙީދު
ޢާއިޝާ ރީމާ ވަޙީދު, ރާއްޖެ އެމްވީ | 18 މާރިޗު 2024 | ހޯމަ 06:56
އިބްރާހީމް ޙައްޞޫނާ؛ ޣައްޒާގެ ރަށްވެއްސެއް

އިބްރާހީމް ޙައްޞޫނާ؛ ޣައްޒާގެ ރަށްވެއްސެއް

ޢުމުރުން ކިތަންމެ ދުވަހެއް ވިޔަސް، މަންމަގެ އަތުން ތައްޔާރު ކުރާ ކާނާއަށް އިންތިޒާރު ކުރާ މީހުން މަދެއް ނުވާނެއެވެ. ވަކިން ޚާއްޞަ ރަމަޟާން މަހާ ދިމާކޮށް، ޢާއިލާގެ ހުރިހާ މެންބަރުން އެއްތަނަކަށް ޖަމާވެ، އެންމެން އެކުގައި ތައްޔާރު ކުރާ ކާބޯތަކެތިން ރޯދަވީއްލުމާއި، ދީނުގެ އަޅުކަންތަކުގައި މަޝްހޫލުވެ އުޅުމަކީ އާދަޔާ ޚިލާފު އުފަލަކާއި ހިތްހަމަޖެހުމެއް ލިއްބައިދޭ ކަމެއް ކަމާ މެދު ދެބަސް ވާނެ މީހަކު މަދު ވާނެއެވެ. ބައެއް މީހުންނަކީ ތަޤުދީރު ނިޔާ ކުރި ގޮތުން އެފަދަ ފުރުޞަތުތަކުން މަޚްރޫމުވެފައިވާ މީހުންނެވެ. މިއަދު އެފަދަ އެންމެ ސާފު މަންޒަރެއް ފެނިގެންދަނީ ނިރުބަވެރި އިޒްރޭލުގެ ޤަތުލުޢާންމުގައި މުށްދަށުލާފައި އޮތް ފަލަސްޠީނުގެ ޣައްޒާއިންނެވެ.

ޣައްޒާޣެ ރަށްވެއްސެއް ކަމަށް ވާ އިބްރާހީމް ޙައްސޫނާ، މުލަ ރޯދަ ދުވަސް ހޭދަ ކުރީ އިޒްރޭލުގެ ޢުދުވާންތަކުގައި ޝަހީދުކޮށްލާފައިވާ އޭނާގެ ޢާއިލާ މެންބަރުން ވަޅުލާފައިވާ ޤަބުރުސްތާނުގައެވެ. އެތަނުގައި އިނދެ އޭނާ ދިޔައީ ފޯނުން އެއްޗެއްވެސް އަޑު އަހަމުންނެވެ. އެއީ އިޒްރޭލުގެ ޢުދުވާންތަކުގައި ޝަހީދުވެދިއުމުގެ ކުރިން އިބްރާހީމްގެ މަންމަ، އޭނާއަށް ފޮނުވި ވޮއިސްމެއިލްއެކެވެ. ރަމަޟާން މަހަކީ ބަޔާންކޮށްދޭން ދަތި އުފާވެރި ކަމެއް އިޙްސާސް ކުރެވޭ މައްސަރެއް ނަމަވެސް، އިބްރާހީމްގެ ހިތުގައި އެ ވިންދެއް ނުޖަހައެވެ. މަންމައާއި ބައްޕަ އަދި އެއްބަނޑު އެއްބަފާ އަޚުންނާއި އެ މިހުންގެ ޢާއިލާތައް މިއަދު އޮތީ ކަފުނުގައި ކަމަށް ވާތީއެވެ.

މަންމަގެ މަހާނަ ކައިރީގައި އިށީނދެލައިގެން އިނދެ، އިބްރާހީމްގެ މަންމަ އެންމެ ފަހުން ފޮނުވި ވޮއިސްމެއިލް އަޑުއަހަމުން ދިޔައިރު އެ ޒުވާނާގެ މޫނުމަތިން ފެންނަމުން ދިޔައީ ހިތިފޮނި އަސަރުތަކެކެވެ. ދަރިންގެ ކަންކަމުގައި "ބޭކާރު" ވިސްނުންތައް ގެންގުޅޭ ހަނދާންތައް އައުވަމުން ދިޔައެވެ.

މައިންބަފައިން ދިރި ދުނިޔޭގައި ތިބެ، ދަރިން އުޅޭ ނޫޅޭ ގޮތް ބަލަމުން ދިއުމަކީ ބައެއް ފަހަރު ބަލައިގަންނަން ދަތި ކަމަކަށް އޮންނަނީ ވެފައެވެ. ނަމަވެސް މައިންބަފައިންނަށް ދަރިނެއް ދުވަހަކުވެސް ބޮޑެއް ނުވާނެތާއެވެ. ޢުމުރުން ކިތަންމެ ދުވަހެއް ވިއަސް، އެ ދަރިފުޅުގެ ގައިގައި އަނިޔާވެރިއެއްގެ އިނގިލި ކުރި ކީއްކުރަން ހެއްޔެވެ، ސުންޕާ ބެލުމެއްގެ ނަޒަރު ޢަމާޒުވާކަށްވެސް އެއްވެސް މަޔަކު ނޭދޭނެއެވެ. ގެއިން ބޭރުގައި އުޅޭ ވަގުތުތަކުގައި މަންމަ ގުޅާ ވަރުން "އުނދަގޫ ވެގެން" އެ ޝަކުވާ ކުރެވޭ ގޮތްވެއެވެ. ނަމަވެސް މިއަދު އިބްރާހީމް އެންމެ އިންތިޒާރު ކުރަމުން އެ ދަނީ ހަމަ އެފަދަ ކޯލަކަށެވެ.

އިބްރާހީމް ވަނީ އޭނާގެ ފޯނުގައި އިން އެ ދެމައިންގެ ފޮޓޯއެއް މީޑިއާއަށް ދައްކާލާފައެވެ. އެ ފޮޓޯއިންވެސް އެ ދެމައިންގެ ބަދަހި ގުޅުން ސާފުވެއެވެ. އިބްރާހީމްގެ މަންމަ، އުއްމު ކަރަމްގެ ފަރާތުން އޭނާއަށް އެންމެ ފަހުން ލިބުނު ވޮއިސްމެއިލްއަކީ ތާ އަބަދުމެހެން އޭނާގެ މަންމަގެ ފަރާތުން އަހަންޖެހިފައި އޮންނަ ޝަކުވާއެއްގެ އަޑެވެ. "ލޯބިވާ އިބްރާހީމް، ދަރިފުޅުގެ ޙާލު ބަލައިލަން ހަމަ ބޭނުންވީ. އިއްޔެއްސުރެ މި ގުޅަނީ، އެކަމަކު ދަރިފުޅު ޖަވާބެއް ނުދޭ. ކަމެއް ގޯސްވީތަ؟" އެ މަންމަގެ އަޑުން ފޮނުވާލި ވޮއިސްމެއިލްއަކީ މިއަދު އިބްރާހީމްއަށް އަގުބޮޑު ޖަވާހިރަކަށްވުރެވެސް އަގުހުރި އެއްޗެކެވެ.

އުއްމު ކަރަމްގެ މަހާނައާއި ޖެހިގެން އޮތީ އިބްރާހީމްގެ ބައްޕަގެ މަހާނައެވެ. މަހާނަތަކުގެ ތެރޭގައި ހުރެ، އިބްރާހީމް ވަނީ ދުޢާކޮށްފައެވެ.

އިޒްރޭލުގެ އަނިޔާވެރިކަމުގެ ޝިކާރައަކަށް ވުމުގެ ކުރިން އިބްރާހީމްގެ ޢާއިލާއަކީ އުފާވެރި ޢާއިލާއެކެވެ. މަންމަގެ އަތުން ތައްޔާރުކުރާ ކާއެތިކޮޅު ހޯދަން ދެބެންގެ މެދުގައި ކުދިކުދި ތަޅާފޮޅުންތައް ހިނގައެވެ. އިބްރާހީމް ބުނާ ގޮތުގައި އޭނާގެ މަންމަ ތައްޔާރު ކުރާ ކެއުންތަކަކީ މުޅި ދުނިޔޭގެވެސް 1 ނަމްބަރު ކެއުމެވެ.

ހިތުގައި އަޅަމުން ދިޔަ ގަދަ ވޭނާއެކު، މިއީ ރަމަޟާން މަސް ކަމަށް ޤަބޫލު ކުރަންވެސް އިބްރާހީމަށް ދައްޗެވެ.

 ކުޑަކުދިންގެ މޫނުމައްޗަށް ހިނިތުންވުމެއް ގެނެސްދިނުމުގެ މަޤްޞަދުގައި ފުއްޕާހަން ފުއްޕައިދިނުމުގެ މަސައްކަތް ކުރިޔަސް، މިއަދު އިބްރާހީމްގެ ހިތަށް ލިބޭ އުފަލެއް ނެތެވެ.

އިބްރާހީމް، މުލަ ރޯދަ ދުވަހުގެ ރޯދަ ވީއްލީ، ފަލަސްޠީނުގެ އެންމެންހެން މިއަދު އެތަނަކަށް ޖަމާވެފައިވާ ރަފަޙުގެ ކަޑައަކުން ވިއްކި ފަލާފެލް ތައްޓަކުންނެވެ. ޕޭވްމަންޓް މަތީގައި އިށީނދެލައިގެން އިނދެ ރޯދަ ވީއްލަމުން ދިޔަ އިރު، އެ ހިތުގައި އަޅަމުން ދިޔަ ވޭނާއި، އެ ސިކުނޑިއަށް ދަތިކުރަމުން ދިޔަ ހަނދާންތައް އެހެން މީހަކަށް ނޭނގޭނެއެވެ.

ފަލަސްތީން - އިސްރާއީލް ހަމަނުޖެހުންދުނިޔެ

ކޮމެންޓް

އިތުރަށް ކިޔާލަން

ޣައްޒާގެ ސުލްހައިގެ ޕްލޭން ގަބޫލުކުރުމަށް ޔޫއެން ކައުންސިލަށް ޓްރަމްޕް ގޮވާލައިފި

ޣައްޒާގެ ސުލްހައިގެ ޕްލޭން ގަބޫލުކުރުމަށް ޔޫއެން ކައުންސިލަށް ޓްރަމްޕް ގޮވާލައިފި

14 ނޮވެމްބަރު 2025
ސިފައިންނަށް އަމުރުކޮށްފައި އޮންނަނީ އަރަބިންނަށް އެނބުރި ނާދެވޭ ގޮތައް މުޅި ތަން ފަނާ ކޮށްލަން: އިސްރާއީލުގެ ސިފައިންގެ މީހެއް

ސިފައިންނަށް އަމުރުކޮށްފައި އޮންނަނީ އަރަބިންނަށް އެނބުރި ނާދެވޭ ގޮތައް މުޅި ތަން ފަނާ ކޮށްލަން: އިސްރާއީލުގެ ސިފައިންގެ މީހެއް

07 ޖޫން 2025
ހުކުރު ދުވަހު ހެނދުނު ޣައްޒާ ގައި 20 މީހުން ޝަހީދު ކޮށްލައިފި

ހުކުރު ދުވަހު ހެނދުނު ޣައްޒާ ގައި 20 މީހުން ޝަހީދު ކޮށްލައިފި

16 މެއި 2025
ބުރާސްފަތި ދުވަހު ޣައްޒާ ގައި 100 ށް ވުރެ ގިނަ މީހުން ޝަހީދު ކޮށްލައިފި

ބުރާސްފަތި ދުވަހު ޣައްޒާ ގައި 100 ށް ވުރެ ގިނަ މީހުން ޝަހީދު ކޮށްލައިފި

15 މެއި 2025
އަލުން ހަމަލާ ދޭން ފެށި ފަހުން، އިސްރާއީލުން ޣައްޒާގެ 400 އަށް ވުރެ ގިނަ މީހުން ޝަހީދު ކޮށްލައިފި 

އަލުން ހަމަލާ ދޭން ފެށި ފަހުން، އިސްރާއީލުން ޣައްޒާގެ 400 އަށް ވުރެ ގިނަ މީހުން ޝަހީދު ކޮށްލައިފި 

20 މާރިޗު 2025

އަހަރުތަކުން މިއަދު

12 ފެބުރުއަރީ
ހިތަދޫ އުުތުރު ދާއިރާގެ މެމްބަރު ސިނާންގެ ގޮނޑި ގެއްލިއްޖެ ކަމަށް ކަނޑައަޅައި ދިނުމަށް ސުޕްރީމް ކޯޓަށް ހުށަހަޅައިފި
20251 އަހަރު ކުރިން
ރާއްޖެ

ހިތަދޫ އުުތުރު ދާއިރާގެ މެމްބަރު ސިނާންގެ ގޮނޑި ގެއްލިއްޖެ ކަމަށް ކަނޑައަޅައި ދިނުމަށް ސުޕްރީމް ކޯޓަށް ހުށަހަޅައިފި

އެންމެވެސް ބުނީ އޭނާ ހުރެގެން ރަށަށް ތަށި ނުލިބޭނެ ކަމަށް!
20242 އަހަރު ކުރިން
މީހުން

އެންމެވެސް ބުނީ އޭނާ ހުރެގެން ރަށަށް ތަށި ނުލިބޭނެ ކަމަށް!

ޑރ. މުހައްމަދު އަލީގެ ދުލުން: އެންމެ ހަށިގަނޑެއް ނަގަން ވެސް 7 ގަޑިއިރު މަސައްކަތް ކުރި ވާހަކަ އެމީހުން ބުނި!
20233 އަހަރު ކުރިން
ރިޕޯޓު

ޑރ. މުހައްމަދު އަލީގެ ދުލުން: އެންމެ ހަށިގަނޑެއް ނަގަން ވެސް 7 ގަޑިއިރު މަސައްކަތް ކުރި ވާހަކަ އެމީހުން ބުނި!

ހިތްހަލާކުވަނީ ހަމައެކަނި ލޯބީގެ ސަބަބަކުން ނޫން
20224 އަހަރު ކުރިން
ސިއްހަތު

ހިތްހަލާކުވަނީ ހަމައެކަނި ލޯބީގެ ސަބަބަކުން ނޫން

އިންޑިއާގައި ވެކްސިންގެ ފުރަތަމަ ޑޯޒް ޖެހި ތިން ޑޮކްޓަރުން ކޮވިޑަށް ޕޮޒިޓިވް ވެއްޖެ
20215 އަހަރު ކުރިން
ދުނިޔެ

އިންޑިއާގައި ވެކްސިންގެ ފުރަތަމަ ޑޯޒް ޖެހި ތިން ޑޮކްޓަރުން ކޮވިޑަށް ޕޮޒިޓިވް ވެއްޖެ

އެސްއޯއެފްގެ ބޭންކް ސްޓޭޓްމަންޓެއް ލީކު ކޮށްލައިފި
20197 އަހަރު ކުރިން
ރާއްޖެ

އެސްއޯއެފްގެ ބޭންކް ސްޓޭޓްމަންޓެއް ލީކު ކޮށްލައިފި

ދޫނި ރާއްޖެއިން ފޮނުވި ވަފުދަށް ޤައުމުތަކުން ދިން ޖަވާބު
20188 އަހަރު ކުރިން
ރިޕޯޓު

ދޫނި ރާއްޖެއިން ފޮނުވި ވަފުދަށް ޤައުމުތަކުން ދިން ޖަވާބު

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު