Raajje.mv
Raajje.mv
  • ރާއްޖެ
  • ކުޅިވަރު
  • ދުނިޔެ
  • ވިޔަފާރި - އިގްތިސާދު
  • ރިޕޯޓު
  • ފޮޓޯ
  • ވާހަކަ
  • ސިއްހަތު
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ރިޕޯޓު
ކުނިބުނީގެ މައްސަލަ

ރޯދަމަހު ދުވާލަކު އެތައް ޓަނުގެ ކުނި: ހޭލުންތެރިވާނީ ކޮންއިރަކު؟

މި ފާއިތުވި ވިއްސަކަށް ދުވަސްތެރޭގައި 350 ޓަނަށްވުރެން ގިނަ ކުނި މާލޭގެ އެކި ސަރަހައްދުތަކުން ނަގާފައިވޭ

މުޙައްމަދު އަރީޖް ޢާމިރު
މުޙައްމަދު އަރީޖް ޢާމިރު, ރާއްޖެ އެމްވީ | 18 މާރިޗު 2024 | ހޯމަ 04:22
ވެމްކޯއިން ކުނި އުކާލުން

ވެމްކޯއިން ކުނި އުކާލުން

ބަރަކަތްތެރި ރަމަޟާން މަހުގެ ދުވަސްތައް ހޭދަކުރަމުންދާއިރު، އަހަރެމެންގެ ތެރެއިން ބައެއް މީހުންގެ ފަރާތުން އަދިވެސް ފެންނަމުންދަނީ ނޭދެވޭ ޢަމަލުތަކެކެވެ. އެމީހުން ކުރާ ކުދިކުދި ކަންކަމުގެ ސަބަބުން އޭގެ އަސަރު މުޅި މުޖުތަމަޢުއަށް ކުރާ މަންޒަރެވެ. ސަރުކާރުން އެފަދަ މައްސަލަތައް ޙައްލުކުރާކަން އެނގިހުރެވެސް ހަމަ އެފަދަ ކަންކަން ތަކުރާރު ކުރަމުންދާ މަންޒަރެވެ.

ކުނިބުނީގެ މައްސަލައަކީ އަދުގެ މި މުޖުތަމަޢުން ފެންނަމުންދާ އެންމެ ބޮޑު އެއް މައްސަލައެވެ. މާލޭގެ ހިތްގައިމުކަން މި ކުނިބުނިތަކުގެ ސަބަބުން ގެއްލިގެންދެއެވެ. ބަލާލި ކޮންމެ ދިމާލަކުން ވެސް ފެންނަނީ އެކި ޒާތްޒާތުގެ ކުނިބުނި މާލޭގެ އެކި ސަރަހައްދުތަކަށް އުކާލާފައިވާތަނެވެ. މާލޭގެ ވަކި މަގެއް ނޯވެއެވެ. އެންމެ ހަނި މަގަކުން ފެށިގެން އެންމެ ފުޅާ މަގުގައި ވެސް މިފަދަ ކުނިބުނިތައް ދަނީ ފެންނަމުންނެވެ. އޭގެން ދުވާ ވަސް ވައިގެ ތެރޭގައި ހިފާފައި ހުރުމުގެ ސަބަބުން އެކިއެކި ބަލިތަކަށް މަގުފަހިވެގެންދެއެވެ. އަދި ހަމައެއާއެކު، މަގުމައްޗައް ކުނި އުކާލާފައި ހުރުމުން ހިނގާބިނގާވެ އުޅޭ މީހުންނަށާއި މަގުމަތި ބޭނުންކުރާ އެންމެހައި ފަރާތްތަކަށް ވެސް އޭގެ ނުރަނގަޅު އަސަރު ކުރާ މަންޒަރު ފެނިގެންދެއެވެ.

ކުންޏަކީ ކޮންމެ ދުވަހަކުވެސް އުކާލާ ތަކެއްޗެވެ. ކުނި އުކާމީހުން އެމީހުންގެ ޒިންމާ އަދާކުރުމަށްޓަކައި ކޮންމެ ދުވަހެއްގެ ރޭގަނޑު ވަގުތުގައި ހުރިހާ ގެއަކަށް ގޮސް ދުވަހު އުކާލާ ހުރިހާ ކުންޏެއް އެމީހުން ޤަވާއިދުން ނަގަމުން ގެންދެއެވެ. މިއީ އާއްމު ދިރިއުޅުމުގެ އާއްމު ކަމެއް ނަމަވެސް، ރޯދަމަހާ ދިމާކޮށް ބައެއް ގޭގެއިން ފެންނަމުންދަނީ މިފަދަ މަންޒަރެއް ނޫނެވެ. ރޯދަމަހުގެ ކުރިން އޮތް ގެ އެއްކޮށް ކުންޏަށް އުކާލަނީއެވެ. އެތަކެއްޗަކީ އަދި ބޭނުންކުރެވޭ ތަކެއްޗައް ވިޔަސް މެއެވެ. ރޯދަމަހާ ދިމާކޮށް ހިފާ ގެންގުޅޭ ތަކެތި ބަދަލުކޮށް ކުރިން ހުރި ތަކެތިތައް އުކާލަނީވެސް މަގުމައްޗަށް، އެގޭދޮށަށެވެ. މިގޮތައް ކޮންމެ މީހަކު އެމީހެއް ގެއިން މިފަދަ ކުނިތައް އުކާލަން ނެރެފައި އެގޭދޮށެއްގައި ކުނި ބެހެއްޓުމުގެ ސަބަބުން މުޅި މާލެ މިވަނީ ކުނިބުނީގެ ހާއްޔަކަށް ވެފައެވެ. ރޯދަމަހު ކުނިބުނި މިވަރަށް އިތުރުވަނީވެސް އެހެންވެއެވެ. މީގެ އިތުރުން ރޯދަވީއްލުމަށް ތައްޔާރުކުރާ ސުފުރާމަތީގެ ބޮޑުބައެއްވެސް ދަނީ ކުންޏަށެވެ. ރޯދަވީއްލަން ތައްޔާރުކުރާއިރު 'ވަރަށް ގިނައިން ކެވޭނޭ' ހިތަށް އެރިޔަސް، އަސްލު ހަގީގަތުގައި ރޯދަވީއްލާގަޑި ކެވެނީ ވަރަށް ކުޑަ މިންވަރެކެވެ. މިކަން މިގޮތަށް ވާކަން އެނގޭއިރުވެސް ރީތި ފޮޓޯއެއް ނަގާލުމުގެ ބޭނުމުގައި މޭޒުމަތި ފުރާލާ މީހުން ގިނައެވެ. ނަމަވެސް ހިތާމައަކީ މި ތަކެތި ކުންޏަށް ވެގެން ދާއިރުވެސް އެމީހުންނަށް އޭގެން އިހުސާސް ނުވާތީއެވެ. ހަމައެގޮތަށް، ތަރާވީސް ކެއުމަށާއި ހާރު ކެއުމަށްވެސް ތައްޔާރުކުރަނީ ވަކި ކޮއްތުތަކެކެވެ. މިކަންކަމާ ގުޅިގެން ކުނިބުނީގެ މައްސަލަ ވާނީ ދުވަހެއް ދުވަހަކަށް އިތުރެވެ.

ރޯދަމަސް ފެށުނީއްސުރެ، މިއަދާ ހަމައަށް ކޮންމެ ދުވަހަކުވެސް ކުނިބުނީގެ އެތައް ޓަނެއް މާލޭގެ މަގުމަތިން އެބަ ސާފުކުރެއެވެ. އެންމެ ރެއެއްގެ ކުނިބުނި ނެގި އަދަދަށް ބަލާލިކަމުގައިވިޔަސް ވެސް 19 ޓަނު، 22 ޓަނުގެ ކުނިބުނި ހިމެނެއެވެ. އަދި މި ފާއިތުވި ވިއްސަކަށް ދުވަސްތެރޭގައި 350 ޓަނަށްވުރެން ގިނަ ކުނި މުޅި މާލޭގެ އެކި ސަރަހައްދުތަކުން އެކި ފަހަރުމަތިން ނެގިފައިވާކަމަށް މާލޭ ސިޓީ ކައުންސިލުންވެސް ވަނީ ބުނެފައެވެ. މިވަރަށް ކުނިބުނި އުކާލަމުންދާކަން އެންމެންނަށް އާއްމުކޮށް ފެންނާނެހެން އިއުލާންކުރަމުން ދާއިރުގައި، މިކަންކަމަށް ބައެއް މީހުން ދެނީ ހަމަ ބީރު ކަންފަތެކެވެ. އެކަން ތަކުރާރުކުރާ މީހުން ހަމަ ތަކުރާރުކުރަނީއެވެ. އެންމެފަހުން، ފުލުހުންނާއި ވެށިފާރަވެރިން އެމީހުން ޖޫރިމަނާ ކުރާ ހިސާބަށް ވެސް ދިޔައީއެވެ. ހޭލުންތެރިވާން ވެއްޖެއެއްނޫން ތޯއެވެ؟

ރޯދަމަހަކީ އިސްރާފުކުރުމާ ދުރުހެލިވާންވީ މަހަށް ވީހިނދު، ގިނަ މީހުން ތަކެތި އިސްރާފު ކުރަމުން ދާތަން ފެނުމަކީ ހިތާމަކުރަންޖެހޭ ކަމަކެވެ. ކާއެއްޗިއްސަށް ބެލިކަމުގައިވިޔަސް، ގޭތެރޭގައި ހިފާ ގެންގުޅޭ ތަކެއްޗަށް ބެލިކަމުގައިވިޔަސް ވެސް، ރޯދަމަހު ތަކެތި އިސްރާފުކުރާ މިންވަރު އެހާމެ ގިނައެވެ. މިފަދަ މައްސަލަތައް ހައްލުކުރެވޭނީ މިކަންކަން ކުރާ މީހުންގެ ވިސްނުން ހޭލުންތެރިވީ ދުވަހަކުންނެވެ. ކިތަންމެ ގިނަ ބަޔަކު ފިޔަވަޅު އެޅިކަމުގައިވިޔަސް، މިކަންކަން ތަކުރާރުކުރަން ހިތުލައިގެން މީހުން ތިބޭހާ ހިނދަކު އަބަދުވެސް ފެންނާނީ މިފަދަ މަންޒަރުތަކެކެވެ. އެހެންކަމުން، މިފަދަ ކަންކަމާ ދުރުހެލިވެ، ބަރަކާތްތެރި ރަމަޟާން މަހުގެ ފުރިހަމަ ދަރުމައާއި ޘަވާބު ހޯދުމަށް އެންމެން ގަދައަޅާ މަސައްކަތް ކުރާށެވެ.  

ރަމަޟާން 1445މާލޭ ސިޓީ ކައުންސިލްކުނި

ކޮމެންޓް

އިތުރަށް ކިޔާލަން

ދައުލަތުގެ ބަޖެޓުގެ 96 އިންސައްތަ އަށް ވާގޮތެއް ރައްޔިތުންނަކަށް ނޭނގެ: މޭޔަރު އާޒިމް

ދައުލަތުގެ ބަޖެޓުގެ 96 އިންސައްތަ އަށް ވާގޮތެއް ރައްޔިތުންނަކަށް ނޭނގެ: މޭޔަރު އާޒިމް

09 ޑިސެމްބަރު 2025
ގިނަ އަދަދެއްގެ ދަރިވަރުންނާ އެކު މާލެ ސިޓީ ކައުންސިލް ގެ ޤުރުއާން އަދި މަދަހަ މުބާރާތް ފަށައިފި

ގިނަ އަދަދެއްގެ ދަރިވަރުންނާ އެކު މާލެ ސިޓީ ކައުންސިލް ގެ ޤުރުއާން އަދި މަދަހަ މުބާރާތް ފަށައިފި

07 ޑިސެމްބަރު 2025
އެގްރީމެންޓްތައް ވީދާލާ މަންޒަރު ވީޑިއޯ އިން ވެސް ފެނޭ، ނަހުލާ ގެ މައްސަލަ ފުލުހަށް

އެގްރީމެންޓްތައް ވީދާލާ މަންޒަރު ވީޑިއޯ އިން ވެސް ފެނޭ، ނަހުލާ ގެ މައްސަލަ ފުލުހަށް

03 ޑިސެމްބަރު 2025
ކަންބޮޑުވުންތައް ބޮލާލާ ޖަހާ ކައުންސިލަރުންގެ އަދަދު މަދުކުރަން މަޖިލީހުން ފާސްކޮށްފި

ކަންބޮޑުވުންތައް ބޮލާލާ ޖަހާ ކައުންސިލަރުންގެ އަދަދު މަދުކުރަން މަޖިލީހުން ފާސްކޮށްފި

27 ނޮވެމްބަރު 2025
ރައީސް މުޢިއްޒު މޭޔަރު ކަމުގައި ހުންނެވިއިރު، ކައުންސިލް އިން ފާސް ނުކޮށް ބިންތައް ކުއްޔަށް ދިން މައްސަލަ އޭސީސީ އަށް ހުށަހަޅައިފި

ރައީސް މުޢިއްޒު މޭޔަރު ކަމުގައި ހުންނެވިއިރު، ކައުންސިލް އިން ފާސް ނުކޮށް ބިންތައް ކުއްޔަށް ދިން މައްސަލަ އޭސީސީ އަށް ހުށަހަޅައިފި

27 ނޮވެމްބަރު 2025

އަހަރުތަކުން މިއަދު

4 ޖެނުއަރީ
 ރަޝިއާ ގައި ހުންނެވި ބައްޝާރު އަލް-އަސަދު އަވަހާރަ ކޮށްލަން ވިހަލައިފި: ރިޕޯޓް
20251 އަހަރު ކުރިން
ދުނިޔެ

ރަޝިއާ ގައި ހުންނެވި ބައްޝާރު އަލް-އަސަދު އަވަހާރަ ކޮށްލަން ވިހަލައިފި: ރިޕޯޓް

ރައީސްގެ ޓްވީޓް ހިފައިގެން ހައްގު ހޯދަން ދިއުމަކީ އެމަނިކުފާނުގެ ހައިބަތު ކުޑަވާނެ ކަމެއް؟
20242 އަހަރު ކުރިން
ރިޕޯޓު

ރައީސްގެ ޓްވީޓް ހިފައިގެން ހައްގު ހޯދަން ދިއުމަކީ އެމަނިކުފާނުގެ ހައިބަތު ކުޑަވާނެ ކަމެއް؟

މެސީގެ ތަސްވީރާއެކު އާޖެންޓީނާ ޕެސޯއަށް، މޫނުމަތީ އަގަށްވުރެ ބޮޑު މާލީ ފައިދާއެއް!
20233 އަހަރު ކުރިން
ތަފާތު ޚަބަރު

މެސީގެ ތަސްވީރާއެކު އާޖެންޓީނާ ޕެސޯއަށް، މޫނުމަތީ އަގަށްވުރެ ބޮޑު މާލީ ފައިދާއެއް!

ގޭސް ނުލިބިގެން ކޮލަމްބޯގެ މަޝްހޫރު ފައިވް ސްޓާރ ހޮޓެލްތަކުގައި ކެއްކުމަށް ދަރު ބޭނުންކުރަނީ
20224 އަހަރު ކުރިން
ދުނިޔެ

ގޭސް ނުލިބިގެން ކޮލަމްބޯގެ މަޝްހޫރު ފައިވް ސްޓާރ ހޮޓެލްތަކުގައި ކެއްކުމަށް ދަރު ބޭނުންކުރަނީ

ބިލިއަނަރ ޖެކް މާ ވީނުވީއެއް ނޭނގި ގެއްލިއްޖެ!؟
20215 އަހަރު ކުރިން
ދުނިޔެ

ބިލިއަނަރ ޖެކް މާ ވީނުވީއެއް ނޭނގި ގެއްލިއްޖެ!؟

އާއިލާތައް ބަނގުރޫޓްވުމުގެ އެއްއަސާސަކީ މައިންބަފައިން ހިތުގައި ޖެއްސުން: އިލްޔާސް
20197 އަހަރު ކުރިން
ރާއްޖެ

އާއިލާތައް ބަނގުރޫޓްވުމުގެ އެއްއަސާސަކީ މައިންބަފައިން ހިތުގައި ޖެއްސުން: އިލްޔާސް

ދައުރު ނިމުމުގެ ކުރިން އަދީބު މަރާލަނީތަ؟
20188 އަހަރު ކުރިން
ރިޕޯޓު

ދައުރު ނިމުމުގެ ކުރިން އަދީބު މަރާލަނީތަ؟

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު